ިމ. ސެން ރޯސްގެ ގަރާޖުގައި ރޯވި އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ހަށިގަނޑު ދެންމެ ގެންދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
10 ނޮވެމްބަރ 2022 - 07:06
ފުލުހުން ދެންމެ ބުނީ، ރޭގެ އަލިފާނުގެ ހާދިސާގައި މަރުވި މީހުންނާއި ފަރުވާ ދެމުން އަންނަ މީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް. އެހެންވެ، މ. ނިރުފެހި އަދި މ. ސެންޑްރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި އެ ގޭގެ އަށް ރޭ ގޮސްފައިވާ ކަމަށް ބެލެވޭ މީހުންނާއި މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން، ރެއިން ފެށިގެން ޚަބަރެއް ނުވާ ބިދޭސީންގެ މައުލޫމާތު ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރަން ފުލުހުން އެދޭ.
މަރުވި މީހުންގެ ތެރޭގައި ތިބީ އިންޑިއާ އާއި ސްރީ ލަންކާ އަދި ބަންގްލަދޭޝްގެ މީހުން. އޭގެ ތެރެއިން ވެސް ގިނައީ އިންޑިއާގެ މީހުން ކަމަށް އެނގިފައިވޭ.
ޑިފެންސް މިނިސްޓަރު މާރިޔާ، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން މައުލޫމާތު ސާފުކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން މައުލޫމާތު ސާފުކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް އެއްވެފައި ތިބި ބިދޭސީންތަކެއް: މަރުވި މީހުންގެ ތެރޭގައި ގިނައީ އިންޑިއާގެ މީހުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން މައުލޫމާތު ސާފުކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ސެޕްޓެމްބަރު 2019 ގައި މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވީ ކެމިކަލް ގުދަން ކުރިމަތިން ހުރި ރަދުވާނިއާ ގޭގެ ތިން ވަނަ ފްލޯގައި ދިރިއުޅުނު ތ. ބުރުނީ، ފެންފިޔާޒުގޭ، އައިޝަތު ޝައުނާ، 47.
ރައީސް މިއަދު 11:30 ގައި ފުލުހުންނާއި ސިފައިންގެ އިސްވެރިންނާ ބައްދަލު ކުރައްވަނީ. މިފަދަ ހާދިސާތަކާ މެދު އަޅާނެ ފިޔަވަޅުތަކާ މެދު އެ ބައްދަލުވުމުގައި ގޮތެއް ނިންމާނެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: މާލޭގައި އެންމެ މުހިންމީ ތޮއްޖެހުމަށް ހައްލެއް ގެނައުން. ދެން އޮތީ ގަރާޖުރަކާއި ވޯކްޝޮޕްތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލުކުރުން. މިއީ މިހާރުން މިހާރަށް ހައްލު ކުރަން ޖެހިފައިވާ ކަމެއް.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކެމިކަލް ގުދަންތައް ވަނީ ތިލަފުއްޓަށް ބަދަލު ކޮށްފައި. މާލޭގައި ކެމިކަލް ގުދަން ހުރެގެން ނުވާނެ. ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލު ކުރަންޖެހޭ.
