ް ބަޔަކު މިއަދު ކޯސްޓް ކިރު ކޭސްތަކެއް އުފުލަނީ: ކޯސްޓް ކިރުގެ އަގު ނިސްބަތުން ވަނީ ވަރަށް ބޮޑުވެފައި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
18 ޖެނުއަރީ 2023 - 12:20
ކިރުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ، ރާއްޖޭގައި އެންމެ މަޝްހޫރު ކޯސްޓް ކިރުގެ އަގު ބޮޑުވެއްޖެ އެވެ.
ކޯސްޓް ކިރު އިމްޕޯޓްކުރާ ބީއެޗްއެމް އިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން، 400 ގްރާމްގެ ކޯސްޓް ދަޅު ކޭހެއް ދެން ވިއްކާނީ 1710ރ. އަށެވެ. އަދި 900 ގްރާމްގެ ކޭހެއް 1855ރ، 1800 ގްރާމްގެ ކޭހެއް 1795ރ، އަދި 2500 ގްރާމްގެ ކޭހެއް ދެން ވިއްކާނީ 2425ރ. އަށެވެ. އެކަމަކު، 10 ކޭހާއި 25 ކޭހުން މަތިން ނަގާ ނަމަ އެހެން އަގުތަކެއް ވަނީ ހަމަޖައްސައިފަ އެވެ.
ކޯސްޓް ފުލްކްރީމް މިލްކް ޕެކެޓް ވިއްކާ އަގު ވެސް ވަނީ ބޮޑުކޮށްފަ އެވެ. ބާރަ ޕެކެޓް ހިމެނޭ 800 ގްރާމްގެ ކޭހެއް ވިއްކާ އަގަކީ 1380ރ. އެވެ. އަދި ހަ ޕެކެޓް ހިމެނޭ 2250 ގްރާމްގެ ކޭހެއް ވިއްކާ އަގަކީ 1860ރ. އެވެ.
އަގުތައް ބަދަލު ކުރުމާ އެކު، މީގެ ފަހުން ރިޓެއިލްކޮށް ގަންނަ ކޮންމެ ކުޑަ ދަޅަކުން އެވްރެޖްކޮށް 6ރ. އަދި އެންމެބޮޑެތި ދަޅުން 30ރ. ބޮޑުވާނެ އެވެ. އަދި އެންމެ ކުޑަ ނުވަތަ 400 ގްރާމްގެ ދަޅު ކޭހަކުން 135ރ، 900 ގްރާމްގެ ކޭހަކުން 145ރ، 1800 ގްރާމްގެ ކޭހަކުން 140ރ. އަދި 2500 ގްރާމްގެ ކޭހަކުން 185ރ. ބޮޑުވާނެ އެވެ. ކޯސްޓް މިލްކް ޕައުޑާ 800 ގްރާމްގެ ކޭހަކުން 110ރ. އަދި 2250 ގްރާމްގެ ޕެކެޓަކުން 150ރ. ބޮޑުވާނެ އެވެ.
ބީއެޗްއެމްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކޮވިޑަށް ފަހު ހުރިހާ މުދަލެއްގެ އަގު ވެސް ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޯސްޓް ކިރުގެ އަގު ވެސް ދުނިޔޭގެ ބާޒާރުގައި ދެ ފަހަރެއްގެ މަތިން ބޮޑުވެއްޖެ ކަމަށާއި އެކަމަކު އެ އަގު ރާއްޖޭގެ ބާޒާރުގައި ބޮޑު ނުކޮށް ހިފެއްޓޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް އަގަށް މި ބަދަލު ގެނައީ ފުލް ކްރީމްގެ ބާވަތްތައް. އެ ބާވަތްތައް އެއްކޮށް ހުސްވެފައި ހުއްޓާ އަދިކިރިޔާ މި ލިބުނީ. އެކަމަކު ކޯސްޓްގެ ކެލްސިއަމްގެ ބާވަތްތައް އަޅުގަނޑުމެން އަދި ވިއްކާނީ ހަމަ ކުރީގެ އަގުތަކުގައި،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ވީހާތަނަށް ވެސް ބެލީ އަގަށް ބަދަލު ނުގެނެސް ހިފެހެއްޓޭތޯ. އެކަމަކު އަގުތައް ދަނީ ވަރަށް ބޮޑަށް އުފުލެމުން."
ކޯސްޓް ކިރަކީ ޖީއެސްޓީ ނަގާ ބާވަތެއް ނޫނެވެ. އޭނާ ވިދާޅުވީ، މިއީ ޖީއެސްޓީއާ ގުޅިގެން ގެނައި ބަދަލެއް ނޫން ކަމަށެވެ.
"ކޮވިޑަށް ފަހު ހުރިހާ މުދަލެއްގެ އަގު ވެސް ދުނިޔޭގެ ބާޒާރުގައި ދަނީ އުފުލެމުން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނީ ލީއޯން
19 January 2023
އަދިވެސް އެސް.ޓީ.އޯ އިން ބަލަނީ މޮބައިލް ބޭންކީން ހިދުމަތް ފެށޭތޯ، ނިކަން ކޯސްޓު ކިރު އަގުހެޔޮކޮށް ގެނެސް ވިއްކަބަ
މަގޭސަލާމް
19 January 2023
ދެން ނުގަންނާނަން ކޯސްޓް ކިރެއް. ނިމުނީ.
ހޯރަބޭ
19 January 2023
ޖީއެސްޓީ ނުނެގޭތީ ކޮންމެވެސް އެއްޗެކޭ ކިޔާ އަގުބޮނޑް ކޮށްލީ
އާރީ
19 January 2023
ރަށްއިތުން ފެލަނި
44524
19 January 2023
ކޯސްޓު އަގުބޮޑުވީމަ އަގުހެޔޮ ކިރު އަހަރެމެން ގަންނާނީ...އިންސާނުންނަށް ބުއްދިދެއްވަނީ އޭގެ ބޭނުން ހެޔޮގޮތުގަ ހިފަން. ކުރިން މި ރާއްޖޭގެ މީހުން ހީކުރީ މައުމޫނަށް ނޫނީ ރައީސްކަން ކުރެވޭ ވަރު މީހަކު ވެސް ނުހުންނާނެ ކަމަށް. ހިތް ހުރިހާވެސް އެއްޗަކީ.. މީރު ކިތަންމެ ކިރެއް ރާއްޖޭގަ އެބަހުރި މިހާރު. ބޯންފެށީމަ ތިޔަ ކޯސްޓު ވާހަކަ ނިމިދާނެ
ާއުނިމާ
19 January 2023
ހެހެ..ދެން އެހެން ކިރުވެސް ކޯސްޓާއި އެވަރޭ ކުރާނީ..ވިޔާފާރި ދަސްކޮށްބަލަ..ނަފާ ހޯދާ ފެލުމޭ ވިޔާފާރިއަކީ
އަފްރާސިޔާބު
18 January 2023
މައިމީހާގެ ކިރަށްވުރެ ދަރިންނަށް ފައިދާ ބޮޑު އެއްޗެއްގެ ގޮތުގައި ތައްޔާރީ ކިރު އިސްތިހާރުކޮށް އެޔަށް ދެވިހިފީމާ އަގު ބޮޑުކުރިޔަސް ހަމަ ބޮވޭނީ ތިޔަކިރު. ހެޔޮ ދަޅެއް 4 އައުންސް ރަނުގެ އަގަށް ދިނަސް.
1206
18 January 2023
ދޮންކެޔޮ އެއް ވަކާއި ބައި ތަށި ކިރު ދޯ އެހެންވީމާ މި އަހަރު ލިބޭނީ.
ކާމަރަނގަ
18 January 2023
ވެރިކަމަާ ބަގުޑިބެއްދޭތޯ އަދިވެސްް އެއުޅެނީ
ޗަރޭ
18 January 2023
ތިރީސް އަހަރު ދިވެހިންނަށް ކޯސްޓް ކިރުބޯންދީގެން ބަލިތައް ގިނަވީ
ލޭބޯ
18 January 2023
އަހުން ތިޔަ ބޮއެގެނެއްނޫން މިވަރުވީ މުދާ އގުބޮޑުވީމަ އެނގޭ ދެންވާންވީ ގޮތް މަގޫފަތަށް ބަދަލުކޮށްލީ ދެން ކާނީ ހުސް މަގޫފަތް