އަންހެން މީހާގެ ގަޔަށް ވަޅި ހަރާފައިވާ އިރު، ފިރިހެން މީހާގެ ބަނޑަށް ވެސް ވަނީ ވަޅި ހަރާފައި. މައްސަލަ އޮތީ ސުވާލުތަކެއްގެ ތެރޭގައި!
ޒަހަމްވި އަންހެން މީހާގެ އެކްސްރޭ
02 ފެބުރުއަރީ 2022 - 14:28
މާލޭގައި ދިރިއުޅޭ އިންޑިއާގެ ދެމަފިރިއަކު މާރާމާރީ ހިންގައި، އަނބިމީހާ އަށް ފިރިމީހާ ވަޅިން ހަމަލާ ދީ ޒަހަމްކޮށްލައިވާ ކަމަށް ބުނަމުން ދިޔައަސް، އެކަން ހިނގައިދިޔަ ގޮތާ ދޭތެރޭ ސުވާލު އުފެދިއްޖެ އެވެ. މިއަދު ހެނދުނު ހިނގި މި ހަމަނުޖެހުމުގައި ފިރިމީހާގެ ބަނޑަށް ވެސް ވަނީ ވަޅި ހަރައިފަ އެވެ.
ގެވެށި އަނިޔާއެއްގެ ގޮތުގައި ފުލުހުން ބަލާ މި މައްސަލަ ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައި ވަނީ މިއަދު ވަރަށް ހެނދުނާ އެވެ.
ފުލުހުން އަންހެން މީހާ ހޮސްޕިޓަލަށް ގެންދާ މަންޒަރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ވީޑިއޯތަކުން ފެންނަނީ އަންހެން މީހާގެ ހެދުމުގެ ތިރި ލެއިން ތަތްތެޅިފައި އޮތް ތަނެވެ. އަންހެން މީހާ ރޮއެ، ގިސްލާ އަޑު ވެސް ވީޑިއޯގައި އިވެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައީ ވެސް އޭނާގެ ފޫކޮޅުގެ މަސްގަނޑާ ދިމާލަށް ހަރާފައިވާ ވަޅިއާ އެކު، ވަޅި ނުނައްޓަ އެވެ.
އެ ދެ މީހުންގެ މެދުގައި ދެބަސްވެ ވަޅި ހަރާ ހިސާބަށް ދިޔައީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ޒަހަމްވެގެން އައިޖީއެމްއެޗަށް ފިރިހެން މީހާ ވެސް ގެންދިޔަ އެވެ.
ވަޅި ހަރާފައި ވަނީ ފިރިހެން މީހާގެ ބަނޑަށެވެ. މާ ފުންކޮށް އޭނާގެ ބަނޑަށް ވަޅި ހަރާފައި ނުވިޔަސް ފުލުހުން ގާތު އޭނާ ބުނެފައި ވަނީ ވަޅި ޖެހީ އަމިއްލަ އަށް ކަމަށެވެ. އެކަމަކު "މިހާރު" އެނގިފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލުގައި ބުނެފައި ވަނީ ވަޅި ޖެހީ އަނބިމީހާ ކަމަށެވެ.
އެކަމަކު ފުލުހުން މީޑިއާ އަށް ހިއްސާކުރި މެސެޖުގައި ފިރިހެން މީހާ އަށް އެއްވެސް ޒަހަމެއްވި ކަމަކަށް ނުބުނެ އެވެ. އަދި ބުނެފައި ވަނީ ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ އަނިޔާކުރި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށާއި އަނިޔާ ލިބުނު އަންހެން މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެ ހޮސްޕިޓަލުގެ އިމަޖަންސީގައި އޭނާ އަށް ފަރުވާދެމުން އަންނައިރު މި ވަގުތު އޭނާގެ ހާލަތު ސާފުވާ ގޮތެއް ނުވި އެވެ. އެކަމަކު އަންހެން މީހާގެ ގަޔަށް ވަޅި ހަރާފައިވަނިކޮށް ނަގާފައިވާ އެކްސްރޭއެއް "މިހާރު" އަށް ލިބިފައިވާއިރު ފެންނަނީ އޭނާގެ ޅިނދު ކަށިގަނޑު ކައިރިއަށް ފުންކޮށް ވަޅި ހަރާފައި ހުއްޓަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެމީހާ
04 February 2022
ޤައުމެއް ނެތޭ! މި ބަޔަކާ ހުރެ. ތިތާ ތެދު ހަދާ އެކަތިވެސް ދެން ނުހުންނާނެ! މިހާރު ތިވަރުން ދަންޏާއީ! ?