ހާދިސާ ހިނގި ތަނަށް ރައީސް އިބްރާހިމް ސޯލިހް ވަޑައިގެންފި. އެ މަނިކުފާނު ވިދާޅުވީ ހާދިސާގައި އިތުރު ގެތަކަށް އަލިފާން ފެތުރުނަ ނުދީ ހިފެހެއްޓުނީ ސިފައިން އަވަހަށް އެޓެންޑުވެ ކުރި މަސައްކަތުން ކަމަށް. ރައީސް ވިދާޅުވި ގޮތުގައި މިފަދަ ހިތާމަވެރި ހާދިސާތައް ހިނގާ އެއް ސަބަބަކީ މާލޭގައި އޮތް ތޮއްޖެހުން. މިކަން ހައްލުކޮށް، ބިލްޑިންގް ކޯޑު ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: މި ކަހަލަ އިންސިޑެންޓް ހިންގުން މަދުކުރުމަށް އަދިވެސް ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ. ބިލްޑިން ކޯޑް ހަރުދަނާ ކުރަންޖެހޭ. ބައެއް ކަންކަން އަޅުގަނޑުމެންނަށް ކުރެވިފައި ވެސް އެބަހުރި.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އަލިފާން ނުފެތުރި ހުއްޓުވުނީ ސިފައިން އަވަހަށް ހަރަކާތްތެރިވުމުން. އެހެން ނޫން ނަމަ އަލިފާންގަނޑު ފެތުރުނީސް.
އަލިފާނުގެ މިފަދަ ބޮޑު ހާދިސާއެއް މާލޭގައި އެންމެ ފަހުން ހިނގީ ސެޕްޓެމްބަރު 2019 އިގައި. އެ ހާދިސާގައި ދިވެހި އަންހެނަކު މަރުވެ، ހަ ގެއަކާއި ހަތަރު ގުދަނެއް އަނދައި ހުލިވި. އަދި 400 ވަރަކަށް މީހުންގެ ގެދޮރު ގެއްލުނު. އެ ފަހަރު އަލިފާން ރޯވީ ހ. އަބަދަށްފެހި މަގުގައި ހުންނަ ތިލަފުށިގޭގައި.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އަދި ސަރުކާރުގެ ބައެއް އެހެން އިސްވެރިން މިހާރު ވަޑައިގެން ގެންދަވަނީ މައުލޫމާތު ސާފު ކުރައްވަމުން.
🔴 އަލިފާނުގެ ހާދިސާ ހިނގާފައިވާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަމަށްޓަކައި ގޭގެ ދޮރުތައް، ދުން ނުވަންނާނެހެން ބަންދުކުރުން މުހިއްމު. އަދި ބެލްކަންޏަށް ނުނިކުތުމަށް އިލްތިމާސްކުރަން.
— Health Protection Agency (@HPA_MV) November 10, 2022
🔴 މިސަރަހައްދަށް ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މާސްކް އަޅަންވާނެ. pic.twitter.com/A8rXcrnB0q
އެޗްޕީއޭގެ ޓުވީޓް
އަލިފާން ރޯވި ތަނުން ފެނުނު މީހުންގެ ހަށިގަނޑު ގެންދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އަލިފާން ރޯވި ތަނުން ފެނުނު މީހުންގެ ހަށިގަނޑު ގެންދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އަލިފާން ރޯވި ގަރާޖުގައި ހުރި ގޭސް ސިލިންޑަރުތަކެއް އަނދާހުލިވެފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އަލިފާން ރޯވި ތަނުން ފެނުނު މީހުންގެ ހަށިގަނޑު ގެންދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އަލިފާން ރޯވި ތަނުގެ އެތެރެ އެއްކޮށް އަނދާހުލިވެފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އަލިފާން ރޯވި ސަރަހައްދުގައި ދިރިއުޅޭ ބަޔަކު ރައްކާތެރި އެހެން ތަނަކަށް ދަނީ.---ފޮޓޯ| މިހާރު
އަލިފާން ރޯވި ތަނުން ފެނުނު 11 ވަނަ މީހާގެ ހަށިގަނޑު ގެންދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ގަރާޖުގައި ދިރިއުޅޭ މީހުން ކައްކަން ބޭނުންކުރާ ވަރަށް ގިނަ އަދަދެއްގެ ގޭސްފުޅިތައް އެ ތަނުގައި ހުރި. ވަރަށް ކުދިކުދިކޮށް ހަދާފައިވާ 28 ކޮޓަރި ހުންނައިރު އެ އިން ކޮންމެ ތަނެއްގައި ގޭސްފުޅިއެއް ހުރޭ. އެ ހުރިހާ ގޭސްފުޅިތައް ވަނީ ގޮވާފައި.
