ޚިޔާލު

އޮޅުންބޮޅުން: މާލޭގެ މަގުމަތީ ޓުރެފިކް

އަހުމަދު އަބްދުﷲ

09 ޖެނުއަރީ 2017 - 06:33

16 comments

އިނގިރޭސިވިލާތުގައި އަމިއްލައަށް އަރުވާލެއްވިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން، މާލޭގައި ދިރިއުޅޭ މީހުންނަށް ، އެންމެ ބޮޑު ދެރައެއް ލިބުނީ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބުރާހީމްގެ ފަރާތްޕުޅުންނެވެ. އެއީ އޭނާ ޓުރާންސްޕޯޓް މިނިސްޓުރީން ވަކިކުރެއްވުމާ އެކު އެ މިނިސްޓުރީ ވެސް އުވިގެން ދިއުމުންނެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ޓުރާންސްޕޯޓު މިނިސްޓްރީ އަކީ ވަރަށް ބޮޑު މިނިސްޓުރީއެކެވެ. އަދި ވަރަށް މުހިއްމު މިނިސްޓުރީއެކެވެ. މިނިސްޓުރީއެއްގެ ނަން ފިޔަވައި އެހެން ނަމެއް ދެވިގެން އެއްގަމު ދަތުރުފަތުރާ ބެހޭ ކަންތައްތައް ހަމަޖައްސާ ގައުމުތަކުގައި ވެސް އެމަސައްކަތްކުރެވޭ އޮފީހަކީ މިނިސްޓުރީއަކަށް ވެސް ލިބިފައި އޮންނަ ހުރިހާ ބާރުތަކެއް ލިބިފައި އޮންނަ އޮފީހެކެވެ. އޮފީހުގެ ވެރިޔާ ކެބިނެޓްގައި ނުއިންނަވާކަމެވެ.

ރާއްޖޭގައި ޓުރާންސްޕޯޓް މިނިސްޓުރީ އުވާލެއްވުމުން އެ މިނިސްޓްރީގެ މަސައްކަތްތައް އޮތީ ތަފާތު ތަންތަނަށް ބައްސަވާލައްވާފައެވެ. ހައުސިން މިނިސްޓްރީން އެއްބައި ކުރިއަށް ގެންދަވައެވެ. މަގު ހަދާ ކޯޕަރޭޝަނުން ވެސް ބައެއް ފަހަރު ބައެއް ގެންދަވާހެން ހީވެއެވެ. އެއީ ބައެއް ރަށްރަށުގައި މަގުހެދުމަށް ފަހު ޓުރާންސްޕޯޓް އޮތޯރިޓީ އަށް ނޭނގި ބޯޑުތަކެއް ބެހެއްޓުނު މައްސަލައެއް މި ދޭތެރެއަކުން ފެންމަތިވުމުންނެވެ.

މާލޭގެ ބައެއް މަގުތައް އެއް ދުވަހަކު އެއްކޮޅަށް ދުއްވާ މަގުގެ ގޮތުގައި އޮވެދާނެއެވެ. އަނެއް ދުވަހު ދެކޮޅަށް ދުއްވާ މަގުގެ ގޮތުގައި ހައްދަވާފާނެއެވެ. ވަރަށް ހަނި މަގުމަގު ވެސް ދެކޮޅަށް ދުއްވާ މަގުގެ ގޮތުގައި ހަމަޖައްސަވާފާނެއެވެ. އެކަމުގެ މުހިއްމު ސަބަބު އެނގިވަޑައިގަންނަވާނީ އެގޮތަށް ހަމަޖައްސަވާ ފަރާތަށް އެކަންޏެވެ.

އަޅުގަނޑު އެއްބަސްވަމެވެ. ސަބަބު އަޅުގަނޑުމެންނަށް އެނގޭކަށް ނުޖެހެއެވެ. އެހެންނަމަވެސް އެގޮތަށް ހައްދަވަން ޖެހުނު ސަބަބު ވިދާޅުވުމުން ނުކުމެދާނެ މައްސަލައަކީ ކޮބައި ބާވައެވެ؟ އެނިންމެވުމުގެ ސަބަބުތައް ދެއްވިއަސް ނުވަތަ ނުދެއްވިޔަސް އެނިންމުމާ މެދު ޚިޔާލު ތަފާތުވާނެ ބަޔަކު އެވާހަކަ ދައްކާނެއެވެ.

