19 ޖެނުއަރީ 2023 - 15:27
"މިހާރު"ގެ ސްކޯ ޕްރިިޑިކްޓާގައި ގިޒްމޯއިން ހިންގި ގްރޫޕުގެ ވަނަތައް ހޮވައިފި އެވެ.
އެ ފިހާރައިން ވޯލްޑް ކަޕަށް ހާއްސަކޮށް "މިހާރު"ގެ ސްކޯ ޕްރިޑިކްޓާގައި ސްކޯ ދިމާކުރި ބައިވެރިންގެ ތެރެއިން އެންމެ މޮޅު ތިން ބައިވެރިން ވަނީ ހޮވައިފަ އެވެ. އެ ފިހާރައިން އެކި ވަނަތަކަށް ހުށަހެޅީ އެ ތަނުން ވިއްކާ ހަވިޓް ބްރޭންޑުގެ އެކި ޕްރޮޑަކްޓުތަކެވެ.
ގިޒްމޯ ގްރޫޕުން އެއް ވަނަ ހޯދި ބައިވެރިޔާ އަށް އެ ފިހާރައިން ދީފައި ވަނީ ކަރިއޯކީ އަށް ބޭނުން ކުރެވޭނެ ހަވިޓް ބްރޭންޑުގެ ޕޯޓަބަލް ބްލޫޓޫތު އެލްއީޑީ ސްޕީކާ އާއި މައިކްރޮފޯންއެކެވެ. ދެ ވަނަ އަށް ދިޔަ ބައިވެރިޔާ އަށް ދީފައި ވަނީ ހަވިޓް ބަރޭންޑުގެ ސުވިފްޓް ބީޓީ އިއާ ބަޑްސް އެވެ. ތިން ވަނަ އަށް ދީފައި ވަނީ ހަވިޓް ބްރޭންޑުގެ އެޗް666ޓޫޑީ ހެޑްފޯންސް އެވެ.
ގިޒްމޯ އަކީ ހަވިޓް ބްރޭންޑުގެ ގިނަ ޕްރޮޑަކްޓުތަކެއް ވިއްކާ ފިހާރައެކެވެ. އެ ފިހާރަ އަކީ ގިނަ ބްރޭޑުތަކެއްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy