ހެޕީ މާކެޓް ގްރޫޕުގައި އެންމެ ގިނަ މެޗުތަކުގެ ސްކޯ ދިމާކުރި ބައިވެރިޔާ. -- ފޮޓޯ: ހެޕީ މާކެޓް
16 ޖެނުއަރީ 2023 - 12:50
"މިހާރު" ނޫހުން މިދިޔަ ވޯލްޑް ކަޕަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ސްކޯ ޕްރިޑިކްޓާ ޕްލެޓްފޯމުގެ ހެޕީ މާކެޓު ގުރޫޕުގައި އެންމެ ގިނަ މެޗުތަކުގެ ސްކޯ ދިމާކުރި ތިން ބައިވެރިން ހޮވައިފި އެވެ.
ހެޕީ މާކެޓް ގުރޫޕުގައި ދެ ވަނައަށް އެންމެ މޮޅަށް ސްކޯ ދިމާކުރި ބައިވެރިޔާ. -- ފޮޓޯ: ހެޕީ މާކެޓް
އެއް ވަނަ އަށް ދިޔަ ބައިވެރިޔާއަށް ދީފައި ވަނީ ދެ މީހަކަށް ދެ ރޭގެ ރިސޯޓު ދަތުރުކެވެ. ދެ ވަނައަށް ދީފައި ވަނީ ކެއުމެކެވެ. އަދި ތިން ވަނަ އަށް ދީފައި ވަނީ ހެޕީ މާކެޓުގެ ގިފްޓު ހެމްޕާ އެކެވެ.
ތިން ވަނަ އަށް ހެޕީ މާކެޓު ގްރޫޕުގައި ސްކޯ ދިމާކުރި ބައިވެރިޔާ. -- ފޮޓޯ: ހެޕީ މާކެޓު
ހެޕީ މާކެޓުން ސްކޯ ޕްރިޑިކްޓާގައި ކުރިއަށް ގެންދިޔަ ގުރޫޕުގައި ގިނަ ބަޔަކު ވަނީ ބައިވެރި ވެފަ އެވެ. ސްކޯ ދިމާ ކުރުމަށް އެ ޕްލެޓްފޯމުގައި ފުރުސަތު ހުޅުވާލާފައި ވަނީ ކޮންމެ ދުވަހަކު ވެސް އޮންނަ މެޗުތަކަށް އެ މެޗެއްގެ ގަޑި ޖެހެންދެންނެވެ. ކޮންމެ ބައިވެރިއަކަށް ވެސް، ކޮންމެ ގުރޫޕެއްގައި ވެސް ސްކޯ ދިމާކުރުމަށް ދީފައި ވަނީ އެންމެ ފުރުސަތެކެވެ.
ހެޕީ މާކެޓުގެ އިނާމުތައް ކާމިޔާބު ކުރި ބައިވެރިންނަށް އެ ކުންފުނީގައި ބޭއްވި ހަފްލާއެއްގައި އިނާމުތައް ވަނީ ހަވާލުކޮށްފަ އެވެ. އަދި އެ ތަނުން ވިއްކާ ރައުޗް ބްރޭންޑުގެ ގިފްޓު ޕެކެއް ވެސް ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިހްސާސް..
16 January 2023
އެއްވަނައަށް ދިޔަ ސޮރު ރިސޯޓަށްދާނެބާ؟
އޮމްބަޑް
17 January 2023
ހިޔެއްނުވޭ ދާނެހެނެއް. ލޮލް
ފޮނިފޮނިޓައްޕު ކުމާރު
16 January 2023
އެންމެމަތީގާހުރިމީހާ ހާދަވައްތަރޭ އެމްބޮސްޕާސަނާ.