ޚަބަރު / ނުކުޅެދުންތެރިކަން ހުންނަ މީހުން

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް "ރިވެލި ފޯރަމް" ފަށައިފި

މި ފޯރަމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރިއަށް އޮތް 10 އަހަރަށް ކަނޑައަޅާ ލަނޑުދަނޑިތަކުގެ ޕްލޭން އެކުލަވާލުމަށް މަޝްވަރާކުރެވޭނެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ "ރިވެލި ފޯރަމް 2022"ގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ދިމާވާ މައްސަލަތައް ދެނެގަތުމަށް ބާއްވާ "ރިވެލި ފޯރަމް 2022" މިއަދު ފަށައިފި އެވެ.

ހ. މީރުމާ ހޯލުގައި ފެށި އެ ފޯރަމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަފާތު ހިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމާއި އެ މީހުންނަށް ލިބޭ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަތުމާ ގުޅޭގޮތުން ބާއްވާ ހަރަކާތެކެވެ.

ޖެންޑާ މިނިސްޓްރީން އިންތިޒާމު ކޮށްގެން ބާއްވާ އެ ފޯރަމްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަމާ ބެހޭ 23 އިދާރާއަކުން ބައިވެރިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ "ރިވެލި ފޯރަމް 2022: ކަމާބެހޭ އިދާރާތަކުގެ ބޭފުޅުން މި ފޯރަމްގައި ބައިވެރިވޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ރިވެލި ފޯރަމް" ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރިއަށް އޮތް 10 އަހަރަށް ކަނޑައަޅާ ލަނޑުދަނޑިތަކުގެ ޕްލޭން އެކުލަވައިލުމަށް ބޭނުންވާ މަޝްވަރާތައް ވެސް ފޯރަމުގައި ކުރާނެ ކަމަށެވެ.

މި ފޯރަމްގައި ފަށާ މި މަސައްކަތަކީ ކޮންވީނިއެންޓް މަސައްކަތަކަށް ވެގެންދާނެ. ވަރަށް ގާތުން ޓެކްނިކަލް ބޭފުޅުންގެ އަޑު އަހާފައި އަޅުގަނޑު ބޭނުން ނުކުޅެދުންތެރިކަން ހުންނަ ކުދީންގެ އަޑު އަހާލަން. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަޑުއަހާލަން: އައިޝަތު މުހައްމަދު ދީދީ، ޖެންޑާ މިނިސްޓަރު

"މި ފޯރަމްގައި ފަށާ މި މަސައްކަތަކީ ކޮންވީނިއެންޓް މަސައްކަތަކަށް ވެގެން ދާނެ. ވަރަށް ގާތުން ޓެކްނިކަލް ބޭފުޅުންގެ އަޑު އަހާފައި އަޅުގަނޑު ބޭނުން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އަޑު އަހާލަން. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަޑުއަހާލަން. އަޅުގަނޑުމެންނަށް ފޯރަމަކަށް ނުގެނެވޭ ހާލަތްތަކުގައި ތިބި އާއިލާތަކުގެ އަޑުއަހާލަން،" މިނިސްޓަރު ވިދާޅުވި އެވެ.

"މި ހުރިހާ އަޑުތަކަކާ އެކު ހެން އަޅުގަނޑަށް ހީވަނީ 10 އަހަރު ދުވަހުގެ ޕްލޭނެއް ހަދަން ވާނީ."

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ "ރިވެލި ފޯރަމް 2022"ގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހުނަރާއި އުފެއްދުންތެރިކަން ދައްކާލުމުގެ ގޮތުން "ރިވެލި މައުރަޒު 2022"ގެ ނަމުގައި އިއްޔެ ވަނީ ހާއްސަ މައުރަޒެއް ވެސް ހުޅުވައިފަ އެވެ.

އިއްޔެ އާއި މިއަދު ކުރިއަށް ގެންދާ އެ މައުރަޒަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ތެރެއިން މަސައްކަތްތެރިކަމާއި ވިޔަފާރި ކުރުމަށް ޝައުގުވެރިކަން ހުންނަ މީހުން ބާރުވެރިކޮށް، ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. އެ މައުރަޒު އޮތީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގަ އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕްރޭމްޗޯޕްރާ

15 November 2022

މިނިސްޓަރ އަޑުއަހާނަމޭވިދާޅުވިޔަސް ނުކުޅެދޭމީހުންނަށް ފަސޭހައި ތެރަޕީލިބޭނެގޮތެއް ހޯދައިނުދެވޭ. ސަރުކާރުވަޒީފާ ހޯދުމުގައި އެހާދަތި ބައެއް ތަންތަނުގައި ތިބޭވެރިން ބައެއް ނުކުޅެދޭމީހުން މިސަރުކާރުން ވަޒީފާއިން ވަކިކޮށް ޤާނޫނީ މުއައްސަސާތަކުން ވަޒީފާދޭން ހުކުމްކުރީމަވެސް ވަޒީފާނުދޭ. ބަހަށް އަރަންވެސް ގޮސް އާދޭސްކުރަންޖެހެނީ. ޑޮކްޓަރަށްދައްކަންވެސް ކިޔުގަ އެތައްދުވަހެއް ހޭދަކުރަންޖެހޭ ޑޮކްޓަރަށް ދައްކަން. ޖެންޑާއިން ފޯނަށްވެސް އާންސާނުކުރޭ.

The name is already taken The name is available. Register?

ޖގޖި

15 November 2022

ކާޑު ހެއްދީމަ ނިމުނީ ކިޔޫޖެހެން ނުޖެހޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454