ޓްރާންސްޕޯޓް މިނިސްޓަރު އައިޝާ އަދި ފިރިކަލުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
10 ފެބުރުއަރީ 2022 - 12:52
ފިރިކަލުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ 71 ވަނަ އުފަންދުވަހާ ދިމާކޮށް އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރޭ ތަފާތު ޓްވީޓެއް ކުރައްވައިފި އެވެ.
އެ ދެ ބޭފުޅުންގެ ފޮޓޯއަކާ އެކު އުފަންދުވަހުގެ ތަހުނިޔާ ފޮނުވަން ނަހުލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމަކީ އޭނާގެ ހަޔާތުގެ އެންމެ މުހިއްމު ބައިވެރިޔާ ކަމަށެވެ. ގާސިމްގެ ހެޔޮކަން ފާހަގަކުރައްވައި އަބަދުވެސް އެދިވަޑައިގަންނަވަނީ ހެޔޮ ރަހުމަތާ އެކު ދެމިހުންނެވުމަށް ކަމަށް ވިދާޅުވި އެވެ.
ނަހުލާ ދެން ސިފަކޮށްދެއްވީ ދަރިންނަށް ގާސިމްގެ އޯގާތެރި ކަމެވެ. އޭނާގެ ދަރިންނަށް، ގާސިމަށް ވުރެ ރަނގަޅު ބައްޕައަކަށް ނޭދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
Wishing a wonderful birthday to the most important person in my life. May Allah bless you always. I couldn’t have asked for a better father for my children. ❤️❤️❤️❤️❤️❤️ @qasimibrahim pic.twitter.com/easEIw8PRC
— Aishath Nahula (@aishath_nahula) February 9, 2022
ގާސިމާއި ނަހުލާ މީގެ 14 އަހަރު ކުރިން ކުރެއްވި ކައިވެންޏަށް ހަ ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.
މީގެ ކުރިން ބޭއްވި އެކި ހަފުލާތަކުގައި ވާހަކަދައްކަވަމުން ނަހުލާ ވަނީ ގާސިމަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފަ އެވެ.
އޭޕްރީލް، 2019 ގައި ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި މާމިގިލީ ދާއިރާގެ ކެމްޕެއިން ޖަލްސާއެއްގައި ނަހުލާ ވިދާޅުވީ ގާސިމް ފަދަ ދެ ވަނަ "ޖަވާހިރެއް" ނުލިބޭނެ ކަމަށާއި އެ ދެ ބޭފުޅުން ވަކި ނުކުރެވޭނެ ކަމަށެވެ.
ގާސިމް ވެސް ވިދާޅުވީ އައިޝާއާ ދުވަހަކު ވެސް ވަކި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އައިޝާއާ ދޭތެރޭގައި އޮތީ "އިލާހީ ގުޅުމެއް" ކަމަށެވެ.
ނަހުލާއާ އެކު އިތުރު އަނބިންތަކެއް ތިއްބެވި ގާސިމް ވަނީ 2020 ގައި ވެސް ޒުވާން އަންހެނަކާ ކައިވެނި ބައްލަވައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަތަނަބޭ
11 February 2022
ވަޓް އަ ފޭކް ސްޓޯރީ!
ޢަލްއުސްތާޒް
10 February 2022
ތެންކިޔޫ ފޯ ދަ....ކޮންމެ ކުއްޖަކަށް އޭނީ ހިތެއް. ޢެހެންވީމާ 6 ބޭފުޅުން.. މީގެ ކުރިން ކީއްވެބައި އެހާ ލޯބިން ހެޕިބާރތްޑޭ ވިދާޅުނުވީ. ޢެނެއްގައި ސަރުކާރުގެ މިނިސްޓަރުކަން ގެއްލެނީބާ
މަން ޖެ
10 February 2022
ޝުކުރިއްޔާ ޤާސިމް
ޙިނި
10 February 2022
މިކައިވެންޏައް ތިރިލަރް ފިލްމެއް ނޫނީ ސަސްޕެންސް ވާހަކައެއް ލިޔެވިދާނެ.
