ސަރުކާރާ ދެކޮޅަށް މާލޭގައި މިއަދު ބޭއްވި ހަރަކާތުގެ ބައިވެރިއަކު، ޒުވާނުން މަގުމަތި ނުކުރަން ގޮވާލައި ލިޔެފައިވާ ޕޯސްޓަރެއް ހިފައިގެން އަޑު އުފުލާއިރު ފުލުހުން އޭނާ ހުއްޓުވަން މަސައްކަތް ކުރަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
12 ސެޕްޓެމްބަރ 2020 - 18:22
ޕީޕީއެމް/ޕީއެންސީން މިއަދު މާލޭގައި ބޭއްވި ސައިކަލް ބުރުގައި ބައިވެރިވެގެންނާއި އެ ހަރަކާތް ހުއްޓުވުމުން މަގުތަކަށް އެއްވި 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ކޮވިޑް-19 ފެތުރޭތީ އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައި ވަނިކޮށް ބާއްވާ އެއްވުންތަކުގެ ބައިވެރިންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ކުރިން ދީފަ އެވެ. އަދި ސައިކަލް ބުރު ފެށުމުގެ ކުރިން ވެސް، އެކަމުގައި ބައިވެރިވާން ދިޔަ ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ސަރުކާރާ ދެކޮޅަށް މާލޭގައި މިއަދު ބޭއްވި ހަރަކާތުގައި ބައިވެރިވި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ފުލުހުން މިއަދު ބުނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުމާ ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ސަރުކާރާ ދެކޮޅަށް މާލޭގައި މިއަދު ބޭއްވި ހަރަކާތުގައި ބައިވެރިވި އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އިދިކޮޅު ޕާޓީތަކުން މި ފަހަކުން ވަނީ "ގައުމު ވިއްކާލުމާ ދެކޮޅަށް" ނަމުގައި މުޒާހަރާތަކެއް ކޮށްފަ އެވެ. އެ ޕާޓީތަކުން ބުނިގޮތުގައި މިއީ އެކަމާ ގުޅުން ހުރި ހަރަކާތެއް ނޫނެވެ. އެކަމަކު ސައިކަލް ބުރު ފެށިއިރު ވެސް އެ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ސައިކަލްތަކުގައި ނުކުމެ ތިއްބެވި އެވެ.
ރަސްފަންނު ސަރަހައްދުން ފެށި ސައިކަލް ބުރު ހުއްޓުވުމުން ބައިވެރިން އެއްވީ ޕީޕީއެމް އޮފީސް ކައިރިއަށެވެ. އެތަނުން ވެސް ފުލުހުން ވނީ ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.
އިދިކޮޅުން މި ފަހުން ބޭއްވި މުޒާހަރާތަކުގައި ބައިވެރިވި ބައެއް މީހުން ފުލުސް އޮފީހަށް ހާޒިރުކޮށް ޖޫރިމަނާ ވެސް ކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔުން
13 September 2020
އިދިކޮޅުގައި މިތިބެނީ ވާޒުވާނުންނަކީ ގައު މަށް ހާދަ މަންފާ އާއި ފައިދާ ކުރާނެ ވައްތަރު ޖަހައޭ
ޙަސަން ފުތާގެ އަޚް
13 September 2020
މޭޑޭ މުޒާހަރާގައި ޓީވީ ލައިވްއެއްގައި މީހަކު ބުނި ތަން ދުށިން، އަޑުއެހިން ، ކަރުދާސްތަކެއް ދައްކާފައި މިތިބީއޭ ރިލްވާން މައްސަލައިގެ ހެކި. މާތްﷲ ގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލަ އެމީހަކު މިހާރު އެހެރީ އެއްމަސަލަ ބެލުމުގެ މުއައްސަސާގެ އިސް މީހަކަށްވެފައި. އެކަމަކު އެހެކި ތަކުގެ ބޭނުން ހިފައިގެން އެމައްސަލައަށް އިންސާފު ހޯދައިދޭތަނެެއް ނުފެނޭ . ހެކި އުޑަށް އެރުއްވީކަމެއް ބިންގަނޑުގެ ދަށަށް ގެނބިގެން ދިޔައީ ކަމެއް ނޭނގުނު .
ޥިތް މޯލްޑިވްސް
13 September 2020
ރަސްމީ ފުވަސްދަވަހު ފޯނު ނުގަގައިގެން ސަރުކާރުގެ އިދާރާތަކަށް ދާއިރު ހުންނަނީ ބޮޑު ތަޅުއަޅުވާފައި . ބޭރުގަ ފެންނަހެން ޖަހާފައިވާ މޯބައިލް ނަމްބަރަކަށް ގުޅާލީމަ ބުނަނީ ތިމަންނަމެން އޮފީސް ހުޅުވަން ހަމަޖައްސާފައި އޮންނަނީ ހަފަތާއަކު 3 ދުވަހު ކަމަށް ބައެއްތަންތަން ކޮންމެ ދުވަހަކު ހުޅުވާފަ ހުރެޔޭ ބުނީމަ މި ބުނަނީ ، ޢެ އޮފީހަކުންނޭ އެ އޮފީހެއް ހުޅުވާނެ ގޮތެއް ކަނޑައަޅަނީ . މީދެން ސަރުކާރެއް ހިންގޭނެ ގޮތެއް ނޫން ދޯ ؟!!
