ސްޓީލް ހާޑްވެއާގެ އެމްޑީ އަލީ ފައުޒީ ގޯލްޑް 100 އެވޯޑާއި ހަވާލުވެލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
17 މެއި 2023 - 12:00
ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ކުންފުންޏަށް ދޭ އެވޯޑު، "ގޯލްޑް 100" ސްޓީލް ހާޑްވެއާއަށް ލިބިއްޖެ އެވެ.
އެ ކުންފުންޏަށް މި އެވޯޑު ދިނީ ރޭ ކްރޮސްރޯޑްސްގައި ބޭއްވި "ގޯލްޑް 100" ގާލާ ނައިޓުގަ އެވެ. ސްޓީލް ހާޑްވެއާގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ފައުޒީ އެވެ.
ސްޓީލް ހާޑްވެއާ އަކީ ހާޑްވެއާ އާއި ކޮންސްޓްރަކްޝަން މެޓީރިއަލްސް ރާއްޖެ އެތެރެކޮށް ވިއްކާ ކުންފުންޏެކެވެ.
"ގޯލްޑް 100" އެވޯޑު ސްޓީލް ހާޑްވެއާއަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.
ރޭގެ ހަފްލާގައި، ސްޓީލް ހަޑްވެއާގެ އެމްޑީ އަލީ ފައުޒީ (ވ) އާއި ނައިބު ރައީސް ފައިސަލް ނަސީމް. -- ފޮޓޯ: ރައީސް އޮފީސް
ސްޓީލް ހާޑްވެއާ އަކީ ކޮންސްޓްރަކްޝަނާއި ހާޑްވެއާގެ ދާއިރާގައި މަޝްހޫރު އެކި ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ތަނުން ވިއްކާ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި "ޝެރާ" ފައިބަ ސިމެންތި ބޯޑާއި، "ނަގޯޔާ" ބެޓެރި އާއި "އާރް އާރް ކޭބަލް" އާއި "ޗިޔޯޑާ" ބޮކި ހިމެނެ އެވެ.
ސްޓީލް ހާޑްވެއާގެ ފޭސްބުކް ޕޯސްޓެއް.
ސްޓީލް ހާޑްވެއާގެ އެމްޑީ އަލީ ފައުޒީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ކޮލެޓީ ރަނގަޅު ޕްރޮޑަކްޓުތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ. އަދި އާ ބްރޭންޑުތަކާއި ޕްރޮޑަކްޓުތައް ގެނައުމުގައި ސަސްޓެއިނަބަލް، ތިމާވެއްޓާ ވީހާ ވެސް ރައްޓެހި ޕްރޮޑަކްޓުތަކެއް ރާއްޖޭގެ މާކެޓަށް ތައާރަފްކުރުމަށް މަސައްކަތް ކުރާ ކަމަށް ވެސް ބުންޏެވެ.
ސްޓީލް ހާޑްވެއާ ހުޅުވީ 2005 ވަނަ އަހަރު އެވެ.
"ގޯލްޑް 100" އަކީ އެވޯޑަށް ކުރިމަތިލާ ކުންފުނިތައް ސްކްރީންކުރުމަށް ފަހު، ރާއްޖޭގައި އެންމެ ފާހަގަކުރެވޭ 100 ކުންފުންޏަކަށް ދޭ އެވޯޑެކެވެ. މިއީ މި އެވޯޑު ދިން ހަތް ވަނަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy