ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް. ވެންޓިލޭޓަރު މައްސަލަ މުރާޖައާ ކުރުމާ މެދު ޕީޖީން ގޮތެއް ނިންމަން މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓެއްގައި އެންގި. ފައިލް ފޮޓޯ/މިހާރު
02 ނޮވެމްބަރ 2020 - 19:26
ވެންޓިލޭޓަރުތަކެއް ގަންނަަން ޔޫއޭއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަަމަށް ތުުހުމަތުކުރެވޭ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައި ވާތީ އެ ނިންމުން މުރާޖައާކުރަން އެދެން އެންގުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެދުނު މައްސަލަ ޕީޖީ އަނބުރާ ފޮނުވާލެއްވީ އެކަށީގެންވާ ހެއްކާއި ގަރީނާ ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވެ އެވެ. އެކަމަކު، ވެންޓިލޭޓަރު ހޯދުމުގައި ތުހުމަތުކުރި މީހުން މަގާމުގެ ނުފޫޒު ބޭނުންކޮށް ދައުލަތަށް ގެއްލުންވި ކަމުގެ އެކަށީގެންވާ ހެކި ހުށަހެޅި ކަަމަށް ބުނެ އޭސީސީން ވެސް އޮތީ މައްސަލަ ރިވިއުކޮށްދޭން ޕީޖީ އޮފީހުގައި އެދިފަ އެވެ.
އެކަމުގައި ޚިލާފު އުފެދިފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ބަަލަން އެދިވަޑައިގަތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެކޮމިޓީން މައްސަލަ ބަލައި އެކުލަވައިލި ރިޕޯޓް މަޖިލީހުން މިއަދު ފާސްކުރި އިރު، އެ ރިޕޯޓްގައި އޮތީ ތިން ހުށަހެޅުމެކެވެ.
ރިޕޯޓުގައިވާ ފުރަތަމަ ހުށަަހެޅުމަކީ ތަހުގީގީ އިދާރާތަކުގައި ހުރި އެ މައްސަލައާ ބެހޭ މައުލޫމާތުތައް ޕީޖީ އޮފީހުން އެއްކުރުމެވެ. ދެވަނަ ހުށަހެޅުމަކީ އެގޮތަށް މައުލޫމާތު އެއްކުރުމަށް ފަހު ޕީޖީގެ ނިންމުން މުރާޖައާކުރުމެވެ. އަދި ތިން ވަނަ ހުށަހެޅުމަކީ އެކަމުގައި ނިންމާ ގޮތެއް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އެންގުމެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ރިޕޯޓް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީއަށް ފާހަގަ ކުރެވުުނު ކަންތައްތަކުގެ ގޮތުގައި ރިޕޯޓުގައި އޮތް އެއް ކަމަކީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް ވެންޓިލޭޓަރު ގަތުމުގެ ހުރިހާ މަރުހަލާތަކެއްގައި ވެސް ހެލްތު މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ގޯސްތަކެއް ހަދާފައިވާކަން ތަހުގީގު ރިޕޯޓުން އެނގެން އޮތް ކަމެވެ. ހެލްތު މިނިސްޓްރީން އަމަލުކޮށްފައި ވަނީ ދައުލަތުފެ ފައިސާއަށް ރައްކާތެރިވުމަށް އޮންނަ ގޮތްތައް އިޚްތިޔާރުކުރުމަށް ވުރެން ބޮޑަށް، ރައްކާތެރި ނުވެވޭނެ ގޮތްތަކަށް ކަން ފާހަގަވާ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.
މާލިއްޔަތު ގަވާއިދުގެ މަގްސަދަކީ، ދައުލަތުގެ ފައިސާ އަށް ރައްކާތެރިވުން ކަމަށްވާ އިރު، އެ މަގްސަދު ގެއްލޭ ގޮތަށް އެ ގަވާއިދުގެ އެއްވެސް މާއްދާއެއް މާނަ ނުކުރެވޭނެ ކަމަށް އޭސީސީން ބުނާ ބުނުމަށް ވެސް ކޮމިޓީގެ ރިޕޯޓުގައި ބާރުދީފައިވެ އެވެ.
އެގްޒެކިއުޓާސްއާ އެކު އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެެރެއިން މިހާތަނަށް ލިބުނީ 10 ވެންޓިލޭޓަރެވެ. ބާކީ 65 ވެންޓިލޭޓަރު ފޮނުވާނެ ތާރީޚެއް އެ ކުންފުނިން އަންގައިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމް
03 November 2020
ޝަމީމު ގެ ލޮޖިކުން ވިސްނައިފިނަމަ ރާއްޖޭގައި އެއްވެސް ވައްކަމެއް ނުކުރާނެ. މުޅިންވެސް އެއުޅެނީ ހިންގުމުގެ މައްސަލަ.
