02 މެއި 2022 - 09:42
ހިޔާލެއް ޕްރިންޓްކުރެވިދާނެ ހެއްޔެވެ؟ މި ޒަމާނުގައި މިއީ ހަމަ ފެންމެޓައެއް ކަހަލަ ކަމެކެވެ. އަދި މުހައްމަދު ނާއިލް އާއި މުހައްމަދު އަރުޝަދު އެމީހުންގެ ކުޑަކުޑަ ވިޔަފާރި ބްރޭންޑް 'ސައިލޯ ތްރީޑީ" ގެ ނަމުގައި ކޮންމެ ދުވަހަކު ސާބިތުކޮށްދެމުން އެ ގެންދަނީ މިކަމެވެ. 'ހިޔާލުުތައް' ޕްރިންޓްކޮށް އަތަށް، އުނގަށް ގެނެސްދީގެންނެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން މި ދެ އެކުވެރިން ފެށި 'ސައިލޯ ތްރީ ޑީ" އަކީ ތްރީޑީ ޕްރިންޓިންގެ ހިދުމަތްދޭ ސްޓާޓަޕެކެވެ. އަދި ފަހަރުގައި މި ދެ ޒުވާނުންނަކީ މިގޮތަށް މިފަދަ ހިދުމަތެއް މާލޭގައި ދެމުން އަންނަ އެންމެ ހުނަރުވެރި ދެ މީހުން ވެސްމެއެވެ.
ޕްރޮފެޝަނަލް ލައިފްގައި ދެ މީހުންގެ ހިތް ވެސް އޮތީ ޕައިލެޓް ލައިސަންސް އަށް ހުސްވެފައެވެ. ނަމަވެސް ދެ މީހުންގެ ވެސް ހިތް އޮތީ ތްރީޑީން ޕްރިންޓްކޮށް އެމީހުންގެ ކުޑަކުޑަ މި ވިޔަފާރި ބްރޭންޑަށް ހަދިޔާކޮށްފައެވެ.
"އަ ކަވި ކްރާފްޓް ލޯކަލް" ގެ މިފަހަރުގެ އެޕިސޯޑްގައި އެހެންވީމަ މި ދެ ޒުވާނުންގެ މި ވާހަކައެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުވާން އެޑިޓަރު
03 May 2022
ދިވެހިބަހަކީ އިސާރާތެކޭ ކިޔާފަ ތިޖަހަނީ ކީކޭ؟ އެދެ ޒުވާނުންގެ ހިޔާލައްގެނައި އައިޑިޔާ 3ޑީޕުރިންޓްކުރިއޭ ޖެހިނަމަ ރަގަނޅު
ކުޗީ
03 May 2022
އިނގިރޭސިބަސް ، އުރުދޫބަސް ، އަރަބިބަސްތަށް ވާހަކަދައްކާއިރު އާމުކޮށް ހިމަނަނީ ބުންނަން ބޭނުންވާ އެއްޗެއްކަށް ދިވެހި ބަހެއް ނެތް ހާލުގައި ނުވަތަ ކުރުކޮށް ބުނުދޭންބޭނުންވީމަ. ދިވެހި ބަހަކީ އެހާ މުއްސަނދި ބަހެއް ނޫން އަދި ބަހައް އިތިރުކުރާ ބަސްކަކީވެސް އެހާ ކަމުދާ ބަސްތަކެއް ނޫން. މަސްނުވީސިނކުޑި ކަހަލަ ބަސްތައް އުވާލަން ޖެހޭ .
ބޮކީ
03 May 2022
ކުޗީ.. އަށް ބުނެލަން އޮތި ދިވެހި ބަސް ފަޤީރު ކުރަނީ ދިވެހިން ކޮންމެ ދެބަހެއް ދޭތެރެ އަށް އިގިރޭސި ބަހެއް ލާން ޖެހޭތޯ...ދިވެހި ބަހުގެ ހުރި މުއްސަނދި ކަމަށް މިސާލެއް "ދިވެހި ރުކުގެ ހުންނަ ހުރިހާ އެއްޗެއްގެ ނަން" އިގިރޭސި ބަހުން ކިޔާބަލަ ތިބުނާ މުއްސަނދި ބަސްކަމަށް ވަންޏާ....
ހުސްނުހީނާ
02 May 2022
ވަރަށްރަނގަޅު މަސައްކަތެއް ތިކުރަނީ. އެކަމަކު ކޮންމެހެން އިނގިރޭސިން ވާހަކަ ދައްކާކަށް ނުޖެހޭދޯ. ދެބަހުން އެއްބަސް އިނގިރޭސިން. ދިވެހިބަހުން ވާހަކަދެއްކިޔަސް އަހަރުމެންނަށް އެނގޭނެއޭ.
ހިތަދު 2
02 May 2022
އިލްމަކީ ވަކި ބަހުރުވަޔަކަށް ނިސްބަތްވާ އެއްޗެއްނޫން.
ނައުޝާދު
02 May 2022
ވަރަށް ފުރިހަމަ. ޒުވާނުން މިފަދަ ވިޔަފާރި ކުރިއެރުވުމަށް ކުރާ މަސައްކަތައް ސާބަސް!