ދިވެހި ސަރުކާރުގެ ތެރޭގައި އޮތް ކަމަށް ބުނާ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ތައްޔާރުކުރި ޑޮކިއުމެންޓްރީން ނަގާފައިވާ ސްކްރީންޝޮޓެއް.
25 ޖެނުއަރީ 2017 - 15:46
ރާއްޖޭގައި ކޮރަޕްޝަން ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ކޮރަޕްޝަންގެ ހާލަތު ވަޒަންކުރާ ބައިނަލްއަގުވާމީ ދިރާސާ އިން ދައްކައިފި އެވެ.
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގެ މިދިޔަ އަހަރުގެ އަދަދު މިއަދު ނެރެފައި ވާއިރު، 36ގެ ސްކޯއެއް ލިބިގެން ރާއްޖެ ދަރަޖަކޮށްފައި ވަނީ މި އިންޑެކްސްގައި ހިމަނާފައިވާ 176 ގައުމުގެ ތެރެއިން 95 ވަނައިގަ އެވެ.
މި އިންޑެކްސްގެ މިންގަނޑަށް ބަލާއިރު އެއީ ކޮރަޕްޝަން ވަރަށް ބޮޑަށް ފެތުރިފައިވާ ގައުމުތަކަށް ލިބޭ ސްކޯ އެކެވެ. އެ ސްކޯ ލިބުނު އެހެން ގައުމުތަކުގެ ތެރޭގައި އަވަށްޓެރި ސްރީ ލަންކާގެ އިތުރުން ދެން ހިމެނެނީ އެފްރިކާ އާއި ސެންޓްރަލް އެމެރިކާގެ ގައުމުތައް ކަމަށްވާ ބެނިން އާއި އެލް ސެލްވަޑޯ އާއި އާޖެންޓީނާ އަދި ކޮސޯވޯ އެވެ. އެއާ ގާތްކުރާ ސްކޯތައް ލިބުނީ ވެސް އެންމެ ހަމަނުޖެހުން ބޮޑު އޭޝިއާ އަދި އެފްރިކާގެ ގައުމުތަކެވެ.
އެކަމަކު، ދެކުނު އޭޝިއާގެ އެހެން ގިނަ ގައުމުތަކަށް ވުރެ ރާއްޖޭގެ ހާލަތު ރަނގަޅެވެ. އެ ގޮތުން، އެއް ހަމައެއްގައި ދަރަޖަކޮށްފައިވާ ރާއްޖެ އާއި ލަންކާ އޮތީ، މި ސަރަހައްދުގައި ކޮރަޕްޝަންގެ މައްސަލަ އެންމެ ކުޑަ ދެ ގައުމު ކަމަށްވާ ބޫޓާން (65ގެ ސްކޯ އަކާ އެކު 27 ވަނައިގައި) އަދި އިންޑިއާ (40ގެ ސްކޯ އަކާ އެކު 79 ވަނައިގައި) އަށް ފަހު އެވެ. ދެކުނު އޭޝިއާގައި ކޮރަޕްޝަންގެ މައްސަލަ އެންމެ ބޮޑީ އަފްގާނިސްތާން (15ގެ ސްކޯ އަކާ އެކު 169 ވަނައިގައި) އާއި 29ގެ ސްކޯ އަކާ އެކު 131 ވަނައިގައި އޮތް ނޭޕާލުގަ އެވެ. ތިރީސް ދޭއްގެ ސްކޯ އަކާ އެކު 116 ވަނައިގައި އޮތް ޕާކިސްތާނުގެ ހާލަތު ވެސް ވަކި ރަނގަޅެއް ނޫނެވެ.
ސީޕީއައިގެ މިދިޔަ އަހަރުގެ އަދަދުގެ ހުލާސާ.
މުޅި ދެކުނު އޭޝިއާގައި ކޮރަޕްޝަން ވަރަށް ބޮޑަށް ފެތުރިފައި ވިޔަސް، މި ސަރަހައްދުގެ ހުރިހާ ގައުމަކުންހެން ވަނީ ކުރީގެ އަހަރުތަކަށް ވުރެ ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެކަމަކު، ރާއްޖެއާ ގުޅޭ ގޮތުން ލިބެން ހުރި މައުލޫމާތު މަދުކަމުން މީގެ ކުރީގެ އިންޑެކްސްތަކުގައި ރާއްޖެ ހިމަނާފައި ނުވާތީ، ރާއްޖޭގެ ހާލަތަށް އައި ބަދަލެއް އެނގޭކަށް ނެތެވެ.
ސީޕީއައި އެކުލަވާލަނީ ވޯލްޑް ބޭންކާއި ފްރީޑަމް ހައުސް އާއި އެ ނޫން ވެސް އެ ފަދަ ބައިނަލްއަގުވާމީ 12 އިދާރާއަކުން ހަދާ 13 ދިރާސާ އަކަށް ބިނާކޮށެވެ. މި އިންޑެކްސްގައި ގައުމެއް ހިމަނަނީ، އޭގެ ތެރޭން މަދުވެގެން ތިން ދިރާސާ އަކުން އެ ގައުމަކާ ބެހޭ މައުލޫމާތު ލިބޭ ނަމަ އެވެ.
ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަ ވަރަށް ބޮޑު ކަމަށް ދެއްކިއިރު، ރާއްޖޭގެ ތާރީހުގައި ހިންގި ހިޔާނާތުގެ އެންމެ ބޮޑު މައްސަލައިގެ ބައެއް ތަހުގީގުތައް ނިންމައި މިދިޔަ އަހަރު ވަނީ ޝަރީއަތްތައް ވެސް ހިންގައިފަ އެވެ. އެ ގޮތުން، ރަށްރަށާއި ފަޅުތައް ވިއްކައިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ) އަށް ލިބުނު ފައިސާގެ ތެރެއިން 79 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަގަށް ނެގުމާ ގުޅުންހުރި ބައެއް މައްސަލަތަކުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ވަނީ ޖަލަށް ލައިފަ އެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އާއްމުވެފައިވާ ކަމަށް ބުނެ، އަލް ޖަޒީރާ އިން ވަނީ ތަހުގީގީ ރިޕޯޓެއް ވެސް ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަހުގީގު
26 January 2017
ތަހުގީގު ހިންގައިފި. މީހުނަށް ހުކުމްކޮށްފި. އެކުން ލާރިކޮޅުކޮބާ؟ ލާރި ވަނީ ކޮންތާކަށް. އެއީ ރައްޔިތުންގެ ފައިސާ. އެއަށްވީގޮތް، އެންމެފަހުން އެވަދެފައިވާތަން އަހަރެމެން ރައްޔިތުންނަށް އެނގެންޖެހޭ. ފައިސާއަކީ ކެވޭއެއްޗެއްނޫން. މިހާރު އެފައިސާވީތަން އެނގެންބޭނުން.
ފުވައްމުލަކު މީހާ.
26 January 2017
ބޭރުގެ ޖަމާއަތްތަކުން ނެރޭނީ އެފަރާތްތަކަށް ފޯރުކޮށްދޭ މަޢުލޫމާތު. ރޢްޖެއިން ގަބޫލްކުރަންވާނީ އޭ ސީ ސީ އިން އަހަރުތަކާ އަޅާކިޔާ ރިޕޯރޓް
ކޮރަޕްޝަން
26 January 2017
ހުރިހަ ތަނެއްގައި ހުރިހާ އިރަކުވެސް ކަރަޕްޝަން ނުވަތަ ފަސާދަ އޮވެއެވެ. އެކަމަކު ތަފާތު ދަރަޖައިގައެވެ. ރާއްޖެވެސް މިއިން އިސްތިސްނާނުވެއެވެ. އެންމެ ސާފުތާހިރުކަމަށް ބެލެވޭ ގައުމުތަކުގައިވެސް އޮވެއެވެ. އެކަމަކު ތި ދިރާސާ ކަމަކު ނުދެއެވެ. އެއީ ރާއްޖޭގެ ހާލަތު ރަނގަޅަށް އޮޅުން ނުފިލަނީ އެވެ. އެހެން ނޫންނަމަ މި ދައުރުގައި ރަންވަނަ ރާއްޖެއަށް ލިބޭނެއެވެ. ވެރިޔާ ބުނީ އެއީ އިންސާނީ ޠަބީޢަތެވެ. އެކަމަކު އެއީ އިންސާނީ ފިޠްރަތެއްނޫންކަން ވެރިޔާއަށް ނެއެނގުނެވެ.
ހިލަރީ
26 January 2017
ރާއްޖޭގައި ނެތް ކޮރަޕްޝަން އެއް. ތަބީއީ ބައްޔެއް ފެތުރޭތީ އުލެނީ!
ބބސނ
26 January 2017
ވެރިކަމުގަ ހުރީ ކާކުތޯ ބަލާބަލަ ކުރިންވެސް އަހަރެމެންނައް އެނގޭ މިކަން އަދި މިކަމަކާ ހައިރާނެއްވެސް ނުވޭ. ސަބަބު ވަރައް ސާފް ދެއްތޮ...
ޗެކްމާރކް
25 January 2017
ރާއްޖޭގައި ކޮރަޕްޝަން ގަދައަށް އޮތް ކަމަށް މަމެން ވެސް އެއްބަސް ވަން ސްޕެޝަލީ ސަރުކާރުގެ ކުންފުނި ތަކުގައި. އެމެން ލަންކާ ކޮންޓްރެކްޓަރުންނަށް މަސައްކަތް ދެނީ އެއީ ވެސް ކަޓް ކާން ވެގެން ކަން އެއީ ވެސް މަމެން ވެސް އަދި ތަމެން ވެސް ދަންނަކަމެއް ކަން އިނގެއޭ އެންމެންނަށް. ރާއްޖޭން ކޮރަޕްޝަން ފިލުވާލުމަށް ފަހު މަމެން އެޕް 8 ގެ ބޮކްސް ރޭހާއި ކުރިމަތިލާނީ. އިޓް ޑަޒުން މެޓަރ އިފް އައި ގޮޓް ޔުއަރ ޗެކް މާރކް ވީ އާރ ގޮނާ ޑިލީޓް ކޮރަޕްޝަން ފްރޮމް ދިސް ކަންޓްރީ. އިފް އައި ގޮޓް ޔުއަރ ޗެކްމާރކް، ޔުއަރ ޗެކް މާރކް، ޔުއަރ ޗެކް މާރކް، ވީއާރ ގޮނާ ޑިލީޓް ކޮރަޕްޝަން. ޑިލީޓް، ޑިލީޓް، ޑިލީޓް.. އައި އޭމް ޑައުން ހިއަރ ޓު ޑޫ އިޓް، ގިވް އިން ޔުއަރ ޗެކްމާރކް ޓު މީ..
ޑޯންޓް
25 January 2017
ކޮރަޕްޝަންގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑު ކަމަށް ދިރާސާ ދައްކާނަމަ އެއްގޮތަކަށް ވެސް އެއްވެސް ކުއްޖަކު ހާސްވާނެ ކަމެއް ނެތޭ އެމެންގެ ޑޮލަރު އަގު ބޮޑު ކުރި ވެރިކަމުގައޭ އެކަން އޮތީ ހައްދުން ނައްޓާފައި. މިހާރު މަމެން ޕިންކީން މިއުޅެނީ އެކަން ރަނގަޅު ކުރަން އޭ. ޑޯންޓް ސްޓޮޕް ޓްރައިންގް. އައި އޭމް ޓޯކިންގް އޮފް ކޮރަޕްޝަން ރިމޫވިންގް، ރިމޫވިންގް، ރިމޫވިންގް، ޑޯންޓް ސްޓޮޕް ޓްރައިންގް، ޓްރައިންގް، ޓްރައިންގް، އާއު، އާއު، އާއު..
ރަދުން
25 January 2017
ކަރަޕްސަން ކީމަ ހަޑިޔޭ ކިޔާބަލަ ސުހާނީ
މެންޓަލިސްޓް
25 January 2017
ޜާއްޖޭގައި މީހުން އުޅެންފެށުނީއްސުރެން ކޮރަޕްޝަންއަކީ އޮންނަކަމެށް ، އަނެއްހެން ބުނަނީނަމަ ކޮރަޕްޝަން އާއި ވައްކަމަކީ ޝަގާފީކަމެށް ...
ކޭޑީ
26 January 2017
އެކަމަކު މިވެރިކަމުގަ އިންތިހާ
އެއިންޓް
25 January 2017
ކޮރަޕްޝަންގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑު ކަމަށް ދިރާސާ ދައްކާ ނަމަ އެކަން ހުއްޓުވުމަށް ޓަކައި މަމެން ޕިންކީންގެ ސަރުކާރުން ދަނީ އޭސީސީ އާއި ގުޅިގެން ވަރަށް ރަނގަޅަށް އަދި ވަރަށް ސްމޫތް ކޮށް އެކަން ބައިނަލް އަގްވާމީ ސްޓޭންޑަރޑް ގައި އޮންނަ ގޮތަށް ކުރަމުންނެވެ. ވީ އެއިންޓް ނެވަރ ގެޓިން އިޓް ޓޮލެރޭޓެޑް. ޔޫ ލުކް ގުޑް އޭޒް ދަ ޑޭ ވީ ސްޓާރޓެޑް މޭކިންގް އިޓް ރައިޓް. ވީ އެއިންޓް ނެވަރ ގެޓިންގް އިޓް ޓޮލެރޭޓެޑް، ވީ އެއިންޓް ނެވަރ ގެޓިންގް ޓޮލެރޭޓެޑް.. ވީ އެއިންޓް ނެވަރ ގެޓިންގް އިޓް ޓޮލެރޭޓެޑް..
ގުލްޒާރު
26 January 2017
ބޭފުޅާ، އިނގިރޭސި ރަނގަޅަށް ނޭގެންޏާ އެބަހުން ކޮމެންޓު ނުކުރަންވީނު؟ ބޮލަށް ތުރާ...
ރަށަށްދޭ
26 January 2017
އޭއި "ގުލްޒާރު" ތަމެންނަށް ކީއް. ރަށަށް ދޭ ބަލަ ދޯ.