ކުޅިވަރު / ކްލަބު މޯލްޑިވްސް ފްޓްސަލް

ކްލަބް މޯލްޑިވްސް: ފިއުލް ސަޕްލައި ގަދަ ބާރެއް، އާރްޑީސީ އުންމީދުގައި

ފިއުލް ސަޕްލައި ފައިނަލަށް ދިއުމުން އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

މި އަހަރުގެ ކްލަބް މޯލްޑިވްސް ފެށިއިރު، މުބާރާތުގެ ފޭވަރިޓް ޓީމެއްގެ ގޮތުގައި، ފިއުލް ސަޕްލައިގެ ނަމެއް ނެތެވެ. މުބާރާތުގައި މާ ދުރަށް އެ ޓީމަށް ދެވިދާނެ ކަމަކަށް އެއްވެސް މީހަކު އުންމީދެއް ނުކުރެ އެވެ. އެކަމަކު ސްޓޭޖަކަށް ފަހު ސްޓޭޖެއް ކަޑަތުކުރަމުން އައިސް އެ ޓީމު މިހާރު އޮތީ ފައިނަލްގަ އެވެ. މިރޭ ކުޅޭ ފައިނަލް މެޗުގައި ފިއުލް ސަޕްލައިއާ ދެކޮޅަށް ނުކުންނާނީ އާރްޑީސީ އެވެ. މުބާރާތަށް އާ ޓީމަކަށް ވިޔަސް އާރްޑީސީ ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިންތަކެއް ހިމެނެ އެވެ. އެކަމަކު ފިއުލް ސަޕްލައިގެ ޓީމަށް ބަލާއިރު އެ އަދަދު މަދެވެ.

މުބާރާތުގެ ދެވަނަ ބުރަށް ފިއުލްސަޕްލައި ކުރި ދަތުރުގައި، ގުރޫޕް އީގައި އެ ޓީމުން ވަނީ އިމްގްރޭޝަން ފަހަތަށް ޖައްސާލުމަށް ފަހު ގުރޫޕްގެ ދެވަނަ ހޯދައި ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ.

ދިރާގުގެ ފަހަތުން ގުރޫޕްގެ ދެވަނަ ހޯދުމުން، ދެވަނަ ބުރުގައި ވަރުގަދަ ޓީމެއް ފިއުލް ސަޕްލައި އަށް ލައްވާލާނެކަން އޮތީ ގަބޫލުކުރެވިފަ އެވެ. ފިއުލް ސަޕްލައިއާ ލައްވާލީ މި އަހަރުގެ މުބާރާތަށް އެންމެ ވަރުގަދަ އަށް ތައްޔާރުވި ވެމްކޯ އެވެ. ވެމްކޯގައި ތިބި ކުޅުންތެރިންނާއި އެ ޓީމު މުބާރާތަށް ތައްޔާރުވި ގޮތުން ޓޮޕް ފޭވަރިޓް ޓީމުގެ ގޮތުގައި ވެމްކޯ ބެލެވުނެވެ. ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިން އެ ޓީމުގައި ހިމެނުނެވެ. ދެވަނަ ބުރުގެ ކުރިން ގިނަ ބަޔަކު ބުނީ ވެމްކޯ ފަސޭހަ އިން ދެމިގަންނާނެ ކަމަށެވެ.

އެކަމަކު ވަރުގަދަ ވެމްކޯ ކަޓުވާލާފައި ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ފިއުލް ސަޕްލައި އެވެ. އެއީ ފިއުލް ސަޕްލައިއާ މެދު ގިނަ ބަޔަކު ސީރިއަސް ނަޒަރަކުން ބަލަން ފެށި ހިސާބެވެ. ކުއާޓާ ފައިނަލްގައި އެ ޓީމާ ޖެހުނީ އެޗްޑީސީ އެވެ. ސެމީގައި ވަރުގަދަ ފެނަކަ އެވެ. ބޮޑެތި ހުރިހާ ޓީމެއް ކަޓުވަމުން ފިއުލް ސަޕްލައި ފައިނަލާ ހަމައަށް ކުރި ދަތުރުގައި އެންމެ ބޮޑު ކަމަކީ ޓީމެއްގެ ގޮތުގައި ދެއްކި ހިތްވަރު ކަމަށް އެ ޓީމުގެ ކޯޗު އިސްމާއީލް އިބްރާހިމް ބުންޏެވެ.

