ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް ކުރިއަށް ދަނީ. އެ އެއާޕޯޓުގެ 50 ޕަސެންޓް ނިމިއްޖެ-- ފޮޓޯ: އާރްއޭސީއެލް
20 އޯގަސްޓް 2023 - 07:39
ހދ. ހަނިމާދޫ އެއާޕޯޓަށް ފޭބުމާ އެކު ވެސް ލޮލުގައި އަޅައިގަތީ އެ އެއާޕޯޓުގެ އެކި ސަރަހައްދުގައި އަވަދިނެތި އުޅުނު ލޭބަރުންނެވެ. ލޮރީތަކާއި ލޯޑަރުތަކާއި އެކްސްކެވޭޓަރުތައް އެއްކޮޅުން އަނެއް ކޮޅަށް ދުއްވާ މަންޒަރެވެ. މިއީ މީގެ 30 އަހަރު ކުރިން އެޅި ރާއްޖޭގެ އެންމެ ދުވަސްވީ އެއް އެއާޕޯޓުގެ މަންޒަރު ބަދަލުކޮށްލަން ސަރުކާރުން މިހާރު ކުރިއަށްދާ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތެވެ.
އެއާޕޯޓުގެ އާ ޕްރޮޖެކްޓާ އެކު 2.7 ކިލޯ މީޓަރުގެ ރަންވޭ އަކާއި 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ޓާމިނަލެއްގެ އިތުރުން ޖެޓް ފިއުލް ސްޓޯރޭޖެއް ވެސް ގާއިމް ކުރާނެ އެވެ.
އުތުރުގައި މި ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓު، ހަނިމާދޫ އެއާޕޯޓު ބޮޑު ކުރުމުގެ މަސައްކަތް އިއްޔެ ވަނީ ނޫސްވެރިންނަށް ދައްކާލައިފަ އެވެ. އެ ޕްރޮޖެކްޓްގެ މަސައްކަތުގެ ސްޕީޑު ޓައިމްލައިނަށް ވުރެ ވެސް އަވަހަށް ބައެއް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރީޖަނަލް އެއާޕޯޓްސްއިން ބުންޏެވެ.
ހަނިމާދޫ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލްގެ މަސައްކަތުގައި ލޭބަރުން. އެތަނުގެ 20 ޕަސެންޓް ވަނީ ނިމިފައި-- ފޮޓޯ: މިހާރު
މި ޕްރޮޖެކްޓް އިންޑިއާގެ ޖީއެމްސީ އާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ގަ އެވެ. އެ ޕްރޮޖެކްޓު ކުރިއަށް ގެންދާތާ 11 މަސްތެރޭ އޭގެ 50 ޕަސެންޓް މަސައްކަތް ވަނީ ނިންމާލައިފަ އެވެ. އަދި ރަންވޭގެ 60 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.
ޖޭއެމްސީގެ ފަރާތުން އެ ޕްރޮޖެކްޓްގެ ކަންކަމާ ހަވާލުވެ ހުންނެވި، ޕްރޮޖެކްޓް ޑައިރެކްޓަރު އިންދަރު ސިންގް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯ މީޓަރުގެ ރަންވޭ ހަދާ އިރު އޭގެ ތެރެއިން 1.2 ކިލޯ މީޓަރުގެ ރަންވޭގެ މަސައްކަތް ކުރިއަށް އޮތް 15 ދުވަސް ތެރޭ ނިމޭނެ ކަމަށެވެ.
- ޕްރޮޖެކްޓަށް އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރާނެ
- އެއާޕޯޓް ހެދުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ
- އޭ 320 އަދި ބޮއިން 737 ބޯޓު ޖެއްސޭނެ
ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ. އެ ރަންވޭގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި. އަންނަ މަހު ރަންވޭގެ ބައެއް ބޭނުން ކުރަން ފަށާނެ-- ފޮޓޯ: އާރްއޭސީއެލް
ހަނިމާދޫ އެއާޕޯޓުގެ އާ ޕްލޭންގެ ދަށުން ހަދާ ރަންވޭ ޑިޒައިން ކޮށްފައިވާ ގޮތުން، މިހާރު ބޭނުން ކުރާ ރަންވޭގެ މައްޗަށް އާ ރަންވޭގެ 600 މީޓަރުވަރު އަރަ އެވެ. އެހެންވެ، އެއާޕޯޓުގެ ހިދުމަތް މެދު ކަނޑާނުލައި ކުރިއަށް ގެންދިއުމުގެ ބޭނުމުގައި އަލަށް ހަދާ ރަންވޭގެ 1.4 ކިލޯ މީޓަރު ނިމުނުހާ އަވަހަށް، އެ ބައި ބޭނުން ކުރަން ފަށައި، މިހާރު އޮތް ރަންވޭ ބަންދުކުރާނެ އެވެ.
ރީޖަނަލް އެއާޕޯޓްސް ސީއޯއޯ އަހުމަދު އިބްރާހިމް ވިދާޅުވީ، ފުރަތަމަ މަސައްކަތް ފެށި އިރު ރަންވޭ ނިންމަން އެއާޕޯޓު ބަންދު ކުރުމުގެ ވިސްނުން ހުރި ކަމަށާއި އެހެން ނަމަވެސް ކައިރި ރިސޯޓުތަކާ ވާހަކަދެއްކުމަށް ފަހު އެ އެއާޕޯޓު ބަންދުނުކޮށް، ރަންވޭގެ މަސައްކަތް ނިންމާނެ ގޮތެއް ހޯދީ ކަމަށެވެ.
ޖީއެމްސީގެ ޕްރޮޖެކްޓް ޑައިރެކްޓަރު އިންދަރު ވިދާޅުވީ، އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ކުރިއަށް ދަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ނިންމަނީ އެ ރަންވޭގެ އުތުރާއި ދެކުނުގެ ސަރަހައްދު ކަމަށާއި، ރަންވޭގެ މެދަށްވާ ބައިގެ މަސައްކަތް ކުރާނީ އާ ރަންވޭގެ އެއް ބައި ބޭނުން ކުރަން ފެށުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ. ރަންވޭގެ ދެ ކޮޅުން އަންނަނީ މަސައްކަތްތައް ކުރަމުން-- ފޮޓޯ: މިހާރު
"ރަންވޭގެ 1.2 ކިލޯ މީޓަރުގެ ސަރަހައްދަކީ، ކުރިން ޖަންގައްޔެއް ހެން އޮތް ސަރަހައްދެއް. ބޮޑެތި ގަސްތައް ހުރި ސަރަހައްދެއް. އެ ހުރިހާ ސަރަހައްދުގެ ގަސްތައް ކެނޑުމަށްފަހު، މުޅި ސަރަހައްދު ކްލިއާ ކޮށްގެން މި މަސައްކަތް ފެށީ. މި ސަރަހައްދުގެ ޑީބީއެމް ލޭޔަރާ ހަމައަށް މަސައްކަތް ނިމިއްޖެ. ދެން އޮންނާނީ ތާރުގެ އިތުރު ދެ ލޭޔަރު. މި މަސައްކަތް އެންމެ ލަސްވެގެން ސެޕްޓެމްބަރު 10 އަށް ނިމޭނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާރު ބޭނުން ކުރާ ރަންވޭއިން އަލަށް ހަދާ ރަންވޭއަށް ނަގަނީ 600 މީޓަރުގެ ސަރަހައްދެއް ކަމަށާއި އެ މަސައްކަތް ވެސް މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އެއަށްފަހު ރަންވޭގެ ގްރީން ފީލްޑްގެ މަސައްކަތްތައް ފަށާނެ އެވެ.
ހަނިމާދޫ އެއާޕޯޓުގެ ބައެއް ކޮންސްޓްރަކްޝަން މަސައްކަތްތައް-- ފޮޓޯ: މިހާރު
އެ އެއާޕޯޓުގެ ހިދުމަތް ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ރޭގަނޑު 2:00 އަށް ބަންދު ކުރެ އެވެ. ކުރިން ދުވާލަކު ފަސް ފްލައިޓް ޖެއްސި ނަމަވެސް، މި ވަގުތު އެ އެއާޕޯޓަށް ޖައްސަނީ ދުވާލަކު ތިން ފްލައިޓެވެ. ބާކީ އަންނަ ފްލައިޓުތައް ވެސް ކުޅުދުއްފުއްޓަށް ވަނީ ޑައިވާޓްކޮށްފަ އެވެ.
