ކުޅިވަރު / ވޯލްޑް ކަޕް 2022

މެޗު އެއްވަރު، އެމެރިކާގެ ލަނޑު ޖެއްސެވީ ލައިބީރިއާގެ ރައީސްގެ ދަރިކަލުން

ޓިމޮތީ ވިއާ: މެޗުގައި އެމެރިކާގެ ލަނޑު ޖެއްސެވީ އޭނާ --- ފޮޓޯ: އޭއެފްޕީ

22 ނޮވެމްބަރ 2022 - 02:03

8 comments

އަލް ރައްޔާން (ނޮވެމްބަރު 22) - ލައިބީރިއާގެ ރައީސް އަދި އެ ގައުމުގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޖޯޖް ވިއާގެ ދަރިފުޅު ޓިމޮތީ ވިއާ ޖެހި ލަނޑާއެކު ވޭލްސް އާއިި އެމެރިކާގެ މެޗު 1-1 ން އެއްވަރުވެގެން ނިމިއްޖެ އެވެ.

ވިއާ ލަނޑު ޖެހީ މެޗުގެ 34 ވަނަ މިނެޓްގައި ކްރިސްޓިއަން ޕުލިސިޗް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ. ޕުލިސިޗް ބޯޅަ ދިން އިރު ވިއާ ވަނީ އޮފްސައިޑުން ނެއްޓި ސްޕީޑް ބޭނުން ކޮށްގެން ބޯޅަ އަށް ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލި އެވެ.

ޖޯޖު ވިއާ އަކީ އެފްރިކާގައި އެފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި މަޝްހުރުވި ކުރީގެ އެއްވަނަ ފޯވާޑެވެ. އޭނާ ވަނީ 1995 ގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރެރިޔާގެ އެވޯޑް، ބެލެންޑިއޯ ހޯއްދަވައިފަ އެވެ. ފްރާންސްގެ ޕީއެސްޖީ އާއި އިޓަލީގެ އޭސީ މިލާނަށް ކުޅުއްވި ވިއާ ވަނީ 200 އަށް ވުރެ ގިނަ ލަނޑު ޓޮޕް ލެވަލްގައި ޖައްސަވައިފަ އެވެ.

ފުޓްބޯޅައިގެ ދަނޑުގައި ދުނިޔޭގެ ސަމާލުކަން ވިއާ ހޯއްދެވިތާ 30 އަހަރު ފަހުން އޭނާގެ ދަރިފުޅު މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި ވޭލްސް ކޮޅަށް ލަނޑު ޖެހުމުން ދުނިޔޭގެ މީޑިއާތަކުގައި އޭނާ އަށް ވަނީ ބޮޑު މަގުބޫލުކަމެއް ލިބިފަ އެވެ. ބައެއް މީޑިއާތަކުގައި ވަނީ ދެ ބަފައިން ފޮޓޯ އާއެކު ޓިމޮތީ ވިއާގެ ވާހަކަ ގެނެސްދީފަ އެވެ.

ޖޯޖޫ ވިއާ އާއި އޭނާގެ ދަރިކަލުން ޓިމޮތީ ވިއާ

ޓިމޮތީ ވިއާ އުފަންވީ އެމެރިކާ އަށެވެ. އޭރު ފުޓްބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި ހުންނެވި ޖޯޖް ވިއާގެ ޖަމައިކާގެ އަނބިކަލަބަލުން ދިރިއުޅުއްވަމުން ގެންދެވީ އެމެރިކާގަ އެވެ. އެ ގައުމުގެ ގައުމީ ޓީމަށް ޓިމޮތީ ވިއާ އަށް ކުޅުމުގެ ފުރުސަތު ލިބުނީ އޭނާ އެމެރިކާ އަށް އުފަންވުމުންނެވެ.

ޖަމައިކާ، ލައިބީރިއާ، ފްރާންސަށް ކުޅުއްވުމުގެ ފުރުސަތު ވެސް އޭނާ އަށް ލިބުނެވެ. އެކަމަކު އޭނާ އިހުތިޔާރު ކުރީ އޭނާ އުފަންވެ އުޅެ ބޮޑުވި ގައުމު، އެމެރިކާ އަށް ކުޅުމަށެވެ. އެމެރިކާގެ ސީނިއާ ގައުމީ ޓީމަށް އޭނާ ކުޅެން ފެށީ 2018 ގަ އެވެ. އޭގެ ކުރިން އުމުރުފުރާގެ ގައުމީ ޓީމުގައި ވެސް އެމެރިކާ އަށް ކުޅުނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެމެރިކާއިން ކުޅުނީ ހަލުވި ގޭމެކެވެ. ކައިރި ކައިރީގައި އަވަސް ޕާސްތަކެއް ޖަހައިގެން ކުޅެމުން ގިނަ ހަމަލާތަކެއް ވޭލްސްގެ ގޯލަށް އަމާޒު ކުރި އެވެ.

މެޗުގައި ވޭލްސް އަށް ނަތީޖާ ހަމަހަމަކޮށް ދިނީ އެ ޓީމަށް ލިބުނު ޕެނަލްޓީ އެއްގައި ކެޕްޓަން ގެރެތު ބޭލް އެވެ.

8 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 14%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮބާމާ

23 November 2022

މިވަރު ގައުމެއްގައޭ ނަސްލީ ތަފާތުކުރުން މިގެންގުޅޭނީ

The name is already taken The name is available. Register?

ލައިބީރިއަން

22 November 2022

ތިއީ ހަމަ މުސްލިމަކައް ވީމަ ޖެހުނު ލަޑެއް. ހާދަ މޮޅޭ!

The name is already taken The name is available. Register?

މުސްލިމު

22 November 2022

‫ތީއަހަރެމެންނަށް ކުރިފުރައްސާރައެއްތަ ނޫނީމަލާމާތެއްތަ ؟

The name is already taken The name is available. Register?

އަންތަރީސް 1222

22 November 2022

އެމަނިކްފާނު ބޯޅަ ހިއްޕަވައިގެން ވަޑައިގަންނަނިކޮށް އިދިކޮޅުން ޖެހި ޓެކުލް އަކުން އެމަނިކްފާނުގެ ފައިންޕުޅަށް ހާނިއްކަވެ ވެއްޓި ވަޑައިގެން ފިއެވެ. މިހާރު މީހުންވެސް ހަމައިން ކެނޑުނީދެއްތޮ. މީ ފުޓްބޯޅަ ހަބަރު ގެންނަ ގޮތްތަ.

The name is already taken The name is available. Register?

ބޮޑުމީހާ

22 November 2022

ފުޓްބޯޅައަށް ވުރެ ހިއުމަން ރައިޓްސް އިސްކޮށްގެން އުޅުނު ގްރޫޕް އެންމެ ފަހުން މެޗްވެސް ކުޅުނީދޯ!

The name is already taken The name is available. Register?

އަލީ

22 November 2022

އެބޭފުޅާ އެމެރިކާއަށް ކުޅެން ނިންމެވީ ފްރާންސަށް ކުޅެފިނަމަ ފުރަތަތަ އިލެވެންގަ ނުކުޅެވޭނެތީ ފްރާންސްގަ މޮޅުކުޅުންތެރިން ގިނަވީމަކަމަށް ހީވަނީ

The name is already taken The name is available. Register?

ނަސީބްް

22 November 2022

ފަހަތުން ބޮޑީގާޑު ދުވެ ނުހެދިކަން ނަސީބެއް

The name is already taken The name is available. Register?

ރަސްކިން

22 November 2022

ޖެއްސެވީ އޭ…. ލޮލް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454