މި ސަރުކާރުން ރައްޔިތުންނަށް ދެރަ ގޮތެއް ނުހައްދަވާނެކަން މިހާރުވެސް އަޅުގަނޑުމެންނަށް އެބަ އެނގެއެވެ. މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާން އޮތް ދެ ފަޅުރަށް، ކުޑަބަނޑޮހާއި، ފޭދޫފިނޮޅު، ބަޔަކަށް ކުއްޔަށް ދިނުމުން ނުވަތަ ވިއްކާލުމުން މިހާރު އެ ހަމަޖައްސަވާދެއްވަނީ މާލޭ ކައިރިން ފަޅެއް ހިއްކާފައި ދަތުރު ދެވޭނެ ގޮތެކެވެ. ފަޅުހިއްކާ ތަރައްޤީކުރަން ހަތަރު މިލިއަން ޑޮލަރު ނުދާނެކަން ޔަޤީނެވެ. އަދި އެރަށް ތަރައްޤީކުރެވޭނީ އަޅުގަނޑުމެންގެ އަތުން ކޮންމެ ދުވަހަކު ޓެކްސްގެ ގޮތުގައި ނަގާ ފައިސާ އިން ކަމަށް ނުވާނެކަން ވެސް ޔަޤީނެވެ. އެފައިދާކުރަނިވި މަޝްރޫޢު ނިމޭއިރު ހުޅުމާލެ އާއި އެރަށާ ގުޅުވާލެވޭނެ ފާލަމެއް އޮތުމަކީ ވެސް ކައިރިކަމެކެވެ. އޭރުން 2018 ގެ ފަހުން އެއްގަމު މަގުން މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް މުނިފޫހިފިލުވުމަށް އެރަށަށް ދެވޭނެއެވެ. މީގައި އޮތީ ފަހުން ނުކުމެދާނެ ވަރަށް ދެރަ މައްސަލައެކެވެ. އަޅުގަނޑުމެންނަށް މި އުފާވެރި ޚަބަރު ލިބުނުތާ ދެތިން ދުވަހުގެ ތެރޭގައި އެނގިގެން ދިޔައީ ދުނިޔޭގައި ގަނޑުވެފައިވާ ބައްރުން ކުޑަ ގައުމެއްގެ ބޮޑުމިނުގެ ގަނޑުފެންގަނޑެއް ކަނޑައިގެން މޫދަށް ހިނގައިދާނެކަމުގެ ބިރު އޮތް ކަމެވެ. އެގޮތަށް ދިމާވެއްޖެ ނަމަ ކަނޑުގެ ލޮނުގަނޑު ތިންހަތަރު އިންޗި އަށް އުފުލިދާނެކަމަށް ބެލެވެއެވެ.

ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ފުލުުހުން ސްޓިކާ ޖަހަނީ: މާލޭގެ ތޮއްޖެހުން ހައްލުކުރެވޭނެ ރަނގަޅު އިންތިޒާމެއް ނެތް. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލޭގެ ޓުރެފިކްގެ މައްސަލަ ހައްލުކުރުމަށް ލަފައެއް ދެއްވޭތޯ ބެއްލެވުމަށް ބައެއް ޢިލްމުވެރިން އަމިއްލަފުޅަށް ހައްދަވާފައިވާ ބައެއް ޢިލްމީ ކަރުދާސްތައް ވެސް ޢާއްމުވަމުން އެބަ ދެއެވެ. ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓްރީން ވެސް އާ ކަންތައްތަކެއް އެބަ ތަޢާރަފް ކުރައްވައެވެ. ހުރިހާ ފަރާތަކުން ވެސް ބައްލަވަނީ ދުވަހުން ދުވަހަށް ކުރިމަތިވާ ކަންތައްތަކަށް މިހާރުން މިހާރަށް ހައްލެއް ހޯއްދަވައިދެއްވޭތޯއެވެ؟ އުމަގަށް ބޭސްނުކޮށް އުމަގުވެފައިވާ ފާރުގަނޑު ރަނގަޅުކުރެވޭތޯ ބައްލަވަނީއެވެ.

