ފިއުލް ސަޕްލައި މޯލްޑިވްސްގެ ބައެއް މުވައްޒަފުން، އެ ކުންފުނީގެ އާ ޔުނިފޯމާއެކު ފޮޓޯއަކަށް ހުއްޓިގެން.
19 ޑިސެމްބަރ 2021 - 12:35
މޯލްޑިވްސް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ރީބްރޭންޑްކޮށްފި އެވެ.
އެފްއެސްއެމްގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި، އެ ކުންފުނީގެ ލޯގޯ އާއި ކުރިން ބޭނުންކުރި ކުލަތައް ވެސް ވަނީ ބަދަލުކޮށްފަ އެވެ.
އެފްއެސްއެމުން ކުރިން ބޭނުންކުރި ނޫ، ފެހި، ރަތް ކުލައިގެ ބަދަލުގައި މިހާރު އެ ކުންފުނީގެ ކުލައަކީ އޮރެންޖާއި ނޫ ކުލަ އެވެ. އޮރެންޖު ކުލައިން ރަމްޒު ކޮށްދެނީ ތެޔޮ ކަމަށް ވާއިރު، ނޫ ކުލަ ނިސްބަތް ކޮށްފައި ވަނީ ރާއްޖޭގެ ކަނޑަށެވެ. ޕަބްލިސިޓީ ބިއުރޯ އިން ޑިޒައިން ކޮށްދިން ލޯގޯގައި ހިމެނޭ ރޮނގުތަކުން ދައްކުވައި ދެނީ އެފްއެސްއެމްގެ މުވައްޒަފުން ތެޔޮ އުފުލުމުގައި ކުރާ މަސައްކަތެވެ. ލޯގޯގެ މެދުގައި އިންނަނީ ތެޔޮ ތިއްކެކެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ، ލޯގޯ އާއި ކުލަ އަށް ބަދަލު ގެނައީ މިހާރަށް ވުރެ ރަނގަޅަށް އެފްއެސްއެމްގެ މަސައްކަތްތައް ފުޅާކުރުމުގެ ބޭނުމުގައި ކަމަށެވެ. އޭނާ ވިދާޅުވީ، ތެލުގެ ވިޔަފާރީގައި ވާދަވެރި މާހައުލެއް އޮންނަ އިރު، ކުންފުނި ރީ-ބްރޭންޑް ކޮށްގެން އެފްއެސްއެމަށް ފައިދާ ތަކެއް ހޯދޭނެ ކަމަށެވެ.
"މިއީ ކުރީގެ އެފްއެސްއެމްގެ ވެރިން ވެސް ކުރަން އުޅުނު ކަމެއް. މިކަން ކުރަން ގާތްގަނޑަކަށް އަށް މަސް މި ހޭދަވީ. އަޅުގަނޑު ގަބޫލު ކުރަނީ ކުންފުނި ރީބްރޭންޑް ކޮށްގެން ކުންފުނި އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް،" ގަސަމް ވިދާޅުވި އެވެ.
އެފްއެސްއެމްގައި ތެޔޮ އުފުލުމަށް 18 ބާޖައި ފަސް ތެޔޮ ޓޭންކަރު އެބައޮތެވެ. ކުރިމަގުގައި ވެސް ތެޔޮ އުފުލާ ފްލީޓް ބޮޑު ކުރާނެ ކަމަށް ގަސަމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞަވޭ
22 December 2021
މިހާރު ހީވަނީ އިންޑިޔަން އޮއިލް ކޮންޕެނީގެ ޝެޑުތަކެއްހެން..
