14 އޯގަސްޓް 2023 - 11:27
އިންޓަނޭޝަނަލް ބެވަރެޖަސް ކޮމްޕެނީ (އައިބީސީ)އިން އުފައްދާ ލައިފް ފެނަށް 20 އަހަރު ފުރިއްޖެ އެވެ.
މި ކުންފުނިން ކ. ހިންމަފުށީގައި ފެން ބަންދު ކުރާ ކާރުހާނާއެއް ގާއިމުކުރުމަށް ފަހު މި ފެން ބާޒާރަށް ނެރެ ވިއްކަން ފެށީ 2003 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 13 ވަނަ ދުވަހު އެވެ.
މި ފެނަށް 20 އަހަރު ފުރުމުގެ ގޮތުން މި އަހަރުގެ ތެރެއަށް ހާއްސަ ހަރަކާތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ހަރަކާތްތަކުގެ މައުލޫމާތުތައް ހިއްސާކުރަމުން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ފަސޭހައިން ބޯފެން ލިބޭނެ ގޮތް މަގުފަހިކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހުޅުވާފައިވާ ހެޕީމާކެޓުގެ ޑިސްޓްރިބިއުޝަން ސެންޓަރުތަކުން މެދުކެނޑުމެއް ނެތި އެކި ސައިޒުގެ ލައިފް ފެން ލިބޭނެ އެވެ.
ލައިފް ފެނުގެ 500މލ، 1500މލ، 1.5ލ އަދި 5ލ ގެ ފެން ފުޅި ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެޑްމުންޑޯ
14 August 2023
ތިހިންގާ ޚާއްސަ ހަރަކާތަކީ ފެން މިހާރަށްވުރެ އަގުހެޔޮކޮށް ވިއްކުން ކަމަށް ހަދާދީ
ދަންނަ ނުދަންނަ
14 August 2023
1500މލ އާއި 1.5ލ ގެ ތަފާތަކީ ކޮބާތޯ
ވަން
14 August 2023
މާލެ އާއި ލ އަތޮޅުގެ ތަފާތު