"12 ގަޑިއިރު މަސައްކަތް މިކުރަނީ. އެެހެންވެ އެއީ ވެސް ޗެލެންޖެއް. އެހެން ނަމަވެސް މި ޕްރޮޖެކްޓް ނިންމާކަށް ޑެޑްލައިނަކަށް ބަދަލު ގެންނާކަށް ނުޖެހޭނެ،" އިބްރާހިމް ވިދާޅުވި އެވެ.
އަންނަ މަހު ހުޅުވާ އާ ރަންވޭގެ 1.4 ކިލޯ މީޓަރުގެ ސަރަހައްދު ހުޅުވާނީ ނައިޓް ލޭންޑިންއާ އެކު ކަމަށާއި، އެހެންވެ، އެ އެއާޕޯޓުގެ މިހާރުގެ އޮޕަރޭޝަނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަންވޭގެ އިތުރުން އަލަށް ހަދާ އޭޕްރަން ސަރަހައްދުގައި ބޮޑު ތިން އެއާކްރާފްޓާއި ޖެނެރަލް އެއާކްރާފްޓުގެ ފަސް އެއާކްރާފްޓަށް އެއް ފަހަރާ ޕާކު ކުރެވޭނެ އެވެ.
ހއ. ހަނިމާދޫ އެއާޕޯޓުގައި ހަދާ އާރްއޯ ޕްލާންޓާއި ޕަވަ ޕްލާންޓް އިމާރާތް. އެ އިމާރާތުގެ ބޮޑު ބައެއް ވަނީ ނިމިފައި-- ފޮޓޯ:އާރްއޭސީއެމް
- ރަންވޭ: 61 ޕަސެންޓް ނިމިފައި
- އެއާ ޓްރެފިކް ކޮންޓްރޯލް ބިލްޑިން: 42 ޕަސެންޓް ނިމިފައި
- އެސެންޝަލް ސާވިސް (އާރްއޯ އާއި ޕަވާ ޕްލާންޓް): 63 ޕަސެންޓް
- ކާގޯ ބިލްޑިން: 30 ޕަސެންޓް ނިމިފައި
- ގްރައުންޑް ސަޕޯޓު އިކުއިޕްމެންޓް: 50 ޕަސެންޓް ނިމިފައި
- ޕެސެންޖާ ޓާމިނަލް: 21 ޕަސެންޓް ނިމިފައި
އެ ޕްރޮޖެކްޓް އެހާ ބާރު ސްޕީޑެއްގައި ކުރިއަށް ދަނީ އެ މަސައްކަތުގައި ގިނަ އަދަދެއްގެ ލޭބަރުން ބޭނުން ކުރާތީ އެވެ. އަދި އެއް ފަހަރާ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާތީ އެވެ. އިންޑިއާގެ ޖީއެމްސީން އެ އެއާޕޯޓުގެ މަސައްކަތް ކުރަނީ 500 މުވައްޒަފުންނާ އެކު އެވެ. އަދި ޕްރޮޖެކްޓްގެ އެންމެ ޕީކަށް ދިއުމުން މަސައްކަތު މުވައްޒަފުންގެ އަދަދު 900 އަށް އަރާނެ ކަމަށް ޖޭއެމްސީން ބުންޏެވެ. މި ޕްރޮޖެކްޓް އަންނަ އަހަރުގެ އޮގަސްޓަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންކަލޯ
20 August 2023
އޭ 320 އަދި ބޮއިން 737 ޖެއްސޭނެ މިހާރު އޮތް ރަންވޭ ކުޑަ މަރާމާތެއް ކޮށްލައިގެން، ތިހާބޮޑު ހަރަދެއް ކޮށްގެން ހަދާއިރު ތިޔަށް ވުރެ ބޮޑެތި ބޯޓް ޖެއްސެންޖެހޭނެ. އެހެން ނޫނީ އަހަރަކު 1.3 މީހުނަށް ހިދުމަތެއް ނުދެވޭނެ. މާލެއަށް ހުރޮހާ އެއްޗެއް ޖެއްސޭއިރުވެސް މި ހިދުމަތް ދެވެނީ 1.5 މިލިޔަން މިޙޫނަށް.
ފޫހި
20 August 2023
ތިޔަހާ ބޮޑު ލޯނަކުން ތިޔަކުރަނީ ތިޔަވަރުގެ ކުޑަކަންކަން. އެމްޓީޑީސީ އާއި ޙަވާލުކޮށްގެންވެސް ތިޔަކަން މާރަނގަޅަށްވާނެ. މުހިންމު ލޮކޭޝަންތަކުގައި ހުންނަ ބިންތަކާއި އެއަރޕޯރޓްތައް ހަދާނެ ގާބިލްކަން އެމްޓީސީސީ ގަ ނެތީތަ؟ ނޫނީ ވަކި ގައުމަކަށް ހިބައިންތިޔަތަންތަން ދޭންރާވަނީތަ؟ ތިޔަ އެއަރޕޯޓުން ލޯނުދައްކާނިމުނަސް ތިޔަވެރިން ބާލާކަށް ލާހިކެއްނޫން.
ޢަލީ ކުރުސީ
20 August 2023
ފަސް ތަރީގެ ދޮލަނގު ޓެކްނޮލޮޖީ މަޝްރޫޢުދޯ؟ ރީޖަނަލް އެއަރޕޯޓް ކުދިންނަށް އަންގާފަ ދޯ އޮންނަނީ އެޕްރޫވްކުރަން، ނޫނީ މަޝްރޫޢަށް ހުރަސްއެޅުން ކަމަށޯ ބަލާނީ. ޕްރޮޖެކްޓް މެނޭޖްކުރަން ގެނައި ދިވެހި ސިވިލް އިންޖިނިއަރ ކެނޑިގެން ދާންޖެހުނީ ކީއްވެ؟
އަސްރަފަ
20 August 2023
އަދި 10 އަހަރު ނަގާނެ ތިތަން ނިންމަން
ފަހީމު
20 August 2023
ތިޔަތަން ހިންގަން ދިވެހިންނައް ލިބިދީފިނަމަ ދަރުމަހުރި . ހަނިމާދުގަ ތިޔަތަން ހެދީވެސް ވަކި މަގްސަދެއްގަ މިހިސާބުން ނިންމާލަން
ޔަގީނޭ
20 August 2023
ހަނިމާދޫ އެއާރޕޯރޓް ތިޔާ ހަދަނީ ބޮޑު ލޯނެއް އިންޑިއާ އިން ބޮޑު އިންޓަރެސްޓް ގައި ނަގައިގެން ތިޔާ އެއާރޕޯރޓް އިންޓަރނޭޝަނަލް ކުރި ނަމަވެސް އެއްވެސް ޑިމާންޑެއް ނެތުމުން އެއާރޕޯރޓް ހިންގައިގެން ކުޅަދާނަ އެއް ނޫނޭ ތިޔާ ލޯން ދައްކަން ދެން މިވެރިކަން ދެވަނަ ދައުރަކަށް ގޮސްފިނަމަ ލޯން ނުދެއްކިގެން ޖެހޭނީ އިންޑިއާ އަށް ހިބައިން ހަނިމާދޫ އެއާރޕޯރޓް ދޭން މިތަން ވެސް އަދި ރައްޔިތުންނަށް ފެނިގެންދާނެ ކަން މީ މަމެންނަށް އިރު ފެންނަ ފަދައިން ޔަގީން ކަމެކޭ...
އަފްރާސިޔާބު
20 August 2023
ކިތަށް ޕަސެންޓްގެ އިންޓަރެސްޓް ގައިތަ؟ ނޭގޭ ތީ އަހާލީ! އަހަރެމެންގެ ގައުމުގައި ލޯން ނުނަގައި ހިންގޭނޭ މީހުން ނެތީތަ؟
ޢެމެރިކާ
20 August 2023
އިންޑިޔާގެ މިލިޓަރީ ޕްލޭން
ލިލީ،
20 August 2023
މާ ސުލޯ 21 ވަނަ ގަރުނަކައް ނުފެތޭ
ނާބަ
20 August 2023
އެހެން ވީމަ ތިބުނަނީ މި5 ަހަރުން %50 އަދި އެއް ދައުރު ދޭށޭ ތަ މަމިޖުރީ އިބޫ ނޫންގޮތެއް
ހިޔާލީ
20 August 2023
ހަބަރު ކިޔައިފިންތަ؟ މި ޕްރޮޖެކްޓު ފެށިތާ އަދި މިވޭ އަހަރެއްވެސް. މުއިއްޒުގެ ފޭނުން ލިޔަންކިޔަން ދަސްކުރަންވީ ފުރަތަމަ
ދޮހޮއްތު
20 August 2023
ތިހިރަޖަހާލާފަ ހުރި ފަލަ ދަނގަޑެއް…