މާލޭގައި މިއަދު ބޭއްވި ސައިކަލު ބުރުގައި ބައިވެރިވި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނިކޮށް .-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
12 ސެޕްޓެމްބަރ 2020 - 20:05
މާލޭގައި މިއަދު ބޭއްވި ސައިކަލު ބުރަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން އިން އިސްނަގައިގެން ބޭއްވި ހަރަކާތެއް ނޫން ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، އެ ފަދަ ހަރަކާތެއް ބަޔަކު ބާއްވަން އުޅޭ ކަމުގެ ހަބަރު ކޯލިޝަނަށް އެންމެ ފުރަތަމަ ލިބުނީ މީގެ ދެ ދުވަސް ކުރިން، ފުލުހުންގެ ފަރާތުން ކަމަށެވެ. އަދި އެ ހަރަކާތުގައި ބައިވެރިވާން ނިންމައި، އެކަން ފުލުހުންނަށް އެންގި ކަމަށް ވެސް ވިދާޅުވި އެވެ.
"ހޮނިހިރު ދުވަހު އިވެންޓެއް ބާއްވާކަމުގައިވާ ނަމަ އެ އިވެންޓުގައި ބައިވެރިވާނަމޭ [އެންގިން]، އެއީ އަޅުގަނޑުމެން ފަރުދީ ހައިސިއްޔަތުން ކުރާ ކަމެއް ގޮތުގައި،" ޝިޔާމް ވިދާޅުވި އެވެ.
މިއަދު ބޭއްވި ސައިކަލު ބުރާ ގުޅޭ ގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މީޑިއާ އާ ވާހަކަދައްކަވަނީ -- ފޮޓޯ: މިހާރު
ގައުމު މިހާރު މިއޮތް ހާލަތާ ދެކޮޅަށް އާންމުން ނިކުންނަ ނަމަ ކުރިއަށް އޮތް ތަނުގައި ވެސް އިދިކޮޅުން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ގައުމީ މަސައްކަތެއްގެ ގޮތުގަައި އޭނާ ސިފަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް ދަތުރުކޮށްގެެން ދެވޭނެ ނަމަ އެހެން ރަށްރަށަށް ވެސް ދާނަން [މިފަދަ ހަރަކާތްތަކުގައި] ބައިވެރިވާން،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރޭތީ އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައި ވަނިކޮށް ބާއްވާ އެއްވުންތަކުގެ ބައިވެރިންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ކުރިން ދީފަ އެވެ. އެހެންވެ، މިއަދުގެ ސައިކަލު ބުރުގައި ބައިވެރިވާން ނިކުތް 41 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އެކަން ކުށްވެރި ކުރުމަށް ފަހު، ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންނަށް އެ ކޯލިޝަންގެ ފަރާތުން ގާނޫނީ އެހީތެރިކަން ދޭނެ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ޕީއެންސީގެ ކައުންސިލް މެމްބަރުން މުހައްމަދު ޖިނާން ޖަލީލް އާއި ނަބީލް ޒަމީލްގެ އިތުރުން އެ ޕާޓީގެ ރަޖިސްޓްރާ މުހައްމަދު އަފޫ ހާމިދު ވެސް ގެންދިޔަ ކަމަށް ނަރީޝް ވިދާޅުވި އެވެ.