މަހާރަދުން
03 February 2022
ހާ، ޔެހީ ޕިޔާރުހޭ..
މާލޮސް
02 February 2022
ވަޅިހަރަންޖެހުނު ސަބަބު އިންޑިޔާ ސަރުކާރާއޯ ހަމައެކނި ހިއްސާކުރެވޭނީ
މިރިސް
02 February 2022
މިސަރުކާރުން އަންހެނަކު ކުށެއްކުރިޔަސް ވަރަށް ނުބަލާނެ!!
ޙަސަނާސަނާ
02 February 2022
ދެޖިންސުގެ ކައްގަނޑު ހަމަހަމަ ވާތަން އެބަ ފެނޭނުން. އަންހެންވެރިން ކުޅޭ ނުލަފާ ޑުރާމާ ކަލޭމެނަށް އަދި ނޭނގެނީ.
ކުމާރު ހުއްތު
02 February 2022
ތިކަމުގެ ހަގީގަތެއް ސާފެއް ނުކުރެވޭނެ .. އެއީ ތިކަންކުރާނީ މިގައުމުން ބޭރުބަޔަކަށް ވާތީ
ފަންފެކްޓް
02 February 2022
މިކަންކަމާއިމެދު އިލްމީ ނަޒަރަކުން ދިރާސާކޮށް ބަލާލާއިރު ރާއްޖެއަށް ޕުރޮޕެގެންޑާ ފަތުރަން މީހުން ފޮނުވާ އިނގިރޭސިވިލާތުގަ ކޮންމެދުވަހަކު 123 މީހުން ވަޅީގެ ހަމަލާތަކާއި ކުރިމަތިލާންޖެހޭ. އިންޑިއާގައި މިހާތަނަށް 1.4 މިލިއަންމީހުން ވަނީ ވަޅިޖަހާ މަރާފަ.
ހީހީހީ
02 February 2022
ސާބަހޭ! ސާބަހޭ!
ރަދީފްއޮފިޝިއަލްްް
02 February 2022
ކުރިމް ޕެޓްރޯލެއް ކުޅެލަން ރަނގަޅު ސޮތޯރީއެއް. ވ. ވެދުން
ރަދީފްއޮފިޝިއަލް
02 February 2022
އެހެން މީހުންގެ ޔޫޒާނޭމް ވަގަށް ނެގުން އެއީ ފިނޑި އަމަލެއް.
ތާކުން
02 February 2022
ފިރިހެންމީހާ ކުއްވެރިކޮށްފަ މޮޔަގޮވި ފެމިނިސްޓުން ވާނުވާނޭގި ވާހަކަ ދެއްކިޔަސް ރަނގަޅަށް މީތި ސްޓަޑީ ކޮއްލާއިރު ފެށިފަ އިންނާނީ ލޭޑީއާ ހިސާބުން
ފޮރިއަލް
02 February 2022
އިންސެލް ބައިގަނޑަށް ހީވާނެ ލޭޑީއާ ހިސާބުންނޭ ކޮންމެ މައްސަލައެއް ފެށެނީ ވާނުވާ އެނގިގެންތަ ވާހަކަ ތިދައްކަނީ
ހެވޭ
04 February 2022
ކޮންމެ މީހަކާ ހިސާބުން ކަން ފެއްޓުނަސް ވަކި ޖިންސެއްގެ އެންމެން ނުބައިކުރާކަށްނުޖެހޭ. އެކަން ކުރި މީހާ ނުބައި ކުރީމަ އެވީ. މުޅި އިންސާނީ ނަސްލު އޭގެ ތެރެއަށް ވައްދާކަށް ނުޖެހޭ. ނުބައި މީހުންނާ ރަގަޅު މީހުން ތިބޭނެ ދެ ޖިންސްގެ މީހުންގެ ތެރޭވެސް.