ބަސް
03 November 2020
ގައުމުގެ ހަލާކު. ﷲ މިމުސީބާތުން މިންޖުކޮށްދެއްވާ.
ކުލްސުމް
03 November 2020
ގުޅިގެން ކުރި ވައްކަމެއް! މުޅި ސިޔާސީ ނިޒާމް ވަނީ ވައްކަމާއި، ބަނގުރާލާއި، ޑްރަގް ނެގުމާއި ވިއްކުމާއި، މީހުން މެރުމާއި، މީހުންނަށް ބުލީ ކުރުމާއި، ގައުމަށް ގައްދާރުވުމުގައި!
ދިއްދޫމީހާ
03 November 2020
ބަލަ ޕީޖީ އަކީ ނަމުން މިނިވަން ވެފާ ހުންނަ އިދާރާއެ، އެއިރެއްގަ ހުނަ ވެރި މީހަ އެޕޮއިންޓް ކުރާ މީހެއް ހުންނަނީ، އެހެންވީމަ ޕީޖީއަ ސަރުކާރުގެ ފަރާތުން ރިވިއު ކުރަން އެންގުމުން މަމެން ހައިރާނެއް ނުވޭ...
ކުޑޭ
02 November 2020
ހުރިހާކަމަކަށް އަތްބާނަން އުޅުމަކީ ޑިމޮކުރަސީއެއްނޫން! އަންނި އާ އޭނަގެ އައުވާނުންގެ ކިބައިން ސަލާމަތްވެގެން ގައުމަށް ރަނގަޅު ޑިމޮކުރަސީ ގެނެވޭނެ، އަނެއްކަ ޔާމީނު ނުގެންނާތި!
ހަކީމް
03 November 2020
އަތްބާނަން ޖެހުނީމަ އަތްވެސް ފައިވެސް ބާނާނެ. މިއީ ފާރަވެރިވުމަކީ. މިހާރުވެސް ކުރާ ހުކުން ތަކުން އެބަފެނޭ އަދިވެސް ކޯޓުތަށް ސާފުނުވާ ކަން.
ނަޖުމުއްދީން
02 November 2020
އިރާދަކުރެއްވިއްޔާ މިކަންދެންމިނިމެނީ. ވެންޓިލޭޓަރުތައް ވެމްކޯއާ ހަވާލުކުރޭ.
ވެންޓިލޭޓަރު
02 November 2020
ކޮބާ މިނިވަން މުއައްސަސާތަކަށް އަތް ނުބާނާނަމޭ ކިޔާ ވެރިކަމަށް އަައި މީހުން؟ ކޮބާ މައްސަލަ އުފައްދާ ހެކި އުފައްދާ ދޮގު ދައުވާ ނުކުރާނަމޭ ކިޔާ ވެރިކަމަށް އައި މީހުން؟ އެޖެންޑާ19 ދޮންވެ ފައްކާވަނީ. ދިރިތިބި ބަޔަކަށް ހާސް އިބުރަތް.
މާސްކް ކާފަ
02 November 2020
ކިހާ ބޮޑު ނޮހޮރުއްޕާނެއް މިދެން. ހެކި އުފަންކުރުވާފަވެސް ވެންޓިލޭޓަރޭ ކިޔާފަ ތިހެން ހިފަހައްޓާލައިގެން ހުރެބަލަ ނަޝީދު. ރައްޔިތުންނަށް އިނގޭ ތިކުޅޭ ޗަރުކޭސް.
މޫސާ އަންވަރު
02 November 2020
ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ނ) ގައި ވަނީ ޕްރޮސިއުޓަރ ޖެނެރަލަކީ، އޭނާގެ މަސްއޫލިއްޔަތުތައް އަޑާކުރުމުގައްޔާއި އޭނާއަށް ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާ ގޮތަށް ކަންކަންކުރާ، އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހަކަށް ވެގެނެއް ނުވާނެކަމަށް! ވަކި ދަޢުވާ ކުރުމަށް ނުވަތަ ނުކުރުމަށް ޕީޖީ އަށް އެންގުމަކީ ރައްޔިތުންގެ މަޖިލީހަށްވެސް ލިބިގެންވާ ބާރެއް ނޫން.
ޝާޑު
02 November 2020
ހާދަ ޒަމާންކޮށްފައޭ މީނާ މިދައްކާލީ. ޔޫކޭއިން އެނބުރި އައީތަ؟
ދޮންދަހަނާ
02 November 2020
މަޖުލިސް ވެންޓިލޭޓަރަށް ލާންވެފައި