ލައިފްސްޓައިލް / ޖޯޖް ކްލޫނީ

ދަރިންގެ ފޮޓޯ ނޫސްތަކުގައި ނުޖަހަން އެދި މީޑިއާތަކަށް ކްލޫނީގެ ސިޓީއެއް

09 ނޮވެމްބަރ 2021 - 06:19

ހުއްދަ ނެތި ދަރިންގެ ފޮޓޯތައް މީގެ ކުރިން ވެސް އެކި ނޫސްތަކުގައި ޝާއިއު ކޮށްފައިވާތީ އެކަމާ ރުޅިދަގަވެ، ކަންބޮޑުވުން ފާޅުކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ އަނެއްކާވެސް މީޑިއާތަކަށް އެކަން ނުކުރަން އެދި ސިޓީއެއް ފޮނުވައިފި އެވެ.

ޑެއިލީ މެއިލާއި އަދި އެ ނޫން ވެސް ބޮޑެތި ނޫސްތަކަށް އޭނާ ފޮނުވި ސިޓީގައި ބުނީ ދަރިންގެ ފޮޓޯތައް ނޫސްތަކުގައި ނުޖަހަން އެދެނީ އެ އާއިލާގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ޕްރައިވެސީ ވެސް ބޭނުންވާތީ ކަމަށެވެ. އެހެންވެ މިހާތަނަށް އެއްވެސް މީޑިއާކަށް ދަރިން ފޮޓޯ ނަގައި، އެފަދަ ފޮޓޯތައް ނޫސް/މަޖައްލާތަކުގައި އެއްވެސް ގޮތަކަށް ޝާއިއުކުރަން ހުއްދަ ދީފައި ނުވާނެ ކަމަށް ބުންޏެވެ.

ކްލޫނީ ބުނި ގޮތުގައި އޭނާގެ އަންހެނުން އަމާލް ކްލޫނީ އަކީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ވަކީލަކަށްނވާތީ އޭނާ އަކީ ޓެރަރިސްޓުން ފަދަ ނުރައްކާތެރި މީސްމީހުންނާ ގުޅުން ހުރި ކޭސްތަކުގައި ޝާމިލުވާ މީހެކެވެ.

އެެހެންވެ އެ މަސައްކަތަކީ އޭނާގެ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު ވެސް އޮވެދާނެ ކަހަލަ މަސައްކަތަކަށް ވާތީއާ އެކު ދަރިންގެ ފޮޓޯތައް ނޫސްތަކުގައި ޖަހައި އާންމު ކުރުމަކި އޭގެ ސަބަބުން މުޅި އާއިލާ އަށް ވެސް ފޫނުދޭ ވަރުގެ ގެއްލުމަކާއި ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ބުންޏެވެ.

"އެހެންވެ ތަކުރާރުކޮށް ވަރަށް ބޮޑަށް އެދެން މީޑިއާތަކުން އަހަރެމެންގެ ޕްރައިވެސީ އަށް އިހުތިރާމު ކުރުމަށް،" ކްލޫނީގެ ސިޓީގައި ބުންޏެވެ. "އަރެމެން މިހާތަނަށް ދަރިންގެ އެއްވެސް ފޮޓޯއެއް އާންމެއް ނުކުރަން. އަދި އެއްވެސް މީޑިއާއަކަށް ފޮޓޯތަކެއް ވެސް ނުވެސް ވިއްކަން. ހަމަމިއާ އެކު އަހަރެމެން ދެމަފިރިންނަކީ ވެސް ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބޭނުންކުރާ ބައެއް ނޫން."

އޭނާ ބުނި ގޮތުގައި މަޝްހޫރު މީހުންނަށް ވުމަކީ އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ ކަމަކަށް ވާތީ އެކަމާ ގުޅިގެން އަމިއްލަ ދަރިންނާއި މުޅި އާއިލާ ބިރުވެރިކަމާއި ނާމާން ކަމެއްގެ ތެރޭގައި ތިބެން ޖެހުމަކީ އެއްވެސް ބަޔަކު ބޭނުން ވާނެ ކަމެއް ނޫނެވެ.

"އަހަންނަށް އެނގޭ އަހަރެމެންނަކީ ޕަބްލިކް ފިގާތަކަށް ވާތީ މީޑިއާތަކުން އަބަދު ވެސް ފާރަލާނެކަން. އެކަމަކު އެބަޖެހޭ އާއިލާއަކަށް ހައްގުވާ ޕްރައިވެސީ އާއި ރައްކާތެރިކަމާ ދޭތެރޭ ވިސްނާލަން،" ކްލޫނީ ބުންޏެވެ. "ވަރަށް އުންމީދު ކުރަން މި އެދުމާ އެއްގޮތަށް ހުރިހާ މީޑިއާތަތަކުން ވެސް އަމަލުކުރާނެ ކަމަށް. އަދި މިއީ މައުސޫމު ކުދިންތަކެއްގެ ހައްގުގައި އާއިލާއަކުން އެދޭ އެދުމެއް."

ސިޓީގައި ކްލޫނީ ވަނީ ދާދި ފަހުން އެކްޓަރު ބިލީ ލޯޑްސްގެ އެއް އަހަރުގެ އަންހެން ދަރިފުޅުގެ ފޮޓޯ މީޑިއާކުން ޝާއިއު ކޮށްފައި، ފަހުން އެ އެއްޗެހި ނަގާފައިވާތީ ހަމަ އެގޮތަށް އޭނާގެ އާއިލާ އަށް ވެސް ބޭނުންވާ ޕްރައިވެސީ އާއި ރައްކާތެރިކަމާ ދޭތެރޭ ވިސްނައިލަން އެދިފަ އެވެ.

ކްލޫނީގެ ދެމަފިރިންގެ ތިބެނީ އެއްމާބަނޑު ދެ ކުދިންނެވެ. އެއީ 4 އަހަރުގެ އެލެގްޒެންޑާ ކްލޫނީ އާއި އެލާ ކްލޫނީ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454