ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކުރުމަށް ފަހު އިންޑިއާގެ ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
01 ޖުލައި 2023 - 23:05
ސެމީ ފައިނަލްގެ ޕެނަލްޓީ ޝޫޓްއަުޓްގައި 4-2 އިން ލެބަނަންގެ މައްޗަށް ކުރި ހޯދައިގެން އިންޑިއާ އިން ވިދިވިދިގެން ނުވަވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ލެބަނަން އަކީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ވާދަކުރާ، ސާފް ސަރަހައްދުން ބޭރުގެ ދެ ޓީމުގެ ތެރެއިން ޓީމެކެވެ. ދެން ވާދަކުރާ ކުވެއިތު ވަނީ މިއަދު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ބަލިކޮށް ފައިނަލުން ޖާގަ ހޯދައިފަ އެވެ.
މިއީ ރެކޯޑް އަށް ފަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވާ އިންޑިއާ، މުބާރާތުގެ ފައިނަލަށް ހޮވުނު 13 ވަނަ ފަހަރެވެ. ފައިނަލް މެޗު އޮންނާނީ މި އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 7 ޖަހާއިރެވެ.
ޕެނަލްޓީ ޝޫޓައުޓަށް ލެބަނަން އިިން ވަނީ މެޗުގައި އެޓީމުގެ ގޯލު ބެލެހެއްޓި އެއް ނަމްބަރު ކީޕަރު މެހްދީ ހަލީލްގެ ބަދަލުގައި އަލީ ސަބީހް އަރުވައިފަ އެވެ.
އިންޑިއާގެ ފުރަތަމަ ޕެނަލްޓީ ކެޕްޓަން ސުނިލް ޗެތުރީ ކާމިޔާބު ކުރި ނަމަވެސް ލެބަނަންގެ ފުރަތަމަ ޕެނަލްޓީ ކެޕްޓަން ހަސަން މާތޫކް ފޮނުވާލުމުން ކީޕަރު ގުރުޕްރީތު ސިންގް ސާންޑޫ މަތަކުރި އެވެ. އޭގެ ފަހުން އިންޑިއާގެ އަންވަރު އަލީ އާއި މަހޭޝް ސިންގް ނޯރެމް އަދި އުދަންތަ ސިންގް ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ.
ލެބަނަންގެ ވަލީދު ޝޮއޫރު އާއި މުހައްމަދު ސަޑެކް ފޮނުވާލި ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް ހަލީލް ބަޑާ ފޮނުވާލި އެޓީމުގެ ހަތަރު ވަނަ ޕެނަލްޓީ ދިޔައީ ގޯލު މަތިން ބޭރަށެވެ.
އިންޑިއާ އާއި ލެބަނަން ވަނީ މި މަހުގެ ކުރީކޮޅު، އިންޑިއާގެ ބުބަނޭޝްވަރުގައި ބޭއްވި އިންޓަކޮންޓިނެންޓަލް ކަޕްގައި ވެސް ދެ ފަހަރު ވާދަ ކޮށްފަ އެވެ. އެ މުބާރާތުގެ ލީގު ބުރުގެ މެޗު ލަނޑެއް ނުޖެހި އެއްވަރު ވިއިރު އިންޑިއާ ވަނީ ފައިނަލްގައި 2-0 އިން މޮޅުވެ އެ މުބާރާތުގެ ފައިނަލްގައި ވާދަ ކޮށްފަ އެވެ.
އިންޑިއާ އިން ކުވެއިތާ ދެކޮޅަށް ކުޅުނު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެޓީމުގެ ހެޑް ކޯޗު އީގޯ ސްޓިމަކް އަށް ރަތްކާޑެއް ދެއްކުމާ ގުޅިގެން އޭނާ ވަނީ މި މެޗަށް ސަސްޕެންޑް ވެފަ އެވެ. އަދި މި މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީ އިން ސްޓިމަކްގެ މައްސަލަ ބެލުމަށް ފަހު ވަނީ އޭނާ ދެ މެޗަށް ސަސްޕެންޑް ކޮށް 500 ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފަ އެވެ. މި މެޗުގައި އިންޑިއާ އަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު މަހޭޝް ގޯލީ އެވެ.
ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ލެބަނަން އިން ވަނީ ފުލުފުލުގައި އިންޑިއާގެ ޑިފެންސަށް ޕްރެޝަރުކޮށް ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށްފަ އެވެ. އެޓީމުގެ ވަލީދު ޝޮއުރު ފޮނުވާލި ދެ ހަމަލާ ގޯލާ އަމާޒު ނުވި އިރު، ކެޕްޓަން ހަސަން މާތޫކް ތަނަވަސް ކޮށްދިން ފުރުސަތަކުން ޒެއިން އަލް އާބިދީން ފައްރާން ފޮނުވާލި ހަމަލާ ކީޕަރު ގުރުޕްރީތު ސިންގް ސާންޑޫ ވަނީ ދިފާއު ކޮށްފަ އެވެ. އަދި މާތޫކް ހިލޭޖެހުމަކުން ފޮނުވާލި ބޯޅައެއް ގުރުޕްރީތު ދިފާއު ކުރީ ސީދާ މަތީ ކަނަށް ވަންނަން ދަނިކޮށެވެ.
