މި ރަށްތަކުގެ ވެލުއޭޝަނެއް އޮޑިޓް އޮފީހުން ހެދީ ހިޔާނާތް ބަލަން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން ރައީސަށް އެރުވި ރިޕޯޓާ ގުޅިގެން
ރާއްޖޭގެ ރަށްތަކެއް: އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ރަށްތައް ދޫކޮށްފައި ވަނީ ނުއަގުގައި.
19 ޑިސެމްބަރ 2021 - 11:37
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތުގެ ތެރެއިން ނުއަގުގައި ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ވެލުއޭޝަން ރިޕޯޓެއް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވެ އެވެ. މިހާތަނަށް އަންދާޒާއަކީ އެކި މީހުންނަށް ދޫކުރި މި ރަށްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވާ ކަމެވެ.
މި ރަށްތަކުގެ ވެލުއޭޝަނެއް އޮޑިޓް އޮފީހުން ހެދީ ހިޔާނާތް ބަލަން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން ރައީސަށް އެރުވި ރިޕޯޓާ ގުޅިގެންނެވެ. އެ ރިޕޯޓުގައި، ރަށްތައް ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް، ހަމައެއްލަމައެއް ނެތް ގޮތަށް ކަމަށް ބުނެފައިވެ އެވެ.
ގާނޫނީ އިމުގެ ތެރެއަށް ރަށްތައް ވައްދައި ހަމައަގު ހޯދަން ލަފާދީފައިވާތީ، އޮޑިޓް އޮފީސް މެދުވެރިކޮށް ހެދި ރިޕޯޓާ ގުޅޭ ގޮތުން އެ އޮފީހުން އަދި އެއްޗެއް ނުބުނެ އެވެ.
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި ނުއަގުގައި ދޫކުރި ރަށްތަކާ ގުޅޭ ގޮތުން ސަރުކާރުން ގޮތެއް ނިންމުމަށް ބޭނުންވާ ވެލުއޭޝަން އޮޑިޓް އޮފީހުން ހެދީ ބަޔަކާ ހަވާލުކޮށްގެންނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ ގޮތުން ފާޑުކިޔާ ބައެއް މީހުން ބުނާ ގޮތުގައި ހިޔާނާތުގެ ތެރެއިން ދޫކުރި ރަށްތައް އަތުލަން ޖެހެ އެވެ. އެއީ، އެމްއެމްޕީއާރުސީގެ ޑީލްތަކުގައި ރަށްތައް ހޯދާފައި ވަނީ ނުއަގުގައި ކަން އެ ހޯދި ފަރާތްތަކަށް ވެސް އެނގޭނެތީ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރިން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާއި އެ ރަށްތައް ލިބުނު މީހުން އޭސީސީގެ ރިޕޯޓުން އެނގެން އޮތް އިރު، މި ޚިޔާނާތުގައި އެ ފަރާތްތައް ވެސް ކުށްވެރިވާ ކަމަށެވެ. އެ ޖަމިއްޔާ އިން ވެސް ކުރިން ބުރަވެ އަދި ސަރުކާރަށް ގޮވާލާފައި އޮތީ ރަށްތައް އަތުލުމަށެވެ.
އެކަމަކު، ހިޔާނާތުގެ ތެރެއިން ދޫކުރި ބައެއް ރަށްތައް ނިންމައި މިހާރު ވަނީ އޮޕަރޭޓްކުރަން ފަށައިފަ އެވެ. އިންވެސްޓަރުންގެ އިތުބާރު ވެސް ދަމަހައްޓަން ޖެހޭއިރު، އެގޮތަށް ރަށްތައް ދައުލަތަށް ނެގިދާނެތޯ އެއީ އުފައްދާ ސުވާލެކެވެ.