ނަސީ
10 February 2022
ތީދެން ހަބަރެއްތަ
ޔެސް
10 February 2022
އެގްޒެކްޓްލީ. މިދެން ޚަބަރެއްތަ. ހިތަށްއެރިހާ ކޮމެންޓެއްވެސް ލިއެލަން ލިބޭނީކީ ނޫން.
ޔާމީނު
10 February 2022
އެންމެ ގިނަ ދިވެހިންނަށް އެކި ކަންކަމުގައި ފައިސާ އަދި ބަހުންވެސް އެހީވީ ގާސިމް. ރާއްޖޭގެ ގިނަ މިލިއަނަރުންގެ ބިލިއަންތަށް ހުރީ އަދިވެސް އެނދު ދަށުގައި
އިޙްސާސް
12 February 2022
ތީކީ ތެދެއްނޫން. އެހީ އަކީ ކޮންމެހެން ޕަބްލިޝްވާންޖެހޭ އެއްޗެއް ނޫން. ގާސިމް ކިތަންމެހާވެސް އެހީވޭ. އެކަމަކު ތިޔަބުނި ބުނުން ރަގަޅެއްނޫން.
އިސްމާލި
10 February 2022
އިންޓްރަސްޓިން. ނަހުލާ ބުނީ "އައި ކުޑުންޓް ހޭވް އާސްކްޑް ފޮރ އަ ބެޓަރ ފާޑަރ ފޮރ މައި ޗިލްޑްރަން" ނަހުލާ ނުބުނޭ "އައި ކުޑުންޓް ހޭވް އާސްކްޑް ފޮރ އަ ބެޓަރ ހަސްބަންޑް" އެކޭ. ކީއްވެބާ؟
ޙަސަން އަޙްމަދު
10 February 2022
އަޖައިބު! އޭގެ ކުރީ ބައިގައި ބުނެފަ އެބޮތް މޯސްޓު އިމްޕޯޓަންޓް ޕާސަން އިން މައި ލައިފޭ.. ދެން ހަޒްބެންޑޭ ބުނުމަށް ވުރެ ވެސް މާ ފުޅާ ވެއްޖެއްނު މިހާރު.
ޢަހްމަދު9876
10 February 2022
ވަރަށް ރަގަނޅު ސުވާލެެއް. ނޫސްވެރިންނަށް ފުންމާނަ ނަގައިގަންނަން ނޭގެނީ ކީއްވެބާ؟
އައިސް
10 February 2022
ފިތުނަ ނު އުފައްދަބަލަ!
އަކީ
10 February 2022
ތިލަ މާނައާ ފުން މާނައާ ނަގަން އެއޮތީ ކިއުންތެރިންނަށް ދޫކޮށްލާފަ. އެކަމު ނެގޭ ހުރިހާ މާނައެއް މިތަނުގަ ލިއެގެން އެހެން މީހުންނަށް ދެއްކޭނެ ގޮތެއްވެސް ނޯންނާނެ.
ޒަރީނާ
10 February 2022
އިލާހީ ގުޅުމެކޭ! މާތް ކަލާކޯ! ވާހަކަ ދައްކާއިރު ވިސްނާލާފަ ވާހަކަ ދެއްކަންޖެހޭ! ﷲ އަށް ޓަކައި އޮތް ގުޅުމެކޭ ބުނަންވާނީ!
ސީޒަން ޖެކުހަން
10 February 2022
ގާސިމަށް 71؟ އަދިވެސް ހާދަ ޒުވާންކޮށޭ ފެންނަނީ.
ބަވޒވ
10 February 2022
ބައިޑެންމެނަށްވުރެ ހަގުވާނީ ތަންކޮޅެއް. ދުނިޔޭގައި ހުރި ކޮންމެ މީހަކުވެސް ދެކޭނޭ އެމީހާގެ ޒުވާންކަން މިލާތަން. ބުއްދިވެރިން އާޚިރަތައް ތައްޔާރުވާނެ
ޢަރުތަ
10 February 2022
އެކަމުގެ ސިއްރަކީ ނަހުލާ............
މަޖިލިސް
10 February 2022
ފިރިއެއްގެ ހައިސިއްޔަތުން ދެކެވަޑައިގަންނަވާގޮތް ހާމަނުރެއްވީތީ ސުވާލު އުފެދޭ.