އޭސް ހާޑްވެއާގެ ހޯމް ސެންޓާ ފިހާރަ: އެ ކުންފުނީގެ ފިހާރަތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ-- ފޮޓޯ:އަހުމަދު އަވްޝަން/ މިހާރު
03 ޑިސެމްބަރ 2021 - 14:12
އޭސް ހާޑްވެއާގެ 10ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.
މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަން ހާއްސަ ކޮށްފައިވަނީ އެ ކުންފުނީގެ ފިހާރަތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށެވެ. ނަމަވެސް އޮންލައިންކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ވެސް ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށްގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ޕްރޮމޯޝަނުގެ ދަށުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.
މި ޕްރޮމޯޝަނުގައި އޭސް ހާޑްވެއާގެ ފިހާރަތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން 500ރ. އިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ލަކީޑްރޯގައި ބައިވެރިވާން ކޫޕަނެއް ލިބޭނެ އެވެ. ކޫޕަން ހުށަހަޅާ މީހުންގެ ތެރެއިން ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިއަކަށް 5000ރ. ގެ ފައިސާގެ އިނާމެއް އެ ކުންފުނިން ވަނީ ހުށަހަޅައިފަ އެވެ.
މީގެ އިތުރުން އެ ކުންފުނީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ވެސް ޕްރޮމޯޝަނެއް ކުރިއަށްދާނެ އެވެ. މި ޕްރޮމޯޝަނުގައި އެ ކުންފުނީގެ ޕޯސްޓުގައި 10 ރައްޓެހިން ޓެގު ކޮށްގެން މަސްދަތުރެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އޭސް ހާޑްވެއާއިން ގޭތެރެއަށް ބޭނުންވާ ސާމާނާއި ބަދިގެއަށް ބޭނުންވާ ސާމާނާއި ގޭތެރެ ޒީނަތްތެރި ކުރަން ބޭނުންވާ ސާމާނުގެ އިތުރުން ކުޑަކުދިންގެ ކުޅޭ ސާމާނާއި ބާބަކިއުއަށް ހާއްސަ ސާމާނު ވެސް ލިބެން ހުންނާނެ އެވެ.
އެ ކުންފުނީގެ ފިހާރައެއް މާލޭގައި އެންމެ ފުރަތަމަ ހުޅުވީ 15 ޑިސެމްބަރު 2011ގަ އެވެ. މިއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯ-ލޯޑް މޯލްޑިވްސްއާ ގުޅިގެން ހުޅުވި ފިހާރައެކެވެ. އެއަށްފަހު 20 ޑިސެމްބަރު 2011ގައި އެ ކުންފުނީގެ ހާޑްވެއާ އެންޑް ހޯމް ސެންޓަރު ވެސް ހުޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy