31 ޖެނުއަރީ 2023 - 06:41
މަޝްހޫރު ޔޫޓިއުބް ތަރި މިސްޓަ ބީސްޓުގެ އެންމެ ފަހުގެ ސްޓަންޓަކީ "ކެޓަރެކްޓް ރިމޫވަލް" ސާޖަރީ ހެދުމުގެ މާލީ ގާބިލްކަން ނެތް 1،000 މީހަކަށް ސާޖަރީތައް ސްޕޮންސާކޮށްދީ، އެ މީހުންގެ ފެނުން އަލުން ހޯދައިދިނުމެވެ.
މިސްޓަ ބީސްޓް ނުވަތަ އަސްލު ނަމުން ނަމަ ޖިމީ ޑޮނަލްޑްސަނަކީ، އޭނާގެ ޔޫޓިއުބް ވީޑިއޯތަކުގައި ގިނަ އަދަދަކަށް ފައިސާ އާއި ހަދިޔާ ބަހާ މީހެކެވެ.
މިދިޔަ ހޮނިހިރު ދުވަހު އަޕްލޯޑުކުރި، "“އަހަރެމެން މި ފަރުވާ ހޯދަނީ 1،000 މީހުންގެ ފެނުން ހޯދަދޭން" ނަން ދީފައިވާ ޔޫޓިއުބް ވީޑިއޯ މިހާތަނަށް 40 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލައިފަ އެވެ. މި ވީޑިއޯއަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.
ޖިމީ ޑޮނާލްޑްސަން (މިސްޓަ ބީސްޓް)
އެ ވީޑިއޯގައި ސާޖަރީގެ ކުރިންނާއި، ފަހުން ބަލި މީހުންނަށް ސާފުކޮށް ފެންނަ މަންޒަރު ފެންނަ ފުޓޭޖުތައް ހިމެނެ އެވެ. އަދި ޖިމީ ވަނީ ބައެއް ބައިވެރިންނަށް ފައިސާގެ ހަދިޔާތައް ދީފަ އެވެ.
ތިން ހަފްތާއެއްގެ މަތިން، ޖުމްލަ ނުވަ ގައުމަކުން ހޯދި ލޯފަން 1،000 މީހުންގެ ތެރެއިން އެމެރިކާގެ ފްލޮރިޑާގެ 40 މީހުން، އަދި ފުރަތަމަ ރައުންޑުގެ ސާޖަރީ ކޮށްދީފައި ވަނީ 20 އަހަރު ދުވަހު ހިލޭ ކެޓަރެކްޓް ސާޖަރީ ކޮށްދިނުމުގައި އުޅުނު ލޮލުގެ ޑޮކްޓަރު އަދި ސާޖަން، ޖެފް ލެވެންސަނެވެ.
ޖިމީ ވަނީ ނުވަ ގައުމަކުން 1،000 މީހުންގެ ފެނުން ހޯދައި ލޮލުގެ ފެނުން ހޯދައިދީފައި
ލެވެންސަނާ ހަވާލާދީ ސީއެންއެން އިން ބުނީ ފުރަތަމަ 40 މީހުންގެ ސާޖަރީ ކުރީ އެއް ދުވަސްތެރޭގައި ކަމަށެވެ.
"ލޮލަށް ނުފެންނަ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ 10 މިނެޓްގެ އޮޕަރޭޝަނެއް ކޮށްލަން ޖެހޭ މީހުން،" ކެޓަރަކްޓް ސާޖަރީ އަށް ހަރަދުކުރުމުގެ ގާބިލުކަން އެތައް މިލިއަން މީހުންގެ ނެތްކަން ފާހަގަކޮށް އޭނާ ކިޔައިދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތުމް
31 January 2023
މިސްޓަ ބީސްޓް އަކީ އެންމެ މުއްސަނދި މީހާއޭ މަ ބުނާނީ ގިނަ މުއްސަނދިން އުޅެނީ ފަގީރުވެދާނެކަމަށް ބިރުން ހަގީގަތަކީ އެމީހުންގެ ހިތަކީ ވަރަށް ފަގީރު އެއްޗެއް.
ބަތާފަތާ
31 January 2023
މރ ބީސްޓް އަށް ކުރިއެރުމާއި ކުރިމަގު ދެއްކެވުން އެދެން