ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އަމިއްލަގޮތުން ރިޔާސީ ރޭހަށް ނުކުމެވަަޑައިގެންނެވި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން އާއި ރަނިންމޭޓަކަށް ކަނޑައަޅައިފައިވާ ޑރ. އަބްދުއްސައްތާރު ޔޫސުފް .-- ފޮޓޯ: ނިޝާން އަލީ | މިހާރު
20 ސެޕްޓެމްބަރ 2023 - 11:48
މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫން، ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރައްވަން ނިންމަވައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ނިންމުން އިއުލާނު ކުރެއްވުމަށް ފަހު ފާރިސް ވިދާޅުވީ، ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ނުލިބުމުގެ މާނަ އަކީ މުޅިން ފުރިހަމަ މެނިފެސްޓޯއެއް އެއްވެސް ކެންޑިޑޭޓަކަށް ނުދެއްކުން ކަމަށެވެ.
"އަޅުގަނޑުމެންނަކީ ލިބުނު ވޯޓުގެ އަދަދަށް ބަލާއިރު ވެސް އެގޮތުން މާ ތާއީދު ބޮޑު ބައެއް ކަމަކަށް އަޅުގަނޑުމެން ވެސް ނުދެކެން،" ފުރަތަމަ ބުރުގައި އެއް ޕަސެންޓު ލިބުނު ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ، އޭނާ ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމުން، އޭނާއަށް ވޯޓު ދިން ބަޔަކު އެގޮތަށް އަމަލުކުރާނެ ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.
ފުރަތަމަ ބުރުގައި 2،979 ލިބިވަޑައިގެންނެވި ފާރިސް ވަނީ މި ނިންމުން ނިންމުމުގެ ކުރިން، ދެ ވަނަ ބުރުގައި އޭނާގެ ޓީމުން ތާއީދުކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ކުރިން، އެ ކެންޑިޑޭޓަކަށް ވެރިކަން ލިބިއްޖެ ނަމަ ފުރިހަމަ ކުރައްވަން ޖެހޭ ކަންކަމުގެ ލިސްޓެއް އާންމު ކުރައްވައިފަ އެވެ. އެ ލިސްޓާ މެދު ދެ ކެންޑިޑޭޓުން ގޮތެއް ނިންމުމަށް އިތުރު ވަގުތު ވެސް ދީފައިވެ އެވެ.
ފާރިސް ވިދާޅުވީ، މި މަޝްވަރާތައް ވަރަށް ދިގުލައިގެން ދިޔަ ކަމަށާއި މަސައްކަތް ކުރަމުން ދިޔައީ ގައުމު އިސްލާހުކުރުމަށް ކުރަން ޖެހޭ މުހިންމު ކަންކަން އެ މެނިފެސްޓޯއަށް އިތުރުކުރުމަށް ކަމަށެވެ. ނަމަވެސް، ގައުމަށް ގެންނަން ޖެހޭ އިސްލާހުތަކަކީ މުޅި ސިސްޓަމަށް ގެންނަން ޖެހޭ އިސްލާހެއް ކަމަށް ވާއިރު، ބޮޑު ދެ ޕާޓީއިން އިންތިހާބުވާ ރައީސަކަށް ގެންނަން ދަތިވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ފާރިސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހެދި ފަދަ މެނިފެސްޓޯއެއް އެފަދަ ޕާޓީއެއްގެ ތެރެއިން އައުމަކީ ނާދިރު ކަމެއް، ހަމައެއާއެކީގައި އަޅުގަނޑުމެން ގެންނަން މި ބޭނުންވާ އިސްލާހުތައް ވަކި ޕާޓީއަކުން ގެންނަން ދަތިވާނެ،" ފާރިސް ވިދާޅުވި އެވެ.
އެންމެ ގިނަ ވޯޓާ އެކު، މި މަހުގެ 30 ގައި ބާއްވާ ދެ ވަނަ ބުރުގެ ވޯޓުގައި ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާ އަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. އިބްރާހިމް މުހައްމަދު ސޯލިހަށް 86،161 ވޯޓެވެ.
