ޚިޔާލު

ސްޕޯޓްސް ޕޮލިޓިކްސް: އިންޑިއާގެ ސުޕަލީގް މެކުހަށް، ދިވެހި ލީގް ހުއްޓިފައި!

މިދިޔަ އޮކްޓޫބަރު މަހު ރާއްޖޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަން އިންޑިއާ އަށް، ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ތަށި ދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހާމިދު އަބްދުލްޣަފޫރު

08 ޑިސެމްބަރ 2021 - 08:43

18 comments

ދިވެހިރާއްޖެ، އިންޑިއާ ބަލިކުރާ ވާހަކަ ދެއްކީމާ ބޭރު ގައުމުތަކުގެެ ގިނަ ބަޔަކު ހޭނެ އެވެ. އެހެން ނަމަވެސް މިއީ ވެސް ހަގީގަތެކެވެ. ދެހާސް އަށްވަނަ އަހަރާއި 2018 ވަނަ އަހަރު އިންޑިއާ ބަލިކޮށް ދިވެހިރާއްޖެ ވަނީ ސައުތު އޭޝިއާގެ ޗެމްޕިއަން ހޯދައިފަ އެވެ.

ރާއްޖޭގައި އެއްވަނަ ޑިވިޝަންގެ ހަ ޓީމުގެ ލީގެއް ފެށީ 1989 ގަ އެވެ. އިންޑިއާގައި 10 ކްލަބްގެ ނެޝަނަލް ފުޓްބޯލް ލީގް ފެށީ 1996 ގައެވެ. ރާއްޖެ އަށް ވުރެ ހަތް އަހަރު ފަހުންނެވެ. ރާއްޖޭގައި އަށް ކްލަބާއެކު "ދިވެހި ލީގް" ރީ-ބްރޭންޑް ކުރީ 2002 ގަ އެވެ. އިންޑިއާގައި 11 ކްލަބާއެކު އައި-ލީގް ރީ-ބްރޭންޑްކުރީ 2006 ގަ އެވެ. ރާއްޖެ އަށް ވުރެ ހަތަރު އަހަރު ފަހުންނެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަތްވަނަ އަހަރުން ފެށިގެން ސަރަހައްދުގެ ގަދަ ޓީމެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރެވުމަކީ، މި ޓައިމްލައިން ބުނާގޮތުން ހައިރާން ވާން ޖެހޭނެ ކަމެއް ނޫނެވެ. އިންޑިއާގެ އައި-ލީގް ރީ-ބްރޭންޑް ކުރުމާ ހަމައަށް ރާއްޖެ ދެ ފައިނަލް ކުޅުނެވެ. އެ އަހަރު ފުރަތަމަ ފައިނަލްގައި އިންޑިއާ އަތުން 1-5 އިން ބަލިވީ އެވެ. ދެހާސް ތިންވަނަ އަހަރުގެ މުބާރާތުގައި ދެވަނަ ފައިނަލްގައި ބަންގްލަދޭޝްގެ އަތުން 3-5 އިން ބަލިވީ އެވެ. އަދި އައި-ލީގް އުފެއްދި ފަހުން 2008 ގައި އިންޑިއާއާ ދެކޮޅަށް ފައިނަލްގައި ކުޅެ 0-1 އިން އިންޑިއާ ބަލިކުރި އެވެ. މިއީ ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި ދިވެހި ލީގްގެ ތަރައްގީ އަށް އިތުރު މަސައްކަތެއް ނުކޮށް، ނިދި ޖެހިފައި އޮއްވައި 2014 ގައި އިންޑިއާގެ ފުޓުބޯޅަ އަށް ބޮޑު އިންގިލާބެއް ގެންނާނެ އިންޑިއަން ސުޕަލީގް (އައި.ޕީ.އެލް) 8 ފްރެންޗައިޒްއާއެކު ފަށައިގެންފި އެވެ. އެހެން ނަމަވެސް 2018 ގައި ރާއްޖޭގެ ދެވަނަ މޮޅު، އިންޑިއާގެ މައްޗަށް ހޯދި އެވެ. ލިބުނު މޮޅުގައި މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކުރީ ލަންކާ، ރާއްޖެ، އިންޑިއާ އޮތް ގްރޫފުން ލަންކާއާ ހުރިހާ ގޮތަކުން (ޖެހި ގޯލާއި ގޯލްގެ ތަފާތުން) އެއްވަރު ވެގެން ގުރުއަތުލައިގެން ކަން ވަނީ ފޯރިގަނޑުގެ ތެރޭގައި ހަނދާން ނެތިފަ އެވެ. އެކަމަކު 1-2 އިން އިންޑިއާ ބަލިކުރި އެވެ.

ސައުތު އޭޝިއާގެ އެންމެ ބޮޑު ގައުމުގައި ފުޓުބޯޅަ ހަރަކާތަށް ބޮޑު އިންގިލާބެއް ގެނެވިއްޖެ އެވެ. އޭގެ ނަތީޖާ މިދިޔަ އޮކްޓޯބަރު މަހު ގަލޮޅު ދަނޑުން ފެނިގެން އެ ދިޔައީ އެވެ. ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ، ނަތީޖާ މަންޒަރު ކޮށްދިނީ އިންޑިއާގެ ސުޕަލީގްގެ މިސާލު ދައްކަމުންނެވެ.

ފުޓުބޯޅަ އަގުކުރުން:

ދަނޑުފޯރި ތައާރަފުކުރި ދިވެހި ފުޓުބޯޅަ، ދިވެހިންގެ ހިތްތަށް ދަމައިގަތެވެ. ދިވެހި ދިރިއުޅުމާއި ސަގާފަތުގެ ތެރެއަށް އެސޯސިއޭޝަން ފުޓުބޯޅަ ހުއްޓުމެއް ނެތި ފޭދެމުން ދާ މިންވަރު ދެނެގަތުމަކީ ބޭނުންތެރި ކަމެކެވެ. ފެށުނީ އަވަށު، ރަށު، ލޯކަލް ކްލަބުންނެވެ. މިއަދު ރާއްޖޭގެ ކްލަބްތައް ފައްކާވަމުން ދިޔައިރު، ދިވެހިން އެނބުރިގަތީ ޔޫރަޕިއަން ފުޓުބޯޅައަށެވެ. އަލަށް ލިބުނު ލައިވް ޓީވީ ޗެނަލްތައް މެދުވެރިކޮށެވެ.

ދިވެހިން ކުޅިވަރު ބަލަން ހޭދަކުރާ ވަގުތު، މީޑިއާނެޓްގެ ޚަބަރުތަކުންނާއި އިޝްތިހާރުތަކުން އޮޅުން ފިލަ އެވެ. ރާއްޖޭގެ އެންމެ ގިނަ މީހުން ބަލާ ޓީވީ ޗެނަލްތަކަކީ ވަގުތުން ގެނެސްދޭ ޔޫރަޕްގެ ފުޓުބޯޅަ ލީގްތަކެވެ. އެފަދަ ރެއެއްގައި އެހެން އެއްވެސް ޗެނަލެއް ނުބަލާ ވަރަށް ކުޅިވަރު ޗެނެލްތައް ބަލަ އެވެ. މީހަކު ކަމަކަށް ހޭދަކުރާ ވަގުތަކީ އަގު ކުރެވިދާނެ ކަމެކެވެ. ވަގުތަކީ ފައިސާ ކަމަށް ވާތީ އެވެ. ވީމާ ރައްޔިތުން މުނިފޫހިފިލުވުމަށްޓަކައި ކުޅިވަރު ބަލަން ހޭދަކުރާ ވަގުތަކީ ފައިސާގެ އަދަދުން އަގު ކުރެވިދާނެ އިޖުތިމާއީ ހަރަކާތެކެވެ. ވިޔަފާރި އުސޫލުން ނަމަ "ދަނޑުފޯރި" އަކީ ކޮންސިއުމާ ޕްރޮޑަކްޓެކެވެ. މިއީ "ޕްރޮފެޝަނަލް" ބަނޑުހިފުމެއެއް ނޫން ވިއްޔާ އެވެ! އަޑުބަރޭ ބައިވެރި ކުރެވޭނީ ކިހިނަކުންތޯ އެވެ!

ރާއްޖޭގެ ކުޅިވަރުގެ ހިންގުންތެރިން މިފަދަ ތަފާސްހިސާބު ދިރާސާކޮށް، އުޅުން ބޭނުންތެރި އެވެ. ދިވެހި ލީގްގެ ޓިކެޓް ސޭލްސްއެއް ހާމައެއް ނުކުރެ އެވެ. ޓެލެވިޝަން ރޭޓިން ބަލާ ދިރާސާ ކުރާ ކަމެއް އެނގިފައެއް ނުވެ އެވެ. ލީގެއް ހިންގުމަކީ ފަންނީ ކަމެކެވެ. އެއީ ވާދަވެރި ލީގެއް ހިންގުމެވެ. ކްލަބާއި އަވަށްޓެރިންނާ ގުޅުން އޮތް ލީގެއް ހިންގުމެވެ. ސަޕޯޓަރުންގެ މަސްލަހަތު އޮތް ދަނޑުފޯރީގައި ކުޅޭ ލީގެއް ހިންގުމެވެ. ވަގުތުން ޓީވީން ގެނެސްދޭ ލީގެއް ހިންގުމެވެ. ސޯޝަލް މީޑިއާ އިން ޚަބަރުތައް ފޯރުކޮށްދޭ ލީގެއް ހިންގުމެވެ. ދަނޑު ފުރައިލެވޭ ލީގެއް ހިންގުމެވެ. މުޅި ރާއްޖެ އަށް ހުޅުވައިލެވިފައިވާ ޖަޒީރާ ލީގެއް ހިންގުމެވެ.

ފަހުގެ ތަޖުރިބާ:

ދެކުނު އޭޝިއާގެ ފުޓުބޯޅައިގެ ބާރެއްގެ ގޮތުގައި ތިބުމަކީ ފަސޭހަ ކަމެއް ނޫންކަން ނިމިގެން ދިޔަ ސާފްޗެމްޕިއަންޝިޕާއި ކޮޅުނުބުގައި ކުޅުނު ފޯނޭޝަންސް ކަޕުން ދެނެގަނެވިއްޖެ އެވެ. ވީމާ، އަޅުގަނޑުމެން ވާދަކުރަން ފައިނަގާ އިންޑިއާގެ ފުޓުބޯޅަ ދުވެލި ދެނެގަތުމަކީ މި ވަގުތު ބޭނުންތެރި ކަމެކެވެ. ރާއްޖޭގެ ފުޓުބޯޅަ 2002 ގައި އުފެއްދި ދިވެހި ލީގާއެކު ހުއްޓުން އަރާ، ތާއްޔާ ޖެހިފައި އޮއްވައި 2014 ގައި އިންޑިއާގައި ވުޖޫދަށް ގެނައީ އިންޑިއަން ސުޕަލީގެވެ. އަންނަ ސީޒަންގައި 13 ފްރެންޗައިޒް/ކްލަބް އޮންނާނެ އެވެ. ފެށީ 8 ފްރެންޗައިޒުންނެވެ. ދިވެހި ލީގުގެ ސައިޒްގަ އެވެ. ފީފާ އިން ބާރު އަޅަނީ 2024 ގެ ސީޒަނަށް 16 ފްރެންޗައިޒް/ކްލަބަށް ސުޕަލީގް ބޮޑުކުރާށެވެ.

ފައިނޭންސް ކުރުމުގެ ތަފާތު ސިސްޓަމްތައް:

ދެމެހެއްޓެނިވި ލީގަކަށް ވިސްނާއިރު، ޖަޒީރާ ލީގަކީ އަށް ޒޯނުން 48 ކްލަބްގެ ކޮލިފިކޭޝަން ބުރަކުން ހޮވޭ އެންމެ މޮޅު އަށް ކްލަބް ހޯމްއެންޑްއަވޭ ކުޅޭ ލީގެކެވެ. ރާއްޖެ އަށް ތައާރަފު ވެފައި މި އޮތީ ޔޫރަޕްގެ ސަގާފަތެވެ. ފުޓުބޯޅަ ކްލަބްގެ ނިޒާމެކެވެ. އެމެރިކާގެ ލީގްތަކުގައި ކުޅޭ ކްލަބްތަކަށް ކިޔަނީ ފްރެންޗައިޒް އެވެ. އިންޑިއަންސުޕަ ލީގްގައި އެ ކުޅެނީ ފްރެންޗައިޒްތަކެކެވެ. ތަފާތަކީ ކޮބައިތޯ އެވެ؟

ފްރެންޗައިޒް (އެމެރިކާ)

ޔޫރަޕްގެ ކްލަބް ސްޕޯޓްސް ސިސްޓަމާއި އެމެރިކާގެ ސްޕޯޓްސް ފްރެންޗައިސް ސިސްޓަމްގެ މައިގަޑު އެއް ތަފާތަކީ ސްޕޯޓްސްް ފްރެންޗްއިޒް އަކީ ލީގުގެ ދާއިމީ ޓީމަކަށް ހެދުމެވެ. މިއީ "ކްލޯސްޑް" ސިސްޓަމެކެވެ. ބަންދުވެފައި އޮންނަ ލީގެކެވެ. އެއީ ލީގް އޮގަނައިޒަރުން އެއްކުރާ ފްރެންޗައިޒްތަކަކަށް ނުވަތަ ކްލަބް/ޓީމްތަކަކަށް އެކަނި ކުޅެވޭ ގޮތަށް ހަދާތީ އެވެ. އިންޑިއާގައި އުފެއްދި ސުޕަލީގަކީ އެމެރިކާގެ ފްރެންޗައިޒް ސަގާފަތެކެވެ. ސުޕަލީގް ބިނާކުރީ ދެ އަސާސެއްގެ މައްޗަށެވެ. އެއް އަސާސަކީ އިންޑިއާގެ ބައިބޯ ސަރަހައްދުތަކަށް ނިސްބަތްވާ ގޮތަށް ފްރެންޗައިސް ޓީމުތަކެއް ފައިނޭންސް ކުރުމެވެ. ޖަޒީރާ ލީގްގައި ރާއްޖެތެރެއަށް ފުޓުބޯޅަ ގެންދާ އުސޫލުންނެވެ. އަނެއް އަސާސަކީ ވިޔަފާރި އުސޫލެވެ. ރާއްޖޭގައި މިއީ ދިރާސާ ކުރަން ޖެހިފައިވާ ކަމެކެވެ.

ކްލަބް (ޔޫރަޕް)

އިންޑިއަން ސުޕަލީގްގައި ގެންގުޅޭ އުސޫލާ ހިލާފަށް ޔޫރަޕިއަން ކްލަބް ސިސްޓަމްގައި، ގެންގުޅެނީ "ހުޅުވިފައިވާ" އުސޫލެކެވެ. އެއީ ކްލަބަކަށް ދާއިމީ ގޮތެއްގައި ލީގްސްލޮޓެއް ގެރެންޓީކޮށް ނުދިނުމެވެ. ޕްރޮމޯޝަނާއި ރެލިގޭޝަން އުސޫލުން، ލީގުގެ ފުލަށް ދާ ޓީމު، ދަށް ޑިވިޝަނަށް ރެލިގޭޓް ކުރަންޖެހޭނެ އެވެ. ރެލިގޭޓް ކުރުމުގެ އުސޫލުގެ އެޑްވާންޓޭޖެއް ކަމުގައި ބުނަނީ ވާދަވެރިކަން އިތުރުވުމެވެ. ފީފާއަކީ ޔޫރަޕްގެ ސަގާފަތުން އުފެދިފައިވާ ޖަމިއްޔާއެއް ކަމަށް ވާތީ، ފީފާ އާއި އޭ.އެފް.ސީން ވެސް ދަމަހައްޓަން ބޭނުންވަނީ ރާއްޖޭގައި ވެސް މި އޮތް ސަގާފަތެވެ. ކްލަބް ސިސްޓަމެވެ. ޕްރޮމޯޝަނާއި ރެލިގޭޝަންގެ އުސޫލެވެ.

އިންޑިއާގެ ފުޓުބޯޅައިގެ ދުވެލި:

އިންޑިއާގައި ދެ ލީގެއް މި ވަގުތު އެބައޮތެވެ. އެއީ 1996 ގައި އުފެއްދި "ނެޝަނަލް ފުޓްބޯލް ލީގް" (2006 އިން ފެށިގެން އައި-ލީގް) އާއި 2013 ގައި އުފެއްދި އިންޑިއަން ސުޕަލީގް (އައި.އެސް.އެލް) އެވެ. މުސްކުޅި އައި-ލީގަކީ ރާއްޖޭގެ ދިވެހި ލީގެކޭ އެއްގޮތަށް އޯލް އިންޑިއާ ފުޓުބޯޅަ ފެޑެރޭޝަނުން، ސަރަހައްދުތަކަށް ނުފެތުރި، ފުޓުބޯޅަ އަށް މޮޅު ސަރަހައްދުތަކަށް ހަނިވެ، ބަލިކަށި، 11 ކްލަބްގެ ކުޑަ ލީގެކެވެ. އިންޑިއާގެ "ނެޝަނަލް ފުޓްބޯލް ލީގް" ފެށީ 1996 ގައި ނަމަވެސް ރާއްޖޭގައި މިފަދަ ލީގެއް އިންޑިއާ އަށް ވުރެ ހަތް އަހަރު ކުރިން 1989 ގައި ފަށައިފި އެވެ. އެއީ ހަ ޓީމުގެ ދަނޑު ފުރައިލި މުސްކުޅި މާލެ އަށް ނިސްބަތްވާ އެއްވަނަ ޑިވިޝަންގެ ލީގެވެ. ގައުމީ މުބާރާތުގެ ފައިނަލް ބުރެވެ.

އަޅުގަނޑު ލިޔަމުން މި ގެންދަނީ އިންޑިއާގެ ފުޓުބޯޅަ އިންތިގާލީ މަރުހަލާއެއްގައި އޮތް ދުވަސްވަރެއްގަ އެވެ. ދެހާސް ނަވާރަ ވަނަ އަހަރުގައި އިންޑިއާ އިން އުފެއްދި ރޯޑްމެޕެއްގެ ދަށުން ހަލުވި ދުވެލީގައި ކުރިއަށް ގެންދާ ދުވަސްވަރެއްގަ އެވެ. އިންޑިއާގެ މުސްކުޅި ގައުމީ މުބާރާތް 10 އަހަރުގެ ތެރޭގައި އައި-ލީގްގެ ގޮތުގައި ބްރޭންޑް ކުރިއިރު، އޭގެ ހަތަރު އަހަރު ކުރިން ރާއްޖޭގައި ބްރޭންޑްކުރި އަށް ޓީމުގެ ދިވެހި ލީގް މި އޮތީ އޮތް ގޮތަށެވެ. ފިކުރު ހުސްވެ ހޭނެތިފަ އެވެ. ދިވެހި ލީގާއި އައި-ލީގު ވެސް އޮތީ ދާދި އެއްގޮތަކަށެވެ. ދިވެހި ލީގްގައި ކުޅެނީ އަށް ކްލަބެވެ. މާލޭގެ ހަ ކްލަބާއި ރާއްޖެތެރޭގެ ދެ ކްލަބެވެ. އައި-ލީގްގައި ކުޅެނީ 11 ކްލަބެވެ. ކަލްކަތާ އާއި ގޯވާ ފަދަ ސަރަހައްދުތަކުގެ ކްލަބްތަކެވެ. އިންޑިއާގެ ބައިބޯ އުތުރަށް ނިސްބަތްވާ ކްލަބަތަކެއް ނެތެވެ. ހަމަ ރާއްޖެއެކޭ އެއްގޮތަށް، ގައުމުގެ ނިސްބަތުން ބަލިކޮށް، ހަނިކޮށެވެ. މުޅި ގައުމަށް ފުޓުބޯޅަ ފަތުރައިލުމުގެ ވިސްނުމަކު ނޫނެވެ.

މިދަނީ ކޮން ދިމާލަކަށްތޯ އެވެ؟

ދެހާސް ދެވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެސޯސިއޭޝަން ގަދަ ނިދީގައި އޮވެ، ދިވެހި ލީގް ރޫޅެމުން ދިޔައިރު، އިންޑިއާގެ ފުޓުބޯޅަ މި އޮތީ ހޭލައްވާލައިފަ އެވެ. ދެހާސް ސާދަވަނަ އަހަރު އެ ގައުމުގައި، ވިޔަފާރި އުސޫލުން އުފަން ކުރި ސުޕަލީގް ވެގެން ދިޔައީ އަޅުގަނޑުމެން ބޭނުން ވެގެން މި އުޅޭ ޖަޒީރާ ލީގް ފަދަ އިންގިލާބަކަށެވެ.

ރާއްޖެ ހުއްޓިފައި އޮތް ނަމަވެސް އިންޑިއާގެ ސުޕަލީގް މިހާރު އެ އޮތީ މެކުހަށް ޖަހައިފަ އެވެ. ކްލޯސްޑް ފްރެންޗައިޒް އުސޫލުން ފެށި އިންޑިއަން ސުޕަލީގް މިހާރު އެ ދަނީ ޔޫރަޕްގެ ރެލިގޭޝަން ސަގާފަތް ބަލައިގަނެ، އޯޕަން ލީގަކަށް ބަދަލު ކުރަމުންނެވެ. ދެހާސް ސަތާރަވަނަ އަހަރުން ފެށިގެން ފީފާ އާއި އޭ.އެފް.ސީއާއެކު ކުރި މަޝަވަރާތަކުން، މިހާރު ހަމަޖެހިފައި ވަނީ 2024 އިން ފެށިގެން ސުޕަ ލީގް ރެލިގޭޝަން އުސޫލަށް ބަދަލުކޮށް 16 ކްލަބް/ފްރެންޗއައިޒް އަށް ބޮޑުކުރާށެވެ. އަދި މުސްކުޅި އިންޑިއަން ލީގްގެ ޗެމްޕިއަނަކީ އޭ.އެފް.ސީ ކަޕަށް ކޮލިފައިވާ ޓީމު ކަމަށް ހަމަޖައްސައި، ސުޕަލީގްގެ ޗެމްޕިއަނަކީ އޭ.އެފް.ސީ ޗެމްޕިއަންސް ލީގަށް ކޮލިފައިވާ ޓީމު ކަމުގައި ހެދުމަށެވެ.

އިންޑިއާގައި އެ ދަނީ ދެމެހެއްޓެނިވި، ވާދަވެރި، ވަރުގަދަ ގައުމީ ފުޓުބޯޅަ ނިޒާމެއް ނަގައި ކޮޅަށް ޖަހަމުންނެވެ.

ފުޓުބޯޅަ އެސޯސިއޭޝަން "ހޭނެތިފައި"!

ރާއްޖޭގެ އެސޯސިއޭޝަން "ހޭނެތިފައި" އޮއްވައި، އިންޑިއާގައި އޮޅުންބޮޅުންކޮން އޮތް ފުޓުބޯޅަ ނިޒާމު އެ ގެންދަނީ އެއްގޮތްކޮށް، ކޮންސޮލިޑޭޓް ކުރަމުންނެވެ. މަސްލަހަތު އޮތް ހުރިހާ ފަރާތްތަކާ މަޝްްވަރާ ކުރެވިގެންނެވެ.

ޕާލިމެންޓަރީ ޑިމޮކްރަސީއަކަށް ވާތީ އެވެ. އެގްޒެކެޓިވް އަށް ނުވަނީ ނަމަ މަޖިލީހަށް ވާނެ އެވެ! ދެހާސް ތޭރަވަނަ އަހަރުގައި އިންޑިއާގައި އުފަންވި ސުޕަލީގް 2017 ގައި، ފީފާ އާއި އޭ.އެފް.ސީއާއެކު ފެށި މަޝްވަރާތަކުން 2019 ގައި އިންޑިއަން ފުޓުބޯޅައިގެ "ރޯޑްމެޕް" އަކަށް އެއްބަސްވެވިއްޖެ އެވެ. އިންތިގާލީ މަރުހަލާ ނިމޭއިރު ފްރެންޗައިޒް އާއި ކްލަބް އެކުލެވޭ، ސުޕަލީގަކަށް ބަދަލު ކޮށްލަނީ އެވެ.

އެމެރިކާގެ ސަގާފަތުން އުފެއްދި ފްރެންޗައިސް އާއި ޔޫރަފްގެ ސަގާފަތުން އުފެދުނު ކްލަބް ބައިވެރިކުރާ، ރެލިގޭޝަން އުސޫލް ބަލައި ގަންނަ އިންޑިއަން ސުޕަލީގް ތައްޔާރުވީ އެވެ. އޭޝިއާގެ އެންމެ ގަދަ ލީގަށް ވުމަށެވެ. އަޅުގަނޑުމެން ވެސް ދެން ބަލާނީ އެ ޗެނަލް ތޯއްޗެކެވެ! އިންޑިއާގެ ވާލްޑްކަޕް ކޮލިފިކޭޝަން ކެމްޕޭން ފެށުނީ އެވެ. އޯލްއިންޑިއާ ފުޓްބޯލް ފެޑެރޭޝަނަކީ ސުޕަލީގް ހިންގާ ފަރާތެއް ނޫނެވެ. ރެގިއުލޭޓްކުރާ ފަރާތެވެ. އިންޑިއާގައި ފީފާއޭ ކިޔައިގެން ހަޅޭކެއް ނުލަވަ އެވެ.

"ތުއްތު" އެސޯސިއޭޝަން:

އިންޑިއާ ފުޓުބޯޅައިން ހިންދެމިލަނީ އެ ގައުމުގެ ބިޔަ އާބާދީގެ ބާރުގަ އެވެ. ރާއްޖޭގައި ކުޑަ އާބާދީއެއްގެ ބައިކުޅަބައިގައި އެސޯސިއޭޝަން މި އޮތީ ކުޅޭކުޅޭ އެސޯސިއޭޝަނަކަށް ވެފަ އެވެ. ތުއްތު އެސޯސިއޭޝަނެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް އިންޑިއާއާ ވާދަކުރަން ފައިނަގައިގެންނެވެ. ގައުމީ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ އަށް ބޮޑުމަންޒަރު ފެނެއެވެ. އިންޑިއާގެ ގައުމީ ޓީމުން އެ ދައްކައިލީ އެ ގައުމުގެ ސުޕަލީގްގެ ފަންވަރެވެ.

ސްޕޯޓްސް މިނިސްޓަރު މަހުލޫފް (ވ) އެފްއޭއެމްގެ ރައީސް ބައްސާމް.---ފައިލް ފޮޓޯ: މިހާރު

ދިވެހިރާއްޖެއަކީ މީސްކޮޅު މަދު، ކުޑަ ގައުމެކެވެ. އިންޑިއާގެ ފުޓުބޯޅަ ވެސް ރާއްޖެއެކޭ އެއް ފެންވަރުގައި، އޮތް ދުވަސްވަރެއް ދިޔަ އެވެ. އެކަމަކު، މިއަދު އެކަން ބަދަލުވެއްޖެ އެވެ. ސުޕަލީގުން އިންޑިއާގެ ފުޓުބޯޅަ ބަދަލުކޮށްލައިފި އެވެ. "ރޯޑްމެޕް" އަކަށްވީ ދެ ސިސްޓަމުން އެންމެ މޮޅު ގޮތް ހޯދައި އެއްގޮތް ކޮށްދޭ ފޯމިއުލާއެކެވެ. ރެލިގޭޝަނަށް އެއްބަސްވެ، ފްރެންޗައިޒްތައް ވެސް ކްލަބްތައް ވެސް ބައިވެރިވެވޭ އުސޫލެކެވެ. ޖަޒީރާ ލީގްގެ ވެސް މަފްހޫމެވެ. ގައުމީ ފެންވަރުގައި އަތްފޯރާފަށަށް ފުޓުބޯޅަ ގެންދިއުމެވެ. އިންޑިއަން ސުޕަލީގުން އެކަން ކުރިއިރު، ރާއްޖެ މި އޮތީ އަޅެ ހޭނެތިފައި ހެއްޔެވެ؟

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ސްޕޯޓްސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ކުޅިވަރުގެ އެކި ދާއިރާތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފަ އެވެ. ހާމިދަކީ ސްޕޯޓްސް މިނިސްޓްރީގެ ސްޕޯޓްސް ޑައިރެކްޓަރު ކަމާއި އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކައުންސިލްގައި މިހާރު ވެސް ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ ތަމްސީލު ކުރައްވަމުންނެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޓްނަސް ކްލަބެއް ހިންގަވަން ފެއްޓެވި ބޭފުޅަކީ ވެސް އެއީ އެވެ. މާލޭ ފިޓްނަސް ކްލަބްގެ ނަމުގައި ހާމިދު ޖިމެއް ހިންގަވާތާ މިހާރު 30 ވަރަކަށް އަހަރު ވެއްޖެ އެވެ.

18 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 80%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބީތް

08 December 2021

ދެން ރަގަޅެއްނު. ނާޗަރަންގީ މިނިސްޓްރަށް ހިންދީ ލަވަ ކިޔާފައި ހިންދީ ފިލުމްސްޓާރުންާނާއެކު ނާޗަރަންގީ ކުޅެވޭތާ

The name is already taken The name is available. Register?

އަލީވަޖީހު

08 December 2021

އިންޑިއާގެ ލީގުތަކަކަށް އިންޑިއާގެ މަހުޖަނުން ޚަރަދުކުރޭ. މުކޭޝް އަމްބާނީ ވެސް ކްރިކެޓް ލީގުތަކަށް އެތައް މިލިއަނެއް ޑޮލަރެއް ޚަރަދުކޮށްފައި ބާކީ މަދުވެގެން 1 މިލިއަން ޑޮލަރު ސުޕަރ ލީގަށް ދިނީމަ މުޅި ދިވެހި ލީގުގެ އަގަށް ވުރެ މަތިވާނެ. މިޤައުމުގެ މަހުޖަނުން ހުންނަނީ ދަރާފަ ސިޔާސީ ކަންކަމަށް ޚަރަދުކޮށް ނިމޭއިރު.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

08 December 2021

ދިވެހިރާއްޖޭގައި ބާއްވާ "ދިވެހި ލީޤު" ޙަޤީގީ ދިވެހި ލީގެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައި ކަޑައަޅާ. # އަދި ރީޖަނަލް ސްޓޭޑިއަމް ތަކަކީ މާލެ، ހަނިމާދޫ، އައްޑޫ ސްޓޭޑިއަމް ކަމަށް ކަޑައަޅާ އޭއެފްސީ އަދި ސާފްގޭމްސް ބޭއްވޭ ފެންވަރަށް 3 ރީޖަނުގެ ސްޓޭޑިއަމް ތަރައްޤީކޮށް ހޯމްއަވޭ ބާއްވައިގެން މެނުވީ ތިކަން ނުކުރެވޭނެ.

The name is already taken The name is available. Register?

ފަސީ.

11 December 2021

ގްޑް އައިޑިއާ. އައިލަކް ދިސް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

08 December 2021

އިންޑިޔާގައި އޮތީ ހަމައެކަނި ނިއުދިއްލީގެ ޓީމް ތަކަށް ޙާއްސަކޮށްގެން ބާއްވާ ލީގެއްގެ ބަދަލުގައި އިންޑިއާގެ ހުރިހާ ސްޓޭޓް ތަކަށް އެއްހަމައަކުން ފުރުސަތުދީގެން ބާއްވާ އިންޑިއާ ލީގެއް. # އެކަމަކު ކ.އަތޮޅު މާލެއަށް ހުރިހާ ބާރެއް ޖަމާކޮށްގެން ނަމުގެ ކުރިއަށް "ޤައުމީ" ލައިގެން ތިބެ "ދިވެހި ލީޤު" ގެ ނަމުގައި ކ.އަތޮޅު މާލޭގައި ބާއްވަނީ މާލޭގެ މީހުން މަޖާކުރަން ހަދައިގެން އުޅޭ މާލޭ ކްލަބްތަކަށް ވާދަކުރެވޭ "މާލޭ ލީޤް" ނޫންތޯ.

The name is already taken The name is available. Register?

ޣަނީ

08 December 2021

ބައްސާމު އަށް ވަރަށް ސަލާމް

The name is already taken The name is available. Register?

އިބުރާ

08 December 2021

ސްޕޯޓްސް ޕޮލިޓިކްސް: އިންޑިއާގެ ސުޕަލީގް މެކުހަށް، ދިވެހި ލީގް ހުއްޓިފައި! ދެންބުނާނެ ކުޅިވަރު ކުރިއަކަށް ނާރައޭ!!

The name is already taken The name is available. Register?

ސަސަ

08 December 2021

ނޫސްވެރިން ހަރަދު ކޮށްގެން ލީގް ފަށަންވީނު ސަރުކާރަށް ޕްރެސަރުކޮށްގެން ތިކަން ކުރަން ނޫޅޭ އެހެން ކުޅިވަރުތައް މާ އެޑްވާންސް އޭ މިޙާރު އެކުޅިވަރުތަކަށް ހަރަދު ކުރޭ

The name is already taken The name is available. Register?

ކައްކާ

08 December 2021

އަހަރެމެން މާ ހައިރާން އެބަވެއޭ ދިވެހިން ފިލްމުކުޅޭތާ ފަންސާހަކަށް އަހަރުފަހުން ފިލްމުކުޅެންފެށި ކަރަންޖޯހަރުމެން ދިވެހިން އޮބާލާފަ އެހިސާބަށް ގޮއްސަތިބޭތަން ފެނުނީމަ.

The name is already taken The name is available. Register?

ސަސި

08 December 2021

އެހެންވީމާ އެފްއޭއެމް ހިންގަން އިންޑިޔާ އަސްކަރީ ބަޔަކާ، ލީގު އިންތިޒާމު ކުރަން އިންޑިއާ ސިފައިން ހޯދަންވީ

The name is already taken The name is available. Register?

މޯޑް

08 December 2021

މަހުލޫފާ ބަންސާމް ފުޓްބޯޅަ ހަލާކުކުރީ އިސްތިއުފާދީ.

The name is already taken The name is available. Register?

ސަފޯޓަރ

08 December 2021

ނިއުރޭޑިއަންޓް ދިވެހި ފުޓްބޯޅައިގެ ރަސްކަން ކުރާތި ވަކި ކުލަބުތަކަށް ހަޖަމްނުވެގެން އެމީހުންނަށް ކާމިޔާބު ނުލިބޭތީ ނިއު ސަސްފެންޑް ކުރީމަ ވަކި މިހާރު ކާމިޔާބު ލިބޭބާ. އޭއެފްސީގެ ފައިނަލާ ހަމަޔަށް ދެވިއްޖެބާ? ބަންސާމް އިސްތިއުފާދީ ދިވެހި ފުޓްބޯޅައަށް ހެވެއް އެދެށްޏާ. ނިއު ވިކުޓްރީ ގަލޮޅު ދަނޑްން މިހާރުވެސް ފެންނަށް ފަށައިފިންޔާ އިހުއޮތް ފުޓްބޯޅައިގެ ފޯރި ގެނެވިދާނެ ކަން ކަށަވަރު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454