އަންނިޖެޓީ
21 December 2021
ތިޔަ ކުންފުނި ރިބުރޭންޑްކުރުމަށްވުރެ މާަރަގަޅުވާނެ ޝެޑްތަކުގަ ހުންނަ ޕަމްޕުތަކުގަ ޚިދުމަތްދޭނެ މުވައްޒަފުން ހަމަކުރިޔަސް، ކޮންމެ ޝެޑެއްގަ 6ޕަމްޕު ނުވަތަ 8ޕަމްޕު ހުންނައިރު ޚިދުމަތް ލިބެނީ 2 ނުވަތަ 4ޕަމްޕުން މީދެން ބޮޑުވަރު
އޮނަރަބްލް އަފީފު ދީދީ
19 December 2021
ކުންފުނިން ތެޔޮއުފުލާ ފްލީޓް ބޮޑުކުރުމުގެ ބަދަލުގައި ހަނިމާދުއާއި ލާމް އަދި ހުވަދޫ ވިލިގިލި ނުވަތަ ވާދޫ އަދި އައްޑޫސިޓީ ފަދަ ބިންބޮޑު ރަށްރަށުގައި ޑީސަލާއި ޕެޓްރޯލު ރައްކާކުރާގެ ޓޭންކް ހަދައި މުޅިރާއްޖެއަށް 3 މަސްދުވަހު ބޭނުން ކުރާނެ ތެޔޮ ރައްކާކުރެވޭނެ ގޮތް ހަދާންވީ ނޫންތޯ. # އަދި ބޭރުގެ ބަޔަކާއި ގުޅިގެން ނަމަވެސް ހަނިމާދުއާއި ގޭންއެއަރޕޯޓް ފިއުލް ފާމް ބޮޑުކޮށް ރަނގަޅު ރިޒާވެއް ބަހައްޓައި އަގުހެޔޮކޮށް ފިއުލް ވިއްކޭނެ މަގެއް ހޯދަންވީ ނޫންތޯ؟
ވޮޗްޑޯގް
19 December 2021
ރިބްރޭންޑިން ޖަރީމާ.. މިކަމަށް ކުރާ ހަރަދާއި މި ފައިސާ ދާ ތަނެއް ބަލަން ޖެހޭ.
ވޯލް
19 December 2021
މިކަންވެއްޖެ ޕްރައިވެޓައިޒޭޝަން ބޯޑުން ބަލަން. ރީބްރޭންޑް ކުރުމުގެ ނަމުގައި ބޮޑު އިސްރާފެއް ކުރެވިގެން ނުވާނެ. ރީބްރޭންޑް ކޮށްގެން ކޮންޕީޓް ކުރާ މަރކަޓެއް ނޫން އެފްއެސްއެމް އިން ވިޔަފާރި ކުރަނީކީ. ތިޔަ ރިބްރޭންޑެއް ނުކުރިއަސް ޚިދުމަތް ރަގަޅުކޮށް އެތެރޭގެ ހިންގުން ހަރުދަނާ ކުރީމަވީ. ކޮންމެ ބަޔަކުވެސް އިދިކޮޅުގައި ތިބޭއިރު ރައްޔިތުންގެ ފައިސާއޭ ވަރަށް ކިޔާނެ. އެކަމަކު ބާރުތައް ލިބުނީމަ މި ފެންނަނީ ހަމަ އެއްވެސް ނެލުމެއް ނެތި އިސްރާފުކުރާތަން.
ހސބސވ
19 December 2021
ތިޔައޮތީ ދިރާގަށް ވެފައި
ޢިމްސާދު
19 December 2021
ޙުޅުމީދޫ ގައި ތެޔޮ ޝެެޑް ހަދަން ހަވާލު ކުރި. އަދިވެސް މަސައްކަތް ނުފަށާ.
ސިޔާމު.
19 December 2021
2023 އަންނަން ވާއިރަށް މަސައްކަތް ފައްޓާނެ. އައްޑޫގެ ޕުރޮޖްކްޓް ތަކަކީ މިކަހަލަ ގޮތަކަށް ހިންގާ ކަންކަން.
ރަދީފްއޮފިޝިއަލް
19 December 2021
ރަނގަޅެއްނު.ކަލޭ ތިހުންނަނީ އެމްޑީޕީގެ ފަހަތުގައެއްނު.ތެޔޮ ނާށި ވެސް ގެއްލިއްޖެ ދޯ.ހެހެހެހެހެހެހެ
އުދުހޭ
19 December 2021
ކޮމްޕިއުޓަރުން ކުރާ ކަންކަން ކޮށްގެން އަސްލު ފައިސާ ޚަރަދުކުރީމާ އެފައިސާ ލިބޭ ބަޔަކު އުޅޭނެ.