ޓްރެފިކް ފުލުހަކު، މާލެ-ހުޅުމާލެ ހައިވޭގައި މަގުމަތި ބެލެހެއްޓުމުގައި: ރޯދަމަހުގެ ފުރަތަމަ 15 ގައި ގިނައީ އެކްސިޑެންޓުތައް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
13 އެޕްރީލް 2023 - 11:53
މި ރޯދަމަހުގެ ފުރަތަމަ 15 އިގައި މާލެ ސަރަހައްދުގައި 151 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން މިއަދު ހާމަކުރި ރޯދަ މަހުގެ ފުރަތަމަ 15 ދުވަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، މާލޭގައި އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. މާލެ، ހުޅުމާލެ، ހުޅުލެ އަދި ވިލިމާލެ އިން މުޅި ޖުމްލަ 151 އެކްސިޑެންޓް ފުލުހުންނަށް މިހާތަނަށް ރިޕޯޓްކޮށްފައިވެ އެވެ.
ރޯދަމަހު އެކްސިޑެންޓުތައް ގިނަވިއިރު، މި މަހުގެ ތިނެއްގައި ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 59 އަހަރުގެ ފިރިހެނަކު މަރުވި އެވެ. އޭނާ މަރުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގަ އެވެ.
އެ އެކްސިޑެންޓުތަކުގައި ޒަހަމްވެގެން ގިނަ ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާ ވެސް ދޭން ޖެހުނެވެ. ބައެއް މީހުންނަށް އައިސީޔޫގައި ވެސް ފަރުވާދިނެވެ.
މާލެ ސަރަހައްދުން ދެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެއީ 66 މައްސަލަ އެވެ.
• މީހުންނަށް އަނިޔާކޮށްގެން 31 މައްސަލަ
• މީހުންނަށް އެކި ކަހަލަ އިންޒާރު ދީގެން 22 މައްސަލަ
• ވައްކަންކޮށްގެން 15 މައްސަލަ
• ގެވެށި އަނިޔާގެ 9 މައްސަލަ
• ސައްހަ ނޫން ލިޔެކިޔުން ބޭނުންކުރުމުގެ 9 މައްސަލަ
މި ރޯދަމަހު ދުވާލުގެ ވަގުތުގައި ކެއުންބުއިމުގެ ހަތަރު މައްސަލަ ވެސް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވެ އެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އަތޮޅު ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. މަސްތުވާތަކެއްޗާ ގުޅޭ 100 މައްސަލަ އެކި ރަށްރަށުން ފުލުހުންނަށް މި ރޯދަމަހު ރިޕޯޓްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާތިފާ
14 April 2023
އެއްވެސް ކަމެއް ނުކުރެވޭ ޕޮލިހުންނަކަށް . މަގުނުބެލެހެއްޓޭ ، ކުށްކުރާ މީހުން ގަވާއިދާހިލާފަށް ދުއްވާ މީހުން ހިފަހައްޓާ އަދަބު ނުދެވޭ ބަޔެއް.
ނަގިއްޔާ
13 April 2023
މާލޭގެ ހިގާބިއުޅޭ ވަރަށް ގިނަ މިހުންނަކީ ހާދަމަތީބައެކޭ. މިބުނީ މަގެއް ހުރަސް ކުރާއިރު ބަލާލުމެއް އަޅާލުމެއް އެކައްޗެއްވެސް ނޯވޭ. ހުރަސް ކުރަން ހިތައްއެރީ ހުރަސްކުރަންވީ. އަލިފުޅު ޓެކްސީގައި އަންނަނީ ކިހާބާރުމިނެއްގައިތޯ ހަސާނާއަށް ވަގުތައް ސައިކަލް ހުއްޓޭތޯ މީއެމީހުން ދަންނަކަމެއްނުން. އެފަޅި ސިކުންތުގައި އެކްސިޑެންޓެއް އެވޮއިޑް ކުރަން ވާންޖެހޭ ހުރިހާ ގުރުބާނީއެއް ވާންޖެހޭނީ ވެހިކަލް ދުއްވާމީހާ. އެންނޫނީ އެމީހާ ހުންނާނީ ފުލުންގެ ބެލުމުގެދަށުގައި
އުބުންޓޯ
13 April 2023
ހުރިހާ ދިމާލެއްގައިވެސް މޮނީޓަރިން ނިޒާމު އޮތީ ފެއިލްވެފަ. ފޯރިމަަރަން ތިބޭ ފުލުހުން ތިބެނީ ފޯނާ ކުޅެކުޅެ. އެސީރިއަސް އެސްމާޓް ކަމެއް ނުކެރޭ. މަގުންދާ ރައްޓެހިންނަށް ހިނިގަޑުޖަހާ، ބައެއްފަހަރު އޮލަވާހަކައިގަ. ކުރީގަ މީހުން ކުރަމުންއައި ގަދަރުގެ ކަންފުޅެއްވެސް މިހާރަކުނެތް. ދެން ދުއްވާމީހުން ކޮން ބެލުމެއް ބަލާނީ.
ބައްޕީލެހެރީ
13 April 2023
ދެމެހެއްޓެނިވިގޮތަކަށް ޓްރެފިކް ނުބެލެހެއްޓޭތީ މައްސަލައަކީ. ނުގަވާއިދުފަޅިން ދުންޖަހާފާ މީހަކު ދިޔަސް ފުލުހުންތިބެނީ ލަދުވެތިވެފަ ބަލަން. ޕާޓޭއެއްހެން ހީވާތީ ނުކެރެނީ. ބިރުގަންނަނީ. އެހާލުގައި ގައުމުއޮތީ. އެމީހުންދެކެ އެންމެން ބިރުން. އެމީހުން އެއްޗެކޭ ބުނެފިއްޔާ އާދެ މަސާހިބާ. އެމީހުންނަށް އެމީހުންގެ ލެވެލް އަކީ ކޮބައިކަން އަންގަން ނުކެރޭ. ކުށެއްކުރާއިރަށް ސައްޕެއްޖަހާފަ ޖަލަށް ލާނަމަ ނުކެރޭނެ އެކަކަށްވެސް ފާޑުފާޑަކަށް އުޅޭކަށެއް.
ސަލީމު އިދުރީސް
13 April 2023
މަރުހަބާ ރާއްޖެއައް ލިބުނު ހުރިހާ ފައިސާ ތިތަނައް ތަޅައިގެން ސިގަފޫރައް ހެދުން ކަމުގެ ފުރިހަމަ ހެއްކެއް! އަދިވެސް ގޮވާއް ތަރައްގީކުރެވޭނީ އެއްމެން އެއްތަނަކައް އަޅައިގެންނޭ! އިހައްދުވަހާ ޖެހޭދެން ވަލުގައުޅެގޮތައް އުޅުނުގަބޭލާއެއް ފުލެޓުހަދާފަ އެއްތަނަކައް އެޅިއަސް ތަރައްގީނުވާނެ އޭގެބަދަލުގަ ލިބޭނީ ނިކަމެތިކަން!
ގުދުގުދުލީބެއްޔާގެ ތެދުބަސް
13 April 2023
ރޯދަމަހަސް ރޯދަމަސްނޫނަސް މަގުމަތީގާ އެންމެ ބޮޑީ ޖީއެންކަތީބުންގެ ނުފޮރުއްޕާން.