ކުޅިވަރު

ސްކޫލް ހޭންޑްބޯޅަ މުބާރާތުން އަންހެން ޓީމުތައް ކުއާޓާއަށް

17 އަހަރުން ދަށުގެ ބައިގައި ކަލާފާނާއި ބްރައިޓްވޭ ބައްދަލުކުރި މެޗްގެ ތެރެއިން.-- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

ހަ ވަނަ އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތުގެ 15 އަހަރާއި 17 އަހަރުން ދަށުގެ އަންހެން ބައިގެ ގުރޫޕް ސްޓޭޖްގެ މެޗްތައް ނިމި، ކުއާޓާ ފައިނަލަށް ޓީމުތައް ހޮވިއްޖެ އެވެ.

ދެ އުމުރުފުރާ ވެސް ކުރިއަށް ގެންދިޔައީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ސަތާރަ އަހަރުން ދަށުގެ ބައިން ހަތަރު ގުރޫޕްގެ އެއް ވަނަ ހޯދި ޓީމުތަކުން ވެސް ވަނީ ހުރިހާ މެޗެއް ކާމިޔާބު ކޮށްފަ އެވެ. ގުރޫޕް އޭ ގެ އެއް ވަނަ ޖަމާލުއްދީން ސްކޫލް ހޯދި އިރު ދެވަނަ ހޯދީ ކ. ހުރާ ސްކޫލެވެ. ގުރޫޕް ބީ ގެ އެއް ވަނަ އއ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދި އިރު ދެވަނަ ޓީމްގެ ގޮތުގައި ކުއާޓާ އަށް ދިޔައީ ކ. ގުޅީ ސްކޫލެވެ.

ގުރޫޕް ސީގެ އެއް ވަނަ ހޯދީ އިސްކަންދަރު ސްކޫލެވެ. ދެ ވަނަ ޓީމަކީ ތާޖުއްދީން ސްކޫލެވެ. ގުރޫޕް ޑީ އިން ގާޒީ ސްކޫލް އެއް ވަަނަ ހޯދި އިރު ދެވަނަ ހޯދީ ޅ. އަތޮޅު ތައުލީމީ މަރުކަޒެވެ.

މި އުމުރުފުރާގެ ކުއާޓާގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 24 ވާ ހުކުރު ދުވަހު އެވެ.

17 އަހަރުން ދަށުގެ އަންހެން ކުއާޓާ ފައިނަލް މެޗްތައް:

17:00 : ޖަމާލުއްދީން ސްކޫލް - ތާޖުއްދީން ސްކޫލް

19:50 : އއ. އަތޮޅު ތައުލީމީ މަރުކަޒު - ޅ. އަތޮޅު ތައުލީމީ މަރުކަޒު

20:50 : އިސްކަންދަރު ސްކޫލް - ކ. ހުރާ ސްކޫލް

21:50 : ގާޒީ ސްކޫލް - ކ. ގުޅީ ސްކޫލް

ފަނަރަ އަހަރުން ދަށުގެ ބައިން ގުރޫޕް އޭގެ އެއްވަނަ ހޯދީ ކުޅުނު ހަތަރު މެޗް ވެސް ކާމިޔާބު ކުރި ކ. ގުރައިދޫ ސްކޫލެވެ. ތާޖުއްދީން ސްކޫލާއި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ޕޮއިންޓްގެ ގޮތުން އެއްވަރު ވުމުން ދެވަނަ ޔަގީންވީ ގޯލުގެ ތަފާތުން ކުރި ލިބުނު ތާޖުއްދީނަށެވެ.

ގުރޫޕް ބީގެ އެއް ވަނަ ހޯދި ފ. އަތޮޅު މަދަރުސާ ވެސް ހުރިހާ މެޗެއް ކާމިޔާބު ކުރި އެވެ. ދެ ވަނައަށް ދިޔައީ ކަލާފާނު ސްކޫލެވެ. ގުރޫޕް ސީ އިން ކުއާޓާ އަށް ދިޔަ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ގާޒީ ސްކޫލަށް ވެސް އެއްވަރަކަށް ޕޮއިންޓް ލިބުނުއިރު ފައިދާ ގޯލުން ކުރި ހޯދައި އެއް ވަނަ ހޯދީ އަހުމަދިއްޔާ އެވެ. ގުރޫޕް ޑީ ގެ އެއް ވަނަ ހޯދީ ހުރިހާ މެޗެއް ކާމިޔާބު ކުރި އަމީނިއްޔާ ސްކޫލެވެ. ދެ ވަނަ ހޯދީ ރެހެންދި ސްކޫލެވެ.

މި އުމުރުފުރާގެ ކުއާޓާގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 25 ވާ ހޮނިހިރު ދުވަހު އެވެ.

15 އަހަރުން ދަށުގެ އަންހެން ކުއާޓާ ފައިނަލް މެޗްތައް:

16:00 : ކ. ގުރައިދޫ ސްކޫލް - ގާޒީ ސްކޫލް

17:00 : ފ. އަތޮޅު މަދަރުސާ - ރެހެންދި ސްކޫލް

19:50 : އަހުމަދިއްޔާ ސްކޫލް - ތާޖުއްދީން ސްކޫލް

20:50 : އަމީނިއްޔާ ސްކޫލް - ކަލާފާނު ސްކޫލް

މުޅިއެކު 24 ސްކޫލަކުން 70 ޓީމު ވާދަކުރާ މި މުބާރާތުގެ ފިރިހެން ގުރޫޕް ސްޓޭޖްގެ މެޗްތައް މިއަދު ހަވީރު ފަށާނެ އެވެ. މިއަދާއި މިރޭ ވެސް ކުރިއަށް ދާނީ 15 އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުމެވެ. މި އުމުރުފުރާގައި 13 ސްކޫލަކުން ބައިވެރި ވެފައި ވާއިރު ޓީމުތައް ބަހާލެވިފައި ވަނީ ތިން ގުރޫޕަކަށެވެ.

ސަތާރަ އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުން ފަށާނީ މާދަމާ ހެނދުނެވެ. މި އުމުރުފުރާގައި ބައިވެރިވި 16 ޓީމު ވަނީ ހަތަރު ގުރޫޕަކަށް ބަހާލައިފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454