ކުޅިވަރު / ސާފް

ސާފް ޗެމްޕިއަންޝިޕްގެ ދެ މުބާރާތް ސެޕްޓެމްބަރުގައި

ރާއްޖޭގެ އަންހެން ގައުމީ ޓީމު، މިއަހަރު ފެބްރުއަރީ މަހު ސީޝެލްސްއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގެ ކުރިން ކުޅުންތެރިން ދަނޑަށް އަރަނީ.-- ފައިލް ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އަންނަ ސެޕްޓެމްބަރު މަހު އޮންނަ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕާއި ފިރިހެން 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ގުރު ނަގައިފި އެވެ.

ދެކުނު އޭޝިއާގެ ހަތް ގައުމުން ވެސް ވާދަކުރާ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ ސެޕްޓެމްބަރު 6-19 އަށް ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގަ އެވެ.

މުބާރާތުގައި ދިވެހިރާއްޖެ އާއެކު ގުރޫޕް އޭގައި ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝް އަދި ޕާކިސްތާނެވެ. މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލް އާއެކު ގްރޫޕް ބީ ގައި އޮތީ ބޫޓާނާއި ސްރީ ލަންކާ އެވެ.

ރާއްޖެއާ އެއްް ގްރޫޕެއްގައި ހިމެނޭ ތިން ޓީމު އަތުން ވެސް މީގެ ކުރިން ރާއްޖެއަށް މި މުބާރާތުގައި ޕޮއިންޓެއް ހޯދިފައެއް ނުވެ އެވެ. ރާއްޖޭން މުބާރާތުގައި އެންމެ ދުރަށް ދަތުރުކުރީ 2016 ވަނަ އަހަރު އެވެ. އެ ފަހަރު ސެމީ ފައިނަލުގައި ކުޅުނެވެ. އެކަމަކު ސެމީން ބަންގްލަދޭޝް އަތުން ބަލިވީ 6-0 އިންނެވެ.

ގައުމީ ޓީމު އެކުލަވާލައި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެފްއޭއެމުން ވަނީ މިއަހަރުގެ ޖެނުއަރީ މަހު، ޓީމުގެ ކޯޗަކަށް ސާބިއާގެ ތަޖުރިބާކާރެއް ކަމަށްވާ ޑޭވޯ ބާބާ ހަމަޖައްސައިފަ އެވެ. އަދި ފެބްރުއަރީ މަހު ގަލޮޅު ދަނޑުގައި އެކުވެރިކަމުގެ ތިން މެޗު ވެސް އަންހެން ޓީމުން ކުޅުނެވެ.

2018 ވަނަ އަހަރު ބޭއްވި 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ ޓީމުގެ ކެޕްޓަން، މިހާރު 20 އަހަރު ދަށުގެ ޓީމުގެ ވެސް ކެޕްޓަން ހުމެއިދު ހުސެއިން، ނޭޕާލް ކުޅުންތެރިއެއް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފައިލް ފޮޓޯ: ގޯލް ނޭޕާލް

ފިރިހެން 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 5-14 އަށް ލަންކާގަ އެވެ. މި މުބާރާތުގައި ޕާކިސްތާން ފިޔަވައި ދެކުނު އޭޝިއާގައި ދެން ހިމެނޭ ހަ ގައުމުން ވެސް ވާދަ ކުރާނެ އެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނެނީ ލަންކާ އާއި ބަންގްލަދޭޝް އާއެކު ގުރޫޕް އޭގަ އެވެ. ގުރޫޕް ބީގައި ހިމެނެނީ އިންޑިއާ އާއި ނޭޕާލް އަދި ބޫޓާން އެވެ.

މިއީ ރާއްޖޭން މި އުމުރުފުރާގެ މުބާރާތުގައި ވާދަކުރާ ފަސްވަނަ ފަހަރެވެ. ކުރިން 16 އަހަރުން ދަށަށް ބޭއްވި ދެ މުބާރާތާއި 15 އަހަރުން ދަށަށް ބޭއްވި ދެ މުބާރާތެއްގައި ރާއްޖޭން ވާދަކުރި ނަމަވެސް މިހާތަނަށް އަދި ޕޮއިންޓެއް ހޯދިފައެއް ނެތެވެ.

މީގެ ކުރިން އެންމެ ފުރަތަމަ ތިން އަހަރު ސާފުން ބާއްވަމުން އައީ 16 އަހަރުން ދަށަށެވެ. އޭގެ ފަހުން ބޭއްވި ތިން އަހަރު ވެސް 15 އަހަރުން ދަށަށް ހާއްސަކޮށްފައި އޮތުމަށް ފަހު، މިއަހަރުގެ މުބާރާތް ބާއްވަނީ 17 އަހަރުން ދަށުގެ އުމުރުފުރާއަށެވެ.

އެފްއޭއެމުން ވަނީ މި މުބާރާތަށް ޒުވާން ޓީމު އެކުލަވާލުމުގެ މަގްސަދުގައި ދާދި ފަހުން މުޅިން އަލަށް 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕެއް ބާއްވައިފަ އެވެ.

ސާފުން ބާއްވާ ފިރިހެނުންގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މިހާރު ވެސް ކުރިއަށް އެބަ ދެ އެވެ. ތައްޔާރުވާން އެކަށީގެންވާ މެޗުތަކެއް ނުކުޅެ ދިޔަ ރާއްޖޭގެ ޓީމު މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވީ އެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިންގް އިލްހާމް

31 July 2022

ކޮންމެފަދަ ހާލެއްގަވެސް ދިވެހި ރާއްޖޭގެ ޓީމްތަކަކީ ޤަޢުމެއްގެ ނިސްބަތުންބަލާއިރު ކާމިޔާބާއި ހަމަޔަށް ވާސިލްވުމަށް ނުހަނު މަސައްކަތްކުރަމުންދާ ޓީމްތަކެއް ޓީމްތަކުގެ ވަކިވަކި ކުޅުންތެރިންގެ ނިސްބަތުން އަދި އާބާދީގެ ގޮތުންނާއި ޤަޢުމުތަކުގެ ޓީމްތަކުގައި ހިމެނޭ ކުޅުންތެރިންނާއި އަލާބަލާއިރު ހުރިހާ ގޮތަކުންވެސް އަޙްލާޤު ރަގަޅު ހިތްމަތާއި އެކު މަސައްކަތް ކުރާ ޓީމުތަކެއް ދިވެހިން ފަޙްރުވެރިވުން ހައްޤު

The name is already taken The name is available. Register?

ބަލަ

31 July 2022

ތިޔަހެން ޓީމުތަށްހޮވާ، ކޯޗުން ހަމަޖެއްސިޔަކަސް އެޓީމުތަކަށް ތަމްރީނު ނުލިބި ކޮންމޮޅެއްވެވޭނީ. އަންހެން ޓީމު ކުޅެ ޗެލެންގިން މުބާރާތެް މިޤައުމަކު ނެތް. ތިޔަބުނާ ޓީމުތަކަށް ތަމްރީނު މެޗެއް ކުޅުނު ދުވަހެއް ހަނދާނުން ބުނަންވެސް ނޭންގެ. ދެންކިހިނެއް ބޭރައްގޮސް ތިޔަބުނާ މުބާރަތްތަށް ކާމިޔާބުކުރާނީ. މިއެފް.އޭ.އެމް އޮތުމެކޭ ނެތުމެކޭ މިޖެހެނީ އެއްތަނެއް. އޭގެވެސް ރައީސަކަށް ހުންނަމީހާގެ އިންޓަރަސްޓްއެއް ނެތް މިކަމަކަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454