ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް--
11 އޮކްޓޯބަރ 2022 - 10:14
މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން މާލޭގައި އިއްޔެ ބޭއްވި މުޒާހަރާ ރޫޅާލައި، ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ހުށަހެޅުއްވި އެ މައްސަލައިގައި ބުނީ، މަސްވެރިންގެ ހައްގުގައި އިދިކޮޅު ޕާޓީތަކުން އަޑު އުފުލުމުން، ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައި 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްގަށް ހުރަސް އެޅުން ކަމަށެވެ.
ފުލުހުން އެ ގޮތަށް އަމަލުކުރީ އިދިކޮޅު ޕާޓީތަކުން ހިންގާ ހަރަކާތަކަށް ވާތީ، ސީދާ ސަރުކާރުން އަންގައިގެން ކަމަށް ވެސް ކުއްލި މައްސަލައިގައި ވެ އެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައި، އަންހެނުންގެ ކަރާމާތަށް އަރައިގަތް މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަން ކުއްލި މައްސަލައިގައި ގޮވައިލި އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެ ކަމަށް ބަހުސް ކުރުމަށް ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅުގެ އަށް މެމްބަރެކެވެ. ނުފެންނަ ކަމަށް 23 މެމްބަރަކު ވޯޓު ދެއްވި އެވެ. އެ އާއެކު މައްސަލަ ބޭރު ވެއްޖެ ކަމަށް ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންނަ
11 October 2022
ބެޔަސް ނުބެޔަސްގެ އެލަވަންސް 20000 އަށް ބޮޑުކުރަން ހުނޭޅީ ކީއްވެބާ؟
ބޭނި
11 October 2022
ކޮބާ ބެޔަސް ނުބެޔަސް ދޭންބުނި 10000
ފަރެސްސި
11 October 2022
ބަލަގަ ހުސޭނާ ކަލޭމެން މަޖިލީހުގަ ވެރިކަންކުރިއިރު ހިޔާލުފާޅުކުރުން ހުއްޓުވާ އެކަމަށް ހުރަސް އަޅަން ހެދި ގާނޫނުގައި އޮންނަނީ މާލޭގައި މުޒާހަރާކޮށް ސިޔާސީ އެއްވުންތައް ބޭއްވޭނީ ކާނިވާ ސަރަހައްދުގައި އެކަނިކަމަށޭ ދެން ކޮން ގާނޫނަކާ ފުލުހުން ޚިލާފުވީވާހަކައެއް ތިދައްކަނީ އަމިއްލައަތުން ހޭވި ހަޑި ތިފެންނަނީ މިހާރު
އެމްސް
11 October 2022
ކޮންމެ ޕާޓީއަކުންވެސް ބޭނުންވެގެން އުޅެނީ ވެރިކަން! ރަޢިއްޔަތުންގެ ލާބައާއި މަންފާޢަށް މަސައްކަތްކުރާ ބަޔަކު ތިބި ނަމަ، ވަޒީފާގެ ބާޒާރުގަ ތިބި ބިދޭސީން މަދުކުރަން ހިފާނެ! މާލޭގެ ވަރަށް ގިނަ ފިހާރަ/ކެފޭތައް ހިންގަނީ އެންމެ ދިވެއްސަކުވެސް ނުލާ! ފަހާ/ބޯކޮށާ ތަންތަނަކީ ސީދާ ބިދޭސީންގެ ވިޔަފާރި! ހޮޓާ/ގެސްޓްހައުސްތަކަކީވެސް ހަމަ ބޮންދުންގެ އަމިއްލަ ކަންކަން!
ގެދާނޯމޮސް
11 October 2022
މިގައުމުގައި ދިވެހިންގެ ފިކުރާ ދީނާ ނުބައްދަލު ވަކި " ކިންގްޑަމް " އެއް އޮންނަކަން ދިވެހިންނަށް އޮޅެއެވެ. އެބަޔަކީ ތިމާމެން ނޫން އެހެން މީހުން މުސްލިމުން ކަމުގަވެސް ނުބަލައެވެ. އެބަޔަކާ ނުގުޅޭ އެހެން ބަޔަކަށް ގާނޫނުން ވިޔަސް ހައްގު ހޯދުމަކީ އިންސާފުގެ ތިލަފަތް ޖާގަދޭނެ ކަމެއް ނޫނެވެ. އިންޑިޔާގެ ގާނުހަދާ މަޖިލީހުގަވެސް ބުދެއްގެ އަތުގައި އެލުވިފަ ތިލަފަތެއް އިނދޭ އެއްކޮޅަށް ތިރިކޮށް މީ އެތަނެއްގެ ގާނޫނަށް ބާރުލިބިގެން ވާ މިސާލެކެވެ.
ޔާޔާ
11 October 2022
މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މުޒާހަރާކުރަނީ މިމީހުންތަ! އެމީހުންގެ ކަންބޮޑުވުންތައް ސަރުކާރަށް ހުށަހަޅާނީ އެމީހުން އަމިއްލައަށެވެ. ޕީޕީ ކުދިންނާ ކޮންބެހޭކަމެއް.
އެމްސް
11 October 2022
އެކަމަކު ބޮންދުންގެ ދިފާޢުގަ ނިކުންނަނީ ދިވެހީން، ބޮންދުންނެއް ނޫން!