ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ލޭ އޮހޮރުވުން ހިނގިނަމަ ރާއްޖެ އަށް އިންޑިއާ ސިފައިން އަރަން އޮތީ ތައްޔާރަށް: ޔާމީން

ުދިމްޔާތު ހޮޓަލުގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ކުރީގެ ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޖިނާއީ އެކި މައްސަލަތަކުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް އަންގައި ސުޕްރީމް ކޯޓުން މީގެ ހަތަރު އަހަރު ކުރިން ނެރުނު އަމުރަށް ފަހު, ލޭ އޮހޮރުވުމެއް ހިނގި ނަމަ އިންޑިއާގެ ސިފައިން ތިބީ ރާއްޖެ އަރަން ތައްޔާރަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ގިނަ ދުވަސްތަކަށް ފަހު ރޭ ބޭއްވި ގާތްގަނޑަކަށް ހަތަރު ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ޔާމީން ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގާ އެކު ނެރުނު ވަރުގަދަ އަމުރާ ގުޅޭގޮތުން ތަފްސީލުކޮށް ވާހަކަފުޅު ދައްކަވައިފަ އެވެ.

ޔާމީން ވިދާޅުވީ ހިޔާނާތުގެ މައްސަލައިގައި ބަންދުގައި ހުރި އެ މަނިކުފާނުގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ޓެރަރިޒަމްގެ ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލުމުން، އެ ބޭފުޅުންގެ ސަޕޯޓަރުންނާއި ޕީޕީއެމަށް ތާއިދުކުރާ މީހުންގެ މެދުގައި ހަމަނުޖެހުން ހިންގާނެ ކަމަށް އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު އިސްވެ ތިއްބަވައި ދެން ތިބި ފަނޑިޔާރުންނަށް ވިސްނައިދިން ކަމަށެވެ.

އެ ހަމަނުޖެހުންތަކުގައި ލޭ އޮހޮރުވުމަކަށް ދާނެ ކަމަށް ބަލައި މި ސަރަހައްދުގައި އިންޑިއާގެ ހަނގުރާމައިގެ މަނަވަރެއް އޮތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އެފަދަ ކަމެއް ހިނގިނަމަ އިންޑިއާ ސިފައިން ރާއްޖެ އެރީސް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އެހާ ނުރައްކާތެރި ހާލަތަކަށް ދިވެހިރާއްޖޭގައި އޭރު ތިބި ސުޕްރީމް ކޯޓު ފަނޑިޔާރުން ވައްޓާލީ. މިއީ ހަގީގަތް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެ ކަންތައްތަކަށް ފަހު ޗީފް އޮފް ޑިފެންސް ފޯސް މެޖަ ޖެނެރަލް އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އަދި އިތުރު ބޭފުޅަކު ސުޕްރީމް ކޯޓުގައި ދެން ތިބި ތިން ފަނޑިޔާރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކުން، ސިފައިން އޭރުގެ ސަރުކާރު ދެކެ ރުޅި އަންނަކަން އަންގައިދޭން އުޅުނުކަން އެނގިވަޑައިގަތް ކަމަށެވެ.

އެ ބޭފުޅުން ފަހިކޮށްދިނީ ބޮޑު ލޭ އޮހޮރުވުމަކަށް ދިއުމަށް ކަމަށް، ދިމްޔާތު ހޮޓަލުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޔާމިނު ވިދާޅުވި އެވެ.

ފުލުހުންގެ ވަރުގަދަ ފޯސްއެއް އޮތީ ތައްޔާރުކޮށްފައި

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ސޮޔާއެކު އެ އަމުރު އެންމެ ފުރަތަމަ ނެރުނީ ފުލުހުން ވެސް ވާގިވެރިވެގެންނެވެ. އެ އަމުރާ ގުޅޭ މައުލޫމާތު އޭރުގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފަށް ލިބިވަޑައިގަތުމުން އެކަމަށް ވަރުގަދަ ފޯސްއެއް އޮތީ ތައްޔާރުކޮށްފައި ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް، އެ ދުވަހުގެ އިރާކޮޅު އަރީފަށް ގުޅުއްވުމުން އަމުރާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިފައިނުގަންނަވާ ކަމަށް ވިދާޅުވިއަސް އެ އަމުރު އޮތީ އަރީފްގެ މޭޒު މަތީގައި ކަމަށް ވެސް ވިދާޅުވި އެވެ.

ޖަލުން މިނިވަންކުރަން ސުޕްރީމް ކޯޓުން އަމުރުކުރި ބޭފުޅުން.

އަމުރު ނެރުމުގެ ކުރިން އެކަން ތަންފީޒުކުރަން ދެކޮޅު ހަދާނެހެން ހީވާ ބައެއްގެ ޑިއުޓީ، ފުލުހުން ތަމްރީން ހަދާ ދ. ވާނީއަށް ބަދަލުކޮށް ފުލުހުން ތިބީ އަމުރު ތަންފީޒުކުރަން ގަދަފައި ވިއްދާފައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އޭނާ ތަންފީޒުކުރުމުގެ ހުރިހާ މަސައްކަތެއް ކުރަމުން ދިޔަ އޭރު. ދެން އަޅުގަނޑު ގުޅާގުޅާ މީނަ ފޯނު ނުނެގީ. ދެން އަޅުގަނޑު ގުޅާގުޅާ ފޯނު ނުނެގީމަ އަޅުގަނޑު ގުޅީ އެތަނުގެ ޑެޕިއުޓީ ކޮމިޝަނަރަށް. އަޅުގަނޑު ދެންނެވީމަ ވިދާޅުވި ސޯ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފިއޭ ސުޕްރީމް ކޯޓުގެ އަމުރަކީ ގާނޫނީ އަމުރެއް ވީމަ އެ ތަންފީޒުކުރަން." ޔާމީން ވިދާޅުވި އެވެ.

ދެން އަޅުގަނޑު އެ ބޭފުޅާއަށް ދެންނެވިން ތަންފީޒެއް ނުކުރެވޭނެއޭ. ފުލުހުން ގާނޫނީ ލަފާ ހޯދިން ހެއްޔޭ؟ [ވިދާޅުވީ] ނޯ ސޯ. ތިމަންނަމެން ނުހޯދަމޭ. ކަލޭމެންގެ ގާނޫނީ ވަކީލަކޭ ކާކު ހެއްޔޭ؟ ބަންޑާރަ ނައިބޭ. ބަންޑާރަ ނައިބުގެ ލަފާ ހޯދިން ހެއްޔޭ. ނުހޯދަމޭ. ހޯމް މިނިސްޓަރުގެ ލަފާ ހޯދިން ހެއްޔޭ. ނުހޯދަމޭ. މި މީހުން އަމިއްލައަށް ނިންމީ، އޭރު އެތަނުގެ އެތެރޭގައި އޮތީ ބަޣާވާތެއްގައި ބައިވެރިވެފައި އެ އޮތީ،"

ޔާމީން ވިދާޅުވީ ނުރައްކާވީ އެ ހިސާބުން ކަމަށެވެ.

"ވަރަށް ނުރައްކާވީ. އެ ހިސާބުން އަޅުގަނޑު ނިންމައިފިން މިކަމެއް މިހާ ފަސޭހައަކުން ނުދާނެއޭ."

ޔާމީން ވިދާޅުވީ މިނިސްޓަރު އާދަމް ޝަރީފް ގުޅުއްވުމުން އެ ބޭފުޅުންނާ ބައްދަލުކުރައްވަަން ވަޑައިގެންނެއިރު، އެ ތަނުގައި ސިފައިންގެ ޗީފް އަހުމަދު ޝިޔާމާއި އެޓާނީ ޖެނެރަލް މުހައްމަދު އަނީލާއި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ވެސް ހުންނެވި ކަމަށެވެ. އެ ތަނަށް ވަޑައިގަތުމުން ސުޕްރީމް ކޯޓުގެ އަމުރަކީ ތަބާވާންޖެހޭ އަމުރެއް ކަމަށް ބަންޑާރަ ނައިބު ވިދާޅުވި ކަމަށް އާދަމް ޝަރީފް ވިދާޅުވި ކަމަށް ޔާމީން ވިދާޅުވި އެވެ.

ނަމަވެސް އޭގެ ރައްދުގައި ޔާމީން އެ ބޭފުޅުން ގާތުގައި ވިދާޅުވީ އެ އަމުރު ތަންފީޒުކުރަން ނުޖެހޭނެ ކަމަށެވެ.

ދިމްޔާތު ހޮޓަލުގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ކުރީގެ ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އެ ހިސާބުން އެ ބޭފުޅުންނަށް އައީ ހައިރާންކަމެއް. އެ އަމުރު އޮތްގޮތް ބެލިން، އަޅުގަނޑު ދެންނެވިން މިއީ ގާނޫނާ ހިލާފަށް އޮތް އަމުރެކޭ. ބަންޑާރަނައިބު ވިދާޅުވެއްޖެ ކީއްވެގެން ހެއްޔޭ ގާނޫނާ ހިލާފު އަމުރަކަށް ވަނީ. އަޅުގަނޑު ދަންނަވައިިފިން މި އަމުރުގައި ލިޔެފައި އެބައޮތޭ މި އަމުރު ނެރުމާ ގުޅިގެން މި އަމުރު ނެރުނު އެއްވެސް ފަނޑިޔާރަކު ތަހުގީގު އިދާރާއަކަށް ހާޒިރެއް ނުކުރެވޭނެއޭ. މި އުޅެނީ ހަމައެކަނި ކުށްވެރިންތަކެއް ދޫކޮށްލާކަށް ނޫނޭ،" ޔާމީން ވިދާޅުވި އެވެ.

"ކުށްވެރިންތައް ވެސް ދޫކޮށްލާނީ އެކަން ކުރަން އޮންނަ އިޖުރާއީ ގޮތުން އެ ކަން ކުރަން އޮންނަ ގޮތަށޭ. އެ މީހުންގެ އަޑުއެހުމެއް އޮންނަން ޖެހޭނެއޭ. ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލަކަށް މިކަމެއް ނޭނގެއޭ. ސުޕްރީމް ކޯޓަށް އަމިއްލަ އަމިއްލައަށް ނިންމޭ ކަންތައްތަކެއް ނޫނޭ. މީގެ ތެރޭގައި މި ހިރީ މިވެނި ކަންކަމޭ."

އެއީ ދެ ބާރަށް ކޮށްފައި އޮތް އަމުރެއް ކަމަށާއި ނަމަވެސް ސިފައިންގެ ގާނޫނު އަދި ފުލުހުންގެ ގާނޫނުގައި ވެސް ސަލާމަތީ ބާރުތަކުން ތަބާވާނީ ގާނޫނާ އެއްގޮތަށް ކުރާ އަމުރުތަކަށް ކަމަށް ތަކުރާރުކޮށް ބުނާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ ބަދު ނަސީބު، އަޅުގަނޑުގެ ނަސީބު، ގައުމުގެ ނަސީބު އެއީ ސިފައިންނާއި ފުލުހުންނަށް މި އަމުރުކޮށްފައި އިންކަން. އަޅުގަނޑު ބުނިން މި އަމުރު ތަންފީޒެއް ނުކުރާނަމޭ އެއީ ގާނޫނާ ހިލާފު އަމުރެއް ވީމަ. އެ ހިސާބުން ހުރިހާ ލޯޔަރުން އެއްބަސްވެވަޑައިގެންނެވީ މިއީ ގާނޫނާ ހިލާފު އަމުރެއް ކަމަށް."

ކޯޓުން އަމުރު ނެރުނީ ފުލުހުންގެ އެއްބާރުލުމާއެކު ކަމަށް ޔާމީން ގަބޫލުކުރައްވާތީ، އެ ބައްދަލުވުމަށްފަހު ޔާމީން ދެން ބައްދަލު ކުރެއްވީ ސިފައިންގެ ޖެނެރަލުންނާ އެވެ. ޔާމީން ވިދާޅުވީ ޖެނެރަލުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ވެސް އަމުރު ތަންފީޒުކުރިޔަ ނުދޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވި ކަމަށެވެ. އެއަށްފަހު، ރައީސް އޮފީހުގެ މިނިސްޓަރަށް އަންގަވައިގެން އަރީފް މަގާމުން ވަކިކުރެއްވީ އެވެ.

އަރީފް ވަކިކުރެއްވުމަށް ފަހު ފުލުހުންގެ މުއައްސަސާ ހިންގެވުން ވަގުތީ ގޮތުން އަބްދުﷲ ނަވާޒުއާ ހަވާލުކުރައްވައި، ސިފައިންގެ އިސްވެރިންނާ އެކު ސަރުކާރުން ފުރަތަމަ ފަހަރަށް އެ އަމުރާ ގުޅޭގޮތުން ވާހަކަދެއްކެވި އެވެ. ލައިވް ޓީވީގައި އެ ބޭފުޅުން ވިދާޅުވީ، ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކުރާނެ ކަމަށެވެ.

ކޯޓުގެ އަމުރަށް އަސްކަރިއްޔާގެ ތާއިދު ނެތްކަން އެ ފަނޑިޔާރުންނަށް އެ ހިސާބުން އެނގިވަޑައިގަތަސް ދެ ދުވަސް ވަންދެން ގުޅުމުން ވެސް އެ ބޭފުޅުން ފޯނަށް ޖަވާބު ނުދެއްވި ކަމަށް ޔާމީން ވިދާޅުވި އެވެ.

ސިޔާސީ ބޭފުޅުން މިނިވަންކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އެމްޑީޕީގެ ހަރުގެ ސަރަހައްދުގައި އޭރުގެ އިދިކޮޅު ފަރާތްތައް އުފާ ފާޅުކުރަނީ -- ފައިލް ފޮޓޯ: މިހާރު

އެއަށްފަހު ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ވެސް އެ އަމުރާ މެދު ހިޔާލު ތަފާތުވުންތަކެއް އުފެދުނު ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އަމުރު ތަންފީޒުކުރަން ދައުލަތުގެ މީހުން ވެސް ހައްޔަރުކުރަން އުޅުނު ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކުރީ އެ އަމުރު ނެރެގެން ނޫން ކަމަށެވެ. ބޭނުންވީ އެ އަމުރު ނެރުނު ސަބަބު ބަލަން ކަމަށާއި އޭގެ ފަހުން މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާއަށް ގުޅުއްވައި އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން ވަނީ އެ ދެ ފަނޑިޔާރުން ހުޅުމާލެއިން ދެ ތިން ފްލެޓު ގަތުމަށް ވިލާ ޝިޕިން އިން ގެރެންޓީ ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. މެލޭޝިޔާއިން ވެސް އެ ބޭފުޅުން ފްލެޓު ގަތުމަށް ގެރެންޓީ ދީފައިވަނީ ވިލާ ޝިޕިން ކުންފުނިން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެ އަމުރު ނެރުނީ ރިޝްވަތު ހުށަހަޅައިގެން ކަމަށެވެ.

"ސުޕްރީމް ކޯޓަށް ވަންނާނެ، ފުލުހުންގެ އަމުރަށް ތަބައެއް ނުވި. ރައީސާއި ރައީސްގެ މަންދޫބުންނާ ބައްދަލެއް ނުކުރި. މީގައި ކަނޑައެޅިގެން އިނގޭ ނުބައި ނުފޫޒުން ކޮށްފައި ހުރި ކަމެއްކަން."

"ހިތްދަތި އެކަމަކު ޑިސްގަސްޓިން މޯ ލައިކް. ޑިސްގަސްޓިން ކަންތައްތަކެއް އެ ކުރީ. އުނދަގޫ އެކަމަކު ޑިސްގަސްޓިން ކަންތައްތަކެއް،" ޔާމީން ވިދަޅުވި އެވެ.

54 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 5%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަރުތަ

14 August 2022

މި ޔާމީނު ދައްކާ ވާހަކަވެސް ޤަބޫލުކުރާނެ ބަޔަކު އުޅޭނެ، އެކަމަކު ގިނަބަޔަކު ޤަބޫލެއް ނުކުރާނެ، ސުޕްރިމްކޯޓުން އަމުރު ނެރުނީމަ ދެން އޭގެ މައްޗަށް އަމުރުކުރެވޭނެ އެއްވެސް މީހެއް ނުހުންނާނެކަމާ ސުޕްކޯޓުން ނިންމާ ނިންމުމަކީ ފަހުބަސް ބުނާ ފަރާތްކަމަށް ބުނަނީވެސް ހަމަ ޔާމީނު، ކޯޓުން ނިންމާ ގޮތަކަށް ތަބާވާން ޖެހޭނެކަމަށްވެސް އަޑަށް ބާރުލާފަ ބުނަނީ ހަމަ މިޔާމީނު، އެކަމަކު މީނަ ނުރުހޭ ގޮތަކަށް ކޯޓުއަމުރެއް ނެރުނީމަ މީނައަށް ހަޖަމެއްނުވި،

The name is already taken The name is available. Register?

އަބްދޫ

14 August 2022

ތިޔަކަން ތިޔަމަގަށް ހިގަންޖެހުނު ސަބަބު ނާމީނު ވިދާޅުނުވަމެއްނުން. ކީއްވެހޭ މަޖިލީހުގެ މެމްބަރުންނަށް ފިޔަވަޅު އެޅީ ކީއްވެހޭ ޕިޕިއެމުން މައުމޫނު ބޭރުކުރީ. އޭރަކުތިޔަ ބުނާ މައްސަލަތަކެއްނު އުފެދޭ މައުމޫނުވިދާޅުވީ ހަމައެކަނި ޖަމީލް ވަކި ނުކުރަށޭ ނާއިބްރައިސްކަންއަދީބަށް ނުދޭށޭ، މއީ ޔާމީހުއަނހެނުން މާބޮޑަށް ހިޔްޕުޅާވެލައްވާ އަދީބާއި ފާތުމަ ހިތްހަމަނުޖެހުނު ކަމަކީ ، ފާތުމަ ޔޯ ޔާމީނު ރައީސްކަމަށް ހޮވާދިނީ ބުނީމަޔާމީނުގަބޫލުކުރެއްވީ ފާތުމައެގޭނީކާކަށް

The name is already taken The name is available. Register?

ވޯޓުއޮޅުވާލިޖިންނި

14 August 2022

އަދިވެސް އަމިއްލަމީހާއަކަށް ޤަބޫލްއެއްނުކުރެވޭ އެހާލަތަށް ޤައުމުދުއްވާލީ ތިމީހާއަށް އެހެންމީހުންދައްކާވާހަކަ ހަޖަމްނުވެ ޤާނޫނެއް އެހެންއެއްޗަކަށް ނުބަލާ ތިމާއާއިދިކޮޅުއެންމެން ޖަލަށްއަޅާލުމުންކަމެއް. މިވަރުގެ ބޮޑާކަމާ ކިބުރުވެރިކަމުގެ މީހެއްމަށެއް އަދިނުދެކެން.

The name is already taken The name is available. Register?

ލުތުފީ

14 August 2022

ތި ޕްރެސް ބްރީފިންގ ގަ ފެނިގެންދިޔައީ ބޮޑާ ކަމާއި ކިބުރުވރިކަން. އަދި ތިމަންނަ ގެ މޮޅުކަން މީހުނަށް ދެއްކުމާއި، ތިމަންނަ އަކީ ޤާނޫނަށްވުރެ މަތީގަ ހުރި މީހެއްކަމަށް ހީވެގެން އުޅޭހެން.

The name is already taken The name is available. Register?

ސޭކު

14 August 2022

ލޭ އޮހޮރުވީމަ، އެމީހުން ރީއްޗައް ބަލަން ހުންނާނެކަމައްތަ ހީކުރީ ސޭކާ.

The name is already taken The name is available. Register?

ކެކުނިން

13 August 2022

އިންޑިއާމީހުން މިހާރު ތިބޭނީ ތިބޭފުޅާދެކެ ލައްކަ ރުޅިއައިސަ ވެރިކަމަށް އައިސަ ދެން ފިޔަލާ ބިހާވެސް ގެންނާނީ ހަމަ ޗައިނާއިންތަ އިންޑިއާ މީހުން މަނިކުފާނަށް އެއްޗެއް ދީފާނެހެން ހިއެއްނުވޭ

The name is already taken The name is available. Register?

1828

14 August 2022

ފިޔާ، ބިސް އަލުވިފަދަ ކާބޯތަކެތި އެެއްވެސް އިރަކު އިންޑިއާއަކުން ނުދޭ. ދިވެހިން ޑޮލަރުދީފައި ގަންނަނީ އިންޑިއާއިން. އިންޑިއާއިން އެ ވިޔަފާރި ހުއްޓާލައިފިނަމަ އެހެން ޤައުމުތަކުންވެސް ރާއްޖެއަށް ކާބޯތަކެތި ވިއްކާނެ. އިންޑިއާއަކީ ރާއްޖެއަށް ހެޔޮއެދޭ ޤައުމެއްނޫން.

The name is already taken The name is available. Register?

ޢަރުތަ

14 August 2022

މަނިއްޕުޅު ހީކުރަނީ ކުލީސިފައިން އެރީމަކަމަށް އެކަނިތަ އިންޑިއާ ސިފައިން އަރަން ޖެހެނީ، ބަލަގަ އެހެނިހެން ކަންކަމުގަވެސް އިންޑިއާގެ އެހީތެރިކަން ބޭނުންވާނެނު، ބަޣާވާތްކުރި ދުވަހު އިންޑިއާ ހައިކޮމިޝަނަށް ވަދެ އޮތީ ކީއްކުރަންތަ.

