ކުޅިވަރު

އިންޑިއާ އަށް ފަހު ރާއްޖެ ވެސް ބަލިކޮށް ބަންގްލަދޭޝް ފައިނަލާ ގާތަށް

ރާއްޖެ އާއި ބަންގްލަދޭޝްގެ 20 އަހަރުން ދަށުގެ ޒުވާން ގައުމީ ޓީމު މިރޭގެ މެޗަށް ދަނޑަން ނުކުންނަނީ.-- ފޮޓޯ: އެފްއޭއެމް

އިންޑިއާގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި މިރޭ ބަންގްލަދޭޝް އަތުން ރާއްޖޭގެ ޒުވާން ގައުމީ ޓީމު 4-1 އިން ބަލި ވެއްޖެ އެވެ.

ރާއްޖެ އަތުން ހޯދި މޮޅާ އެކު ބަންގްލަދޭޝް ވަނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް، ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފަ އެވެ. މުބާރާތުގައި ވާދަކުރާ ފަސް ޓީމުގެ މެދުގައި ލީގު އުސޫލުން އެއް ބުރު ކުޅެ، ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ލީގު ބުރުގެ އެއްވަނައިގައި މިވަގުތު ބަންގްލަދޭޝް އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދާފައިވާ ނޭޕާލެވެ. އިންޑިއާ އޮތީ ދެ މެޗުން ހޯދި ތިން ޕޮއިންޓާ އެކު ތިންވަނައިގަ އެވެ. މިއަދު ހަވީރު ކުޅުނު މެޗުގައި އިންޑިއާ އިން ވަނީ 4-0 އިން ސްރީ ލަންކާ ބަލި ކޮށްފަ އެވެ.

ރާއްޖެ ކުޅުނު ދެ މެޗުން ބަލި ވަނީ ވެފަ އެވެ ސްރީ ލަންކާ ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ. ރާއްޖެ އާއި ލަންކާ އަށް ވަނީ ފައިނަލުގެ އުންމީދު ގެއްލިފަ އެވެ.

ބަންގްލަދޭޝް ވަނީ ފުރަތަމަ މެޗުގައި 1-0 އިން ލަންކާ ބަލިކޮށް، ދެވަނަ މެޗުގައި 2-1 އިން ވަރުގަދަ އިންޑިއާ ވެސް ބަލި ކޮށްފަ އެވެ.

ބަންގްލަދޭޝްއާ ދެކޮޅަށް، 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި މިރޭ ރާއްޖޭން ނެރުނު ފުރަތަމަ 11.-- ފޮޓޯ: އެފްއޭއެމް

މިރޭގެ މެޗުގައި ރާއްޖެއާ ދެކޮޅަށް ބަންގްލަދޭޝް އިން ކުޅުނީ ކުރިއަށް ހަތަރު ފޯވާޑުން ލައިގެންނެވެ. އެޓީމުގެ ހަލުވި އެޓޭކްތައް ހުއްޓުވަން ރާއްޖެއަށް އުނދަގޫވި އެވެ. ބަންގްލަދޭޝްގެ ފޯވާޑް މިރްޖާލުލް އިސްލާމް ވަނީ މި މެޗުގައި ހެޓްރިކް ހަދައިފަ އެވެ. ނަމަވެސް ލިބޭ ކައުންޓާ އެޓޭކުތަކުގައި ރާއްޖޭން ދިޔައީ ހަމަލާއެއް އުފައްދަން މަސައްކަތް ކުރަމުންނެވެ.

ބަންގްލަދޭޝްގެ ނުރައްކާތެރި ހުރަސްތައް ރަނގަޅަށް ދިފާއު ނުކުރެވި، އެޓީމުން ލީޑު ނެގީ މެޗުގެ 19 ވަނަ މިނިޓުގަ އެވެ. އޭރިއާ ތެރެއަށް ތިރިތިރިން ހުރަސްވެގެން އައި ބާރު ބޯޅަ، ގޯލްކީޕަރު ޝައިހާން އަލީ ވެއްޓިގެންފައި ޕަންޗް ކޮށްލުމުން ކުރިމަތީގައި ހުސްކޮށް ހުރި މިރްޖާލުލް އިސްލާމް ވަނީ ފަސޭހަ ކަމާ އެކު ގޯލަށް ފޮނުވާލައިފަ އެވެ.

އޭގެ ދެ މިނިޓް ފަހުން މެޗުގެ 21 ވަނަ މިނިޓުގައި މިރްޖާލުލް ވަނީ ރާއްޖޭގެ ޑިފެންސަށް ބާރު ބޮޑުވި ވަގުތު އޭގެ ފައިދާ ނަގައި ލީޑު ފުޅާ ކޮށްދީފަ އެވެ. މަތިން އޭރިއާ ތެރެއަށް ހުރަސް ކޮށްލި ބޯޅައެއް އެޓީމުގެ ކުޅުންތެރިއަކު ގޯލުގެ ދުރު ޕޯސްޓުން ބޮލުން ގޯލު ކުރިމައްޗަށް ޖައްސާލުމުން މިރްޖާލުލް ފުރަތަމަ ފޮނުވާލުމުން ޖެހުނީ ހުރަސް ދަނޑީގަ އެވެ. ނަމަވެސް ރީބައުންސް ބޯޅަ އޭނާ ވަނީ ރާއްޖޭގެ ކީޕަރަށް ނެގުމުގެ ކުރިން ގޯލަށް ފޮނުވާލައިފަ އެވެ.

ބަންގްލަދޭޝްގެ ތިންވަނަ ލަނޑު 32 ވަނަ މިނިޓުގައި މިރްޖާލުލްގެ އެހީތެރިކަމާ އެކު ޖެހީ ރަފީގުލް އިސްލާމެވެ. އަދި އޭގެ 10 މިނިޓު ފަހުން ރާއްޖޭގެ ކުޅުންތެރިންނަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިފަހަރު ވެސް އޭނާ ފުރަތަމަ ފޮނުވާލި ހަމަލާ ކީޕަރު ޝައިހާން ދިފާއު ކުރި ނަމަވެސް ރީބައުންސް ބޯޅައިގައި މިރްޖާލުލް އެއްވެސް ގޯހެއް ނުހަދަ އެވެ.

ފަހު ހާފުގައި ރާއްޖޭން ތަފާތު ދެއްކި

ރާއްޖޭން ވަނީ ދެވަނަ ހާފަށް، ފުރަތަމަ މެޗުގައި ނޭޕާލާ ދެކޮޅަށް ރާއްޖޭގެ ފަހަތުގައި މުހިއްމު ދައުރެއް އަދާކުރި ހުސެއިން ޝާވިން ވަނީ ކުޅެން އަރުވައިފަ އެވެ. މި މެޗުގައި ޝާވިން ބެންޗުން ފެށީ އޭނާ ކުޑަވަރެއްގެ އަނިޔާއެއްގައި ހުރުމުންނެވެ.

ޝާވިން ކުޅެން ނުކުތުމާ އެކު ބަންގްލަދޭޝްގެ އެޓޭކަރުންނަށް އެމީހުންގެ ގޭމު ކުޅެން އުނދަގޫވި އެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭން ކުރިޔަށް ޖެހިގެން ގިނަ ފުރުސަތު ހޯދަން ފެށި އެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭން ވަނީ 53 ވަނަ މިނިޓުގައި ލަނޑެއް ވެސް ޖަހައިފަ އެވެ. ބަންގްލަދޭޝްގެ ފަހަތުން ކުރިއަށް ޖައްސާލި ބޯޅަ ޝާވިން ހޯދައި، ޑިފެންޑަރުންގެ ދޭތެރޭން އޭނާ ހުސްކޮށް ދިން ބޯޅައިން މި ލަނޑު ޖަހައިދިނީ ޒައިން ޒަފަރެވެ. ޒައިން އެންމެ ފުރަތަމަ ފޮނުވާލުމުން އެ ބޯޅަ ކީޕަރާއި ޑިފެންޑަރު ވެގެން ބްލޮކް ކުރި ނަމަވެސް ރީބައުންސް ބޯޅައިގައި އޭނާ ވަނީ މުޅިން ހުސްކޮށް ހުރެ ގޯލުތެރަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފާ ހިލާފަށް މި ހާފުގައި ރާއްޖޭން ބަންގްލަދޭޝް އިން އިތުރު ގޯލެއް ޖެހިޔަ ނުދިން އިރު، ރާއްޖޭން ކުރިއަށް ޖެހެން ފެށުމުން ބަންގްލަދޭޝް އިން ރާއްޖޭގެ ކުޅުންތެރިން ހިފަހައްޓަން ގިނަ ފައުލްތަކެއް ކުރި ވަގުތުކޮޅެއް ވެސް ދިޔަ އެވެ. ނަމަވެސް މެޗުގެ ފަހު 10 ވަރަކަށް މިނިޓު އެއްކޮން ހެން ބަންގްލަދޭޝް ވަނީ ޑޮމިނޭޓް ކޮށްފަ އެވެ.

