ޒަހަމްވި އަންހެން މީހާގެ އެކްސްރޭގައި، އޭނާގެ ގަޔަށް ހަރާފައިވާ ވަޅި ފެންނަން
13 މާޗް 2022 - 09:28
މާލޭގައި އަނބިމީހާގެ ގަޔަށް ވަޅި ހެރި އިންޑިއާގެ މީހާ އެކަން ކުރީ އަނބިމީހާ ނިދާފައި އޮއްވައި ކަމަށް ދައުވާގައި ބުނެފި އެވެ.
މ. ރިހިވިދުވަރު ގޭގެ ދެވަނަ ފްލޯގައި ދެމަފިރިން ދެމެދު މާރަމާރީއެއް ހިންގައި އަންހެންމީހާގެ ގަޔަށް ވަޅިހެރި ކަމުގެ ތުހުމަތުގައި ފުލުހުން ތަހުގީގުކުރަން ފެށީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. އެ މައްސަލައިގައި ސްރިނިވަސަން ސުބްރަމަނި ނަމަކަށް ކިޔާ އިންޑިޔާގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން މާރަމާރީ ހިންގުމުގެ ކުށުގެ ދައުވާ ސްރިނިވަސަންގެ މައްޗަށް ޕީޖީ އޮފީހުން ވަނީ މިދިޔަ ހަފުތާގައި ކޯޓަށް ހުށަހަޅައިފަ އެވެ.
އެ ދައުވާގައި ބުނާ ގޮތުން ސްރިނިވަސަން އޭނާގެ އަނބިމީހާގެ ފައިގެ ފަލަމަސްގަނޑަށް ވަޅި ހެރީ ސިޓިން ރޫމުގައި ނިދާފައި އޮއްވަ އެވެ.
އަންހެންމީހާ ހޮސްޕިޓަލަށް ގެންދިޔައީ ވެސް އޭނާގެ ފޫކޮޅުގެ މަސްގަނޑާ ދިމާލަށް ހަރާފައިވާ ވަޅިއާ އެކު، ވަޅި ނުނައްޓަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ މަންޒަަރު ފެންނަ ވީޑިއޯއެއް އާންމުވި އިރު އަންހެން މީހާގެ ހެދުމުގެ ތިރި ލެއިން އޮތީ ތަތްތެޅިފަ އެވެ. އަދި އޭނާ ރޮއެ، ގިސްލާ އަޑު ވެސް ވީޑިއޯގައި އިވެ އެވެ.
އެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ސްރިނިވަސަންގެ ބަންދުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހު ވަނީ 10 ދުވަހަށް އިތުރު ވެސް ކޮށްފަ އެވެ.
އެ ހާދިސާގައި ފިރިހެންމީހާގެ ބަނޑަށް ވެސް ވަޅި އެވެ. މާ ފުންކޮށް އޭނާގެ ބަނޑަށް ވަޅި ހަރާފައި ނުވިޔަސް ފުލުހުން ގާތު އޭނާ ބުނެފައި ވަނީ ވަޅި ޖެހީ އަމިއްލަ އަށް ކަމަށެވެ. އެކަމަކު ހޮސްޕިޓަލުގައި އޭނާ ބުނީ ވަޅި ހެރީ އަނބިމީހާ ކަމަށެވެ.
ފިރިހެން މީހާއާ ހަވާލާދީ ފުލުހުން ކޯޓުގައި ކުރިން ބުނެފައި ވަނީ އޭނާ އަމިއްލަ އަށް ބަނޑަށް ވަޅި ހެރީ ހާދިސާ ހިނގައިގެން އުޅޭ ތަނަށް ފުލުހުން ދިއުމުން އެ މީހުންގެ ކުރިމަތީގައި ކަމަށެވެ. އަދި އެ މީހާ ބުނެފައި ވަނީ އަމިއްލަ ހަށިގަނޑަށް ހަމަލާދިނީ ފުލުހުން ދިއުމުން ބިރުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެއްޓުނު ކުރުސީ
13 March 2022
ސުބުރިމާނިއަމް މެން ތިއުޅޭގޮތަކުން މަށަށްވެސް ސަކަރާތް. އަބަދު އިންޑިއާ ރަނގަޅު ވާހަކަ ދައްކަ ދައްކާ މަ މިހުންނަނީ. ތިފާޑުގެ ސަކަރާތް މިތާޖެހީމާ އިންޑިއާ އައުޓަށް އިތުރު ބާރު ލިބޭނީ. ދޭބަލަ ބިހާރަށް ތި ސަކަރާތް ޖަހަން.
