އަންހެން ވެއިޓަރުގެ ހުނަރު ދައްކައިދޭ ވީޑިއޯގެ މަންޒަރުތަކެއް
20 އެޕްރީލް 2023 - 07:39
ރެސްޓޯރެއްގެ ތެރޭގައި އަންހެން ވެއިޓަރަކު، އޭނާ އަށް ފުރައްސާރަކުރި ދެ ފިރިހެނުންނަށް ހަމަލާދީ މައިތިރިކޮށްލި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ވައިރަލްވެއްޖެ އެވެ.
ޓްވިޓާގައި ދައުރުވަމުން ދާ ވީޑިއޯގައި މާޝަލް އާޓްގެ ހުނަރު ދައްކާލި އަންހެން ވެއިޓަރަށް އަންނަނީ ގިނަބައެއްގެ ތައުރީފު ލިބެމުންނެވެ. އަދި ގިނަބަޔަކު އޭނާ ސިފަކުރަނީ "އަންހެން ބްރޫސް ލީ" ގެ ގޮތުގަ އެވެ.
Female Bruce Lee 💪💪 pic.twitter.com/Fg3Ben0IpQ
— CCTV IDIOTS (@cctvidiots) April 15, 2023
ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އެ ވީޑިއޯ އަކީ 2020 ވަނަ އަހަރުގެ ވީޑިއޯއެކެވެ. އެ ވީޑިއޯ މިހާރު ވައިރަލްވެ މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ އެ ބަލައިފަ އެވެ.
މި ވީޑިއޯ ބަލާފައި ވެއިޓަރަށް މީހުން ތައުރީފް ކުރާއިރު އަނެއް ބަޔަކު ބުނަނީ އެއީ އަސްލެއް ކަމަށް ނުބެލެވޭ ކަމަށާއި އެއީ ކުޅެފައިވާ މަންޒަރެއް ކަމަށް ބެލެވޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުއްބާ
25 April 2023
ކޮބާ ފިރިހެނުންގެ ހައްގުތައް؟ ފިރިހެރަކު އެއްޗެކޭ ބުނެލާއިރައް ކޮންމެ އަންހެނަކު ބުރުސްލީއައް ވެއްޖެއާ ކޮބާސަލާމަތެއް؟؟؟!.....
ބުރުސްލާންވީ
21 April 2023
މިގައުމުގެ ހުރިހާ އަންހެނުންވެސް މާޝަލް އާޓްސް ދަސްކުރީމަ ގެވެށި އަނިޔާގެ ޝިކާރައަކަށްވާކަށް ނުޖެހޭނެ.
ކިމްލީ
20 April 2023
ފޭކެއް. ޕްރީޕޮލޭންޑް.