ޕެނަލްޓީ އޭރިއާގެ ކަނާ ދިމާލުގައި ހުރެ މިރްޖާލުލް ފޮނުވާލި ހަމަލާއެއް ގޯލު ހުރަސް ދަނޑިއަށް އަމާޒު ވިއިރު، އިންޑިއާ ބަލިކުރި މެޗުގައި ދެ ލަނޑު ވެސް ޖެހި އެޓީމުގެ ޕިއާޝް އަހުމަދު ނޯވާ އަށް ވެސް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އަރައި ޑިފެންޑަރު ޝާވިން ވަނީ ފާހަގަ ކޮށްލެވޭ ވަރުގެ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އަހުމަދު ނޯވާ، އޭރިއާ ތެރެއަށް ވަދެ ހުސްކޮށް ފޮނުވާލަން އުޅުނު ހަމަލާއެއް ޓެކުލް ޖަހައި ޝާވިން ދިފާއު ކުރި އިރު، ގޯލް ކުރިމައްޗަށް ހުރަސްވި ބޯޅައެއް ނޯވާއަށް ލިބުމުގެ ކުރިން ޝާވިން ވަނީ ފަހަތަށް ފައިބައި ދިފާއު ކޮށްފަ އެވެ. އަދި އޭގެ ފަހުން ނޯވާ އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ގޯލު ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އުމުން އަލުން ހޯދައި އޭނާ ފޮނުވާލުމުން، ޝާވިން އާއި ޓީމުގެ ކެޕްޓަން ހުމެއިދު ހުސެއިން ވަނީ ބްލޮކް ކޮށްފަ އެވެ. މީގެ އިތުރުން ގޯލްކީޕަރު ޝައިހާން ވެސް ވަނީ ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅައެއް ނޯވާ ފޮނުވާލުމުގެ ކުރިން އަރައި ކްލިއާ ކޮށްލައިފަ އެވެ.

ރާއްޖޭން މުބާރާތުގައި ކުޅޭ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. މި މެޗް އޮންނާނީ އާދިއްތަ ދުވަހުގެ ރާއްޖެ ގަޑިން މެންދުރު ފަހު 3:30 ގައެވެ.

9 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 22%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Happy 12345

30 July 2022

ފުޓުބޯޅަ ޓީމް ގޮވައިގެން މަހައްދޭބްލަ

The name is already taken The name is available. Register?

ޔުނައިޓެޑް ވިކްޓްރީގެ ސަޕޯޓަރެއް

30 July 2022

އިއްޔެ މެޗުގައި ލަމާން ނެތްކަން އެނގުނު. ލަމާންއަކީ ކޮއްޓުމުގެ ބަދަލު ރަނގަޅުތަނަށް ޕާސްދޭ ކުޅުންތެރިއެއް. ލަމާންގެ ބޭބެއެއް އިއްޔެ ނިޔާވެގެން ލަމާން ހިތާމަކުރި ކަމަށްވޭ. ޓީމުގެ ކުޅުންތެރިންނަށް ކެތްތެރިކަމާ ހިތްވަރަށް އެދެން. ކުޑަމިނުން މުބާރަތުގެ 3 ވަނަ ޓީމުގެ ގޮތުގައި ޒުވާންޓީމު ރާއްޖެ އައުމަކީ އުއްމީދު

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

30 July 2022

ރާއްޖެ ބަލިވީ ހެދުނު އެންމެ 4 މިސްޓޭކްގެ ސަބަބުން.އިތުރު އެހެން ކަމެއް ނެތް.ވ.ވެދުން

The name is already taken The name is available. Register?

ދެލިނެތް ގަލަން

30 July 2022

ފޮނުވާ ކޮމެންޓް ނުޖެހިޔަސް ހެޔޮ. ދިވެހިންނަކަށް ފުޓުބޯޅައެއް ނުކުޅެވޭނެ. ތީ އަދި ޒުވާންޓީމަށް ވާވަރު. ކޮންމެ މެޗެއްގަ ބައިކޮޅަށް 4 5 ގޯލު. ލަދުން ބޯހަލާކު.

The name is already taken The name is available. Register?

ސްމާރޓް ޕެން.

30 July 2022

މައްސަލައެއްނެތެއްނު. ޓީމް ބަލިވިޔަސް އަހަރުމެންގެ ޓީމްގެ ފޮޓޯ ތައް ރީއްޗެއް ނޫންތަ ؟ ކުޅިންތެރިން ބޯ ހަދާލާފައި ހުރި ސަޅިގޮތް ތައްކަެއް ނުފެނޭތަ ؟ އަރާފައި އެތިބީ މެސީއާއި ރޮނާލްޑޯ ވެސް އަރާފަދަ މޮޅު ބޫޓު ތަކަކަށް ނޫންތަ ؟ ޓީމް ދަތުރު ކުރީ 5 ސްޓާރ އެއަރލައިނެއްގައި ނުލާހިކު އަރާމްކޮށް. އެތަނުގައި ތިބީ އެހެން ހުރިހާ ޓީމް ތަކަށް ވުރެން އަގޮބޮޑޫ ހޮޓަލެއްގަ. ދެން ކޮބާ މައްސަލައަކީ. އެންމެން މޮޅެއް ނުވާނެ.

The name is already taken The name is available. Register?

ހުސޭނު23

30 July 2022

ކޮބާ މިވަރުން ތަށިލިބޭތަ؟ މި ހެން މިއަހާލީ ޤައިމު މާލޭން ޓީމް ފުރި އިރު ކޯޗް ބުނި ފައިނަލައް ދެވޭވަރުގެ ފެންވަރު ޓިމްގަ ހުރިވާހަކަ. އެކަމަކު ކުޅޭ ހުރިހާ މެޗަކުން މިވަނީ ބަލި.

The name is already taken The name is available. Register?

ސިޔާމް ސައިދު

30 July 2022

ބންގާޅު އަތުން ބަލިވުމަކީ ބަލައިގަނެވޭނެކމެއް ނޫން. ރައްޖޭގެ ސްކޮޑް ވަރަށް ވަރުގަދަ. ބަލިވާން ޖެހުނީ ޓީމުގެ ގޭމްޕްލޭންގެ ސަބަބުން އަދި ޓީމަށް އެކީގަ ކުޅެ ކުޅުންތެރިންގެ ބޮންޑު ދެމެހެއްޓުމުގެ ހިތްވަރެއް އެފްއޭއެމުން ދީފަ ނުވާތީ. މާނައަކީ ޕްރެކްޓިސް މެޗުތަކެއް ކުޅުމުގެ ފުރުސަތުވެސް ނުދީ ސީދާ ސްކޮޑް އެކުލަވާލައި އަވަހަށް މުބާރާތަށް ގައުމުން ބޭރަށް ޓީމު ފޮނުވާލީތީ.

The name is already taken The name is available. Register?

ގޯލްޕޯސްޓް

29 July 2022

ފައިނަލްގަ ކުޅެ ތަށި ހިފައިގެން އަންނަންގޮސްފަ ކިހިނެތް މިހެދީ؟

The name is already taken The name is available. Register?

ފޮނި ދިވެހިކުޅުންތެރިން

29 July 2022

މޮޅުވާންތަ އެކުޅެނީ.. ކޮންމެ މީހަކުވެސް އުޅެނީ އެމީހެއްގެ ފޮނިކަން ދައްކަން.. އެހެޔޮ އެފެންވަރު ނެތަސް.. މިމީހުންނަށް ހީވަނީއޭ މޮޅުކުޅުންތެރިއަކަށްވާނީ ގިނައިން ކޮއްޓިވަރެއްހެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454