ގެސްޓްހައުސް ވިޔަފާރިވެރިންނަށް އެލައިޑުން ގުޅުން ބަދަހި ކުރުމަށް ބޭއްވި "ލަންޗިން" އިވެންޓު. -- ފޮޓޯ: އެލައިޑު
25 ފެބުރުއަރީ 2023 - 18:12
އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، "އަޔާދީ ތަކަފުލް" އިން ގެސްޓް ހައުސް ވިޔަފާރިވެރިންނަށް "ނެޓްވޯކިން ލަންޗިން" އެއް ބާއްވައިފި އެވެ.
އެއީ އެލައިޑާއި ގެސްޓް ހައުސް ވިޔަފާރިވެރިންނާ ދެމެދު ގުޅުން ބަދަހިކޮށް، އެ ފަދަ ވިޔަފާރިތައް ކުރާ ފަރާތްތަކަށް އަމާޒު ކޮށްފައިވާ "އަޔާދީ" ޕްލޭންތަކުގެ މައުލޫމާތު ދިނުމުގެ ބޭނުމުގައި ބޭއްވި ހަރަކާތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
"ގެސްޓް ހައުސް ތަކާފުލް"އާ ބެހޭ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރަނީ. -- ފޮޓޯ: އެލައިޑު
އެލައިޑުން ބުނި ގޮތުގައި އަޔާދީ އިން "ގެސްޓް ހައުސް ތަކާފުލް"ގެ ނަމުގައި ގިނަ ކަވަރޭޖްތަކެއް ހިމެނޭ ޕްލޭންތަކެއް އަންނަނީ ފޯރުކޮށްދެމުންނެވެ. އެ ޕްލޭންގައި ހިމެނޭ ތިން ގިންތިއަކީ އަގާއި ކަވަރޭޖުގެ ގޮތުން ކޮންމެ ވިޔަފާރިވެރިއަކަށް ވެސް ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތަށް ޑިޒައިން ކޮށްފައިވާ ޕްލޭންތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
"ގެސްޓް ހައުސް ތަކާފުލް" ހިދުމަތުގެ ތެރެއިން ކަވަރޭޖް ލިބޭ ހާލަތުތަކުގެ ތެރޭގައި ގުދުރަތީ ހާދިސާތަކުން ލިބޭ ގިނަ ގެއްލުންތަކާއި އެޑް-އޮންސް އަދި އެކްސްޓެންޝަންސް މެދުވެރިކޮށް ޕްލޭން ޕާސަނަލައިޒް ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެލައިޑުން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި އެ ޕްލޭންތަކާ ގުޅޭ މުހިންމު މައުލޫމާތުތަކެއް އެ ހަރަކާތުގެ ތެރޭގައި ވަނީ ހިއްސާ ކޮށްފަ އެވެ.
ގެސްޓް ހައުސް ވިޔަފާރިވެރިންނަށް ގެންދިޔަ ހާއްސަ ހަރަކާތުގެ ތެރެއިން. -- ފޮޓޯ: އެލައިޑު
ގެސްޓް ހައުސްގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ އިންޝުއަރެންސް މައުލޫމާތުގެ އިތުރުން ވިޔަފާރިތައް ފުޅާކުރެވިދާނެ ގޮތްތަކުގެ މަޝްވަރާ ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާގެ ދުނިޔޭގައި ގެސްޓް ހައުސް ވިޔަފާރި ޕްރޮމޯޓުކޮށް، އިތުރު ދޮރުތައް ހުޅުވޭނެ އުކުޅުތަކާ ބެހޭގޮތުން އެލައިޑް އިންޝުއަރަންސް ކުންފުނީގެ ސީސީއޯ ޔޫލިއަނާ ރުސޭއި ވަނީ މުހިންމު މައުލޫމާތުތަކެއް ހިއްސާ ކުރައްވައިފަ އެވެ.
އެލައިޑުން ބުނީ އެ ކުންފުނީގެ ޕްރޮޑަކްޓުތައް ތަރައްގީ ކުރުމުގައި އެ ހަރަކާތުން ލިބުނު ހިޔާލުތަކަށް ބިނާކޮށް ހައްލު ހޯދޭނެ އުސޫލުތަކަށް އިސްކަން ދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy