އެފްއެސް އެމްގެ 'އެމްވީ ހުނިކެ' ބާޖު ރާއްޖޭގައި ބަނދަރުކޮށްފައި ---ފޮޓޯ: އެފްއެސްއެމް
26 މެއި 2022 - 14:39
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ އުފުލާ ފްލީޓަށް އިތުރު ދެ ބާޖު ގެނެސްފި އެވެ.
ޖުމްލަ ހަތަރު ބާޖަކަށް އޯޑަރު ދީފަ ވާނެ ކަމަށާއި މިހާރު ރާއްޖެ ގެނެސްފައި ވަނީ އޭގެތެރެއިން ދެ ބާޖު ކަމަށް އެފްއެސްއެމް އިން ބުންޏެވެ. 'އެމްވީ ހުނިކެ' އަދި 'އެމްވީ ބުރެކި' ނަމަކަށް ކިޔާ މި ދެ ބާޖު މިހާރު ވަނީ ތިލަފުށީގައި ބަނދަރު ކޮށްފަ އެވެ.
އެއް ޑިޒައިނަކަށް ހަދާފައި ހުރި އެ ބާޖުތަކަކީ 260،000 ލީޓަރު ތެޔޮ އެޅޭ ބާޖުތަކެކެވެ. އޭގެ ބާޖެއްގެ އަގަކީ 11 މިލިއަން ރުފިޔާ އެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ، މިސްރުގެ ކުންފުންޏަކުން ތައްޔާރު ބަނދެފައިވާ އެ ބާޖުތަކުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި، ބާކީހުރި ބާޖުތައް ކުރިއަށް އޮތް 40 ދުވަސް ތެރޭ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެފްއެސްއެމްގެ ބައެއް މުވައްޒަފުން 'އެމްވީ ހުނިކެ' ތެޔޮ ބާޖުގައި ހަރަކާތްތެރިވަނީ ---ފޮޓޯ: އެފްއެސްއެމް
ގަސަމް ވިދާޅުވިގޮތުގައި، އެފްއެސްއެމް އިން ތެޔޮ ފޯރުކޮށްދޭ ސަރަހައްދުތައް އެ ބާޖުތަކާ އެކު ރަނގަޅަށް ކަވަރު ކުރެވޭނެ އެވެ. އަދި އޭގެ ފައިދާ އެފްއެސްއެމް އިން އައުޓް ސޯސް ނުވަތަ އެހެން ބަޔަކާއި ހަވާލުކޮށްގެން ހިންގާ ވިޔަފާރިތަކަށް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފެނަކަ އިންޖީނުގެތަކާއި އެފަދަ އައުޓްސޯސްކޮށް ހިންގާ ކުންފުނިތަކަށް، އަޅުގަނޑުމެންގެ ބާޖު ސީދާ ދަތުރު ނުކުރާތީ އޭގެ ގެއްލުން ވަރަށް ބޮޑަށް އެ ސަރަހައްދުގެ ވިޔަފާރިވެރިންނަށް ކުރޭ،" ގަސަމް ވިދާޅުވި އެވެ.
އެފްއެސްއެމްގެ 'އެމްވީ ހުނިކެ' ތެޔޮ ބާޖު ---ފޮޓޯ: އެފްއެސްއެމް
އެ ބާޖުތައް ވެސް ބޭނުންކުރާނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސެލް ފޯރުކޮށްދިނުމަށެވެ.
ކޮވިޑްގެ ސަބަބުން ދިމާވި ދަތިތަކާ ގުޅިގެން ބާޖުތައް ގެނައުން ލަސްވި ކަމަށާއި ނަމަވެސް، ގިނަ ދުވަސްތަކެއް ނުވެ އާ ބާޖުތަކުގެ ހިދުމަތް ލިބޭނެ ކަމަށް ގަސަމް ވިދާޅުވި އެވެ.
އަލަށް ގެންނަ ހަތަރު ބާޖާ އެކު އެފްއެސްއެމްގެ ތެޔޮ އުފުލާ ބާޖުތަކުގެ އަދަދު 17 އަށް އަރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
26 May 2022
ޜާއްޖޭގަ ބާޖު ބަންދެވޭއިރުވެސް ބޭރުން ތިގެންނަނީ، ރަންގަޅު އެމްޑީ އެއްތިހިރީ ލިބިފަ، ހެހެ
ކޮރަލް
26 May 2022
ވިލާ ޝެޑް ތަކުން 2 ރުފިޔާ ބޮޑޫކޮށް ޕެޓރޯލް ވިއްކާ މައްސަލަ އާއްމުންނަށް ނޭނގެނީބާ އެވެ. ނޫހަކުން ވެސް މިކަމާ ބެހޭ ރިޕޯޓެއް ނުފެނެ އވެ.
ރަދީފްއޮފިޝަލް
26 May 2022
11 މިލިއަން ރުފިޔާއަށް އެއްޗެއް.ދަށުން ދަމައިގެން ކިތަން މިލިއަން ލިބޭނެ ބާ؟؟؟
ހަސަނު
26 May 2022
ނުލިބޭނެ ރަނގަޅަށް މިކަން ކުރާނަމަ. އެ ގޮތަށް ލިބޭ ތަކެތިން ލިބޭނެ ހިތްހަމަ ޖެހުމެއް ނޯންނާނެ.