17 ޑިސެމްބަރ 2022 - 21:57
އަލް ކޯރް (ޑިސެމްބަރު 17) - ވޯލްޑް ކަޕުގެ ތިންވަނަ ހޮވި މެޗުގައި ކްރޮއޭޝިއާ އަތުން 2-1 ން ބަލިވެ މޮރޮކޯ އަށް ހިތްދަތި ނަތީޖާއެއް ކުރިމަތިވެއްޖެ އެވެ.
މެޗުން މޮޅުވެ ކްރޮއޭޝިއާ ވަނީ ވޯލްޑް ކަޕުގެ ލޯ މެޑަލް ހޯދައިފަ އެވެ. ކްރޮއޭޝިއާ 1992 ގައި އުފެދި ވޯލްޑް ކަޕުގައި އެ ޓީމު އެންމެ ފުރަތަމަ ވާދަ ކުރީ 1998 ގަ އެވެ. ފުރަތަމަ ވޯލްޑް ކަޕުގައި ވެސް އެ ޓީމުން ވަނީ ނެދަލެންޑްސް ބަލިކޮށް ތިންވަނަ ހޯދައިފަ އެވެ.
ގުރޫޕް ސްޓޭޖުގައި، އެންމެ ފަހުގެ ރަނަރަފް ކްރޮއޭޝިއާ ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާލި މެޗުގައި މޮރޮކޯގެ ޓީމުން ރަނގަޅު ކުޅުމެެއް ދެއްކި އެވެ. މިރޭގެ މެޗުގައި ވެސް އެކަން ތަކުރާރުވާނެ ކަމަށް އުންމީދު ކުރެވުނެވެ. ނުރައްކާތެރި ގިނަ ފުރުސަތުތައް އުފެއްދީ ވެސް ކްރޮއޭޝިއާއިންނެވެ.
އެކަމަކު މެޗުގެ ލިޑް ކްރޮއޭޝިއާއިން ނެގިތާ ދެ މިނެޓް ނުވަނީސް މޮރޮކޯއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. މެޗުގެ ހަތްވަނަ މިނެޓްގައި ޖޮސްކޯ ގްވާޑިއޯލް އެ ޓީމަށް ލީޑް ނަގައި ދިނީ އީވާން ޕެރިޝިޗް ބޮލުން ދިން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މޮރޮކޯ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށް ދިން ލަނޑު ޖަހައި ދިނީ އުމުރުން 18 އަޝްރަފް ދާރީ އެވެ. އޭނާ ލަނޑު ޖެހީ ހާކިމް ޒިޔެޝް ނަގައިދިން ހުރަސް ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްރޮއޭޝިއާއިން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ 42 ވަނަ މިނެޓްގައި އެ ލަނޑު ޖެހީ މިސްލާވް އޮރިޝިޗް އެވެ.
ދެވަނަ ހާފުގައި ކްރޮއޭޝިއާއިން ހަމަލާތައް ވަރުގަދަ ކުރި އެވެ. ލަނޑު ޖަހާނެ ފުރުސަތު މޮރޮކޯ އަށް ވެސް ލިބުނެވެ. އެ ޓީމުގެ އައް ނެސޭރީ އަށް ވަނީ ނުރައްކާތެރި ދެ ފުރުސަތެއް ލިބިފަ އެވެ.
އާޖެންޓީނާ އާއި ފްރާންސް ކުޅޭ ފައިނަލް މެޗު މާދަމާ ރޭ އޮންނާނެ އެވެ. އެ މެޗު ފަށާނީ ރާއްޖޭ ގަޑިން ރޭ ގަނޑު 8 ޖާހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައެއްގެ ފުލޯކު ވާހަކަތަކައް ހެއްލި ހަލާކުމިވަނީ!
18 December 2022
މުސްލިމުން މޮޅުވާންޖެހޭނެޔޯ! ކްރިސްޗިއަނުން ހަލާކު ވެނިވި ބަޔެކޯ! އެއްބަޔަކައް އަބަދުމެ ހިޔާޔަތް ވާނެޔޯ! އަނެއްބަޔަކު ހަފުސް ވާނެޔޯ! ނުވޭދެއްތޯ؟ ކުރިމަތީގަ ފެންނަން އޮތަސް ނުފެންނަ ކަމައް މިވަނީ!
މަރުހަބާ!
18 December 2022
މަރުހަބާ ކްރޮއޭޝިއާ. ކްރޮއޭޝިއާގެ އަކީ އެންމެ 4 މިލިއަން މީހުންގެ ގައުމެއް. މޮރޮކޯ އަކީ 40 މިލިއަންގެ ގައުމެއް. ބޯޅަކުޅޭ ކޮންމެ 1 ކްރޮއެޓަކައް 4 މޮރޮކަން އުޅޭ. ދެ ގައުަމަކީ ވެސް ފުޓުބޯޅައައް ހުސްވާ ދެ ގައުމު. ކްރޮއޭޝިއާ މޮޅުވީމަ ދޭހަވަނީ ނިސްބަތުން އެމީހުން މާމޮޅު ކަމައް.
އަބްޑޫޅް
17 December 2022
އަނެއްކާވެސް ކިރިސްޓިޔަނުން ގެ އަތުން އިސްލާމުންގެ މީހުން ބަލިވީ.
ކަލޯމެން
18 December 2022
މޮރޮކޯއިން ބަލިވި މެޗަށްވުރެ މޮޅުވި މެޗު ގިނަ..އެކަމަކު ކަލޭމެންގެ މީހުން އޭރު އެވާހަކަ އެއް ނުދައްކާ..ކިޔަނީ ބަޔަކަށް އާކަމެއް ކުރެވިގެންނޭ އުޅެނީ ނޫނީ ގުއިނުދެކޭ ކާޅަށް ގުއި ފެނިގެންނޭ އުޅެނީ. އެކަމަކު ބަލިވީމަ އެކަން ފާހަނގަ ކޮށްފި..ތީގެންވެސް އެނގެނީ މުސްލިމުންނަށް އޮތް ހަސަދަވެރިކަން.
ކައުންސެލަރު.
18 December 2022
އިސްލާމީ މޮރޮކޯ ކިތައް ކުރިސްޓިއަނުން ބަލިކޮށްފަބާ ވޯލްޑްކަޕުގެ 4 ވަނަ އެހޯދީ. ލަދުހަޔާގަނެބަލަ
ތުންޔަ
17 December 2022
ކުރިސްޓިއަނުން މާ މޮޅީ!