މާލޭގައި ދިރިއުޅޭ މީހުންނަށް ދިރިއުޅުމަށް މިހާ ބޮޑު އުނދަގުލާ ކުރިމަތިލާން ޖެހެނީ ސަރުކާރުތަކުން ގެންގުޅުއްވާ ރައްޔިތުންގެ ވަގުތީ ތާއީދު ހޯއްދެވުމުގެ ސިޔާސަތުގެ ސަބަބުންނެވެ. މާލޭގެ ބޮޑު ދެ ސްކޫލާއި ރައްޔިތުންގެ މަޖިލީސްކުރާގެ ހުންނަ ސަރަހައްދުގައި ދިހަ ފަންގިފިލާ ނުވަތަ އެއަށްވުރެ ވެސް އުސްކޮށް އެތަކެއް އެޕާޓްމެންޓުތަކެއް ކުއްޔަށް ދިނުމަށް އިމާރާތްކުރުމަށް ނިންމަވާއިރު، އެތަނުގައި ދިރިއުޅޭ ބަަޔަކަށް ކުރިމަތިލާން ޖެހޭނެ ދިރިއުޅުމުގެ ގޮންޖެހުންތަކާ މެދު ވެސް ވިސްނާލަން ޖެހެއެވެ. އިމާރާތުން ގިނަ ބަޔަކަށް ނިދަން ޖާގަ ލިބިދާނެއެވެ. އެހެންނަމަވެސް އެހިސާބުން އެކަންތައް ނިމުނީބާވައެވެ؟ އެމީހުން ގެންގުޅޭ ދުއްވާ އެއްޗެތި ޕާކް ކުރާނެ ޖާގަ ބޭނުންވެއެވެ. އެ އެންމެން ބިންމައްޗަށް ފައިބައިގެން ހިނގައިގަތުމުން ވާނީ ކިހިނެއްތޯއެވެ؟ ފިހާރައަކަށް ވަނުމުން ވާނީ ކިހިނެއްތޯއެވެ؟ ހުޅުމާލޭގައި އިމާރާތްކުރާ ތަންތަނުން ބިންމަތިން ޕާކިން ދޫކުރެވުނަސް މާލެއިން އެޖާގަ ހޯދާނީ ކިހިނެއްތޯއެވެ؟ މެކޭނިކަލް ޕާކިން ސިސްޓަމް ރަނގަޅުކަމަށް ވެދާނެއެވެ. އެކަހަލަ ކިތައް ސިސްޓަމް ބެހެއްޓުމަށް މިހާރު މާލެއިން ޖާގަ ލިބިދާނެތޯއެވެ؟ މާލެއަށް އުފުއްލޭނެ އެންމެ ބޮޑު ބަރުދަނަކީ ކޮބައިތޯއެވެ؟ ފަސޭހަކަމާ އެކު ސިއްޙީ ދިރިއުޅުމެއްގައި މާލޭގައި ދިރިއުޅެވޭނީ ކިތައް ލައްކަ މީހުންނަށް ބާވައެެވެ؟

ވަކި ވަގުތެއްގައި ވަކި ވައްތަރެއްގެ ހަތަރު ފުރޮޅުލީ އެއްޗެތި ވަކި މަގުތަކުން ދަތުރުނުކުރެވޭ ގޮތަށް އޮތުމަކީ ރަނގަޅު ކަމެކެވެ. ހަމައެފަދައިން ވަކި ދުވަހެއްގެ ވަކި ވަގުތެއްގައި ވަކި ވައްތަރެއްގެ ވެއިކަލް ދުއްވާ ނަމަ އިތުރު ފީއެއް ދައްކަން އޮތުމަކީ ވެސް ރަނގަޅު ކަމެކެވެ. އޭރުން އެ ސަރަހައްދަށް ކޮންމެހެން ދާން މަޖުބޫރުވާ ވެއިކަލް ނޫނީ ނުދާނެއެވެ.

ކަމެއް ނިންމުމުގެ ކުރިން ކުރިމަތިވާނެ މައްސަލަތަކާ މެދު ދިރާސާކުރުމަށް ފަހު އެކަމެއް ނިންމުމުން ފަހުން ދިމާވާނެ މައްސަލަތައް މަދުވާނެއެވެ. މައްސަލައެއް ކުރިމަތިނުވެ ވެސް ހިނގައިދާނެއެވެ. މާލޭގައި ދިރިއުޅޭ މީހުން މުނިފޫހިފިލުވަން ފަޅުރަށެއް ނުބޭއްވުމުން އެންމެ ފަހުން ވީ ކިހިނެއްތޯއެވެ؟ ފަޅު ހިއްކައިގެން ރަށެއް ހަދަން ނިންމީއެވެ. ގޮނޑުދޮށް؟ ވެލި؟ ޚަރަދު؟ ވަގުތު؟ މިއީ ދުރު ނުބަލާ އަވަސްއަރައިގެން ނިންމާ ނިންމުމުގެ ނަމޫނާ ނިިންމުމެކެވެ.

މާލޭގެ ޓުރެފިކްގެ މައްސަލަ ހައްލުކުރަން ގޮތެއް ނިންމާއިރު އެކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކުގެ ޚިޔާލާއި ލަފަޔާ އެކު ގޮތެއް ނުނިމޭކަމަށް ވާ ނަމަ އަބަދުވެސް ތަފާތު މައްސަލަތަކާ ކުރިމަތިވާނެއެވެ. އަޅުގަނޑު މިދެންނެވީ ފުލުހުންނާއި ހައުސިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލް (މިހާރު މާ ބޮޑު ރޯލެއް ނެތަސް) އާއި ޓުރާންސްޕޯޓް އޮތޯރިޓީގެ ވާހަކައެވެ. ޓުރާންސްޕޯޓް އަތޯރިޓީން މިހާރު ހައްދަވައިގެން އުޅުއްވާ ޤަވައިދު ތަންފީޒް ކުރެވިއްޖެ ނަމަ ވެސް ރަނގަޅު ބަދަލުތަކެއް މާލޭގެ މަގުމަތިން ފެނިގެންދާނެކަމަށް އުއްމީދު ކުރެވެއެވެ. ވަކި ވަގުތެއްގައި ވަކި ވައްތަރެއްގެ ހަތަރު ފުރޮޅުލީ އެއްޗެތި ވަކި މަގުތަކުން ދަތުރުނުކުރެވޭ ގޮތަށް އޮތުމަކީ ރަނގަޅު ކަމެކެވެ. ހަމައެފަދައިން ވަކި ދުވަހެއްގެ ވަކި ވަގުތެއްގައި ވަކި ވައްތަރެއްގެ ވެއިކަލް ދުއްވާ ނަމަ އިތުރު ފީއެއް ދައްކަން އޮތުމަކީ ވެސް ރަނގަޅު ކަމެކެވެ. އޭރުން އެ ސަރަހައްދަށް ކޮންމެހެން ދާން މަޖުބޫރުވާ ވެއިކަލް ނޫނީ ނުދާނެއެވެ. ހުޅުވިފައި އޮންނަ ތޮއްޖެހުން ކުޑަ ވަގުތުގައި އެކުރާ ކަމެއް ކުރުމަށް ބާރުއެޅުމަކަށް ވެދާނެއެވެ. އެހެންނަމަވެސް ޤަވައިދު ހެދޭއިރު އެންމެން އެ ޤަވައިދަށް ތަބާވާން ޖެހޭނެއެވެ. އެއްވެސް އިސްތިސްނާއެއް ނެތިއެވެ. މިހާރު ބައެއް ފަހަރު ބައެއް ވެއިކަލްތައް މަގު ބަންދުވާ ގޮތަށް ޕާކްކޮށްފައި އޮތަސް އެފަދަ ކަންތައްތައް ބަލަހައްޓާ މީހުން އެތާގެ ކައިރިން ދަތުރުކުރާ އިރުވެސް ނުފެނެއެވެ. އަނެއް ބައި ވެއިކަލްތައް ގަވައިދާ ޚިލާފަށް ޕާކްކުރުމާ އެކު ފިޔަވަޅުއެޅެއެވެ.

ޤަވައިދާ ޚިލާފަށް ކަންތައް ކުރެވޭ ގޮތަށް އެއްވެސް މީހެއްގެ ވެއިކަލަކަށް ނުފެންނަ ސްޕުރޭ ޖެހިގެންނުވާނެއެވެ. މިހާރު ޤަވައިދުން އުޅެން ޖެހެނީ ވަކި ބައެކެވެ. އަނެއް ބަޔަކަށް ބޭނުން ގޮތަކަށް އުޅެވެއެވެ. ނުފެންނަ ސްޕުރޭ ޖަހައިގެން އުޅޭތީވެއެވެ.

