ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާ ގޮތުގެ ކުރެހުމެއް. އެއާޕޯޓުގައި 46 ކިލޯމީޓަރުގެ ރަންވޭއެއް އަޅަން ވަނީ ނިންމާފައި.
26 ޑިސެމްބަރ 2021 - 22:32
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް އިންޑިއަން އެގްޒިމް ބޭންކުގެ ފަރާތުން ޝޯޓް ލިސްޓްކޮށްފައިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށްގެންދާ މި މަޝްރޫއަށް އަންނަ މަހުގެ 25އާ ހަމައަށް ކުރިމަތިލެވޭނެ އެވެ.
މި މަޝްރޫއުގައި ހަނިމާދޫގައި 46.2 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 3.1 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް ހަދާނެ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމްކުރާނެ އެވެ.
ހަނިމާދޫ އެއާޕޯޓް އަލުން އެޅުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ދެ ފިޔަަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހި ނިމޭ އިރު އެއާބަސް އޭ320 މަރުކާގެ މަތިންދާބޯޓްތަކާއި ބޯއިން 737 މަރުކާގެ މަތިންދާބޯޓުތައް އެ އެއާޕޯޓަށް ޖެއްސޭނެ އެވެ. ދެވަނަ ފިޔަވަހި ނިމޭއިރު، އެއާބަސް އޭ330 މަރުކާގެ މަތިންދާބޯޓުތަކާއި ބޯއިން ބީ777 މަރުކާގެ ބޯޓުތައް ޖެއްސޭ ވަރަށް އެއާޕޯޓް ތަރައްގީކުރާނެ އެވެ.
މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބޭނެ އެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގްތިސާދީ މައި ހަބެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެކެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މެދު ތެރޭގައި ފެށޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖެކް
27 December 2021
ދައުރު މިއޮއްގެން ނިމެނީ! ދެން ކުރަންޖެހޭ ކަމަކީ ދެންއަންނަ ސަރުކާރަކުން އިންޑިޔާގެ ކުންފުނިތަކަށް ބަދަލު ދިނުން އިންޑިޔާގެ،ކުންފުންޏަކުން 3 އަހަރުން ނިންމަން ސޮއިކޮށްގެން މަސައްކަތް ނިމޭނީ 18 އަހަރުން! ސްލޯސާލިހް-ސްލޯސަރުކާރު
2ކޮޅު
27 December 2021
ގައުމުގެ ދެކޮޅުގައި އިންޑިއާއިން ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ބަހަނާއާ ދެންވެސް މިގައުމުގައި އެމީހުންނަށް ބޭނުން ހިފޭނެފަދަ ހުރިހާ ޕްރޮޖެކްޓެއް ހިންގައިގެން އެކުރާ ކަންކަން ނޭނގޭ ކަމަށް ހެދިގެން ތިބޭނީ ގައުމަށް އިންތިހާއަށް ޣައްދާރުވާ މީހުން. އަމިއްލަ އެދުމުން ފޯވެ އަމިއްލަ ވެރިކަން ގައުމުގައި އޮންނަނިކޮށް ހެޔޮވެގެން ތިބެ ގައުމަށް ޚިޔާނާތްތެރިވާ މީހުން. އިންޑިއާގެ އަސްކަރީ ބާރު މިގައުމުގައި ގާއިމުކުރަމުން އެދާ ގޮތް ބަލަން ނޭނގޭ ގަމާރުން ތިބުމަކ
އިސްމާލި
27 December 2021
އައިހެވަން ޕްރޮޖެކްޓު ތާށިކޮށްލައި، ހަނިމާދޫ އެއަރޕޯޓު އަތްދަށުލައިގެން އެ އެއަރޕޯޓަކީ ޓްރިވެންޑްރަމްގެ ސެޓަލައިޓް އެއަރޕޯޓަކަށް ހަދައި، އެ ސަރަހައްދަކީ އިންޑިއާގެ ނުފޫޒު ގަދަ، އިންޑިއާ ގެ ކުންފުނިތައް ވިޔަފާރިކުރާ ސަރަހައްދަކަށް ހެދުމަކީ މި އަޅުވެތިކުރުން ނޫން ކޮން ކަމެއްތޯ؟ މިޒަމާނުގައި ބަޑިހިފައިގެން އަރާ ބަނޑަހަ ޖަހައިގެނެއް ނުތިބޭނެ. އެކަމު އެ ސަރަހައްދުގައި ދިވެހިނަށް އޮންނާނެ މިނިވަން ކަމަކީ ޓައިވާން އަށް ލިބިފައިވާ ފަދަ މިނިވަން ކަމެއް.
ޖޫނިއަރ އިކޮނޮމިސްޓް
27 December 2021
800،000،000.00ޑޮލަރު ނުވަތަ 12،335,000,000.00ރ ތިޔަ އެއަރޕޯޓްގެ ރިޓަރން ފީޒިބިލިޓީއެއް ނުހަދާ، ނުވިތާކަށް ލޯނުނަގައިގެން، ނަގާ ލޯނުގެ އިންޓްރަސްޓް ރޭޓްވެސް ރައްޔިތުން ތިވަރަށް ދަރުވާލާއިރު ނޭނގޭއިރު ތީ ކުރަން ހެޔޮވާވަރު ކަމެއްބާ؟ ގައިމު ތިޔައީ ފީޒިބަލް ކަމެއްނަމަ ތިޔަކަމަށް އިންވެސްޓަރ ފައިނޭންސް ގޮތަށް ތިޔަކަންތައް ކުރާނެ އެތަށް ކުންފުންޏެއް ތިބޭނެ. އަމްދުން މިކަހަލަ އިކޮނޮމިކް ޑައުންޓަރން އެއްގައި ތިޔަހާ ފައިސާ ޕަމްޕުކުރާނީ، ދަރަނި ދަންތުރައިގާ ތާށިކުރަން ނުވަތަ އަޑިނޭގޭ ފައިދާގަނޑެއް ޕްރޮޖެކްޓް ދޭ ފަރާތަށާއި ޕްރޮޖެކްޓް ލިބޭ ފަރާތަށް ލިބޭނެތީއެވެ.
ވެލާއަލީ
27 December 2021
މުޅި ދިވެހިރާއްޖެއަށް ބެލިޔަސް އެންމެ ހޭލުންތެރިކަން ދަށް އަދި ތަރައްގީއާއި ކުރިއެރުމަށް އެއްވެސް ވަރަކަށް ނުވިސްނާ މީހުން އުޅޭ ރަށެއްތީ. ރަށުން ބޭރުން ބަޔަކު ދިޔަސް އެއްވެސް ހިތްހެޔޮކަމެއް ގާތްކަމެއް ނުބަހައްޓާނެ، ވިޔަފާރިއެއް އިންވެސްޓެއްގެ ބަޔަކު ދިޔަސް ހީކުރާނީ ރަށް 'ކާލަން' އައީއޭ. މިމީހުން ބޭނުންވާ ގޮޮތަކަށް ވާން ޖެހޭނެ ސަރުކާރު ޕްރޮޖެކްޓުތަކުގަވެސް.
ނަލައަދުން
27 December 2021
އިންޑިއާ މީހުންނަށް ދީ ނިންމާފަ ދެން ކޮން އިއުލާނެއް ކުރާކަށް އެމީހުން އެތާންގައި ގެދޮރުއަޅައިގެން އުޅޭތާ މިހާރު 3 އަހަރުވެއްޖެ ރައްޔިތުންގެ ލޮލުގައި ކޮންއަދުނެއް އަޅުވަންތޯ ތިކަން ތިކުރެއްވީ؟
އެލޮކޮސް
27 December 2021
އެންޑީޕީ އެލޮކޮސްމެން ަބަދުވެސ ކުރެހުމުން ރައްޔިތުން ގުނބޯހައްދަނީ. މިދިޔަ 20 އަހަރު އައްޑޫމީހުން ގުނބޯހެއްދީ
ހާމިދު ޝާހިދު
27 December 2021
ތިޔަަ އެއަރޕޯޓްގެ މަލަމަތި ތިގޮތަށް ފެންނަން ފަށަން ކިތައް އަހަރު ހޭދަވާނެބާ! އާންމުކޮށް އިންޑިއާ މީހުން ލައްވާ ތިގޮތައް ކުރާ ކަންކަން ފެންމަތިވާން ލައްކަ ދުވަސް ހޭދަވާއިރު، އެކަމުގައި ބައިވަރު ޕްރެޝާތަކެއް އެމީހުން ކުރޭ ރާއްޖެއަށްވެސް. ވަކިގޮތަކަށް ކަންކަން އެމީހުނަށް ކޮށްދޭގޮތައް! މިކަމާ ހުރެ، އިސްތިގްލާލަށް ނުރައްކާވަނީ
ފުށޮޅުން
27 December 2021
އިންޑިޔާ މީހުން ލއްވާ ކަމެއް ކުރުމަކީ ދަތި އުނދަގޫ ކަމެއް ސްލޯ މޯޝަން ހެސަކަން އެހާ ބޮޑުވާނެ މަސައްކަތުގައި ފަށުއި ކަމެއް ނުހުންނާނެ
ބިއްޖެހި
27 December 2021
ތީ ހާދަ ދިގު ރަންވޭ އެކޭ.