The name is already taken The name is available. Register?

އަސް

13 August 2022

ހޮޅި ވާހަކަ.

The name is already taken The name is available. Register?

ބައި

13 August 2022

ޔާމީނަކީ ސްމާޓްމީހެއް. ހޭލުންތެރި މީހެއް. ޝަރިއަތުގެ މަޖުލީހުން އެކަން ދަނީ ފެންނަމުން.

The name is already taken The name is available. Register?

ޢޮޕޮސިޓް

13 August 2022

ޜާއްޖޭގެ ޝަރިއަތުގެ މަޖުލީހުން ޑްރަގް ޑީލަރުންވެސް ފަސޭހަކޮއް ދޫވޭ. ޢެއީ މޮޅުވުމުގެ އިދިކޮލު. ޔާމީން ހާ ފައި ސާވެރިއަކައް ފަސޭހައިން ަަލާމަތްވާނެ. ނަމަވެސް އެއީ ސްމާރޓް ވެގެނެއްނުން

The name is already taken The name is available. Register?

އިސްމާޓު

13 August 2022

ބޮޑެތި ހުރިހާ ކުށްވެރިންނަކީވެސް ވަރަށް ސްމާޓް ބައެއް. ޑޮކިއުމެންޓަރީތައް ބެލީމަ އެގޭނެ އެވަރުގެ ބޮޑެތި ޖަރީމާތައް އާދައިގެ މީހަކަށް ނުހިންގޭނެކަން. ސްމާޓް ވަގުން ވަރަށް ގިނަ

The name is already taken The name is available. Register?

ނާއެހެން1

13 August 2022

އެހެންތާ ވާނީ، މަނިކުފާނުވަނީ އޭގެ ކުރިން އެފަދަ އެތައް އަމުރެއް މަނިކުފާނުގެ މަންފާއަށް ނެރުވާފަ. ފާރުމަތިން އުކި މެންބަރުންގެ މައްސަލަ ބެލިޔަ ނުދީ ޕާކްކޮށްފަ. އެކި ކަހަލަ މައްސަލަތައް އުފަންކޮށް އެތައްބަޔަކަށް ޕީޖީ މެދުވެރިކޮށް ދައުވާ ކުރުވާފަ. މުޅީ ނިޒާމަށް އެމްއެމްޕީއާރުސީގެ ރިޝްވަތު ފައިސާ ބަަހައި ތަޣައްޔަރުކޮށްފަ. ވީމާ އެއެއްޗެއްގަ ހުރި އެއްޗެއްތާ އެއެއްޗަކުން ނުުކުންނާނީ.

The name is already taken The name is available. Register?

ސުންދުރަ

13 August 2022

މީނަގެ ވާހަކައިން އެނގުނު އެއްޗަކީ ، ފުލުހުންނާ އޭޖީ އާ އަަދި މީނަގެ ޑިފެންސް މިނިސްޓަރާ ދެން ތިބި މިނިސްޓަރުންވެސް ތިބީ ސްޕްރިމް ކޯޓުގެ އަމުރަކީ ޤާނުނީ އަމުރެއް ކަމަށް ވާތީ އެއަށް ތަބާވެގެން ކަން. ސްޕްރިމް ކޯޓުގެ އަމުރާ ޚިލާފުވުމުގެ ޒިއްމާ އަމިއްލަ އަށް ނަގާ އަދި އެކަމަށް އަމިއްލައަށް އިއުތިރުވެފައިވާ ކަން.

The name is already taken The name is available. Register?

ޙަބީބު.

13 August 2022

ސައްހަ އަމުރެއްނޫން ބަތިލް އަމުރެއް އެހެންނަމަ އެކަން ސާބިތު ކުރަންވީނު އަދި އިންޑިޔާ ސިފައިން ތިބީ ލެއޮހޮރުވާފަ ވިޔަސް އިންޑިޔާގެ އަޅުވެތިކަމައް ބޯލަނބާ ބަޔަކާއެކު ގުޅެން މިކަމެއް ސަރުކާރުން ދޮގެއްވެސް ނުކުރޭ އަދި އިންޑިޔާސިފައިން ރާއްޖޭގަ ނެތްކަމެއް ސާބިތުކޮސެއްވެސް ނުދެވޭ މީނުރައްކާކަމެއް ދިވެހި ގައުމަކީ އިންޑިޔާގެ ތައްޕާހެއްނޫން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454