16 ޑިސެމްބަރ 2021 - 15:19
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފަރުނީޗަރު ވިއްކާ ފިހާރަ "ދަމާސް" ގެ "އިޔަ އެންޑް ސޭލް" ފަށައިފި އެވެ.
ދަމާސް އިން ބުނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން ދަމާސްގެ ތިން ފަރުނީޗަރު ފިހާރައިން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. ދަމާސްގެ އިންޑެކްސް ފިހާރަ އާއި ދަމާސް ހޯމް އާއި ދަމާސް ކިޗަން ފިހާރައިން ވެސް މި ޑިސްކައުންޓްތައް ލިބޭނެ އެވެ. މީގެ އިތުރުން ދަމާސްގެ އޮންލައިން ފިހާރަ "ދަމާސް އެކްސްޕްރެސް" އިން ހާއްސަ އަގުތަކެއްގައި ތަކެތި ލިބޭނެ އެވެ.
ދަމާސް އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން 500ރ. އިން މަތީގެ ކޮންމެ ވިޔަފާރިއެއް ކުރާ މީހަކަށް ވައުޗާއެއް ލިބޭނެ އެވެ. ވައުޗާތައް ހުށަހެޅުމުން މި ޕްރޮމޯޝަން ނިމޭ ދުވަހު ގުރުއަތުން ހަތަރު ނަސީބުވެރިއަކު ހޮވާނެ އެވެ.
އެއް ވަނަ އަށް ހޮވޭ ފަރާތަކަށް 20،000ރ. ގެ ވައުޗާއެއް ލިބޭނެ އެވެ. ދެ ވަނައަށް ހޮވޭ ފަރާތަކަށް 15،000ރ. ގެ ވައުޗާއެއް، ތިން ވަނައަށް 10،000ރ، އަދި ހަތަރު ވަނައަށް 5،000ރ. ގެ ވައުޗާ އެއް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy