ޓެކްސް ބިލާ ދެކޮޅަށް އަޑުއުފުލުމަށް ރައްޔިތުންގެ މަޖިލިސް ކައިރިއަށް އެއްވި އިދިކޮޅުގެ މީހުން ފަހަތަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ކުރަނީ -- ފޮޓޯ: މިހާރު
14 ނޮވެމްބަރ 2022 - 13:31
ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލާ ދެކޮޅަށް އިދިކޮޅު ޕީޕިއެމް/ޕީއެންސީ ކޯލިޝަނުން މުޒާހަރާ އަށް މިއަދު ނުކުމެއްޖެ އެވެ.
އެ ކޯލިޝަންގެ މަދު ބައިވެރިންތަކެއް މެންދުރު ފަހު ރައްޔިތުންގެ މަޖިލިސް ކައިރިއަށް އެއްވެ، ޓެކްސް ބިލު ފާސްނުކުރުމަށް ދަނީ ގޮވާލަމުންނެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން ވަނީ އެ މުޒާހަރާގެ ބައިވެރިން މަޖިލިސްކުރާ ގެއާ ދުރަށް ޖައްސައިފަ އެވެ. އަދި ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ޓެކްސް ބިލާ ދެކޮޅަށް އަޑުއުފުލުމަށް ރައްޔިތުންގެ މަޖިލިސް ކައިރިއަށް އިދިކޮޅުގެ މީހުން އެއްވެގެން -- ފޮޓޯ: މިހާރު
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅީ ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރުމަށެވެ.
މިދިޔަ ހަފުތާގައި މަޖިލީހުގެ ކޮމެޓީން ފާސްކުރި އެ ބިލުގެ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅަން ވަނީ ނިންމައިފަ އެވެ.
ޓެކްސް ބިލާ ދެކޮޅަށް އަޑުއުފުލުމަށް ރައްޔިތުންގެ މަޖިލިސް ކައިރިއަށް އެއްވި އިދިކޮޅުގެ މީހުން ފަހަތަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ކުރަނީ -- ފޮޓޯ: މިހާރު
ޓެކްސް ބޮޑުކުރާ ބިލާ ގުޅިގެން މަޖިލިސް މެމްބަރުންގެ މެދުގައި ވެސް ގިނަ ދެބަސްވުންތަކެއް ވެސް ހިނގި އެވެ.
މަޖިލީހުގެ ބައެއް މެމްބަރުން ބުނެފައި ވަނީ ޓެކްސް ބޮޑުކުރުމަކީ ރައްޔިތުންގެ ބަހެއް ނެތި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު ސަރުކާރުން ބުނަނީ ޓެކްސް ބޮޑުނުކޮށް ގައުމު ހިންގެން ނެތް ކަމަށެވެ. ސަބަބަކީ ދައުލަތުގެ ހަރަދުތައް އިންތިހާ އަށް ބޮޑުވުމެވެ. އޭގެ ޖަވާބުގައި މަޖިލީހުގެ މެމްބަރުން ބުނަމުން އަންނަނީ ދައުލަތުގެ ހަރަދު ކުޑަކޮށްގެން ހަރަދުތައް ހަމަޖެއްސުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާަައެކްސިސް
15 November 2022
މިއަށް މުޒާހަރާ ކިއުން ލަދު
އަސް
15 November 2022
2011 ގަ ޓެކްސް ނަގަން އުޅޭތީ ޕޕމ މީހުން ކޯޓަށް ވެސް ދިޔަ.
އިރުސާރު
15 November 2022
ނިކަމެތިން ފެލާ މުއްސަނދިންގެ ސަރުކާރު
0976
14 November 2022
ހާދަ ބައެކޭ އެއްވެފަ
އިބުއްޓީ
14 November 2022
ނަރީޝް މަގާމު ލިބުނު ފަހުން އެއްވެސް މުޒާހަރާއެއްގައި ބައިވެރި ނުވޭ
ހަސަންދީ
14 November 2022
މާދަމާ މިގުރޫޕް ވެރިމަށް އައިސް އެންމެ ފުރަތަމަވެސް ޓެކުސް ބޮޑުކޮށް ބުރިޖުން ޓޯލްފީ ނަގާނެކަން ޔަޤީން ...
ޓޯލްފީ ނުނަގަނީ ޖެއްސުމަށް. ނުނެގުމުން ވާ ފައިދާ ކޮބާ؟
14 November 2022
ބުރިޖުން ޓޯލްފީ ނަގަން ވީ މިހާރުވެސް. އެކަން މިސަރުކާރުން ނުކުރަނީ ރައްޔަތުންނަށް ޖެއްސުން ކުރަން. ޓޯލް ފީ ން ކުރާނީ ރަނގަޅު އަސަރެއް. ބޭކާރުގޮތުގައި ބުރިޖް ބޭނުން ކުރުން މަދުވާނެ. އޭގެ ސަބަބުން ކޮންމެވެސް މިންވަރަކަށް ތިމާވެއްޓަށްވެސް ފައިދާވާނެ. ޕަބްލިކް ބަސް ބޭނުންކުރާ މީހުން ޓޯލްފީ ދައްކަން ނުޖެހޭތީ އެއިން ދަތުރުކުރާ މީހުންނަށް ގެއްލުމެއް ނުވާނެ. ބުރިޖުގެ މަރާމާތަށް ދައުލަތުގެ ބަޖެޓުން ހޭދަކުރަންޖެހޭ މިންވަރު ޓޯލްފީއިން ފުއްދުމުން ވާނީ ފައިދާ
ބޮޑުމީހާ
14 November 2022
މުޅި ރައްޔިތުންނާއި ގުޅުންހުރި ކަމެއްގައި ކުރާ މުޒާހަރާއެއްގައި ގިނަ ބަޔަކު ބައިވެރިވެ އަޑުުއުފުލައިގެން މެނުވީ ބަދަލެއް ނާންނާނެ. ޓެކްސް ބޮޑުކުރުމުން އޭގެ އެންމެ ބޮޑު އަސަރެއް ކުރާނީ އާދައިގެ ރައްޔިތުންނަށް. އެކަމަކު މީ ޑިމޮކްރަސީ ހޯދަން ނުވަތަ ކޮންމެވެސް މީހަކު ޖަލުން މިނިވަންކުރަން ކުރާކަމެއްނަމަ މުޅި ސަރަހައްދުފުރާލާނެ
ޢީސަ
14 November 2022
ޢެކަމު ހަމަ މިގުރޫޕް، ފޯނު ބިލުން ޓެކްސް ނަގަން ފެށީ، އައްނި ޓެކްސް ނަގަން އުޅުނީމަ ޖޯކު ޖަހާފަ!!
އަރީފުލް އިސްލާމް
14 November 2022
ޔާމީން 5 އަހަރު އިންފުލޭޞަން ކުޑަ! ބެންކު ރޭޓުން ޑޮލަރު ލިބޭ އަދި އެއްޗެހީގެ އަގު ހެޔޮ މިހާރު 120 ލިބޭ ކުކިން އޮއިލް 2 ލީޓަރު ކުރިން ލިބުނީ 35 ރުފިޔާ އަށް އެއީ ތަފާތު
ބުތާނު
14 November 2022
އެމްޑީޕީއަށް ތާއީދު މިކުރަނީވެސް ހައްތަހާ އިބޫ. ބަލަގަ ފޯނުބިލުން ޓެކްސް ނެގީމާ އެއިން ގެއްލުންވަނީ ހުރިހާ ރައްޔަތުންނަކަށް ނޫނޭ. ގިނައިން ފޯނުބޭނުންކުރާ މީހުންނަށޭ. ފޯނަކީ ލަގްޒަރީ އެކޭ. ފަަގީރުން ކަންފަތުގައި ފޯނުޖަހައިގެން އަބަދަކު ނޫޅޭނެޔޭ. ހަނޑޫ ހަކުރު ފުށުން ޓެކްސް ނެގީމާ އެގެއްލުންވަނީ އެންމެނަށޭ.
އިމާ
14 November 2022
ޤައުމު ހިންގަން ޖެހެނީ ނިކަމެތި ރައްޔިތުން ފެލައިގެންތަ؟ ރައްޔިތުންތަ މިޤައުމުގެ ޙަރަދު ބޮޑު ކުރަނީ؟ މަޖްލިސްގެ މެމްބަރުން ޙަރަދު ކުޑަކޮއްބަލަ. ސަރުކާރު ބޮޑުން ޙަރަދު ކުޑަކޮއްބަލަ. ސިޔާސީ މަޤާމު ނުއުފައްދަބަލަ. މޮޅެތި ވާހަކަ ދައްކަން އެގޭނެ ތި މެމްބަރުންނަން. ރައްޔިރުންނަން ދަޅަދައްކަން ދައްކާ ހޮޅިވާހަކަ ތީ. ޓެކްސް ބޮޑުކުރިއަސް ތި ސަރުކާރެއް ނުހިންގޭނެ.
ހަސަނު
14 November 2022
ކޮބާހޭ ޕެޕާ ސްޕްރޭ..