"ކުޅުންތެރިން އެކަންޏެއް ނޫން. މުޅި އެފްއެސްއެމްގެ މެނޭޖުމެންޓާއި ސްޓާފުން އަދި ސަޕޯޓަރުން ޓީމުގެ ފަހަތުގައި ތިބީމަ ކުޅުންތެރިންނަށް އެ ހިތްވަރު ލިބުނީ ވެސް," އިސްމާއިލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފުޓްސަލްގެ މާވަރުގަދަ ނަންތަކެއް ނެތި މުބާރާތުގެ ރަނގަޅު ހިސާބަކަށް ދެވިދާނެ ކަމަށް ކުރިން ވެސް އޭނާ އަމިއްލަ އަށް ގަބޫލުކުރި އެވެ.

"އެފްއެސްއެމް ޓީމުގެ ކޯޗުކަން އަޅުގަނޑާ ހަވާލުވީމަ އަޅުގަނޑު ބުނިން ކޮންމެހެން ފުޓްސަލް ކިންގެއް ބޭނުމެއް ނުވޭ ކާމިޔާބު ހޯދާކަށް. ބޭނުން ވަނީ ގަދަ ހިތްވަރެއް ނެރުމޭ. ފުޓްސަލް ކިންގެއް ނެތި ހޯދޭ ކާމިޔާބުން ލިބޭ ހިތްހަމަޖެހުން ވެސް މާބޮޑު ވާނެޔޭ،" 2020 ވަނަ އަހަރު އައްޑޫގައި ބޭއްވި ފުޓްސަލް މުބާރާތުގައި ފުވައްމުލަކު މާލެގަން ޓީމު ގޮވައިގެން މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދިޔަ ޓީމުގެ ކޯޗު ބުންޏެވެ.

އޭނާ ބުނިގޮތުގައި އެ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި މާލެގަން ޓީމުގައި މާ މަޝްހޫރު ތަރިއަކު ނެތެވެ. އިންޓަ ރިސޯޓް ފުޓްސަލް މުބާރާތްތަކުގައި ދ. ކަޑިންމަ ރިސޯޓަށް ފުޓްސަލްގެ ތަށި ހޯދައިދިން ކޯޗު ބުނީ ފިއުލް ސަޕްލައި ޓީމާ ހަވާލުވުމަށް ފަހު ވެސް އެ ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމެންޓަށް ވެސް އޭނާ ވިސްނައިދިނީ ބުރަކޮށް މަސައްކަތްކޮށްގެން ކާމިޔާބު ހޯދިދާނެ ކަމެވެ.

އާރްޑީސީ ކުރިން ކުޅުނު މެޗެއްގެ ތެރެއިން -- ފައިލް ފޮޓޯ

ފިއުލް ސަޕްލައި ޓީމުގައި އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ އަހްމަދު ވިޖުދާން (ވިޖޫ) އެވެ. އެ ޓީމަށް ނަތީޖާ ނެރުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެކަމަކު އިސްމާއިލް ބުނިގޮތުގައި އެ ޓީމުގައި ބެންޗުން އަރަންތިބި ކުޅުންތެރިންގެ ދައުރު ވެސް ޓީމުގައި ބޮޑެވެ. އޭނާ ފާހަގަ ކުރީ މުހައްމަދު ޒިޔާޒު، 46، އެވެ.

"އޭނަ ބެންޗުން އަރައި ވެސް ޓީމަށް ވަރަށް ބޮޑު ދައުރެއް އަދާ ކުރޭ،" އިސްމާއީލް ބުންޏެވެ. "އޭނާގެ ސީނިއާރިޓީ އާއި ތަޖުރިބާ ފިއުލް ސަޕްލައި ޓީމަށް ވަރަށް މުހިންމު."

އޭނާ ބުނީ މުބާރާތުގައި އެ ޓީމު ދެއްކި ކުޅުމާ އެކު މިރޭ ކުޅޭ ފައިނަލް މެޗާ މެދު އުންމީދު ބޮޑުވެފައިވާ ކަމަށެވެ. ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ފުޓްސަލް ދަނޑުގައި ކުޅޭ ފައިނަލް މެޗު ފަށާނީ މިރޭ 8:30 ގަ އެވެ.

އާރްޑީސީގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) ބުނީ އޭނާގެ ޓީމަކީ ވެސް ހައިރާން ކުރުވަނިވި ނަތީޖާތަކެއް ނެރުނު ޓީމެއް ކަމަށެވެ. ފައިނަލްގައި ވެސް އޭނާގެ ޓީމުން އެކަން ދައްކާނެ ކަމަށެވެ.

"އަޅުގަނޑުމެން ސަޕޯޓަރުންނަށާއި އާރްޑީސީގެ ސްޓާފުންނަށް އަދި މެނޭޖްމަންޓަށް ވެސް އަޅުގަނޑުމެން ޓީމުން ބޭނުންވޭ އެކަން ސާބިތުކޮށްދޭން،" އޭނާ ބުންޏެވެ. "ﷲ އިރާދަ ކުރެއްވިއްޔާ ތަށިން އެކަން ސާބިތުކޮށް ދޭނަން."

4 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލިޔާމް

19 December 2021

ގަދަ ބާރު؟؟ ބަރު މާ ދަވީމަ ތޯއްޗެއް އެހާ ބޮޑުކޮށް އެ މެޅުނީ.. އެޗުޑީސީ އަތުންވެސް ބަސް ޕާކުކޮށްގެން ކުޅެ ނަސީބަކުން މޮޅުވީ ޕެނަލްޓީން.. ޓީމަކާ ޖެހިލީމަ ޗޮކުން ދިޔަތަން މި ފެނުނީ.. މިހާރުން ދެން މާ ބޮޑުކޮށް ވިއްޔާ ޕުރަމޯޓްވެސް ތިޔަ ކުރަނީ..

The name is already taken The name is available. Register?

ތާކުންތާކު

19 December 2021

ކުޅޭކަށް ނޫން ތިބެންވީ ފިއުލު ޝެޑުގަ އިއްޔެވެސް ރޯއަވީގަ 20މިނެޓް އަވީގަ ފިއުލް ސްޓޭންޑްތައް ހުސްކޮށް ތެޔޮއަޅާދޭނެ މީހެއްނެތިގެން

The name is already taken The name is available. Register?

ވާނުވާނޭ

19 December 2021

މުބާރާތް ކުޅެނީ ރޭގަނޑު.. އެފް އެސް އެމް އެންމެނަކީ ޝެޑުތަކުގަ މަސައްކަތް ކުރާކުދިންނެއްނޫން.. ކިޔުތަކަށް ތިޔަ އަރާ އަބުއި މީހުންގެ އެހުންނަ ގޮތްގަނޑުވެސް ދޫކޮއްލީމަ ކިއުގަ މަޑުކުރަންޖެހޭ ވަގުތު ވެސް ކުޑަވާނެ.

The name is already taken The name is available. Register?

ޒައިކް

19 December 2021

މެޗު ކުޅޭ ގަޑީގަ އަކީ 8:30 ޝެޑުތައް ބަންދު ގަޑިއެއް ނޫން އެއީ..ނުކުޅޭ އެންމެން ގޮސްޔިބެނީ ހަޅޭ ފަޅޭ ޖަހަން ޗުއްޓީ ހަދާފަ.. ކުއަރޓަރ މެޗު އޮތްރޭވެސް ޝެޑު ބަންދުކުރީ މޮޅު ސްޓަންޓެއް ޖައްސައިފަ ސަޕޯޓުކުރަން މުވައްޒަފުން ފޮނުވަން..ނޭނގޭތީއެއް ނޫނޭ މިތިބެނީ ކޮނުނު ކޮނުނު ހެން ފަސް ގިނަވާނެ.. ދުލުގަ ހިފާހަ ނުދަމާ ހިމޭނުންތިބޭ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454