16 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 3%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވޯލް

09 January 2017

މާލޭގެ ޓްރެފިކް ރަގަޅު ކުރެވޭނީ ގިނަ ކަންތައްތަކެއްކޮށްގެން އެކަމަކު އެއީ ނުވާނެ ކަމެއްނޫން. މާލޭގެ ހަލު ރަގަޅު ކުރަން ތިބި ބަޔަކީ ވަޒީރުން. މީގެ އަހަރުތަކެއް ކިރިން ވެށިފަހި މާލޭގެ ނަމުގައި ފެށި ބޯހިޔަވަހިކަމުގެ ޕްރޮޖެކްޓާއި މާލޭގެ މަގުތަކުގެ ޓްރެފިކްއާވެސް ބޮޑު ގުޅުމެއް އެބައޮތް. އެޕްރޮޖެކްޓްގެ އެންމެ ބޮޑު ބޭނުމަކީ ކުދިކުދި ތަންތަނުގައި ތިބި މީހުން ހުސްކޮށް އެމީހުން ދޫކޮށްލައް އެކުދި ބިނަތަކުގައި ޕާރކިންފަދަ އާއްމުރައްޔިތުންނަށް ފަސޭހަވަނެ ފަދަ ކަންކަން ކުރުން. އެކަމަކު މިހަރު މިފެންނަނީ އެބިންތައްވެސް ޖެހިގެން އޮތް ބިމުގެ ވެރިފަރަތައް ނުގަނެވިއްޖެ ނަމަ ބޮޑުއަގުގައި ނީލަމުގައި ވިއްކަން އުޅޭ ވާހަކަ. ސާރުކާރުތަކުން މިގޮތައް ފަށާފަ ހުންނަ ޕްރޮޖެކްޓްތައް ދެން އަންނަ ސަރުކާރެއްވެސް ކުރިއަށް ގެންދަން މަޖުބޫރުވާނެ ފަދަ ޤާނޫނެއް މިވަގުތު ރާއްޖެއަށް ބޭނުން.

The name is already taken The name is available. Register?

ފެހި

09 January 2017

އެއީ އެއްވެސް ހަމަ އަކުން ކޮށްފަ އޮތް ކަމެއް ނޫން. ގިނައިން ދޫކޮށްލާފަ ހުރީ ގޭގެ މެދުގަ އިންނަ ބިންކޮޅު. އެތާ ކޮން ޕާކިންގް އެެއް ހެދޭނީ. ބޭނުން ބަޔަކަށް ބިން ބަހަން ހެދި ޕްރޮޖެކްޓް އެއް އެއީ.

The name is already taken The name is available. Register?

ހަޗަސް

09 January 2017

މާލެއަކީ މިހާރު ވިއްކަން ރަގަޅު ޕްރޮޑަކްޓެއްނޫން..ދެން ނުވެސް ވިކޭނެ..މާލެ ޕްރޮޑަކްޓް ފެއިލްކޮށްލަން ނޫސްތަކުންވެސް ބޮޑެތި މަސައްކަތްތަކެއް ކުރެވިއްޖެނަމަ މި ޕްރޮޑަކްޓް މާރކެޓްގައި އަގެއްނެތި ނުވިކޭނެ...

The name is already taken The name is available. Register?

1234

09 January 2017

އަހަރުމެން އާރު ޓީ މީހުން މިތިބަ އުޅެނީ މާ އަރާމުގައި ރަށުގެ.

The name is already taken The name is available. Register?

ދޮންދީނި

09 January 2017

ތި ފޮޓޯތައް ފެނުނަސް ބޮލުގައި ރިއްސާ

The name is already taken The name is available. Register?

މުހައްމަދު

09 January 2017

މިއީ އޮޅުމެއް އޮތް މައްސަލައެއް ނޫން. ރާއްޖޭގައި ޤާނޫނާއި ގަވާއިދު ހަދަނީ އެއާ ޚިލާފަށް އުޅެން. އޯވަރޓޭކް ކުރަނީ ތަނެއް ނެތިގެނެއް ނޫން. ފޯނުގައި އިދެގެން ވެހިކަލް ދުއްވަނީ ތަނެއް ނެތިގެނެއް ނޫން. މަގުމަތީގައި ހުންނަ ސައިކަލުގެ ވަށިގަނޑުތަކަށް ފުޅިއާއި ދަޅު އަޅަނީ ތަނެއް ނެތިގެނެއް ނޫން. މިހެން ގޮސް އެތައް އެތައް ކަމެއް އެކުރަނީ ތަނެއް ނެތިގެނެއް ނޫން. އަޚުލާޤެ ނެތަމަ ދާނީ ބުއްދީގެ މަގުން އެއްކިބާވެގެންނޭ ބުނާ ބީދައިން މުޅި މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ދަށްވެ މަގުމައްޗަށް ނުކުތީމާ ހުރީ ހަމައެކަނި ފުޅާވެ ފުއްޕާފައި ހުރި ތިމާ އެކަނި ކަމަށް ދެކޭ މީހުން އުޅޭ މުޖުތަމަޢެއްގައި ހަމައެއް ލަމައެއް ނޯންނާނެ. ހަމަ އެގޮތަށް ތަންފީޒީ އިދާރާތައްވެސް ވާވެ ދަތްނެތިއްޖިއްޔާ ޤާނޫނެއް ނުހިނގާނެ. ގަވާއިދެއް ނުހިނގާނެ. ކަން މިދަނީ މި މަގުން. މިވާހަކަތައް ނުދައްކަންވެގެން އެހެން ކަންކަން ބަހަނާއަކަށް އެންމެން މިދައްކަނީ. ދިވެހިން އެންމެ ގިނައިން މިދާ އިންޑިޔާގެ ޗެންނާއީ އަކީ ބައިބޯ ރަށެއް. ގެތަކާއި ގޯތިތަކާއި ފްލެޓްތައް އެހުރީ ފުރިބާރުވެފައި. ބުނެވޭގޮތުގައި އެންމެންނަށް އެއްފަހަރާ ގެދޮރުން ނުކުމެ ހެލިފެލި ނޫޅެވޭވަރަށް މީހުން ގިނަ ރަށެއް. އެކަމަކު އެ ރަށުގެ މަގުމަތީގައި ތަންތަންކޮޅުގައި ކަންކަންމަތީގައި ހަތަރުއަނގޮޅި ކަންމަތީގައި ޒުވާނުންނާއި ހަރުމީހުންނާއި ކުޑަކުދިން ތިބޭތޯ ބަލާބަލާށެވެ. ނެތިގެން މިއުޅެނީ އަޚުލާޤެވެ. އަޚުލާޤު ނެތް ތަނެއްގައި އޮންނާނީ ހައްތާވެސް މައްސަލައާއި އަރާރުންވުމެވެ.

The name is already taken The name is available. Register?

ރަބަރޭ

09 January 2017

މަގުމައްޗައް ނުކުތީމަ އެގައުމެއް ތަރައްގީވެ ތަހުޒީބު ވެފަ ވާ ވަރު އިގޭނެ އެވެ.ކިތއްމީހުންތޯ ސައިކަލުގަ ސިގުނަލް ބޭނުން ކުރަނީ.,.ހިތައް އެރީމަ ހުއްޓާލަްވީ...ފަހަތުން އަންނަ އެއްޗަކައް ބަލާނެ ކަމެއް ނެތެވެ.....މަގު މެދުގަ ރޮގުދަމާފަ ދެކޮޅައް ދުުއްވޭގޮތައް ހުއްޓަސް އަރިއިގެން ދާނީ ނުބައި ފަޅިންނެވެ.....ދެން އޮތީ ހިގާމީހުން ގެ ވާހަކައެވެ.....ދަރިފުޅު ހުންނާ މަގައްނެރެ މައިމީހާ ޕޭމަންޓު މަތީގައެވެ.....ޓެކްސީ ދުއްވާމީހުން ބަލާނީ ސައިކަލައް ދުއްޕާން ކުރާށެވެ....ސައިކަލު ދުއްވާމީހުން ޓެކްސީ އަކުން ބަލިމީހަކު ބާލަންދެން ވެސް ކެއްނުކުރެވޭނެ އެވެ...ބަރު ގަޑު އަޅާނެއެވެ.....ފިހާrރަްައް ގޮސް ޕާކު ކުރާނީ ފިހާރަ ދޮރު މަތީގައެވެ.....ފަރުދީ ޒިންމާ ނަގއިގެން ނޫނީ ތަނެއް އިސްލާހެއް ނުވާނެ އެވެ.

