ޕާސްޕޯޓަށް "އިމުގާ" ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ--
23 ނޮވެމްބަރ 2021 - 11:59
ޕާސްޕޯޓު ހައްދަން ކޮންމެ ވަގުތެއްގައި ވެސް އެދޭވޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން ބުނީ މިއަދުން ފެށިގެން ހަފްތާގެ ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައި ވެސް "އިމުގާ" ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ. މި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސް ކުރާނީ ހުށަހަޅާ ތަރުތީބުންނެވެ.
ޕާސްޕޯޓް ޕްރޮސެސް ކުރުމަށް ފަހު ފައިސާ ދައްކާތާ 24 ތެރޭގައި ޕާސްޕޯޓް ދޫކުރާނެ އެވެ.
ކުރިއެކޭ އެއްގޮތަށް، މިއަދުން ފެށިގެން 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ.
— Maldives Immigration (@ImmigrationMV) November 23, 2021
އަޅުގަނޑުމެން މިތިބީ ރައްޔިތުންގެ ޚިދުމަތުގައި. pic.twitter.com/0giiBuLd1n
އިމިގްރޭޝަންގެ ޓްވީޓް
މިދިޔަ ޖޫން މަހުން ފެށިގެން "އިމުގާ" މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމުތައް އިމިގްރޭޝަނުން ފެށި އެވެ. އެހެން ނަމަވެސް މީގެ އެއް މަސް ކުރިން ޕޯޓަލް އަޕްގްރޭޓު ކުރަން ހިދުމަތް މެދުކަނޑާލި އެވެ. މިއަދުން ފެށިގެން އަނެއްކާ ވެސް އެ ޕޯޓަލްގެ ބޭނުން އާންމުންނަށް ކުރެވޭނެ އެވެ.
މި ޕޯޓަލް މެދުވެރިކޮށް އެކި ވިސާތަކަށް ވެސް އެދި ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑޮކްޓާރ. ބަނާނާ
23 November 2021
މިހާރު އައީޑީކާރޑް ހައްދާނަމަ ވިއްސާރައިގަ ބޮއްކުރާ އަކުން ހުވަދޫ ކަނޑަށް މަހަށް ފުރުން ފަދަކަމެއް. ނަމްބަރު ނަގައިގެން .100 މީހުން ފަހަތުގަ ކިޔުގައި ތިބެގެން މުޅި ހަތަރުދަން އެތާ ހޭދަ ކޮށްގެން ކާޑް ލިބެނީ . އަދި ކާރޑް ހައްދަން ފޯމް ހުށަހެޅުމުން މަސްދުވަސް ފަހުންވެސް ހަބަރެއް ނުވޭ . އެންމެ ކުޑަމިނުން ޓޯކަން ނެގުމަށް ފަހު ވެއިޓިންގް ތިބި އަދަދެއްވެސް އެގޭނެ ގޮތެއްނޯޥޭ. މީވާ ތަނެއް! ޝުކުރިއްޔާ ރައީސް ސޯލިހު!
ޖަނާބު އަންޖާމު
23 November 2021
ޕާސްޕޯޓުތައް ދޫކުރަމުންދޫކުރަމުންގޮސް އަނެއްކާ ބަންގާޅީއަކަށް ދިވެހި ޕާސްޕޯޓެއް ނާރުވާތި.
ހެހހެހހެ ޕާސްޕޯރޓް އޯ!
23 November 2021
ޕާސްޕޯޓޭ؟ މިއުޅެނީ ޑްރައިވިންގް ލައިސަންސް ގަނޑުވެސް އާނުކުރެވިގެން!