އިންޑިއާގެ ޕްރީތަމް ކޯޓަލް އާއި ސުބަސިޝް ބޯސް މި ހާފުގައި ބޮލުން ފޮނުވާލި ހަމަލާތައް ގޯލާ އަމާޒެއް ނުވި އެވެ.
ދެވަނަ ހާފުގައި ކުވެއިތުގެ މާތޫކް ތަނަވަސް ކޮށްދިން ފުރުސަތުތަކުގެ ބޭނުން އެޓީމުގެ ކުޅުންތެރިންނަށް އެންމެ ފުރިހަމައަށް ހިފިފައި ނުވާއިރު، އިންޑިއާ އިން ވަނީ މެޗުގެ ފަހު 10 މިނިޓު ތެރޭ ކުވެއިތުގެ ފަހަތަށް ޕްރެޝަރު ކޮށްފަ އެވެ. ގޯލާ އަމާޒުކޮށް އިންޑިއާ އަށް މާ ރަނގަޅު ހަމަލާއެއް ފޮނުވާ ނުލެވުނަސް، އެޓީމުން ނެގި ކޯނަރެއް ވަނީ ކުވެއިތުގެ ކުޅުންތެރިއެއް ބޮލުގައި ޖެހިފައި ގޯލުގެ ހުރަސް ދަނޑީގައި ޖެހިފަ އެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ މަތިން ގޯލަށް ވަންނަނިކޮށް ކީޕަރު މެހްދީ ހަލީލް ވަނީ ބޯޅަ ބޭރު ކޮށްލައިފަ އެވެ. އޭގެ ފަހުން އުދަންތަ ސިންގް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ޗެތުރީ މުޅިން ހުސްކޮށް ހުރެ ފޮނުވާލުމުން ދިޔައީ ގޯލު މަތިން ބޭރަށެވެ.
ފަހު 15 މިނިޓުގެ ކުޅުން ފަށައިގެން މާ ގިނައިރެއް ނުވެ ލެބަނަން އުފެއްދި ކައުންޓާ އެޓޭކެއްގައި އެޓީމުގެ ހަލީލް ބަޑާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން އުދަންތަ ސިންގް، ލެބަނަންގެ ދެ ކުޅުންތެރިން ބީޓް ކޮށްލާފައި އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ދިފާއު ކުރީ ކީޕަރު މެހްދީ ހަލީލް އެވެ. އަދި 120 ވަނަ މިނިޓުގައި ހުސްކޮށް އިންޑިއާގެ ލަލިއަންޒުއާލާ ޗަންގްޓޭ އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ވެސް ކީޕަރު މެހްދީ ހަލީލް ދިފާއު ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއްގަމުގެ އިބްރާހިމްދީ
02 July 2023
އެއްވެސް ނޫހަކުން ފާހަގަ ނުކުރާ ކަމެއް އެބައޮތް. މިމުބާރާތުގަ އިންސާފުކުރާ ރާއްޖޭގެ އޮފިޝަލުންގެ ވާހަކަ. ވަރަށްް ކޮލިޓީ ވަރަށް ރަނގަޅޭ ބުނެވޭނީ. ޙާއްސަކޮށް ރޭގެ މެޗުގަ ރެފްރީކަން ކުރި ރެފްރީ.
ރާއްޖެ
02 July 2023
ރެފްރީ ސިނާން އަދި އެސިސްޓެންޓް ރެފްރީ އަށް މަރުހަބާ.
ބައްސާމު ވިއްކާލާ
02 July 2023
ހިލޭ ޓްރާންސްފަރ އެއްގަ ނަމަވެސް ބައްސާމް އެބަޖެހޭ އިންޑިޔާ އެފްއޭއަށް ވިއްކާލަން. މިހާރު އެދާ ސްޕީޑުގަ އިންޑިޔާގެ ފުޓުބޯޅަ މައިތިރި ކުރެވޭނެ ހަމައެކަނި ގޮތަކީ އެއީ
ގަމާރު ދިވެހި މީހާ
02 July 2023
ތާއީދު!
ކީޕަރު އައްޔަ
03 July 2023
އިންޑިއާ ފުޓްބޯޅައަށް މިހާރު މިކުރާ "ހޭދަ" ކުރާނަމަ އެމީހުން ނުހުއްޓުވޭނެ!!!!
ހުސައިނުބެ
02 July 2023
މިހިރަ ފެންނަނީ ތަފާތު. އިންޑިޔާ މިހިރަ މިސްރާބު ޖަހަނީ އޭޝިޔާގެ ގަދަބާރުތަކާ ވާދަކުރުމަށް! އެމީހުން ސާބިތު އެހެރަ ކޮށްދެނީ އެމީހުން ފިޒިކަލީ އަދި މެންޓަލީ ގޮތުން ވެސް ތައްޔާރުކަން މިކަމަށް! އެކަމަކު ރާއްޖެ..... ؟
ޢިލްހާމް އަޙްމަދު
01 July 2023
މެޗް ފެށީ ލުބުނާން އިންޑިއާ މެޗް ނިމުނު އިރު ކުވޭތު އިންޑިއާ ވަޓް އިޒް ދިސް
ކުދުބެއްޔާ
03 July 2023
ފަހުން ކުވޭތު މެޗްގެ ހައިލައިޓްސް