ނަންނުކަތި
13 September 2020
ޒުވާނުންނޭ ކިޔާފަ ޕީޕީއެމުން މިނެރެނީ ރަށުތެރޭ "އިސްތަށިގަޑުގެބާރު" ދައްކައިގެން މީހުންނަށް ބިރުދައްކާ ކުއްކުރަން އުޅޭ ގޭންގް ހިންގާ ކުދިންކޮޅު " ޗާޖް" ކޮށްދީގެން. ޒުވާނުން ނަށްވެސް ހުތުރު.
ނަޝީއްުތަ
13 September 2020
ޢިސްތަށިގަނޑުން މީހުންގެ ޝަޚްސިއްޔަތު މިނެކިރުމަކީ އަދި މާކަ ހަމަޖެހޭ ވާހަކައެއް ނޫން.
ބިލްބޯޑު
13 September 2020
މިކަހަލަ ދުވަސްވަރެއްގަ މިގޮތަށް އުޅޭ މީހުންނަށް އެހެން މީހުންގެ ފުރާނަ ނުރައްކަލަށް ލުމުގެ ދައުވާ ކުރަންޖެހޭނެ.
ކޮވިޑް ބަހަނާ
13 September 2020
ޢާނ މީ ހެސްކިޔާފަ ވައްކަންކުރަން އޮތް ދުވަސްވަރެއް ! ގައުމު އަޅުވެިކުރަން އޮތް ދުވަސްވަރެއް! މިފަދަ ކަންކަމާއި ދެކޮޅުހަދައި ބަސް ބުނުމުގެ ހައްގުގެ ބޭނުން ދިވެހިންކުރާނެ! ޙެޔޮ ކޮންމެ ދުވަސްވަރަކަށް ވިޔަސް!
ދޮންވެލި
13 September 2020
ގޯސް ނުހަދާށެވެ. މީހަކު ކޯޓަށް ޖިސްމާނީ އަދި ނަފްސާނީ ގެއްލުމުގެ ބަދަލު ހޯދަން ގޮސް ފިނަމަ ބަދަލަު ލިބޭނެ އެވެ. އަންހެނުން ހައްޔަރު ކުރަން ވާނީ އަންހެން.ފުލުހުން ނެވެ. ހައްޔަރު ކުރަން ފިރިހެނުން .އަންހެނުން ގަޔަށް އެރީމަ.ކަމު ނުދާނެ އެވެ.
ޢަހޫ
13 September 2020
ގާނޫނާ ގަވައިދާހިލާފްވީމ މަ ފިއަވަޅު އަޅަންޖެހޭނެ. ޢަދި ވައްކަ މެއް ސާބިތުވީ މަ ޖަލައްލުމަ މަކީ އިންސާފް
ފަހުދު
13 September 2020
ދިވެހިން އަގުބޮޑުކޮއް ގަނެފަ ހުރި ސައިކަލުތައް އިންޑިޔާ އެމްބަސީ އައް ވެއްދީ އިންޑިޔާ ސިފައިންނައް ދޭންވެގެން ތަ
ސަހަރާ
13 September 2020
ތިއެއްވުން ހުއްޓުވަން މުޅި ޤައުމުޖަލައްލެވިދާނެބާ އެއީކިވެސްކުރެވޭނެކަމެއްނޫންޖަލުތަކުގަ ޖާގައެއްވެސްނޯންނާނެ އެވަރައް ޚަރަދެއްވެސްނުކުރެވޭނެ ތިކަންކުރާބައެއްގެ ވިސްނުން ބަދަލުވެގެންނޫނީތިކަމެއްނުހުއްޓުވޭނެ!!
އަލިފުޅު3
13 September 2020
ފުލުހުން ގެންދިޔަ ސައިކަލް ތައް ދުއްވި ބޭފުޅުންނަށް: ސައިކަލް ދެން ލިބޭނީ ޓޯ ޔާޑުން. ސްލިޕް ކޮޅު ހިފައިގެން މީރާ އަށް ގޮސް (ނުވަތަ އޮންލައިން ކޮށް ވިޔަސް) ޖުރިމަނާ ދައްކާލަން ވެސް ޖެހޭނެ. އަދި ކޮބާ. ތަން ތަނުން ދަރަންޏަށް ނަގާފަ ހުރި ސައިކަލު ތައް ބަލާ ދާ ބޭފުޅުން ވެރިފަރާތުގެ ސިޓީ އަކާ އައިޑީކާޑު ކޮޕީ އެއްވެސް ގެންދަން ވާނެ! މުޒާހަރާ ކުރެވިއްޖެއެއްނު؟
ތިމާވެށި
13 September 2020
ޖޫރިމަނާ ސަރުކާރު ކިޔަނީ އެހެން ވެ އެވެ. ކޮވިޑް ގަ ވެސް ޖޫރިމަނާ އެވެ. ރަހުމެއް ނެތެވެ. އެންމެން ޖޫރިމަނާ އެވެ.
ބަގުޑިބެ
13 September 2020
ކޮވިޑްއަކި ރާއްޖޭގެ ކަންކަން ފާލުން ނެއްޓިގެންދާއިރު އެކަންކަން ފޮރުވައި މަތި އަޅައި ރައްޔިތުން އޮބި އަޅަން ގެންގުޅޭ މެކޭނިޒަމަކަށް ވެއްޖެ. ކޮރަޕްޝަން އަށް އޮތް ފުރުސަތަކަށްވެ އަނިޔާވެރިވުމަށް އޮތް ލައިސަންސެއް ބާ ކޮވިޑަކީ ؟!!