04 އެޕްރީލް 2022 - 11:16
ވެލިގާ ހާޑްވެއާގެ އީ ކޮމާސް ޕްލެޓްފޯމް ރޭ ތައާރަފުކޮށްފި އެވެ.
އެއީ ވެެލިގާގެ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އެ ކުންފުނިން ވިއްކާ ހާޑްވެއާ ސާމާނު ގަނެވޭނެ ގޮތް ހެދުމަށް ތައާރަފުކުރި ޕްލެޓްފޯމެކެވެ. އެހެންވެ މިހާރު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ވެލިގާއިން ވިޔަފާރި ކުރެވޭނެ އެވެ.
އެ ޕްލެޓްފޯމުން މި ވަގުތު ވެލިގާގެ ފިހާރަތަކުން ލިބެން ހުންނަ ހުރިހާ ސާމާނެއް ލިބޭނެ އެވެ. ކަސްޓަމަރުންނަށް ފަސޭހަ ކުރުމުގެ ގޮތުން ބްރޭންޑުތަކާއި ކެޓަގަރީތައް ވެސް ފަސޭހައިން ހޯދޭނެ ގޮތް އެ ޕްލެޓްފޯމުގައި ވަނީ ހަދައިފަ އެވެ.
Veligaa Hardware | Home
The widest range of hardware, construction and building goods in the Maldives
ވެލިގާގެ އީ ކޮމާސް ޕްލެޓްފޯމް--
ވެލިގާއިން ބުނީ އެ ޕްލެޓްފޯމު މެދުވެރިކޮށް ރަށްރަށުގައި ތިބެގެން ވިޔަފާރި ކުރުމުން ކަސްޓަމަރަކު ބުނާ ބޯޓަަކަށް ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. ޑެލިވަރީގެ ހިދުމަތް އެންމެ ލަސްވެގެން ވެސް ވިޔަފާރިކުރާ ދުވަހު ނުވަތަ ޖެހިގެން އަންނަ ދުވަހު ލިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ.
ކަސްޓަަމަރުންނަށް އިތުރަށް ފަސޭހަ ކުރުމަށް އެ ޕްލެޓްފޯމުގައި ލައިވް ޗެޓެއް ވެސް ވަނީ ހުޅުވާލައިފަ އެވެ. ލައިވް ޗެޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ވެލިގާގެ މުވައްޒަފަކާ ވާހަކަ ދައްކައި ޕްރޮޑަކްޓުތަކާއި ޑެލިވަރީގެ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރެވޭނެ އެވެ.
ވެލިގާގެ ޕްލެޓްފޯމް ތައާރަފު ކުރެއްވުމަށް ބޭއްވި ހަފްލާގއި އެކުންފުނީގެ ސޭލްސް އެންޑް މާކެޓިންގެ އިސް ބޭފުޅުން މައުލޫމާތު ދެއްވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޑެލިވަރީގެ އިތުރުން "ޕިކަޕް" އޮޕްޝަން ވެސް ވެލިގާއިން ފޯރުކޮށްދޭނެ އެވެ. އެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ބޭނުންވާ ސާމާނެއް އޯޑަރު ކުރުމަށް ފަހު ގެއާ އެންމެ ކައިރީ ހުންނަ ވެލިގާގެ ފިހާރައަކަށް ގޮސް ވަގުތުން އެ ސާމާނެއް ނެގޭނެ އެވެ.
މީގެ އިތުރުން އެ ޕްލެޓްމުގައި ތަކެތި ހޯދަން އިނގިރޭސި ބަސް ބޭނުންކުރަން ނުޖެހޭނެ އެވެ. ލެޓިނުން އެ ބޭނުންވާ ސާމާނެއްގެ ނަން ޖެހުމުން އެ ބާވަތެއްގެ ހުރިހާ އެއްޗެއް ކަސްޓަމަރުންނަށް ފެންނާނެ އެވެ.
ވެލިގާއިން ބުނީ އެ ކުންފުނީގެ އީކޮމާސް ޕްލެޓްފޯމުން ދޭ ހިދުަތްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ކުރިއަށް އޮތްތާނގައި ތަފާތު ފީޗާތައް ވެސް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy