ހުޅުމާލެ 2 ގެ މަގުމަތީގައި ވެހިކަލް ދުއްވަނީ: ހުޅުމާލޭގައި މިއަދު ހިނގި އިތުރު އެކްސިޑެންޓެއްގައި މީހަކު ވަނީ މަރުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
03 އެޕްރީލް 2023 - 11:05
ހުޅުމާލޭގައި މިއަދު ހިނގި އިތުރު އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ، ހެނދުނު 10 ޖަހަން އުޅެނިކޮށް، ހުޅުމާލެ 2 ގެ އެމްޕީއެލް ފްލެޓްތައް ކައިރިން ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި މަރުވީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.
"މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެނައިރު ވެސް މަރުވެފައިވާ ކަމަށެވެ.
ރޭ ދަންވަރު ހުޅުމާލޭގައި ހިނގި އެހެން އެކްސިޑެންޓެއްގައި ދެ މީހަކަށް ވެސް ވަނީ އަނިޔާވެފަ އެވެ. ދެ ސައިކަލް ޖެހި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ ފިރިހެނަކާއި 56 އަހަރު ފިރިހެނަކަށެވެ. އެތަނުން ދޮށީ މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް ފުލުހުން މިއަދު ބުންޏެވެ.
އަނިޔާވި ދެ މީހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
އެ އެކްސިޑެންޓް ހިނގީ ހުޅުމާލެ 2 ގައި ފްލެޓް ހަދަމުން އަންނަ އިންޑިއާގެ ކުންފުނި ޖޭއެމްސީ ސައިޓާ ކައިރީގައި، ރޭ ދަންވަރު 1:20 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާ ބަބުކެޔޮ
04 April 2023
އާބަންކޯގެ ޗެއާމަން އުޅެނީ ގުރައިދޫ ދާއިރާ ގޮނޑި އެމްޑީޕީއަށް ހޯދައިދޭން ކެމްޕޭން މެނޭޖަރަކަށް. ހުޅުމާލޭގެ ފޭސް 2 ގެ ގިނަ މަގުތައް ހުރީ ރަގަޅަށް ނުދިއްލާ. ކިރިޔާ ވެހިކަލަކަށް ދެވޭ ވަރުގެ މަގުތަކުގައި ކާރު ޕާކުކޮށްފަ ހުރީމާ، ސައިކަލުތައް ވެސް ދުއްވަން ޖެހެނީ އަނެއް ލޭނުން އަނެއް ކޮޅަށް ދާ އެއްޗެހީގަ ޖެހޭ ނުޖެހޭ ހިސާބުން. ނުރައްކާ ކަމެއް. ޕާކުކުރަން ނުޖެހޭ ތަންތާ ޕާކުކޮށްފަ ވެހިކަލްތައް ހުރީ. ގިނަ މަގުތަކެއްގަ ހިގާ މީހުންނަށް ދުވާރެއް ނުހުރޭ
ގާބުރި
03 April 2023
މިރޯދަމަހު ބުރުތެޅުން ހުއްޓުވަބަލަ ޓްރެފިފިކް ފުލޯ ދާނީ ކުރިއަށް
ޑެޓް
03 April 2023
ހީވާގޮތުން އެކްސިޑެންޓުގައި ބޮލަށް ގެންލުންވެފައިވަނީ. ޙިތަށް އަރަނީ ހެލްމެޓު އަޅާފަ ހުރިނަމައޭ. ދެން ހިތައް އަންނަނީ މިރާއްޖޭގައި ހެލްމެޓުއެޅުމަކީވެސް ކުއްވެރިވާ ކަމެކޭ ހައިވޭ ނޫން މަގުތަކުގައި.
ވަރަށް ހާޑު އިނގޭތޯ
03 April 2023
ކަމެއް ދިމާވުމުގ ކުރިން ޕޮލިހުން އަޅައެއް ނުލާނެ. މަށަށް 15 މިނެޓަށް ތިތަނަށް އަރާލެވޭއިރުވެސް އެތަށް ޓްރެފިކް ވަޔޮލޭޝަން ފެނޭ. ފުލުހުން ކުރިމަތީ ބާރަށް ދުއްވާއިރު ވެސް ހިފައްޓާނީ ޖހިގެން މަޑުން ދުއްވޤފަ އަންނަށް ވެހިކަލް
މުސްކުޅިޔާ
03 April 2023
ދިވެހި ފުލުހުންގެ ނުކުޅެދުންތެރި ކަން ނޫން ކަމެއް ތިކަމަކު ނެތް. މާލޭގެ މަގުމަތީގައި ދުއްވާހާ އުޅަދު ބަލާ ފާސްކޮށް ސްޓިކާ ރޯޑުވޯދިނެސް އިންސޫރެންސް އަދި އަހަރީ ފީދެއްކިތޯ ޗެކްކޮށް ނުގަވައިދުގައި ހުރި އެއްޗެއްވެއްޖެއިޔާމުން ވަގުތުން ޓޯކްކޮށް ބަލަ. ޔަގީނުންވެސް މިހާރު މާލޭގއި ދުއްވާ އެއްޗެހީގެ ދެބައިކުޅެ އެއްބައި މަދުކުރެވޭނެ. ޓްރެފިކަށްވެސް ލުއިވާނެ.
ޙެހެހެ
03 April 2023
ކަލޭ ސައިކަލް ވެސް ހަމަ އެއް ނޫން
އެމްސް
04 April 2023
މިޤައުމަށް ގިނަވެފަ ތިބި ބިދޭސީން ބޭރުކޮށްލެވުނަސް ވަރަށް ބޮޑު ޙައްލެއް ޓްރެފިކަށް ލިބޭނެ!
ވިސްނާ.
03 April 2023
މި ގައުމުގަ އެންމެ ބޮޑު އެއް ވަބާއަކީ ދެ ސައިކަލުގަ ބެސްޓް ފްރެންޑް ހެދިގެން އޮލަ ވާހަކައިގަ މަޑުމަޑުން ދުއްވަމުން ދިޔުން. މާފަންނުން ފޭސް 2 އަށް ވެސް ގޮސްދާނެ ވާހަކަ ނުހުއްޓާ. އޭގެ ހުރިހާ ގެއްލުމެއް ލިބެނީ މަގު ބްލޮކް ވެފަ އޮތީމަ އަނެއް ލޭނަށް އޯވާޓޭކް ކުރަން ޖެހޭ މީހާއަށް. ދެން އަނެއްކާ 5 ގަ ދުއްވާފަ ދާ މީހާ ވެސް ދަނީ ލޭން މެދުން. އަބަދުވެސް އަރިމައްޗަކުން ދުއްވާނަމަ ކުރިއަރާ މީހުންނަށް ވެސް ފަސޭހަ ވާނެ.
އެމްސް
03 April 2023
ޓްރެފިކް ފުލުހުންގެ ދައުރު އެމީހުނަށް އަދާ ނުކުރެވެންޏާ ތިޔަކަހަލަ ހުރިހާ ކަމެއްވެސް ދާނީ ހިނގަމުން!
ވިސްނާ 2
03 April 2023
ބަރާބަރު ކޮމެންޓެއް،
މޫޗީ/މީދޫ
03 April 2023
ހުރިހާވެސް މައްސަލައަކީ ކަންކަން ބަލާނެ ބަޔަކުނެތުމާއި ބާރު ސްޕީޑް.
ނޫޗީ
03 April 2023
މީހަކު ބަލަން ނެތަސް ސްޕީޑް ލިމިޓަށް ދުއްވިދާނެ،
އެމްސް
03 April 2023
ހަމައެކަނި ތަޙުޤީގު ކުރާ ބަޔެއްގޮތުގަ ޓްރެފިކް ފުލުހުން ތިބެގެނެއް ވާކަށް ނެތް! ޤަވާޢިދާއި ޚިލާފަށް ދުއްވާ މީހާ ހުއްޓުވާ ފިޔަވަޅު އަޅާނަމަ އެކްސިޑެންޓްވެސް މަދުކުރެވޭނެ! ހުރިހާ ސްޓިކާއެއް ހަމައަށް ހުރެފަ ލައިސަންސް އޮތަސް، ނުޤަވާޢިދުން ދުއްވިދާނެކަން ފުލުހުންނަށް ނުވިސްނެނީބާ؟
ހޭލާ
03 April 2023
ޤަވާޢިދާއި ޚިލާފަށް ދުއްވާ މީހާ ނުހުއްޓުވާ ފުލުހުން ގިނަފަހަރު ހިފަހައްޓާނީ ޤަވާޢިދަށް އުޅޭ މީހާ. ގޭންގް ކުދިން ހުުއްޓުވަބަލަ ކެރެންޏާ.
ޙިމްނާ
03 April 2023
ހުޅުމާލޭ ގެ މަގުތައް ހީވަނީ ރޭސްޖަހާ މަގު ތަކެއް ހެންނެވެ.ބުރިޖްއަށް އަރަންދާ ނޮޮރޮޅުމަގު، އަމިންއެވެނިއު މަގު. މަ
މަޒްނާ
03 April 2023
އެކްސިޑެންޓް ވީ އެޗްޑީސީގެ ބޮޑު ޕިކަޕެއް.
އެމްސް
03 April 2023
އަނެއްކާ ދުއްވަން އިނީ ބަންގްލަދޭޝްގެ ވަގު ލައިސަންސް އެއް މިޤައުމަށް ކޮންވާޓްކޮށްގެން އުޅޭ ބޮންދެއްބާ؟ ރާއްޖޭގަ އުޅޭ ގިނަ ބަންގްލަދޭޝް މީހުންގެ ޑްރައިވިން ލައިސަންސް އެމީހުންގެ އައިޑީ/ޕާސްޕޯޓާއި ދިމަލެއްވެސް ނުވާނެ! ރާއްޖޭގަ ކޮންމެ ޕާސްޕޯޓަކާއި އެކު ޕާސްޕޯޓް ނަމްބަރު ބަދަލުވިޔަސް ކައިރީގަ މިހިރަ ޤައުމުތަކަކު އެހެނެއް އެކަމެއް ނޯވޭ! ރާއްޖެ އަންނަން، ޢުމުރުމަތިކޮށް ޕާސްޕޯޓް ހައްދައިގެން އުޅޭ ބަންގްލަދޭޝް ގިނަމީހުންގެ އުފަންދުވަހަކީވެސް 1 ޖަނަވަރީ!