ފަނޑިޔާރު ސުއޫދު ޝާއިއު ކުރެއްވި ފޮތް "އިސްލާމީ ޝަރީއާގެ ހެއްކާބެހޭ އުސޫލުތައް ދިވެހިރާއްޖޭގައި ތަތުބީގުކުރަމުންދާ ގޮތް" -- ފޮޓޯ: މޯލްޑިވްސް ލޯ އިންސްޓިޓިއުޓް
14 ނޮވެމްބަރ 2021 - 20:27
"އިސްލާމީ ޝަރީއާގެ ހެއްކާ ބެހޭ އުސޫލުތައް ދިވެހިރާއްޖޭގައި ތަތުބީގުކުރަމުންދާ ގޮތް"ގެ ނަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވާފައިވާ ފޮތެއް ޝާއިއުކޮށްފި އެވެ.
މި ފޮތަކީ އިސްލާމީ ޝަރީއަތުގެ އެންމެ މުހިންމު އެއްބައި ކަމަށްވާ ހެކިބަހާ ބެހޭ އުސޫލުތައް ބަޔާންކޮށް، އިސްލާމީ ޝަރީއަތުގައި ބަޔާންކޮށްފައިވާ ހެކިބަހާ ބެހޭ އުސޫލުތައް ދިވެހިރާއްޖޭގެ ކޯޓުތަކުން ތަންފީޒުކުރަމުންގެންދާ ގޮތް ބަޔާންކުރުމަށް އޭނާ ލިޔުއްވާފައިވާ ފޮތެކެވެ.
މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ޝާއިއު ކުރި މި ފޮތަކީ 15 ޗެޕްޓަރުގެ މައްޗަށް އެކުލެވިގެންވާ 406 ސަފުހާގެ ފޮތެކެވެ.
މި ފޮތުގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނާ ބެހޭ ގޮތުން ސުއޫދު ލިޔުއްވާފައިވާ 15 ފޮތެއް މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ޝާއިއުކޮށްފައިވެ އެވެ.
އޭނާ ކުރިން ޝާއިއު ކުރެއްވި ފޮތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ބިމާބެހޭ ތަރުތީބު، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު، ކޮންޓްރެކްޓާ ބެހޭ ގާނޫނު، ކުންފުންޏާ ބެހޭ ގާނޫނު، އިސްލާމީ ޝަރީއަތުގައި ތަރިކަ މުދާ ބެހުން ފަދަ ފޮތްތައް ހިމެނެ އެވެ.
މި ނޫނަސް ގާނޫނީ ފަންނުގެ މީހުން އެ ދާއިރާގެ އެކި ކަންކަމާ ގުޅޭ ފޮތްތައް މޯލްޑިވްސް ލޯ އިންސްޓިއުޓް މެދުވެރިކޮށް ޝާއިއު ކުރެ އެވެ. އެ އިންސްޓިއުޓުން މީގެ ކުރިން ވަނީ ގާނޫނީ ބަސްތައް ހިމެނޭ ރަދީފް އެޕްލިކޭޝަނެއް ވެސް ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝަފީރު
15 November 2021
މީ ވަރަށް ރަނގަޅުކަމެއް. ސާބަސް. އަބަދުވެސް އުންމީދު ކުރާކަމެއް . ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކަށް ލިބިފައިހުރި އިލްމެއް ވިޔަސް ހުނަރެއް ވިޔަސް ފޮތްތަކުގައި ލިޔެ ދިވެހި ބަހަށް ތަރުޖަމާ ކޮށްފައި ހުއްޓައި ފެނުމަކީ. އިންޖިއަރުން އެބޭފުޅުންގެ ފޮތްތައް. ޑޮކްޓަރުން އެބޭދުޅުންގެ ފޮތްތައް. ޤުރުއާނުގެ ފުރިހަމަ ތަފްސީރު. ޤުރުއާން ތަފްސީރެއް ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައި ނެތުމަކީ ދީނީ ޢިލްމުވެރިންނޭ ކިޔާ ބައެއްގެ ނުކުޅެދުން ތެރިކަން. ލާޖެހި ޢާލިމުން.
ހުސެން
15 November 2021
އަޅުގަނޑުމެންގެ ނިޒާމު ހަރުދަނާ ކުރަން ސޫދު ފަދަ ބޭފުޅުންގެ މި ފަދަ ކޮންޓްރިބިއުޝަންތައް ވަރަށް މުހިންމު. ވަރަށް ބޮޑަށް ޝުކުރިއްޔާ.
އޮނަރަބްލް އަފީފު ދީދީ
14 November 2021
މަޝްހޫރު ޤާނޫނީ އިލްމުވެރިންގެ އާއިލާ އައްޑޫ މީދޫ ހަސަންކާރިގޭ ބޭފުޅުންނަކީ ރާއްޖޭގެ ޝަރުޢީ ޤާނޫނީ ދާއިރާގައި އެހެން އެއްވެސް އާއިލާއަކުން ނުވަތަ ފަރުދުން ތަކެއް ކޮށްދީފައިނުވާފަދަ މުހިންމު އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ އާއިލާއެއް. # ޕީއެޗްޑީ ހޯލްޑަރުންނާއި މާސްޓަރ ޙާސިލްކޮށްފައިވާ ބޭފުޅުން މުޅި އާއިލާގައި ތިއްބެވި މިއާއިލާގެ ބޭފުޅުން ދައުލަތުގެ ބަންޑާރަ ނައިބު ކަންވެސް ކޮށްފައިވޭ. މަރުޙަބާ ހުސްނު އަލް ސުޢޫދު.
މާކުންބޭ
14 November 2021
ސުޢޫދުގެ ބިޒީކޮށް އުޅުއްވަމުންވެސް ބޮޑީ އޮފް ނޮލެޖަށް ކޮންޓްރިބިއުޓް އެބަ ކުރައްވާ، މިއުޅޭ ގިނަ ޕީއެޗްޑީ ހަދާފަ ތިބޭ ގިނަ މީހުންނަކީ ފޮތެއްވެސް ލިޔެލެވޭވަރު ބައެއް ނޫން، ޕީއެޗްޑީ ގެ ޓައިޓަލް ހިފައިގެން ޕޮލިޓީޝަންސް ފަހަތުން ވަޒީފާ އެއް ލިބޭތޯ އުޅޭ ބައެއް އަދުރޭ ލެވެލްގައި، ކިޔެވި އެއްޗެއްގެ ބޭނުން ނުހިފި ހާސްގަނޑެއްގެ ތެރޭގައި ތިބެނީ، ދެން ނޫނީ އެމްއެންޔޫ އިން ވަޒީފާގަޑެއްގެ ހިޔާވަހިކަން ހޯދާ ކަމެއް ނުކޮށް ތިބެނީ ރިސާރޗެއްވެސް ނުކުރޭ.
ާތަކުރު
15 November 2021
ބަރާބަރު ކޮމެންޓެއް.
މީކާކު
15 November 2021
މީ ވެސް ގައިމު އެންޑީޕީ ކެންޕޭނު ދަތުރު ތަކުގަ އުޅުއްވި ބޭފުޅެއް. ހަދިޔަ އަކަށް ފަނޑިޔާރުކަން ލިބުނީ
ފަހުދު
15 November 2021
ދައުލަތުން މުސާރަ ނަގައިގެން ހަވާލުކުރި ޒިނަމާ އެއްފަރާތުގަ ބާއްވައިފައި ކުރަނީ މުޅިން އެހެން މަސައްކަތް ތަކެއް.
ނޫސަންގު
14 November 2021
ފަނޑިޔާރު ސުޢޫދުގެ ތި މަސައްކަތަށް ޕްރޮފެސަރ ފެންވަރުގެ ލަގަބު ދޭ ވަރުވޭ. މިވަރުގެ މަސައްކަތް ކުރާ ދަކްތޫރުން (އެބޭފުޅާ އަކީ ދަކްތޫރެއް ނޫން) މިގައުމުގައި މަދު. ގިނައީ ބޭކާރު ކަރުދާސް ދިރާސާ ހަދާ ދަކްތޫރުން. އެއިން އެއްޗަކުން މުޖްތަމަޢަށް ފައިދާ އެއް ނުވަތަ ޢިލްމު ކުރިއަރާ އިތުރުވާނެ އެއްޗެއް ހަދަނީ މަދު މީހެއް. ގާނޫނު ފަދަ ފަންނީ ދާއިރާ އެއް ކުރިއެރުވުމަށް މީ މުހިންމު މަސައްކަތްތަކެއް. މަރުހަބާ ސުޢޫދު.
ވައިކަޓޯ
14 November 2021
މަރުހަބާ ސުއޫދަށް
ސީޒަން ޖެކުހަން
14 November 2021
ސޫދު ފޮތްލިޔަނީ. ޕީޖީ ފަތަނީ. ޕުރިންސިޕަލް ސާހަބު ފުލްސެކިއުރިޓީގާ މަގުތަަށް ބަންދުކޮށްގެން ރައްޔިތުންނަށް އުދަނގުކުރަނީ. ވަލިއްޔުލްއަމްރު ސާހަބު ދުނިޔެވަށާ ބުރުތަޅަނީ.
ރޯނުއެދުރުން
15 November 2021
ކޮންމެ ކަމެއް ސިޔާސީ ކުރޭ. ތިމާއަށް ލިބިފައިހުރި އިލްމެއް އެހެން މީހުންނަށް ފޯރުކޮށްދިނުމަކީ ދީނުގައި ކިހާމުހިއްމު ކަމެއްކަން ނޭނގޭތަ. އަދި ލިބޭ ހުސްވަގުތު ބޭކާރުނުކޮށް ތިމާއަށާއި މުޖުތަމައަށް ފައިދާހުރި ކަމެއް ކުރުމަކީ ކަޓުކަމެއްތަ. ތިގޮތަށް ބޭކާރު ކޮމެންޓުކުރަން ތިސިޔާސީ ޕަޕެޓުން ތިބެނީ.