11 ޖުލައި 2023 - 11:11
ބަދިގޭގައި އެންމެ ބޮޑު ޖާގައެއް އަބަދުވެސް ދޭން ޖެހޭ އެކައްޗަކީ ތަށިތައް ބަހައްޓާ ހަރެވެ. ގޭގައި ދެތިން މީހުން އުޅުނަސް، ބަދިގެ އަކީ ޖާގަ ކުޑަ ތަނަކަށް ވިޔަސް، ތަށިތައް ބަހައްޓާ ހަރަށް ބޮޑު ޖާގައެއް ހުސްކޮށްދޭން ޖެހެ އެވެ. އެހެންވެ ބަދިގޭގެ ތަނާއި ތަރުތީބު ގެއްލި، އުނދަގޫތަކާ ކުރިމަތިވެ އެވެ.
މާލޭގައި ޖާގަ ދަތި އެޕާޓްމަންޓާއި ގެތަކަށް ހާއްސަކޮށް، ބަދިގެ އާއި ގޭތެރޭގެ ޖާގަ ތަނަވަސްކޮށްދިނުމުގައި އެހީވެ، ގޭތެރެ އަކީ ހިތް ފަސޭހަ ތަރުތީބު ތަނަކަށް ހަދަން ސޮނީ ހޯމްއިން ގިނަ ޕްރޮޑަކްޓުތަކެއް ވަނީ ތައާރަފްކޮށްފަ އެވެ.
ޖާގަ ފުރިހަމައަށް ޔޫޓިލައިޒްކޮށް، ޖާގަ ދަތި ތަންތަނުގައި ވެސް ބޭނުން ކުރެވޭނެ ޑިޝް ރެކް އެއީ މީގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.
"ޖޯސޮފް ޖޯސޮފް" ބްރޭންޑުގެ މި ޑިޝް ރެކަކީ ބޭނުން ވެއްޖެ ނަމަ، އިތުރު ތަށި ބެހެއްޓުމަށް ދަމާލެވޭ ބައެއް ހިމަނާފައިވާ ބައެއް ހިމެނޭ އެއްޗެކެވެ. މިއީ ކުދި ތަންތަނުގައި ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް މި ޑިޝް ރެކުގައި ހިމަނާފައިވާ އެންމެ މުހިންމު ފީޗާ އެވެ.
މިއީ ބޭނުން ވަރަކަށް ކުޑަކޮށްލެވޭނެ ޑިޝް ރެކެއް. -- ފޮޓޯ: ސޮނީ ހޯމް
ދަމާލައިގެން އެކްސްޓެންޑު ކޮށްލެވޭ ފީޗާގެ ސަބަބުން، މި ޑިޝް ރެކުގެ ސައިޒު ޑަބަލްވެގެން ދެ އެވެ. ގިނަ ބަޔަކަށް ދައުވަތު ދީގެން ބާއްވާ ކެއުމެއް ނިންމާލުމަށް ފަހު، ބޭނުން ކުރި ހުރިހާ ތައްޓެއް ދޮވެ ނިންމާލުމަށް ފަހު ވެސް، އެ އެކްސްޕޭންޑަބަލްގެ ސަބަބުން ހުރިހާ ތައްޓެއް އެއްކޮށް ހިއްކަން ބެހެއްޓޭނެ އެވެ.
ކައުންޓަރު މަތީގައި ބެހެއްޓޭ ގޮތަށް ހުންނަ މި ރެކް ޑިޒައިންކޮށްފައި ވަނީ ސްމާޓް ވޯޓާ ޑްރެއިނޭޖް ސިސްޓަމަކާ އެކު އެވެ. އާއްމުކޮށް ކައުންޓަރުގައި ބަހައްޓާފައި ހުންނަ ޑިޝް ރެކުން ދިމާވާ، ފެން ހެދުމުގެ މައްސަލަ، މީގައި ކުރިމައްޗެއް ނުވާނެ އެވެ. އަދި މީގައި ތަށިތައް ބަހައްޓަން ފަރުމާކޮށްފައިވާ ގޮތުން، ތަށިތަކުގައި ހުންނަ ހުރިހާ ފެނެއް ރީތިކޮށް ހިކޭނެ އެވެ.
މިއީ ހުރިހާ ބައެއް ވަކިވަކިން ފަސޭހައިން ސާފުކޮށްލެވޭ ރެކެކެވެ. މިއީ ތަނުގެ ތަރުތީބުކަން ފުރިހަމަކޮށްދީ، ބަދިގެއަށް ވެސް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ އެއްޗެކެވެ.
ރީތި، ހިތްގައިމު ބަދިގެއަކަށް ބޭނުން ވަނީ މި ފަދަ ސްމާޓް ސޮލިއުޝަންތަކެއް ގެނެސްދޭ ތަކެއްޗެވެ. ޒަމާނާ ގުޅެނީ ވެސް، މި ފަދަ ޒަމާނީ ހައްލު ގެނެސްދޭ، ބަލައިލަން ރީތި، ތަނަށް ތަނަވަސްކަން ގެނެސްދޭ ޕްރޮޑަކްޓުތަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނޑީކޮޅު
12 July 2023
މިހާ ފުރިހަމަކޮށް ޑިޝް ރެކް އިސްތިހާރު ކުރި އިރު މީގެ އަގުވެސް ޖަހާލި ނަމަ ގަންނަން ބޭނުންވާ މީހަކަށް ކިހާ ފަސޭހަ ވީސް.
އައިމިނާ
11 July 2023
ހުމްމްމް. ވަރަށް ސަޅި. ދާނަން ތިޔަތަނަށް.