"އަޅުގަނޑު މިހާރުން މިހާރަށް ގޮވާލަން ހައްޔަރުކޮށްފައި ތިބި ހުރިހާ ޒުވާނުން އެއްވެސް ޝަރުތަކާ ނުލާ ދޫކޮށްލަން. އެއީ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން،" ނަރީޝް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" އިދިކޮޅުން ވަނީ މާލޭގައި ސައިކަލު ބުރެއް ބާއްވައިފަ އެވެ. އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުގެ ބައެއް އިސްވެެރިން ފުލުހުންނަށް ހާޒިރުކުރުމަށް ފަހު 1،000 ރުފިޔާ އިން ޖޫރިމަނާ ކުރި އެވެ. އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެންގުންތަކާ ހިލާފަށް ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމުން، އިލެކްޝަން ކޮމިޝަނުން ވަނީ ޕީޕީއެމް އާއި ޕީއެންސީ 75،000 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔުން
14 September 2020
އިދިކޮޅުގާ ތިބޭ ޒުވާނުން ފެނިއްޖެ
ދަރަނި ދަންތުރަ
14 September 2020
ރީނދޫ ޕާޓީން ގޮވާލައިފިއްޔާ މުޅިގައުމުގައި ހުޅުޖަހަންވިޔަސް ހުރިހާ މީހުންދާންޖެހޭނެދޯ ރީނދު މުޒާހަރާތަކުގައި ޕާޓޭން ބައިވެރިއެއްނުކުރޭދޯ މުޅިގައުމުގައި ހުޅިޖެހި މީހުންގޭގައި ސޯލިބޭ ގައިގަ ހޫނު އަޅިބޮނޑިއެއް އަލަން ބުނިމީހާ ހައްޔަރުގައި ކިހާސަޅި
ސްމައިލީ
13 September 2020
ފޮޓޯއިން ހީވަނީ ކުއްޔައް ނެގި ބަޔެއްހެން
ބީރައްޓެހިމީހާގެފުރެންޑް
13 September 2020
ނާހަމަތެދެއް. މަށަށްވެސް ހީވޭ. ތިޔައީ މިގައުމުގެ ބައެއްނޫންހެން. ދުއްވާފައި ދިޔައީވެސް މިތަނަކުން ފެންނަޒާތުގެ ސައިކަލްތަކެއްވެސް ނޫންވިއްޔާ. އަހަރުމެންނާއި ގުޅޭ ޒާތަކަށް އުޅޭ ޕާޓީއެއްވެސް ނޫންހެންހީވޭ އަސްލުޕާޓީ ހުރީ ބަންދުގަ ވިއްޔާ. ބޭރުގައި މިއުޅެނީ ކޮންބައެއްބާ
އަލީބްރޯ
13 September 2020
ތިތާތިތިބީހުސްް ފެންނުވަރާ ގޭންގްކްރައިމްގައުޅޭސޮރުން
ޕޮގުބަ
13 September 2020
އެމްޑީޕީން ސައިކަލްބުރު ރޭވީ
ފަސް ދޭތެރެ
13 September 2020
އެންމެންގެ މަސްލަހަތަށް ހެޔޮ އެދޭނަމަ، މި ވަޤުތު ޒުވާނުން މަގުމައްޗަށް ނެރުން ބުއްދިި ވެރިއެއް ނޫން. ޤައުމަށް މި ދަނޑިވަޅުގައި ބޭނުންވަނީ އެންމެންގެ އެއްބާރުލުން ސަރުކާރަށްދީ ހަމަ މަގަށް އަޅުވާ، އިޤްތިޞާދު ހަމަޔަަކަށް އެޅުވުން. އެންމެންގެ ސަލާމަތަށްޓަކާ ވެސް، އެޗް.ޕީ.އޭ ގެ އިރުޝާދަށް ތަބާވޭ. އޭގެ ފަހުގައި ވެރިކަމަށް އާދެވޭތޯ މަސައްކަތް ކުރާނަމަ ރައްޔިތުންގެ ތާޢީދު ލިބޭނީ. ވެރިކަން ބަދަލުވާން ޖެހޭނީ ވޯޓުން.
ޓިނު
13 September 2020
ޕީޕީއެމްގެ ޖަލްސާގަވެސް އެއްބަޔެއް ޗެނެލް13 ގަވެސް، ޒުވާނުންގެ ބައްދަލުވުގަވެސް، ޕީޕީއެމްގެ ކައުންސިލުގަވެސް، ސައިކަލްބުރުގަވެސް
1234
13 September 2020
ތިހާފިޑިވެގެން ކޮންކަމެއްކުރެވޭނީ ؟ ރަޖާލައިގެން ގޭގަތިބެބަލަ
ހަސަނބ
13 September 2020
ތިގޭންގު ތަކުން ގައުމު ސަލާމަތް ކުރަންވީ އެންމެފުރަތަމަ. ބަލަތިބި ފާޑު