ގައުމީ ޓީޓީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޝައްފާން
31 ޑިސެމްބަރ 2022 - 00:33
ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި މިރޭ އެ މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ މުންސިފް އަހުމަދަށް އަނިޔާވެ ކުރިއަށް ނުގެންދެވިގެން ހުއްޓާލި މެޗުން، މުހައްމަދު ޝައްފާން އިސްމާއީލް ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ޝައްފާން ހޯދި ފުރަތަމަ ފަހަރެވެ. މާލޭ ޓީޓީ ހޯލްގައި މިރޭ ކުޅުނު ފައިނަލު މެޗުގައި މުންސިފް އަށް އަނިޔާވިރު ވެސް ލީޑްގައި އޮތީ ޝައްފާން އެވެ. އަދި ތިންވަނަ ސެޓްގައި މެޗު ކުރިއަށް ނުގެންދެވިގެން ހުއްޓާލި އިރު ޝައްފަން އޮތީ ބޮޑު ލީޑެއްގަ އެވެ.
ގައުމީ ފައިނަލު 12 ފަހަރު ކުޅެ 11 ފަހަރު މުބާރާތް ކާމިޔާބު ކުރި މުންސިފް ބުނީ ދެވަނަ ސެޓްގައި 9-8 އަށް ލީޑް ކުޑަ ކުރަން ޕޮއިންޓް ހޯދައި ޖަމްޕެއް ޖެހި ވަގުތު އޭނާ އަށް ފައި އެޅުނު ގޮތުން ކުޑަ ހުޅަށް ތަދެއް އެރި ކަމަށެވެ.
"މިހާރު ދުޅަވެފައި ހުރީ. ޑޮކްޓަރަށް ދައްކާލީމަ އަނިޔާގެ ތަފްސީލު އެނގޭނީ،" މި މަހު ނޭޕާލްގައި އޮތް ދެކުނު އޭޝިއާ ކޮލިފައިން މުބާރާތުގައި ވާދަކޮށް އޭޝިއާގެ މުބާރާތަށް ކޮލިފައިވި މުންސިފް ބުންޏެވެ.
ގައުމީ ސިންގަލްސް ޗެމްޕިއަންގެ އިތުރުން ޝައްފާން ވަނީ ޓީމު އިވެންޓްގައި އޭނާ، އެ އާއިލާ ނިސްބަތްވާ ސީވީޑްގެ އާއިލާއިން ނެރުނު އިހާ އެކަޑަމީގެ ޓީމަށް، މުބާރާތުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން ހޯދައި ދިނުމުގައި ވެސް އެހީތެރިވެ ދީފަ އެވެ. މި އަހަރަކީ އޭނާގެ ކެރިއާގައި ހާއްސަ އަހަރެކެވެ. އޯގަސްޓް މަހު ތުރުކީގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ދެވަނަ ބުރަށް ދަތުރު ކުރި އެވެ.
ޓީޓީ އެސޯސިއޭޝަނުން ތަނަވަސްކޮށް ދިން ފުރުސަތެއްގައި ޝައްފާން ވަނީ ގައުމީ މުބާރާތުގެ ކުރިން ގާތްގަނޑަކަށް އެއް މަސް ދުވަހުގެ ޓްރޭނިން ކޭމެޕެއް ކްރޭޝިއާގައި ފުރިހަމަ ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުހަ
02 January 2023
އިންޖަރީ ވީއިރު ލީޑުގައޮތީ މުންސިފް. މައުލޫމާތު ރަނގަޅު ކޮށްލާ!
ފަޒޯއްޕެ
31 December 2022
ސާބަހޭ ޓީޓީ އެސޯސިއޭޝަން އައްޔަ އާއި ޝިއުރީ. ކުޅިވަރު ކުރިއަރުވަން ކުރާ މަސައްކަތަށް ޝުކުރު.. ބެޑްމިންޓަން ކުޅޭނެ ގިނަ އިންޑޯ ހޯލްތަކެއް މިނިސްޓުރީން ހޯދަދޭން އެބަޖެހޭ، ހާއްސަކޮށް ހުޅުމާލޭގަ އޮފީސް ނިންމާލާފަ ކުޅެން 2 ކޯޓަކުން ނުފުދޭ. ރޭގަނޑު ކުޅެލަން އެތަން ނުލިބޭ، އެޗްޑީސީން 3 ގަޑި ނެގީމާ ދެން އާންމު މީހާޔަށް ނުލިބޭ .. މަހްލޫފް މިކަމާ ކޮންމެވެސް ފިޔަވަޅެއް އަޅުންވާ ..
ށަވިޔަނި
31 December 2022
މަރުޙަބާ