ފާރިސް ވިދާޅުވީ, ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކޮށް, މަސައްކަތް ކުރައްވާނީ އަންނަ އަހަރު އޮތް މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ނެރެން ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން ނިންމަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމު ސަލާމަތް ކުރައްވާ
21 September 2023
އުންމީދު ކުރަނީ ފާރިސްގެ ހުރިހާ ސަޕޯޓަރުންވެސް ގައުމާ ދޭތެރޭ ފުންކޮން ވިސްނާ، މިގައުމާ ރައްޔިތުންގެ ޙައްގުގައި ޑރ.މުޢިއްޒަށް ތާއީދުކުރައްވާ 30 ވަނަ ދުވަހު މިގައުމު ސަލާމަތުގެ އައްސޭރިއަށް ގެންގޮސް ދެއްވުމުގައި އެހީތެރިވެ ދެއްވުން.
ގަންޛާ
21 September 2023
މަވެސް އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމައިފިން. އެވާހަކަ ވެސް ނޫހުގައި ޖަހަން ވީނު
ހެހހެހެހެހ
21 September 2023
ބާތިލާ ވާދަ ކުރާމީހުން މޮޅެތި ޝަރުތުތަކާއެކީ އައީމަ، މެންޓަލް މައްސަލައެއް ނެތް ބާވަޔޭ އެބަ ހިތަށް އަރާ. ބަޔަކު ތިމާ ވާހަކަ އަޑު ނޭހީމަ. ތިމަންނަ މިފަރު ނިއުޓްރަލް އޯ.
ޝަންކì
20 September 2023
މީ ވަރަށް މަވެތި ވެގެން އުޅޭމީހެއް. އިބޫ ކަޑައޭ ކިޔަނީވެސް ވޯޓެއް ލިބޭތޯ. ޕީޕީއެމުން ބޮޑު ފަޅިއެއް ނުދީގެން ބޮޑާހާކާލީ. މީކީ ރައްޔިތުންނަށް ހެވެއް އެދިގެން އުޅޭ މީހެއްް ކަމަކަށް ނުދެކެން
އިރުޝާދ
20 September 2023
ފާރިސަށް ތާއީދު ކުރެއްވި ބޭފުޅުން މޫދަށް އެރެން އެ އިރުޝާދުދެއްވީ
ކަރަމް
20 September 2023
އަޅުގަނޑަށް ހީވަނީ ޕީޕީއެމުން ފަޅިވަރެއް ދޭން އެއްބަސް ނުވީމަ ވަކި ކޮޅަކަށް ނުޖެހުނީހެން. އެވަރުގެ ބައެއްނޫން ތީކީ..
ފައިބުޑު
20 September 2023
ދެން އެކަމާ ދެރަނުވޭ. ފަރިވަޅު ސަލާމަތުން އެބަހުއްޓެއްނު؟ ކޮންމެ ރައްޔިތަކަށް ވެސް ލިބޭ މިނިވަންކަމެއް ބޭނުންކުރުން އެއީ އެހެން ބަޔަކު މޭކަރަން ޖެހޭ ކަމެއް ނޫން. އަހަރެމެން ކައިރީ ބަޔަކަށް ވަނީ ގޮތެއް ހުންނަ ތަހުޒީބު މީހުން.
ވަހީދުބެ
20 September 2023
މީނަ ޕީޕީއެމާ ބައްދަލުކޮށް ބުނީ ތިމަންނަގެ ސިޔާސަތުތައް ތަންފީޒު ކުރާނެ ގޮތުގެ ހިސާބު ޖަހައިދޭށޭ. އަނެއްކޮޅުން ހުރީ އަދުރޭ. ދެންވާނެގޮތް ވިސްނާ.
އަނދޭ
20 September 2023
އަދިވެސް ސަޕޯޓް ކުރެވެނީ ބައްޕާފުޅަށް ދެއްތޯ. ބަރާބަރު
ސިލްމާ ޒާހިރު
20 September 2023
މީނަ ހީކުރީ ޕީޕީއެމް އިން މީނަގެ ސަޕޯޓަރުންގެ ވޯޓު ބޭނުންވާނޭ. އަހަރުން ނޫޅެން ތީނަ ސަޕޯރޓްނުކޮށްގެނެއް. މުޢިއްޒުއަށް ތިޔަ އެއްވެސް ޕާރޓީއަކުން އެންމެ ވޯޓެއް ނުލިބުނަސް ހޮވޭނެ. ޕީޕީއެމް ޕީއެންސީ އަކީ ޑިމޮކްރަޓިކް ބައެއް. ދެން ތިބީ ހުސް އަނިޔާވެރިން.
ބަޑިތަކުރު
20 September 2023
2013 އިން 2018 އަށް އުޅުއްވީ ކޮންތާކުބާ؟ ތިޔަހެންކަމަށްވާނަމަ ރަދީފްގައި އަނިޔާއާއި އިންސާފުގެ މާނަ އޮތީ އޮޅިފައިހެން ހީވަނީ.
ބޮޑުވަރު
21 September 2023
ކަލޭމެން ތީ ހައްގު. ދެން އޮތީ މަންސޫހް ވެފަ އޮތް ޕާޓީތަށް.
ވަޠަނަށްޓަކާ ތައްޔާރު
21 September 2023
ސިލްމާ އަދި ތިހެން މުއިއްޒުއަށް މީހުން ލައްވާ ނަފްރަތު ކުރުވާ ސޯލިހުއަށް ވޯޓު އިތުރުކުރާނަމޭ ހިތާ އުޅުނަސް އެކަމެއް ނުވާނެ. ތިޔަ އުފައްދާ ފިތުނަ އެންމެނަށްއެނގެޔޭ. ތީ މޑޕ ރަތްލާޖެހި މީހެއްކަންވެސް އެނގޭ. ބަލަ ފާރިސް އެއްވެސް ކޮޅެއް ނުނެގިއަސް ފާރިސްގެ ސަޕޯޓަރުން މުއިއްޒަށް ވޯޓު ދިނުން މަނައެއް ނުކުރެއޭ. ފާރިސްގެ ހުރިހާ ސަޕޯޓަރުންނަކީވެސް މިސަރުކާރުން ކުރަމްުނ ގެންދާ ދީނާ ގައުމަށް ގެއްލުންވާނެ އެންމެހާ ކަންކމާ ދެކޮޅަށް ތެދުވާނެބައެއްކަން ދަންނާތި.
މިދުއަމް ސައުދު
20 September 2023
ބަލަ އަނިޔާވެރި މައުމޫނުގެ ވޯޓު ޕީޕީއެމް އިން ބޭނުމެއްނުވޭ. ޑިކްޓޭޓަރުންނަކާ ނުގުޅޭނެ. ސޭޓަކާ ވެސް ނުގުޅޭނެ. ކަލޭމެންދޭ އެމްޑީޕީއާ ގުޅިގެން ބަލިވާން.
ދުނގެތި
20 September 2023
މިޕާޓީއަށް ނުވެވުނު އަނިޔާވެރިކަމެއް އެހެންބަޔަކަށް ނުވެވޭނެ ޑިކްޓޭޓަރެއް ވެސް ނުވެވޭނެ. 2013 ގައި އޮންނާނީ ދައްކާދީފައި. ނޫންތަ؟
އެހެންކަމަކާ އުޅޭ
21 September 2023
މިދުއަމްއަށް ދަންނަވަން. ފިތުނަ އުފައްދައިގެން ސޯލިހަށް ވޯޓު އިތުރުކުރަން މަސައްކަތްކުރިއަސް އިން ޝާ ﷲ އެކަން ނުވާނެވާހަކަ ދަންނަވަން. މިސަރުކާރަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ އަނިޔާވެރި ސަރުކާރު. އެންމެ ބޭއިންސާފު ސަރުކާރު، އެންމެ ނުފޫޒު ފޯރުވާ ސަރުކާރު، އެންމެ ބޮޑަށް ރާއްޖެ ދަރުވާލި ސަރުކާރު، އެންމެ ބޮޑަށް މިފަސްގަނޑަށް ޣއްދާރުވި ސަރުކާރު، އެންމެ ބޮޑަށް މިގައުމު އަޅުވެތިކުރި ސަރުކާރު. އެނމެ ގިނައިން މީހުން ވަޒީފާއިން ވަކިކުރި ސަރުކާރު