މަރުވެފައިވާ އިތުރު މީހަކު ފެނިއްޖެ. އެހެންވެ، މިހާތަނަށް މި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 11 އަށް އެރީ. އަދިވެސް މަރުވެފައި ވަނީ ކިހާ އަދަދެއް ކަމެއް ކަމާ ބެހޭ އިދާރާތަކަށް ސާފެއް ނުވޭ.
ގަރާޖުގެ ވެރިފަރާތުން ބުނިގޮތުގައި އެ ތަނުގައި މުޅިން ވެސް މަސައްކަތް ކުރަނީ އިންޑިއާ އާއި ބަންގްލަދޭޝްގެ މީހުން ކަމަށް. މިހާތަނަށް އެނގިފައިވާ ގޮތުގައި މަރުވި ގިނަ މީހުންނަކީ އިންޑިއާގެ މީހުން.
ރޯވި ގަރާޖު ކައިރީގައި އުޅޭ ބައެއް ބިދޭސީން ސްޓޭޑިއަމް ސަރަހައްދަށް ގެންގޮސްފައި.---ފޮޓޯ: އިފްރާޒް އަލީ| މިހާރު
ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ބުނީ 18 ދިވެއްސަކާއި 13 ބިދޭސީއަކު ވަގުތީ ހިޔާތަކަށް މިހާތަނަށް ބަދަލުކޮށްފައިވާ ކަމަށް.
މިހާތަނަށް އެނގިފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އިންޑިއާ މީހުން. އެކަމަކު ރަސްމީ އިދާރާތަކުން އަދި އެ ކަން ކަށަވަރު ކޮށެއް ނުދޭ.
ގަރާޖުގައި ރޯވި އަލިފާނާ ގުޅިގެން، މީހުން ހޯދަން ފުލުހުން އަދި އިންޑިއާގެ އަންހެނަކު މަސައްކަތް ކުރަނީ.---ފޮޓޯ: މިހާރު
ރޯވި ގަރާޖު ކައިރީގައި އުޅޭ ބައެއް ބިދޭސީން ސްޓޭޑިއަމް ސަރަހައްދަށް ގެންގޮސްފައި.---ފޮޓޯ: އިފްރާޒް އަލީ| މިހާރު
ރޯވި ގަރާޖު ކައިރީގެ ގެތަކުގައި ދިރިއުޅޭ ބައެއް ބިދޭސީން މިހާރު ގެންގޮސްފައި ތިބީ އަމީނީ މަގުން ޓްރެފިކް ޕޮލިސް އިމާރާތުގެ ކުރިމަތީގައި އޮންނަ ފުޓްސަލް ދަނޑުގައި. އޭގެ ތެރޭގައި ކޮންމެވެސް ވަރަކަަށް ދިވެހިން ވެސް އުޅޭ. އެ މީހުން އެ ތަނަށް ގެންދިޔައީ ކައިރި ގެތަކުން މިހާރު މީހުން ހުސްކުރާތީ.
ރޭ ދަންވަރު މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެތައް ބަޔަކު މަރުވެއްޖެ އެވެ. އެއީ މުޅިން ވެސް އެ ގަރާޖުގައި މަސައްކަތްކުރާ ބިދޭސީންނެވެ.
ރަސްމީ އިދާރާތަކުން ދީފައިވާ މައުލޫމާތުން މިހާތަނަށް 10 މީހަކު ވަނީ މަރުވެފަ އެވެ.
ރޯވި ގަރާޖުގެ ސަރަހައްދު.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފުލުހުން މީޑިއާއަށް ފުރަތަމަ ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުންނަ ގަރާޖުގައި ރޯވި ހާދިސާގައި ފަސް މީހަކު ވަނީ މަރުވެފަ އެވެ. އެކަކު މަރުވީ ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންދިޔަ ފަހުން ކަމަށާއި އެކެއްގެ ހާލު ސީރިއަސް ކަމަށް ބުންޏެވެ. އޭގެ ފަހުން ވަނީ އިތުރު ބައެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ބުނެފަ އެވެ.
މަރުވި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހަށިގަނޑު މިހާރު ވަނީ މޯޗަރީއަށް ގެންގޮސްފަ އެވެ.
އަލިފާނުގެ ހާދިސާ ހިނގި ތަނުގައި ރެސްޕޮންސް ޓީމުތައް ހަރަކާތްތެރިވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
އަލިފާނުގެ ހާދިސާ ހިނގިތަން އަނދައި ހުލިވެފައި. ސިފައިންގެ ޓީމުތަކުން އަންނަނީ މަރުވެފައިވާ މީހެއްގެ ހަށިގަނޑު އޮތްތޯ ބެލުމަށް މިތަން އަދިވެސް އިތުރަށް ބަލަމުން. މިހާތަނަށް ނުވަ މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފައިhttps://t.co/2pOSvjIsup pic.twitter.com/gk13A1A9FB
— niumath (@niumath) November 10, 2022
ރޯވި މ. ސެންރޯސް ހުޅަނގު ބަޔަކީ ތިން ބުރިއަށް، ލަކުޑި ޑެކް އަޅައިގެން ހަދާފައި ހުންނަ ތަނެކެވެ. އެ ހިސާބުގައި އުޅޭ މީހުން ބުނި ގޮތުގައި އެއީ ބިދޭސީން ދިރިއުޅޭ ތަނެކެވެ. އެ ގެޔާ ޖެހިގެން ހުންނަ ސެންރޯސް ގެޔަށް ވެސް ވަނީ އަލިފާނުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުންވެ ބިއްލޫރިތައް ވަނީ ތެޅިފަ އެވެ.
ރޯވި ގަރާޖަކީ މީގެ ކުރިން ވެސް އަލިފާނުގެ ހާދިސާތައް ހިނގާފައިވާ ތަނެކެވެ.
ފުލުހުން ބުނި ގޮތުގައި ރޭގެ ހާދިސާ ހިނގި ތަނުން 14 މީހަކު ސަލާމަތްކުރެވުނެވެ.
އަލިފާނުގެ ހާދިސާ ހިނގި ތަނުން އަދިވެސް ދަނީ ދުން އަރަމުން. -- ފޮޓޯ: ނިޝާން އަލީ / މިހާރު
ހާދިސާ ހިނގި ސަރަހައްދުގައި އިމަޖެންސީ ރެސްޕޮންސް ޓީމުތަކާއި ވެހިކަލްތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ޕާކުކޮށްފައި ހުރި ސައިކަލްތަކުގެ ތެރެއިން އެތައް ސައިކަލެއް ހަލާކުވެ ބައިތައް ހުރީ ބިންމައްޗަށް އެޅިފަ އެވެ. އެތާ ކައިރީގައި އޮތް ކާރެއް ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
އެ ހިސާބުގައި އުޅޭ މީހަކު ކިޔައިދިން ގޮތުގައި ރޭ 10 ޖެހިއިރު ވެސް ދުން ވަސް ދުވި އެވެ. އަދި އޭގެ ފަހުން މީހުން މީހުން ނިދާފައި ތިއްބާ އަޑުފައްގަނޑު ގަދަވެގެން ނުކުތް އިރު ރޯވެ އަނދަނީ އެވެ. ރޯވި ފަހުން އެތަނުން ނުކުމެވުނީ ހަތަރު މީހަކަށް ކަމަށް، މަންޒަރު ދުށް މީހަކު ކިޔައިދިނެވެ.
"މިތާ އުޅޭނެ ކަމަށް ބެލެވެނީ ފަނަރަ ވަރަކަށް މީހުން. ހަތަރު މީހަކު ނުކުމެގެން ދަނިކޮށް ފެނުނު،" މަންޒަރު ދުށް މީހަކު ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި ރޯވި ތަނަކީ ވަރަށް ތޮއްޖެހުން ބޮޑުކޮށް، ރައްކާތެރިކަން ކުޑަކޮށް ހުރި ތަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހބނޖހލޖ
10 November 2022
ލާރި ލިބެނިކޮށް ނިމުނީ ބަޔެއްގެ ފުރާނައަށްވެސް ބެލުމެއް ނެތް. މިމަރުވި މީހުންގެ މަރުގެ ޒިންމާ ނަގާނެ އެކަކުވެސް ނުހުންނާނެ.
މަމެން1
10 November 2022
މިގޭއާ ޖެހިގެން ހުރި ގޭގައި ވެސް ގަރާޖެއް ހުރޭ. އެ ގަރާޖަކީ މީހުން އެއްވެ ސިގިރޭޓް ބޯން ތިބޭ ތަނެއް. މަސްތުވާތަކެތީގެ ކަންކަން ވެސް ހިނގާ ހެން ހީވަނީ އެތާ ތެރޭގައި، ވަރަށް ގިނައިން އެތަނުން މަސްތުވެފައި ތިބޭ މީހުން ފެންނާތީ މިހެން މިބުނީ. ފުލުހުންނަށް ވެސް އެނގޭނެ މި ގަރާޖު، ތޭރެ ތޭރެއިން އެތަނަށް ފުލުހުން އެޓެންޑް ކުރާތީ ފެނޭ. ނަމަވެސް މައްސަލަ ނުހުއްޓުވޭ.
ކަހެރުވައް
10 November 2022
ތިއީ ކޮން ގެއެއް؟
ކޮއްކޮ މ. އަލްގީން
10 November 2022
ނަރީޝް ޒިންމާ ނަގައި ރީތިގޮތުގައި އިސްތިއުފާދީ، މިގޭގެ މައްސަލަ ނަރީޝްގެ ސަމާލުކަމަށް ގެންދިޔާމަ އަޅާނުލި! ބެގް ބުރޯ ސްޓީލް!
އަފްރާސިޔާބު
10 November 2022
މި ބާވަތުގެ ހިތާމަވެރި ހާދިސާތައް މި ހިނގަނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ އިހުމާލުގެ ސަބަބުން. ހާދިސާއެއް ހިނގާއިރަށް ގަވާއިދުތަކާ ގާނޫނުތައް ފާސްކޮށް މީހުން ދިރިއުޅޭ ތަންތަނުގެ ކަންކަން ހުންނަންވާނީ މިގޮތަށޭ ހުއްޓާނުލާ ހަފްތާއަކަށް ގޮވާނެ. ޕެޓްރޯލާއި ކަރާސީނު ފުޅިފުޅިއަށް އަޅައިގެންނާއި އަދި ކެމިކަލްސް ވެސް މީހުން ދިރިއުޅޭ ތަންތަނުގައި އެބަރައްކާކުރޭ. އަދި ގުދަން ހަދަން ދިއުޅުމަށްދޭގޯތި އިންޑިޔާ ބަންގާޅުމީހުންނަށް ކުއްޔަށް އެބަދޭ.
ޙަމް77
10 November 2022
ރާއްޖޭގަ ބިލްޑިން ކޯޑަކީ ނެތް އެއްޗެއް. މީހުން ދިރިމިއުޅެންޖެހެނީ ޓައިން ބޮންތަކެއްގެ މަތީގަ. އަހަރެމެން މިއުޅޭ ގޭގެ ތިރީވެސް އެބަ ޕުރިންޓު ކާރުހާނާއެއް ހިންގާ. ދުއާ ކެމިކަލްވަހުން މުޅިތަން އޮންނަނީ ތަގައްޔަރުވެފާ
ވިސްނާށޭ
11 November 2022
ތިހެން ވެއްޖިއްޔާ، އެޕްރިންޓްޚާނާކީ ނުރއްކާތެރި އިން ޑަސްޓެރިއަލް ތަނެއްކަެއް ވާނަމަ، އެތަން ރިޕޯޓްކުރޭ، އަދި ބަންދުކޮށް ރައްކާތެރިތަނަކަށް ހަދަންދެން އުދަގޫ ކުރޭ. ނޫސްވެރިންގެންގޮސްގެން ވެސް ދައްކާ. އެހެން ނޫންވެއްޖިއްޔަާ އަލިފާނުގެ ހާދިސާއަކަށް ތައްޔާރުވޭ.
48343
10 November 2022
ދިރިއުޅުމަކީ މިއީބާ؟
ބޮޑުމީހާ
10 November 2022
ތިކަން ނިމޭއިރު ނިޔާވީ ކޮންބައެއްކަންވެސް ދައުލަތަށް ނޭގޭނެ. އެމީހުންގެ ރިކޯޑްތަކެއް ނުހުންނާނެ ދައުލަތުގަ، އެއީ ކީއްކުރަން ކާކުގެ ބެލުމުގެ ދަށުގަ ތިބި ބައެއްކަންވެސް ދައުލަތަށް ނޭގޭނެ. ބިދޭސީންވިޔަސް އެކަށީގެންވާ ބޯހިޔާވެހިކަމާއި ރައްކާތެރިކަން ލިބޭތޯ ކަށަވަރުކުރުމަކީ މުއައްސަސާތަކުގެ ޒިންމާތަކެއް! ހިތާމަހުރި.
އަފްރާސިޔާބު
10 November 2022
ފުރަތަމަ ކަމަކީ ދައުލަތުން ގޯތި ދެނީ ދެވެހިންގެ ބޯހިޔާވަހިކަން ރަނގަޅުކުރަން. އެކަމަކު ބަރިބަރިއަށް ގޯއްޗާއި ފްލެޓާއި ބިންތައް ހަމަހިލޭ ލިބިފައިވާތީ ނޫންތޯ މުޅި ގޯތި ބޭރުމީހުންނަށް ކުއްޔަށް ދީފައި އެހެން ތަންތަނުގައި އެއުޅެނީ ދައުލަތަށް އެއްވެސް އެއްޗެއް ނުދީ. މާލޭގެ މިހާރުގެ ގޯތީގެ ހާލަތު ދަނގަންނަން ސާވޭއެއް ހެދިޔަސް 50 ޕަސެންޓް މީހުން އެގޯތީގައި ދިރިނުއުޅެ ކުއްޔަށް ދީފައިވާނީ.
ސީޒަން ޖެކުހަން
10 November 2022
އިސްތިއުފާދޭންޖެހޭމީހުން އިސްތިއުފާދީ މިކަން އަވަހަށް ކޮޅެއްގާޖައްސާންއުޅޭ.
މިދުހާމް
10 November 2022
އަޅުގަނޑުއަށް ނުވިސްނޭ މިހާ ކިނަ ރައްޔިތުން ނަރީޝްއަށް ފިންގާ ޕޮއިންޓް މިކުރަނީ ކީއްވެ ކަމެއް. ފުލުހުން ކާރި އެދެނީ ކުޑަކޮށް މިކަމަށް އަލިއަޅޫވާ ދިނުމަށް! ނަރީޝްގެ ފަރުވާކުޑަ ކަމުން ދިމާވި ކަމެއް ނަމަ ފިޔަވަޅު އެޅާ ދިނުމަށް
ސަޖަން
10 November 2022
އެންމެފަހުން ބޭއްވި ދާއިރާ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު އަށް މިގޭގެ މައްސަލަ ވަނީ ދާއިރާ ރައްޔިތުން ހުށަ އަޅާފައި! ނަރީޝްއަށް މިކަން ދޮގުނުކުރެވޭނެ