އެމްއާރްއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ފާރިސް މިއަދު ވަނީ ފޯމު ހުށަހަޅުއްވާފައި-- ފޮޓޯ: އެމްއާރުއެމް
27 ޖުލައި 2023 - 14:16
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އެ ޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް އެ ޕާޓީން ނުކުންނަވާ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީ އަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ އަންގާރަ ދުވަހު އެވެ. ސުންގަޑިއަކީ މިއަދުގެ ހަވީރު ހަތެރެކެވެ.
ޕްރައިމަރީގައި ވާދަކުރައްވަން މިހާތަނަށް ފޯމު ހުށަހެޅުއްވީ ފާރިސް އެކަންޏެވެ.
އެމްއާރުއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕްރައިމަރީ އަށް އެއް ބޭފުޅަކު ކުރިމަތިލައްވައިފި ނަމަ އެ ބޭފުޅަކު އޮޓަމެޓިކުން ހޮވޭނެ އެވެ.
ފާރިސްގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދަވާފައިވާ އެމްއާރްއެމްގެ ޕްރައިމަރީ އަށް ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް ބެލެވިފައި އޮތީ ވެސް ފާރިސް އެކަންޏެވެ. ޕްރައިމަރީއަށް ހުޅުވާލުމުގެ ކުރިން އޭނާ ވަނީ އިންތިހާބުގައި ވާދަކުރައްވަން ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް ވެސް ފައްޓަވައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމަށް އެމްޑީޕީގެ ދެ ވަނަ ދައުރަކަށް ކޯލިޝަން ހަދަން ވެސް އޮތީ ދައުވަތު ދީފަ އެވެ. ނަމަވެސް އެމްޑީޕީއާ އެކު ދެ ވަނަ ދައުރެއްގައި ކޯލިޝަން ނުހަދާނެ ކަން އެމްއާރުއެމުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ މަސައްކަތް އެ ޕާޓީން ކުރަމުން އަންނައިރު، ގާނޫނުގައި ބުނާ އަދަދު، 3،000 މެމްބަރުން ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އެމްއާރުއެމް އުވާލަން ނިންމައިފަ އެވެ. އެކަމަކު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ޕާޓީ އުވާލުމުގެ އެއްވެސް ކަމެއް ނުކުރަން އޮތީ އީސީގެ މައްޗަށް އޮތީ އަމުރުކޮށްފަ އެވެ. އެ ނިންމުން މުރާޖައާ ކުރަން އެ ކޮމިޝަނަށް ހުށަހެޅުމުން ވެސް ނިމުނީ ކޮމިޝަނާ ދެކޮޅަށެވެ.
ނަމަވެސް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ބާއްވާ އެއްވެސް ބައްދަލުވުމެއްގައި އެމްއާރުއެމް ބައިވެރިއެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްނިބޭ
29 July 2023
އައްބޭ އައް 2 ހާސް ހަމަނުވިޔަސް ހުއްދަ އޯކޭ ފުއާދު އައް. އައްނި ޕާޓީ އައް ހުއްދަ ދިންފަހުން ލިބުނު 500 އެއްކުރީމަ އިއްޔެ ކިރިޔަ ކިރިޔާ 3ހާސް ހަމަވީ
ފެހި
28 July 2023
ވެރިކަމާއިގެ ބޫތުކައިފަ
އަބްޑޫޅް +
28 July 2023
މީނަގެ ބައްޕަ ރައީސުކަމަށް ވާދަކުރީވެސް ވޯޓު ކަރުދާހުގަ އެންމެ ނަމެއް ޖަހައިގެން.
ރަދީފްއޮފިޝަލް
27 July 2023
މަށަށް މިހިރީ ލަދުން ހޭންވެސް ކުކެރިފަ. ވ. ވެދުން
ގެދާށޯމޮސް
27 July 2023
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ކޯޓަކުން ނިންމާ ގަވައިދަކަށް ކޮމިޝަނުން ޢަމަލުކުރަން މަޖުބޫރުނަމަ ކޮމިޝަނުން އިއުލާންކުރާ ނަތީޖާ ސައްހަވާނެ ގޮތެއްސްޕްރީމް ކޯޓުން ބަލައިގަންނަން ޖެހޭސަބަބެއްނެތެވެ. މިފަދަ ހާލަތެއްއޮތް ގައުމެއްގައި ޔާމިން ގެ ހުކުމަކީވެސް ބާތިލްޙުކުމެއްކަމަށް ސްޕްރީމްކޯޓުން ނިންމުމަކީ އެންމެ އެދެވޭ އިންސާފުކަމުގަ ގަބޫލުކުރެވެއެވެ.
ސާބަހޭ
27 July 2023
އަމިއްލަ މީހާ މިހާ ނިކަމެތި ކުރާ އެއްޗެއް ނޫން.
ޜޫޅާލާނަން
27 July 2023
ޢެމް އާރު އެމް އިން ފާރިޝް އެކަނި، ޕީޕީއެމް އިން ޔާމީން އެކަނި، ޖުމްހޫރީން ޤާސިމް އެކަނި، އެމް އެން ޕީ އިން ނާޒިމް އެކަނި، ޑިމޮކްރެޓްސް އިން އިލްޔާސް އެކަނި، މަ ގޯތިން މަ އެކަނި. ދެވަނަ މީހަކު ވާދަކޮއްފިއްޔާ ރޫޅާލާނަނަް.
ޢަރުތަ
27 July 2023
ނަންވާނީ ރ ޔާމީނު، ނެތްތަ އެހެން ޖޯކެއް.
1206
27 July 2023
އުމަރަށް ވީ ވަރުވެސް ނުވާނެ.
އޮނަރަބަލް އަފީފުއްދީން
27 July 2023
3 ހާސް ހަމަނުވޭ. 2018 ގައިވެސް ކޯލިޝަން ހެދިއިރު މިމީހުން އެދުނު ސަރުކާރުގެ 2/3 ބައި ނަގަން. ވެރިކަމަށް މޮޔަވެފަ ތިބިބަޔެއް