The name is already taken The name is available. Register?

ލިބޭނެދޯ

09 January 2017

ޓްރާންސް ޕޯރޓް މިނިސްޓްރީ އެއް ކޮންމެހެން ހުންނަން ނުޖެހެއެެވެ. ޓްރާންސްޕޯރޓް މިނިސްޓްރީ ހުރެގެން މިހާތަނަށް އެމިނިސްޓްރީން ރާއްޖޭގައި ހުރި ކަންކަން ހައްލު ކުރަން ކުރެވުނު އެއްވެސް ކަމެއް ނެތެވެ. މާލޭގައި ޕާރކް ކޮށްފައި ހުރި ވެހިކަލްސް ތައް ޕާރކް ކުރަން މާލޭގެ ދެކުނުން އެނބޫދޫ ފަޅުން ބޮޑު ފަޅެއް ހިއްކާ އެތަނާއި މާލެ އާއި ދެމެދު ބްރިޖް އަޅާ އެތަނަށް މާލޭގައި ހުންނަ ހުރިހާ ވެހިކަލްސް ތައް ރޭގަނޑު ނިދަން ބްރިޖް މަތިން ދެވޭނެއެވެ. އަދި ސްކައި ޓްރެއިން ބޭއްވިދާނެ އެތަނުން މާލެ އަށް ދަތުރު ކުރަން ވެސް. ހަމަ އެގޮތަށް މާލެ އާއި ތިލަފުއްޓާއި ދެމެދު ބްރިޖް އަޅާ މާލޭގެ ކޮމާރޝަލް ހާބަރު ބަދަލު ކުރެވިދާނެ ތިލަފުއްޓަށް. އަދި ރަށްފުށުން މާލެ އަށް އަންނަ ހުރިހާ އޮޑި ތައް ބަދަލު ކޮށްލެވިދާނެ ހުޅުމާލެ އަށް. ކޮންމެހެން އެއޮޑި ތައް މާލެ އަށް އަންނާން ނުޖެހޭނެއެވެ. އަދި މާލޭގެ މަސްމާރު ކޭޓް އާއި ވަޅޯ މަސްމާރުކޭޓް އާއި އަދި ލޯކަލް މާރުކޭޓް ބަދަލު ކުރެވިދާނެ ގުޅި ފަޅަށް. އަދި މާލެއާއި ވިލިގިލި އާއި ދެމެދު ބްރިޖް އަޅާ އަދި ވިލިގިލި އާއި ގުޅި ފަޅާއި ދެމެދު ބްރިޖް ވެސް އެޅިދާނެ އެވެ. މިއުސޫލުން މިކަން ކުރުމުން މާލޭގައި މިހާރު ޖަމާވެފައިވާ ވެހިކަލްސް ތަކަށް ލުޔެއް ލިބިގެން ދާނެއެވެ.

The name is already taken The name is available. Register?