ރަށްތަކުން ހަމަ އަގު ހޯދަން ގެންގުޅޭ ވިސްނުން ނުވަތަ ރަށްތައް އަނބުރާ ދައުލަތަށް ނަގާނީތޯ ސަރުކާރުން މިހާތަނަށް ހާމައެއް ނުކުރެ އެވެ. އެމްއެމްޕީއާރުސީގެ އަސްލު މައްސަލައަކީ ދައުލަތަށް ގެއްލުންވި ފައިސާ ހޯދުން ކަަމަށްވާ އިރު މި ރަށްތައް ދޫކޮށްގެން ހިންގި ހިޔާނާތުން މަންފާވި މީހުންގެ ފަހަތުން ގޮސް މައްސަލައިގެ އަމާޒު ގެއްލެމުންދާ ކަމުގެ ކަންބޮޑުވުން ވެސް އެބައޮތެވެ.
އެމްއެމްޕީއާރުސީގެ ރަށްތަކާ މެދު އަދި ގޮތެއް ނުނިންމިޔަސް ޓޫރިޒަމަށް ދޫކޮށް، ނުހެދި ގިނަ ދުވަސްވެފައި ހުރި 50 އަށް ވުރެން ގިނަ ރަށާ މެދު ސަރުކާރުން ވަނީ ނިންމުމެއް ނިންމައިފަ އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމް ވިދާޅުވެފައިވާ ގޮތުގައި ނުހެދި ހުރި ރަށްތަކާ އެކު އަލުން އެއްބަސްވުން އާކޮށް ތިން އަހަރު ތެރޭގައި ނުހުޅުވައިފި ނަމަ ރަށް އަތުލާނެ އެވެ. މީގެތެރޭގައި އެމްއެމްޕީއާރުސީން ދޫކުރި ރަށްތައް ހިމެނި ކަމެއް ހާމައެއް ނުކުރައްވަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތަށް ރިޔާސީ ކޮމިޝަނެއް އުފައްދައި ފުލުހުންނާއި އޭސީސީއާ ގުޅިގެން ޖޮއިންޓް ތަހުގީގެއް ފަށާފައިވީ ނަމަވެސް ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އެއްވެސް ނަތީޖާއެއް ވެސް ފެންނާކަށެއް ނެތެވެ. ކޮމިޝަނުން އަދި އެހެން އިދާރާއަކުން ވެސް ނިންމި މައްސަލައެއްގައި މަދަނީ ދައުވާ ކުރަން މިހާތަނަށް ފޮނުވައިފައެއް ނުވެ އެވެ. ކޮމިޝަންގެ ގާނޫނުގައި އޮންނަނީ މައްސަލަތައް ނިންމައި ހުށަހެޅުމުން ދައުވާކުރަން ފޮނުވާނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން އެޓާނީ ޖެނެރަލް އެވެ.
އެކަމަކު އެ އޮފީހަށް މިހާތަނަށް އެއްވެސް މައްސަލައެއް ނުފޮނުވަ އެވެ. އެކަމަކު ޖޮއިންޓް ތަހުގީގަށް ފަހު އިންވެސްޓިގޭޝަންގައި ބައެއް މީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު
20 December 2021
ކަޅުދަބަހަކަށް އަޅައިގެން ގެއަށް ފައިސާ ގެންދިޔަނަމަ އެފައިސާ މީގެތޭރޭގައި ހިމެނޭނެބާ؟
އިންޑިޔާގެ އަވަށެއް!
19 December 2021
އޯޑިޓް ނިމުނީތަ؟ ދެން ބާއްވާ! އަނެއްކާވެސް ރައްކޮޅު ބަހާލާ. އެކަކު އަނެކަކައް ފާ ކޮއްކޮއް ތިބެ، ގައުމު ވިއްކާލާ! ދެން ފިލީމަ ނިމުނީ!
ދިވެހި ބަސް
19 December 2021
އެމްޑިޕީ އެތައްބަޔަކަ ފަޅުރައްތަދީ އެމީހުން ރިސޯޓްހަދަންދީފަ ބޮޑު އާމްދަނީއެއް ހޯދަ.
ނަމަވެސް
19 December 2021
މިގައުމުގައި ދުވަހަކު ވެސް އިންސާފު ނުލިބޭނެއެވެ. ރަށްތަށް ނެގި މީހުންނެގީ ވައްކަށް ކުރި މީހުންނާއި އެއްބަސްވެ ގާނޫނާއި ޚިލާފަ ކުޑަ އަގުގައި ކަމަށްވާއިރު އެކަމުގައި ބައިވެރި ވުމަކީ ކުށެއްނޫންތޯ ؟ ކުށުގެ އަދަބަކީ އިނާމު ދިނުންތޯ ؟ މިކަން ކުރުމަށް ސަރުކާރުން ހިތްވަރު މިދެނީ މިކަންކަން ކުރުމަށްޓައި މަގުފަހި ކުރުމަށެވެ.
ޤީސް
19 December 2021
ތިހިން ބުނި ނަސަންދުރަވެސް މިހާރު އެޔޮގޭން ހަދާނިމި ހުޅުވަނީ . ޕާޓީ ކުދިންނާ ޑީލް ހެދީމަ އެނިމުނީ ހުރިހާ ކަމެއް ސާފުވީ . ވ ސަލާމް. ރައީސްއަށް .
އޮނަރަބްލް އަފީފު ދީދީ
19 December 2021
ރައީސާއި އޭނާގެ ނައިބް ބައިވެރިވެ މަހުޖަނުންނާއިއެކު ހިންގާފައިވާ ވައްކަމުގައި މަހުޖަނުން ހޯދާފައިވާ ރަށްތަކާއި މާލީ މަންފާތައް ދައުލަތަށް ނުނަގާނަމަ އަދި ނަސަންދުރަ ހޮޓެލް ހުރި ބިމުގެ މައްސަލަ ދޫކޮށްލާނަމަ ޙަޤީގަތުގައިވެސް މިސަރުކާރަކީވެސް "ވައްކަމުގެ ބައިވެރިއެއް" ކަމުގައި ނޫނީ ނުދެކެން. # އަދި އެރަށްތަކާއި ނަސަންދުރަ ދައުލަތަށް ނުނަގާނަމަ ޔާމީނު އެކަނުންޓްގައިހުރި "އެންމެ މިލިޔަނެއްހާ ޑޮލަރުގެ ދައުވާ އާއި އަހަރެން ކަޑައެޅިގެން ދެކޮޅު" ވާނަން.
ލޮނު އަލިބެ
19 December 2021
ތިޔަ ގެއްލިއްޖެއްޔާ އޮންނާނީ ގެއްލިފައެވެ. ލިބިއްޖެއްޔާ އޮންނާނީ ލިބިފައެވެ.
އެންމަނޑި
19 December 2021
އޮޑިޓެއް ބޮޑިޓެއް ކުރާނެ ކަމެއް ނެތް ހިޔާނާތުން ހޯދި ރަށްތަށް އަނބުރާ ސަރުކާރަށް ނުގެމަށް ގޮވާލަށް
މަމެންގެ ގައުމު
19 December 2021
ނިކަން ކެރެންޏާ މިހިޔާނާތްތައްވެސް ޖަހާލަބަލަ ދެފުއްކެހެރި ނުވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ހުރި އެންމެ ޒަމާނީ ފެންވަރުގެ ތިއޭޓަރު މި ސަރުކާރުގެ އިހުމާލުން ހަލާކުވެއްޖެ- ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ބިނާކުރި ދަރުމަވަންތަ ހޮސްޕިޓަލުގެ ތިއޭޓަރަށް އެއިރު ގެނައި އެންމެ ޒަމާނީ ފެންވަރުގެ އާލާތްތައް ބޭނުންނުކޮށް ގިނަދުވަސްވުމުގެ ސަބަބުން ހަލާކު ވަނީ https://dhiyares.com/32622
ބިލް ކުލިންޓަން
19 December 2021
ހަމައަގަކީ ބޮޑުގެއާ ބޮޑު ސެކިއުރިޓީ.