މިނިސްޓަރު ފައްޔާޒު މުނި ހޯމްކެއާއިން ރާއްޖެއަށް ތައާރަފު ކުރާ "ސެން މާކޯ" ބްރޭންޑް އިފްތިތާހު ކޮށްދެއްވަނީ-- ފޮޓޯ:މިހާރު
21 ނޮވެމްބަރ 2021 - 10:33
ކުލަ އާއި ވާނިޝް އުފައްދާ އިޓަލީގެ މަޝްހޫރު "ސެން މާކޯ" ބްރޭންޑް، މުނި އެންޓަޕްރައިޒަސް (މުނި ހޯމްކެއާ) އިން ރާއްޖެ އަށް ތައާރަފު ކުރަން ނިންމައިފި އެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބޭއްވި ލިވިން އެކްސްޕޯގައި މި ބްރޭންޑް ރޭ އިފުތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.
މުނި ހޯމްކެއާ އިން ބުނީ މި ބްރޭންޑާއެކު، އެ ކުންފުނީގެ ކުލަ އާއި ވާނިޝްގެ ޕްރޮޑަކްޓް ލައިން އިތުރަށް ފުޅާވެ، ކުރިއަރަމުން އަންނަ ކޮންސްޓްރަކްޝަން ދާއިރާ އަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން މި ސެން މާކޯއާއެކު، ކުލައިގެ ފުޅާ ރޭންޖެއް ތައާރަފުވެ، ކުލަ ލުމަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހޯމްކެއާ އިން ނިންމާފައިވާ ގޮތުން ނަމަ މި ބްރޭންޑު ރާއްޖެ އަށް ތައާރަފު ކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ސެން މާކޯ އަކީ ވޯޓާޕްރޫފް އަދި ތިމާވެއްޓާ ރައްޓެހި ތާމަލް އިންސިއުލޭޝަން ސޮލިއުޝަންސް ބޭނުންކޮށްގެން ކުލަ އުފައްދާ ކުލަ އެކެވެ. އެހެންވެ، އެއީ ރާއްޖޭގެ މޫސުމާ ގުޅޭ، މެއިންޓެނެންސް ހަރަދު ދަށް ކުލައެއް ކަމަށް ވެސް މުނި ހޯމްކެއާ އިން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy