މުސާރަ ބޮޑު ނުކުރާ ކަމަށް މުވައްޒަފުން ބުންޏަސް، އެއާޕޯޓް ހިންގާ ކުންފުނިން ބުނީ ޖެނުއަރީ މަހުގެ ތެރޭގައި ވެސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާނެ ކަމަށް.
ދާލު އެއާޕޯޓް: އެ އެއާޕޯޓުގެ މުވައްޒަފުން ވަނީ މަސައްކަތް ހުއްޓާލައި އިހުތިޖާޖު ފަށާފައި-- ފައިލް ފޮޓޯ: މިހާރު
05 ފެބުރުއަރީ 2022 - 16:34
މުސާރަ ބޮޑު ނުކުރާ ކަމަށް ބުނެ، ދާލު އެއާޕޯޓުގެ މުވައްޒަފުން މަސައްކަތް ހުއްޓާލުމަަށް ފަހު އިހުތިޖާޖްކުރަން ފަށައިފި އެވެ. އެކަމަކު، މުސާރަ ބޮޑު ނުކުރާ ކަމަށް މުވައްޒަފުން ބުނާ ވާހަކަ، އެ އެއާޕޯޓް ހިންގާ ކުންފުނިން ދޮގު ކުރެ އެވެ.
ދާލު އެއާޕޯޓްގެ މުވައްޒަފަކު "މިހާރު" އަށް ބުނީ މުސާރަ ބޮޑުކޮށްދޭން އެދޭތާ ވަރަަށް ގިނަ ދުވަސްވެއްޖެ ކަމަށާއި ނަމަވެސް މެނޭޖްމަންޓުން އެކަމާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. ފަސް އަހަރުވި އިރު ވެސް މުސާރަ އަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
އެއާޕޯޓުގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި އެންމެ ބޮޑު މުސާރައެއްގެ ގޮތުގައި އޮޕަރޭޝަން އޮފިސަރުންނަށް ވެސް ލިބެނީ 7،500ރ. އެވެ. ބެގެޖް މުވައްޒަފުންގެ މުސާރައަކީ 5،500ރ. އެވެ.
މިދިޔަ މަހުން ފެށިގެން މިނިމަމް ވޭޖް ދޭން ޖެހޭއިރު އެ ބަދަލު ވެސް ގެނެސްފައި ނުވާ ކަމަށް މުވައްޒަފަކު ބުންޏެވެ. އޭނާ ބުނިގޮތުގައި މިނިމަމް ވޭޖާ އެކު ވެސް މުސާރައިގެ ކުރިއެރުން ލިބެން ޖެހެ އެވެ.
"މިނިމަމް ވޭޖު ނުދޭތީއެއް ނޫން އަޅުގަނޑުމެން މިއުޅެނީ. މިތާ އެބަތިބި އެއްގޮތަކަށް ވެސް މުސާރަ ބޮޑު ނުވާ މީހުން. މިހާރު މިނިމަމް ވޭޖް ލިބޭ މީހުންނަކީ އަސްލު އެއަށްވުރެ ބޮޑު މުސާރައެއް ލިބެން ޖެހޭ މީހުން. އެކަމަކު ފަސް އަހަރު މިވީ އެއްގޮތަކަށް ވެސް މުސާރަ ބޮޑު ނުކުރާތާ. އިތުރަށް މަސައްކަތް ކުރިއަސް އެލަވެންސެއް ވެސް ނޯވޭ. އޯޓީއެއް ނޯވޭ،" ނަން ހާމަ ނުކުރުމަށް އެދޭ މުވައްޒަފު ބުންޏެވެ.
"މި މަހު ވެސް މުސާރަ އަށް ބަދަލު ނާންނަތީ އެޗްއާރަށް އެންގީމަ ޖަވާބުގައި ބުނީ ކުޑަ ބަދަލެއް ގެނެސްފައޭ ހުންނާނީ. މިނިމަމް ވޭޖް ކަންތައް ކުރަމުންނޭ މިދަނީ."
މުސާރައިގެ އިތުރުން އެއާޕޯޓުގައި މުވައްޒަފުން މަދުވުމަކީ ވެސް އެތަނުގައި މަސައްކަތް ކުރަން ދަތިވާ ސަބަބެއް ކަމަަށް އެއާޕޯޓް މުވައްޒަފު ބުންޏެވެ. އަދި އެއާޕޯޓުގައި ބޭނުންވާ އިކުއިޕްމަންޓް ވެސް ނެތް ކަމަށާއި އެކަން ހައްލު ކޮށްދޭން ކިޔާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށް ވެސް އޭނާ ބުންޏެވެ.
"މިއީ އަސްލު ވަރަށް ބިޒީ އެއާޕޯޓެއް. އަބަދު ޓޫރިސްޓުން އެ ތިބެނީ އައިސް. އެކަމަކު ޝިޕްޓެއްގައި ބެގެޖްގައި ވެސް މި ތިބެނީ ދެ ތިން މީހުން" -- މުވައްޒަފެއް
"މިއީ އަސްލު ވަރަށް ބިޒީ އެއާޕޯޓެއް. އަބަދު ޓޫރިސްޓުން އެ ތިބެނީ އައިސް. އެކަމަކު ޝިޕްޓެއްގައި ބެގެޖްގައި ވެސް މި ތިބެނީ ދެ ތިން މީހުން،" ދާލު އެއާޕޯޓުގެ މުވައްޒަފު ބުންޏެވެ.
ދާލު އެއާޕޯޓުގައި ހުރި މައްސަލަތައް ހައްލު ކޮށްދޭން އެދި އެތަނުގެ މުވައްޒަފުން ދަނީ ޕެޓިޝަނެއްގައި ވެސް ސޮއި ކުރަމުންނެވެ. މިހާތަނަށް 24 މުވައްޒަފުން މި ޕެޓިޝަނުގައި ސޮއި ކޮށްފައިވާއިރު މަސައްކަތް ފަށާނީ ޕެޓިޝަނުގައިވާ ކަންކަން ހައްލު ކުރުމުން ކަމަށް އޭނާ ބުންޏެވެ.
"މަސައްކަތެއް ނުކުރާނަން މިކަންކަން ހައްލު ނުކުރަނީސް،" އޭނާ ބުންޏެވެ.
ދާލު އެއާޕޯޓަކީ ދާލު އެއާޕޯޓް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑުން ހިންގާ ތަނެކެވެ. މުވައްޒަފުންގެ ވާހަަކަތައްް އެ ކުންފުނިން ވަނީ ދޮގުކޮށްފަ އެވެ.
އެ ކުންފުނީގެ އިސް ބޭފުޅެއް ކަމަށްވާ މުހައްމަދު ޚަލީލް ވިދާޅުވީ ކުންފުނީގައި ގިނަ ދުވަސްވީ މުވައްޒަފުންގެ މުސާރަ މިދިޔަ ޖެނުއަރީ މަހު ބޮޑު ކޮށްފައިވާ ކަމަށެވެ. އަދި އެއާޕޯޓުގެ އޮޕަރޭޝަނަށް ބަލާއިރު މުވައްޒަފުން ވެސް މަދު ނުވާނެ ކަމަށާއި ބޭނުންވާ އިކުއިޕްމަންޓުތައް ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖެނުއަރީން ފެށިގެން ސެލެރީގެ އިންކްރިމަންޓެއް ގެނެސްފައި ވާނީ. ދެން މިތަނުގައި ސްޓާފުން މަދެކޭ ނުބުނެވޭނެ. އެއާޕޯޓަށް އަންނަ ފްލައިޓުތަކަަށް ބަލާފައި މުވައްޒަފުންގެ އަދަދު ބަލާނީ. އެކަމަކު ސަރުކާރު އެއާޕޯޓުތަކުގައި ތިބޭ ވަރަށް ނުތިބެދާނެ،"
"ޖެނުއަރީން ފެށިގެން ސެލެރީގެ އިންކްރިމަންޓެއް ގެނެސްފައި ވާނީ. ދެން މިތަނުގައި ސްޓާފުން މަދެކޭ ނުބުނެވޭނެ. އެއާޕޯޓަށް އަންނަ ފްލައިޓުތަކަަށް ބަލާފައި މުވައްޒަފުންގެ އަދަދު ބަލާނީ. އެކަމަކު ސަރުކާރު އެއާޕޯޓުތަކުގައި ތިބޭ ވަރަށް ނުތިބެދާނެ،" ޚަލީލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮވިޑް ތެރޭގައި ވެސް މީހުން ނުކަނޑާ ބަރާބަރަށް މުސާރަ ދެމުން އައީ. މިހާރު ވެސް މުސާރަ ދުވަހުން ދުވަހަށް ދެމުން އަންނަ ތަނެއް މިއީ."
ދާލު އެއާޕޯޓް ހުޅުވާފައިވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހހޖޖސހބސ
06 February 2022
ހޭވްއަ ލުކް އެޓް ދަރަވަންދޫ އެއާރޕޯޓް. ލޮލް. ބަގެޖް ހެންޑަލް ކުރަން އުޅޭ ކުދިން ގުދު އަޅާއަޅާ ގުދު ބިނދިފަ. ޑިޕާޗާ ހޯލް އަރާމުކަމުން ގެސްޓުން ތިބެނީ ސޮނިވެއްޓިފަ. ? .މިހާރު ޓިމުން ދަރަވަންދޫ އެއަރޕޯޓަށް ރިޕޯޓެއް ހަދާލުން އެދެން
ގައިންދރއ
08 February 2022
އެކުދިން ނައް ރަނގަޅު އުޖޫރަ ދެޔޭ. ލޮލް. އެކަމު ރަނގަޅު ކުރަން ޖެހޭ ކަން ކަން ބައި ވަރު. މަންޓާ ވިލާ ތަން ތނުން އެމީހުން ގެ ސްޓާ ފުންނައް ކޮވިޑް ތެރޭގަ ވީ އިހުމާލް އަހަރަމެން ދެކުނިން.
މަމީ
06 February 2022
ތި ހަލީލު ދު ވަހަކުވެސް ތެދެއް ނުހަދާނެ
އާނ ދޯ
06 February 2022
ތިހާ ބިޒީ އެއަރޕޯޓެއް މި ދުނިޔޭގަ ވެސް ނޯންނާނެ. އާ ފަހެ އެހެންޔާ ؛؛؛ ރާއްޖޭގައި ނެތް ފަދަ ވަސީލަތްތައް ހުރި ޖާގާގެ ތަނަވަސްކަންހުރި ދެވަނަ ޑޮމެސްޓިކް އެއާޕޯރޓެއް ރާއްޖޭގައި ނޯންނާނެ ދ. އެއާރޕޯރޓް ނޫނީ. ރަށުގެ ބޮޑު ބައެއް އެއާރޕޯރޓަށް ނެގިފައިވާ އިރު މަ ހިތަށް އަރާ އެއާރޕޯޓެއް އޮވެގެން ރަށުގެ ރައްޔިތުންނަށް އޮތީ ކޮން މަންފާއެއްބާއޭ.. އެންމެ ކުޑަ މިނުން ހެޔޮ އަގުގައި ދަތުރުކޮށް ނުލެވޭ.. ހެއްވާ
އެލާ
06 February 2022
ތިތަނަކީ މިހާރު ސަރުކާރަށް ނަގަންޖެހޭތަނެއް. އަގުހެޔޮކޮށް ދުވާލަކު 2 ޓިކެޓް ވިއްކާފަ ބޮޑުއަގުގަ ބޮޑުފައިދާ ނަގާތަނެއް. ދެރިސޯޓް ހަދަން ތަން ދިނީމަ 6 ރަށަށް ބާރު ހިންގާ މުޅި ހިސާބުން މަންފާ ހޯދާ. އަސްލު ކުޑަހުވަދޫއަށް 650 ދަތުރު ކުރެވެންޖެހޭ، އެއަރޕޯރޓް ހަދަން ރަށްތައް ދިނީމަ އެތަނުން ލިބޭ ފައިދާ ނުބަލާ ހުސް އެއަރޕޯރޓުން ވަނީ ގެއްލުމޭ ކިޔައިގެން އޮޅުވާލަނީ. ނިޔާމަ ކަނޑިންމަ އަދި ކައިރީ ހުރިހާ ފަޅުރަށްތަކެއް ބައްކޮށްގެން ނަގާފައިދާކޮބާ؟
ގައބަރުސިނގާ
08 February 2022
ނުނެގޭނެ ޔުނިވާދަލްގެ ބާރު މާގަދަވާނެ. ގާސިމް އކާވެސް ނުކުޅެވޭނެ ސަރުކާރުން ރިލީފް ލޯން ނަގާފަ މުވައްޒިފުން ނައް އުޖޫރައެއް ނުދޭ. މިމީހުންގެ ސްޓާފުން އެބަޖެހޭ މިމީ ހުން ނައް ސްޓާފުން ނާ ނުޅާ މިކަން ނުވާނެކަން ދައް ކާދޭން.
ސަރ
06 February 2022
މަންޓާ އެއާރލައިން ކުރޫންނަށް އުޅޭކުދިންލައްވާ ވެއިޓަރުކަން ވެސް ކުރުވާ އެބަ އެމީހުންގެ ރިސޯޓްތަކުގަ އެކުދިންގެ ނުރުހުމުގަ.
އާރީ
06 February 2022
އެމްއޭސިލުގެ މުއަށްޒަފުންގެ ހައްގުތައް ވެސް ހިފަހަށްޓަނި ދ އެއާރފޯޓް މަހުޖަނު މީހާ އެމްއޭސިލު ބޯޑްގަ އިދެގެން. ދުނިޔެ އުމްރަށް ބޯޑްގަވެސް ދެރަކަމެއް. ޒުވާނުންނަށް ފުުރުސަތުދީފަ އިސްތިއުފާ ދޭކަށްވެސް ނޫޅެއޭ
މޯޑް
06 February 2022
ހޯރަފުށީ އެއާރފޯޓްގެ ކުނިކަހާ ކުއްޖާއަށް ވެސް 12000ރ ލިބޭ މުސާރައިގެ ގޮތުގަ. ސުކުރިއްޔާ ރައީސް ސޯލިހު. މަހުޖަނު ހިންގާ އެއާރފޯޓް މުއަށްޒަފުންނަށް 7000ރ ނުލިބުމަކީ ހާދަ ބޮނޑް ހިތާމަޔެކޭ.
ދާލުއެއަރ
06 February 2022
ބަލަ ތިކަން ހަމަޖެހިދާނެ މިހާރުވެސް މުވައްޒަފުން ވަޒީފާއިން ވަކިވެގެން އެހެން ވަޒީފާތަކަށް ދާންފެށީމަ . އަހަރެމެންނަށް ހީވަނީ މިހާރު ހުރި ވަޒީފާއިން ކެނޑިއްޖެއްޔާ ރިޒްގު ބަަންދުވެދާނެއޭ. ތިމާ އުޅޭ ވަޒީފާއާ މުސާރައާ ހިތްހަމަ ނުޖެހޭނަމަ އޮތް އެންމެ ރަގަޅު ގޮތަކީ އެކަށީގެންވާ މުސާރައެއް ލިބޭ ތާކަށް ބަދަލުވުން. ގާބިލްކަމާއި ހުނަރު ހުރިއްޔާ ކޮންމެ ތާކުންވެސް ވަޒީފާ ލިބޭނެ.
މަންޓާ ފާއިޒްބެ
05 February 2022
މިވެރިން އަހަރުމެންނަށަ ވަރަށް އިހާނެތިކޮށްކަންތައް ކުރަނީ. ވަރަށް ދެރަވެފަ މިހުންނަނީ އެހެންވެ.
ކަކުނިބޯ
05 February 2022
ދިވެހިރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގެ ސިއްރު ޔުނިވަރސަލް އެންޑް ކޮލި. ދުނިޔޭގަ އެންމެ މިސާރަބޮޑެތި މުއައްޒަފުން މިމީހުންގެ ކުންފުނިތަކުގައި، މިމީހުންގެ ރިސޯޓްތަކުގެ ސަރވިސްޗާޗް ބޮޑެތިކަމުން ނޫހުގަޖަހަންވެސް ބިރުގަނޭ އެހެންރިސޯޓްތަށް ބަޑަށްޖެހިދާނެތީ.
އަސުރުމާވަސް
05 February 2022
އެއާރޕޯރޓު ހިންގާ ކުންފުނިން ކުޑަހުވަދޫއިން ކުއްޔައް ހިފާފަ ހުރި ގޭގެއަށްވެްސް ހިތުހުރިގޮތެއްހެދީ ކޮވިޑޭ ކިޔާފަ ކުލި ދެބައިކުޅައެއްބަޔަށް ކުޑަކުރީ ޓުއަރިސްޓުންނާދެޔޭ ކިޔާފަ އެކަމް އެ އެއަރޕޯރޓްގައި ޕްރައިވެޓް ޖެޓްތައް އަބަދުވެސް ފުރިފަ އޮންނަނީ ޓުއަރިސްޓުންވެސް އާދޭ އެކަމް ކުލިތަކެއް ބޮޑެއްނުވޭ