ޢާދަނުބެ
13 March 2022
ސުބުރަ މަނި މެން ކިހިނެތް ތިއުޅެނީ
އަބނ
13 March 2022
އިންޑިޔާ ، ޕާކިސްތާނު އަދި ބަންގލދޝ ފިހެނުންނަކީ އެމީހުންގެ އަނބިންނަށް ވަރަށް އަނިޔާކުރާ ބައެއް.
ވަހީދު
14 March 2022
ދިވެހި އަންހެން ކުދިން އެންމެ ލޯބިވަނީ އެމީހުން ދެކެ.
ޖަލްނީ
13 March 2022
އިންޑިޔާގަ އަދި އެނޫންވެސް ގައުމުތަކުގައި ރަނގަޅު މީހުންނާއި ގޯސް މީހުންވެސް އުޅޭނެ! ކަންކަމުގައި ދީނުގައި ބުނެދީފައިވާ ރަނގަޅުގޮތަށް ވިސްނުން އަދި ފުންކޮށް ވިސްނުން ބޭނުންތެރި! ދިވެހިރާއްޖޭގެ މީހުންގެ ވިސްނުން ވިހަ ކުރަމުން ދަނީ ސީދާ ސިޔާސީ ވިހަގަދަ މީހުން. މިސާލަކަށް އެލެކްސް އަހުމަދު ނޫނީ ހަސަންކުރުސީ ނޫނީ އިސްތިއުފާދިން ރައީސް!
ސީޒަން ޖެކުހަން
13 March 2022
ވަރަށް ފިނޑިވީމާ ނިދާފާ އޮތް އަންހެނެއްގަޔަށް ވަޅިހަރާނީ.
މައިކަލް ސްކޯފިލްޑް
13 March 2022
ހޭ ހުއްޓަ ޖެހުމަކީވެސް ވަކި ގަޓްކަމެއް ނޫން!
ގޯޕާލް
13 March 2022
ފިރިހެން މީހާއާ ހަވާލާދީ ފުލުހުން ކޯޓުގައި ކުރިން ބުނެފައި ވަނީ އޭނާ އަމިއްލަ އަށް ބަނޑަށް ވަޅި ހެރީ ހާދިސާ ހިނގައިގެން އުޅޭ ތަނަށް ފުލުހުން ދިއުމުން އެ މީހުންގެ ކުރިމަތީގައި ކަމަށެވެ. އަދި އެ މީހާ ބުނެފައި ވަނީ އަމިއްލަ ހަށިގަނޑަށް ހަމަލާދިނީ ފުލުހުން ދިއުމުން ބިރުން ކަމަށެވެ. އަރަތެއް ދޯ
ރަދީފްއޮފިޝަލް
13 March 2022
ތިޔަފަދަ އަމަލުތައް އެއީ އިންޑިޔާގެ ގިނަ ސަރަހައްދުތަކުގަ ކޮންމެ ދުވަހަކު ހިނގާ ޕެޓީ މައްސަލަތަކުގެ ނަކަލެއް.އިންޑިޔާގެ ބައެއް ނޫސްތައް ކިޔާލީމަ ގައިން ހީބިހި ނަގައިގެންދާ ފަދަ ކްރިމިނަލް މައްސަލަތައް ރިޕޯޓްކޮއްފަ ހުންނަކަން ނޫސްތައް ކިޔާލީމަ ފެންނާނެ. ވ.ވެދުން
ކެނެޑީ
13 March 2022
އެކި ކްލާސްގެ އެކި ދީނުގެ 1 ބިލިއަން މީހުން އުޅޭ ގައުމެއްގަ އެކިކަންކަން ކޮންމެދުވަހަކު ފެންނާނެ. 4 ލައްކަމީހުންގެ މީހުން އުޅޭ 100ޕަސަންޓްމުސްލިމު ރާއްޖޭގެ ކަންކަން ނިސްބަތުން ކިރާލާމިނެލަބަލަ…
ޙިނި
13 March 2022
އަންތަރީސް!! މިފަދަ ކަންކަންކުރީމަ އާއިލާ ހަލާކުވާނެ، ދެމީހުންގެ ދަރިން ތިބިއްޔާ އެކުދިން ނަމެތިވާނެ.