ސްޕިއަރ

09 January 2017

ދުނިޔޭގެ ކަނޑުގެ ލޮނުގަނޑުން އެންމެ މިލިމީޓަރެއް ވެސް ތިރި ވެސް ނުވޭ އަދި އުސްވެސް ނުވެއެވެ. އެ ކަން މިހާރު ސައެންޓިފިކް ކޮމިއުނިޓީން ވެސް ގަބޫލުކުރަން ފަށައިފިއެވެ. 10 ބުރިއަށް އިމާރާތެއް ކުރާނަމަ ފުޓިންގްސް އަދި ބީމްސްތައް އަޅަން ޖެހޭނެ އެެވެ. ރެއިން ފޯސް މަންޓްގެ ގޮތުގައި ދަގަނޑު ލައްވަން ޖެހޭނެއެވެ. ހަމަ މިގޮތަށް ހުރިހާ ރަށް ތަކެއްގެ ތޮށި ގަނޑު ލާން ޖެހޭނެއެވެ. ކޯރު ހުންނަ ގައުމު ތަކުގައި މީހުން ދިރިއުޅޭ އިރު ކޯރުގެ ފެންގަނޑު ބޮޑުވެގެން އަންނަ އިރު މެކޭނިކަލް ފޯސް އެއްގެ އެހީގައި ނުވަތަ ގްރެވިޓީ ފޯސް ގެ އެހީގައި އެކޯރު އޯވަރ ފްލޯ ވާ ފެން ކަނޑަށް ޑްރެއިން ކުރެވޭ ގޮތް ހެދޭނެއެވެ. 1 މިލިއަން ކިއުބިމް މީޓަރ އޮފް ވޯޓަރ ޕާރސެކެންޑް ތްރޭގައި ސިޓީ ގެ މަގުތަކަށް ކޯރުން ބަންޑުން ވާނަމަ ސިޓީގެ މަގުތަކުގެ ވޯޓަރ ޑްރެއިނޭޖް ޕަންޕް ސިސްޓަމް އިން 2 މިލިއަން ލީޓަރު ފެން ޑްރެއިން ކުރާ ގޮތަށް ހެދުމުން ސިޓީ ފްލަޑް ނުވާނެއެވެ. ކަން މިހެން ހުރުމުން މިކަން ކަން ކުރުމާއި އެކު ދުނިޔޭގެ ލިތޮސް ސްޕިއަރ ގައި އިމާރާތް ކޮށްގެން އުޅޭ ގޮތަށް ތިއަރެޓިކަލީ އެކަން ފޯރމިއުލޭޓް ކޮށްފައިވަނީ. އެއީ ކްލައިމެޓް ޗޭންޖް ވެގެން ކަނޑުގެ ލޮނުގަނޑު ދުނިޔެ އުފެދުނު ފަހުން ބޮޑު ވަނީ އެއް ނޫނެވެ. އެކަން މިހާރު ސައެންޓިފިކް ކޮމިއުނިޓީ ދަނީ ގަބޫލުކުރަމުންނެވެ.

The name is already taken The name is available. Register?

ކެނޮޓް

09 January 2017

ފޭދޫ ފިނޮޅު ކުއްޔަށް ދިނުމަށް ފަހު މާލެ ސަރަހައްދުން މާލެ ކައިރިން ފަޅެއް ހިއްކާ އެފަޅާއި މާލެ އާއި ދެމެދު ބްރިޖް އަޅާ ގުޅުވާލުމުން ނިމޭނެއެވެ. އަދި އެގޮތުން ހިއްކާ ފަޅެއްގެ ބޭރު ތޮށި ލެވޭނެ ކަނޑުގެ ލޮނުގަނޑުގެ ހައި ޓައިޑް އިން ފެށިގެން 3 މީޓަރު އުސް މިނަށް. އަދި އެ ތޮށީގެ 100 މީޓަރު އެތެރޭގައި ކަނދުގެ ލޮނުގަނޑަށް ވުރެން 5 މީޓަރު އަލްޓިޓިއުޑް ގައި ގްރައުންޑް ލެވެލް ހުންނަ ގޮތަށް ފަޅެއް ހިއްކުމުން މޫސުން ގޯސް ވެގެން އުދަ އަރައިގެން އަންނަ ބަދަލު ތަކުން އެފަދަ ރަށެއް ސަލާމަތް ވާނެއެވެ. އެއީ ކްލައިމެޓް ޗޭންޖް އަކުން ވާ ކަމެއް ނޫނެވެ. ކަނޑުގައި އޮތް އައިސް ރަށެއް ވިރުނު ނަމަވެސް އެއައިސް ގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ބޮޑު ނުވާނެއެވެ. އެއަށް ވުރެން ފުރިހަމަ އަށް ކްރިއޭޝަން އިން ދުނިޔޭގައި ހައިޑްރޯސްޕިއަރ ލައްވަވާފައިވަނީ. އެއީ އަކީ ދުނިޔޭގެ ބައޯ ސްޕިއަރ އަށް ބިރަށް ލައްވަވާފައިވާ އެއްޗެއް ނޫނެވެ. އެއީ ޕްލެނެޓް އާރތް އަށް ދެއްވާފައިވާ ދިރުމެވެ.

The name is already taken The name is available. Register?

މަޒްޑާ

09 January 2017

މާލޭމަގުމަތިން އެފެންނަނީ ދިވެހިން ގެ ތަރައްގީ ނުވާ ސިކުޑީގެ ފެންވަރު. ގާނޫނާއީ ގަވާއިދު މަސައްކަތްކުރާގޮތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454