މާރާމާރީއެއް ހިންގި ސަރަހައްދު ފުލުހުން ބަންދުކޮށްފައި: ދެ ބިދޭސީއަކަށް ހަމަލާދިން މީހަކު 10 އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި -- ފޮޓޯ/މިހާރު
16 އެޕްރީލް 2022 - 20:22
މަސްތުވެގެން ހުރެ ދެ ބިދޭސީއަކަށް ވަޅިން ހަމަލާދިން އިންޑިއާގެ މީހަކު 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ގުނަސީލަން ޕުޗައިމުތު ނަމަކަށް ކިޔާ އެ މީހާ 2018 ވަނަ އަހަރު މާލޭގެ މަގެއްގެ މަތީގައި ކުޑަ ވަޅިއެއް ބޭނުންކޮށްގެން ހަމަލާދިނީ ވެސް އިންޑިއާގެ ދެ މީހަކަށެވެ. ހަމަލާދިނީ ގަސްދުގައި ނޫން ކަމަށް ބުނެ ގުނަސީލަން ކޯޓުގައި ނެގި ދިފާއުއަކީ އޭނާ ހުރީ މަސްތުވެގެން ކަމަށް ވާތީ ކުރެވުނު ކަމެއް ނޭނގޭ ކަމަށެވެ.
ނަމަވެސް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ އޭނާ މަސްތުވެގެން ހުރިކަން ސާބިތުވިޔަސް އަމިއްލަ އިހްތިޔާރުގައި މަސްތުވެގެން ހުރެ ކުރާ ކުށްތަކުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.
ހުލާސާ ބަޔާނުގައި އޭނާގެ ފަރާތުން ބުނީ، މަސްތުވީ އަމިއްލަ އިހްތިޔާރުގައި ނޫން ކަމަށާއި އަނިޔާ ލިބުނު ދެ މީހުން އޭނާ އަށް ދިން ފެން ތަށްޓެއް ބުއިމުން ވީނުވީއެއް ނޭނގުނީ ކަމަށެވެ. އެކަމަކު ހުކުމުގައި ވަނީ އެކަން އޭނާ އަށް ސާބިތުކޮށް ނުދެވޭތީ އެ ކުށުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އޭނާ 10 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ބަންދުގައި ހޭދަކުރި ތިން އަހަރާއި ނުވަ މަސް ދުވަސް ހުކުމުގެ މުއްދަތުން އުނި ކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ހަ އަހަރާއި ދެ މަހުގެ ޖަލު ހުކުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
17 April 2022
ހުކުމް ތަންފީޛު ކޮށް ނިމުމުން ނޫނީ ދޫކޮށްގެން ނުވާނެ.
ބާބޫލާލު
16 April 2022
އިންޑިޔާ މީހުން ކަޓާނެ ފެންތައްޓަކުން ވެސް. ފްލައިޓުތަކުގަ ދަތުރުމަތީވެސް ފެންނާނެ. އެސޮރު އެބުނީ ހެޔޮކޮށް.
ދެރއ
16 April 2022
އިންޑިއާ މީހުން ވެސް ކުރާކަންތަށް